ކޮވިޑް-19: އެންމެ ފަހުގެ

16,584,316
  • ކޮވިޑް-19: އެރިޔަދޫއިން ބަޔަކު ވަނީ ކަރަންޓީން ކުރެވިފައި
  • ކޮވިޑް-19 ޓާސްކްފޯސްގެ ނޫސްވެރިންގެ ބައްދަލުވުން
  • ކޮވިޑް-19: ޓޮޓެންހަމްގެ ނިންމުން ބަދަލުކުރަން ނިންމައިފި
 
Writer Profile Picture
ލައިޝާ އަހްމަދު
ކޮވިޑް-19: އެރިޔަދޫއިން ބަޔަކު ވަނީ ކަރަންޓީން ކުރެވިފައި

ކޮއްދިއްޕަރުން ބަލަމުން ދިޔަ މީހާގެ 2 ވަނަ ސާމްޕަލްވެސް ނެގެޓިވް ވެފައިވާކަމަށް މަބްރޫކު ވިދާޅުވި.

އޭގެ އިތުރުން، ފިލިޕީންސްއިން އައި މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެރިޔަދޫއިން ބަޔަކު ވަނީ ކަރަންޓީން ކުރެވިފައި.

މިވަގުތު ނިންމާފައިވަނީ އެރިޔަދޫއިން ދޫކޮށްލަން ނިންމާފައި ތިބި އެންމެން މަޑު ކުރުވުމަށް، އިތުރު ފިޔަވަޅުތައް އެޅުމާމެދު ދަނީ މަޝްވަރާ ކުރެވެމުން.

13 އޭޕްރިލް 2020 | ހޯމަ 21:16
Writer Profile Picture
ލައިޝާ އަހްމަދު
ކޮވިޑް-19 ޓާސްކްފޯސްގެ ނޫސްވެރިންގެ ބައްދަލުވުން

2710 ސާމްޕަލް ނެގިފައި

ޕޮސިޓިވް 20

ނުލިބި 18

14 ފަރާތެއް ބަލިން ފަރުވާދީ ރަނގަޅުވެފައި

އައިސޮލޭޝަންގައި 11

ކަރަންޓީންގައި 817

13 އޭޕްރިލް 2020 | ހޯމަ 21:14
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ޓޮޓެންހަމްގެ ނިންމުން ބަދަލުކުރަން ނިންމައިފި

މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށާއި، ބައެއް މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވާލަން ޓޮޓެންހަމް ހޮޓްސްޕާއިން ނިންމި ނިންމުން ބަދަލުކުރަން ނިންމައިފި އެވެ.

ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ޓޮޓެންހަމުން މީގެ ކުރިން ވަނީ އެ ކްލަބުގެ 550 މުވައްޒަފުންގެ މުސާރައިން 20 އިންސައްތަ އުނިކުރަން ނިންމާފައެވެ. އަދި މުސާރަ ކުޑަކުރަން އެއްބަސްނުވާ މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވާލުމަށް ވަނީ ނިންމާފައެވެ.

ޓޮޓެންހަމްގެ މި ނިންމުމަށް އެޓީމުގެ ސަޕޯޓަރުން ފާޑު ކިޔުމާ ގުޅިގެން ހޯމަ ދުވަހު އެ ކްލަބުން ވަނީ އެ ނިންމުން ބަދަލުކުރަން ނިންމާފައެވެ.

13 އޭޕްރިލް 2020 | ހޯމަ 18:08
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ޑްރޮގްބާގެ ހޮސްޕިޓަލް ސަރުކާރުގެ ބޭނުމަށް ދީފި

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ކަންކަމުގައި އެހީވުމުގެ ގޮތުން އައިވަރީ ކޯސްޓާއި ޗެލްސީގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑިޑިއޭ ޑްރޮގްބާ، އޭނާގެ ހޮސްޕިޓަލް ސަރުކާރަށް ދީފި އެވެ.

ޑްރޮގްބާގެ ލޯރެންޓް ޕޯކޯ ހޮސްޕިޓަލް ހުންނަނީ އައިވަރީ ކޯސްޓުގެ އަބިޖާން ސަރަހައްދުގައެވެ. މި އަހަރުގެ ފަހުކޮޅު ހުޅުވަން ތާވަލުކޮށްފައިވާ މި ހޮސްޕިޓަލް ސަރުކާރާ މި ވަގުތަށް ހަވާލުކުރަން ޑްރޮގްބާ ނިންމީ ކޮވިޑް-19 ގެ ކަންތައްތަކުގައި ސަރުކާރަށާއި ގިނަ ބަޔަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުންނެވެ.

13 އޭޕްރިލް 2020 | ހޯމަ 16:06
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ފަސް ރީޖަނަލް ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސަނީ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ ނެޝެނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ރާއްޖޭގެ 5 ރީޖަނަލް ހޮސްޕިޓަލެއްގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ހޮސްޕިޓަލުތަކުގައި ހުރި ޓީބީ އަށް ޓެސްޓު ކުރާ މެޝިންތައް ހުންނަކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ އެ މެޝިންތަކަށް ލައްވާ ވަކި ވައްތަރެއްގެ ކާޓްރިޖެއް ކޮވިޑް-19 އަށް ޓެސްޓް ކުރެވޭގޮތަށް އީޖާދު ކުރެވިފައިވާ ކަމަށެވެ. އަދި އެތަކެތި ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެތަކެތި ރާއްޖެ ގެނެވުމުން ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

12 އޭޕްރިލް 2020 | އާދީއްތަ 21:58
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
މި ދަނޑިވަޅުގައި ނުފޫޒް ބޭނުންކޮށްގެން ޓިކެޓު ހޯދުމަކީ ހަޑި މުޑުދާރު އަމަލެއް: މަބްރޫކް

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ޤައުމުތަކުން ރާއްޖެއަށް ދިވެހިން ގެންނައިރު ޓިކެޓް ދޫކުރާނެ އުސުލުތައް އާންމުކޮށްފައިވާކަމަށެވެ. އަދި އެކަމުގައި އަމަލުކުރާނެގޮތްތައް މޯލްޑިވިއަންއިންވެސް ހާމަކޮށްފައިިވާއިރު، ވަކި މީހަކު ނުފޫޒް ބޭނުންކޮށްގެން ވަކި މީހަކަށް ޓިކެޓު ހޯދައިދިނުމަށް މަސައްކަތްކުރުމަކީ ހަޑިމުޑުދާރު އަމަލެއް ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ ނުފޫޒް ބޭނުންކޮށްގެން މި ދަނޑިވަޅުގައި ޓިކެޓުތަކެއް ހޯދުމަށް މަސައްކަތްކުރާނަމަ އެކަމެއްގެ މައުލޫމާތު ސަރުކާރާއި ހިއްސާކުރުމަށް އެދޭކަމަށެވެ. އަދި އެފަދަ މައްސަލަތައްވެސް ސަރުކާރުން ބަލާނެކަމަށް މަބްރޫކް ވިދާޅުވި އެވެ.

12 އޭޕްރިލް 2020 | އާދީއްތަ 21:32
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
"ހައިޑްރޮކްސިކްލޮރޯކުއިން" ރާއްޖޭގައި މިހާރުވެސް ބޭނުންކުރާ ބޭހެއް: ޑރ. މުރާދު

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މުރާދު ވިދާޅުވީ ކޮވިޑް-19 އަށް ސީދާ ވަކި ފަރުވާއެއް ހޯދިފައިނުވާއިރު، ދިވެހިރާއްޖޭގެ ޓީމުންވެސް މަސައްކަތްކުރަނީ އޯޕަން މައިންޑެއްގައި ކަމަށެވެ. އަދި "ހައިޑްރޮކްސިކްލޮރޯކުއިން" އަކީ އިންޑިއާ އަދި އެމެރިކާއިންވެސް ބޭނުންކުރަމުން އަންނަ ބޭސްއެއް ކަމަށާއި، އަދި ބޭހުގެ ބައެއް ދިރާސާތައްވެސް ހެދެމުންދާއިރު، ބޭސް ރާއްޖެގައި ހުރުމަކީ މައްސަލައެއް ނޫންކަމަށް ޑރ. ވިދާޅުވި އެވެ. ޑރ. ވިދާޅުވީ ބޭސް ބޭނުންކުރަންޖެހޭ ހާލަތެއް އަތުވެއްޖެނަމަވެސް އެ ބޭސް ބޭނުންކުރެވޭނީ ބޭސް ރާއްޖޭގައި ހުރުމުންކަމަށެވެ.

12 އޭޕްރިލް 2020 | އާދީއްތަ 21:26
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ފުރަތަމަ ދިވެހި މީހާ ރަނގަޅުވެއްޖެ

ދިވެހިރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަސް ދިވެހިންގެ އެކަކު ބަލިން ރަނގަޅުވެއްޖެ އެވެ.

އެމީހާ އަކީ އިނގިރޭސިވިލާތުން އައި ހަތަރު ދިވެހިންގެ ތެރެއިން އެކަކެވެ. މި މީހާއާ އެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 14 މީހަކު މިވަނީ ބަލިން ރަނގަޅުވެފައެވެ. އެންމެ ފަހުން މީހަކު ޕޮޒިޓިވްވެފައިވަނީ އާދިއްތަ ދުވަހުއެވެ. އެމީހާ އަކީ ފިލިޕީންސް އައި ދިވެއްސެކެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 20 މީހުންނެވެ. އޭގެ ތެރެއިން ދެ މީހުން ޕޮޒިޓިވްވީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ.

12 އޭޕްރިލް 2020 | އާދީއްތަ 21:10
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ޓޫރިސްޓުން ގެނެވެނޭ ދުވަހެއް ހޯދުމުގެ ދިރާސާއެއް ކުރުމަށް ޔުނިވަރސިޓީއާ ހަވާލުކުރަނީ

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ވައިގެ ބަނދަރު ބަންދުކޮށް ފަތުރުވެރިން އައުން މަނާކޮށްފައިވާއިރު، ކުރިޔަށް އޮތް ތަނުގައި އެންމެ އަވަހަށްވެސް ފަތުރުވެރިން ގެނެވެނޭ ދުވަހެއް ހޯދުމުގެ ދިރާސާއެއް ކުރުމަށް ގައުމީ ޔުނިވަރސިޓީ އާ ހަވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.

ފަތުރުވެރިކަމާއި ބެހޭ ދިރާސާ އެއް ހެދުމަށް، އެމްއެންޔޫ އާ ހަވާލުކުުރުމަށް ހުށައެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އެވެ. އެ ހުށައެޅުން ހުށައަޅުއްވަމުން އިލްޔާސް ވިދާޅުވީ، އެންމެ އަވަހަށް ރާއްޖެެއަށް ފަތުރުވެރިން ގެނެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ރިޕޯޓެއް އެކުލަވާލާފައިވޭތޯ ބަލަން ޓޫރިޒަމް މިނިސްޓްރީން ހުށައަޅަން ޖެހޭ ކަމަށެވެ. ގިނަ އިދާރާތަކުން އެފަދަ ދިރާސާއެއް ހެދިފައި ނުވާތީ އިލްޔާސް ހުށައެޅުއްވީ، މަޖިލީހުގެ ކޮމިޓީން އެކަމަށް ދިރާސާއެއް ހެދުން ނުވަތަ ތާޑް ޕާޓީއަކާއި ބަޔަކާއި ހަވާލުކޮށްގެން އެކަން ކުރުމަށެވެ. އެގޮތުން ގައުމީ ޔުނިވާސިޓީ އިން ފޯކާސްޓެއް އެކުލަވާލުމަށް އޭނާ ހުށައެޅުއްވިއެވެ.

12 އޭޕްރިލް 2020 | އާދީއްތަ 21:08
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ޓޫރިސްޓުން ގެނެވެނޭ ދުވަހެއް ހޯދުމުގެ ދިރާސާއެއް ކުރުމަށް ޔުނިވަރސިޓީއާ ހަވާލުކުރަނީ

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ވައިގެ ބަނދަރު ބަންދުކޮށް ފަތުރުވެރިން އައުން މަނާކޮށްފައިވާއިރު، ކުރިޔަށް އޮތް ތަނުގައި އެންމެ އަވަހަށްވެސް ފަތުރުވެރިން ގެނެވެނޭ ދުވަހެއް ހޯދުމުގެ ދިރާސާއެއް ކުރުމަށް ގައުމީ ޔުނިވަރސިޓީ އާ ހަވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.

ފަތުރުވެރިކަމާއި ބެހޭ ދިރާސާ އެއް ހެދުމަށް، އެމްއެންޔޫ އާ ހަވާލުކުުރުމަށް ހުށައެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އެވެ. އެ ހުށައެޅުން ހުށައަޅުއްވަމުން އިލްޔާސް ވިދާޅުވީ، އެންމެ އަވަހަށް ރާއްޖެެއަށް ފަތުރުވެރިން ގެނެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ރިޕޯޓެއް އެކުލަވާލާފައިވޭތޯ ބަލަން ޓޫރިޒަމް މިނިސްޓްރީން ހުށައަޅަން ޖެހޭ ކަމަށެވެ. ގިނަ އިދާރާތަކުން އެފަދަ ދިރާސާއެއް ހެދިފައި ނުވާތީ އިލްޔާސް ހުށައެޅުއްވީ، މަޖިލީހުގެ ކޮމިޓީން އެކަމަށް ދިރާސާއެއް ހެދުން ނުވަތަ ތާޑް ޕާޓީއަކާއި ބަޔަކާއި ހަވާލުކޮށްގެން އެކަން ކުރުމަށެވެ. އެގޮތުން ގައުމީ ޔުނިވާސިޓީ އިން ފޯކާސްޓެއް އެކުލަވާލުމަށް އޭނާ ހުށައެޅުއްވިއެވެ.

12 އޭޕްރިލް 2020 | އާދީއްތަ 21:06
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކަރަންޓީނު ފެސިލިޓީތަކަށް ދާން ނިންމާފައެއް ނުވޭ: އެޗްއާރްސީއެމް

ކަރަންޓީނު ފެސިލިޓީތަކަށް ދާން ނިންމާފައިނުވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

އެޗްއާރްސީއެމުން އެހެން ބުނެފައިމިވަނީ ''ހިއުމަން ރައިޓްސް ކޮމިޝަނުން ކަރަންޓީން ފެސިލިޓީތަކަށް ދާން ބޭނުންވެއްޖެ" މި މައޫޝޫގެ ދަށުން ރާއްޖެ.އެމްވީން ޝާއިއު ކޮށްފައިވާ ހަބަރަކާއި ގުޅިގެންނެވެ.

އެކަމާއި ގުޅިގެން އެ ކޮމިޝަނުން އާދިއްތަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް "ސަބްކޮމިޓީ އޮން ޕްރިވެންޝަން އޮފް ޓޯޗަރ" އެސްޕީޓީ އިން ފެބްރުއަރީ މަހުގެ 10 އިން 14 އަށް ކުރިޔަށް ގެންދިޔަ އެސްޕީޓީގެ 40 ވަނަ ބައްދަލުވުމުގައި ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) ތަކުން ކަރަންޓީނު ފެސިލިޓީތަކަށް ޒިޔާރާތްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް، އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރ (އޮޕްކެޓް) އިން އެންޕީ އެމްތަކަށް ދީފައިވާ ބާރުގެ ދަށުން، އެފަދަ ތަންތަނަށް ޒިޔާރާތްކުރުމަކީ އެންޕީއެމްގެ އިހްތިސާސް ތަކުގެ ތެރޭގައި ކުރެވޭނެކަމެއް ކަން ބަޔާންކޮށްފައިވާކަމަށެވެ.

12 އޭޕްރިލް 2020 | އާދީއްތަ 19:33
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ދުވާލެއްގެ މައްޗަށް މިހާރު ޖައްސަނީ އިންޓަރނޭޝަނަލް 2 ފްލައިޓް!

ދުވާލެއްގެ މައްޗަށް މިހާރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި ޖައްސަނީ އިންޓަރނޭޝަނަލް ދެ ފްލައިޓްކަމަށް، އެ އެއަރޕޯޓު ހިންގާ، މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްޢެސީއެލް) އިން ބުނެފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ 54 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ޞޯލިހް ވިދާޅުވީ 2019 ވަނަ އަހަރަކީ އެއަރޕޯޓުގެ ހަޔާތުގައި ކާމިޔާބު އަހަރެއް ކަމަށެވެ. އެގޮތުން ނިމުނު އަހަރު އެއަރ ޓްރެފިކް މޫވްމެންޓް 16 އިންސައްތަ އިތުރުވެފައިވާ ކަމަށާއި، އެއަރޕޯޓު ބޭނުންކުރާ ފަސިންޖަރުންގެ އަދަދު 13 އިންސައްތަ އިތުރުވެގެންދިޔަ ކަމަށެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އެއަރޕޯޓަށް ބޮޑު ހުއްޓުމެއް އައިސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މޫސާ ސޯލިހް ވިދާޅުވި ގޮތުގައި މީގެކުރިން ދުވާލެއްގެ މައްޗަށް 40 އިންޓަރނޭޝަނަލް ފްލައިޓް، އެއަރޕޯޓުގައި ޖައްސައެވެ. ނަމަވެސް މިހާރު އެ އެއަރޕޯޓުގައި ޖައްސަނީ ދުވާލެއްގެ މައްޗަށް އެންމެ 2 އިންޓަރނޭޝަނަލް ފްލައިޓުކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެތެރޭގެ އުދުހުންތައްވެސް 50 ފްލައިޓުން 5 ފްލައިޓަށް މަދުވެފައިވާކަމަށް މޫސާ ސޯލިހް ވިދާޅުވިއެވެ.

12 އޭޕްރިލް 2020 | އާދީއްތަ 19:32
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
މާލޭގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީން އެޗްޑީސީން ގާއިމްކޮށްފައިވާ ތަނަކަށް ބަދަލުކުރަނީ

މާލޭގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީން އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަމާއި ގުޅޭ ތަފްސީލް ހިއްސާކޮށް ސިޓީ ކައުންސިލުން ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ދިމާވެދާނެ ނުރައްކާތެރި ޙާލަތަކުން ރައްކާތެރިކަން ހޯދައިދިނުމުގެ ފިޔަވަޅެއްގެ ގޮތުން، މާލޭގައި ތޮއްޖެހިގެން ދިރިއުޅޭބިދޭސީން އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފައިވާކަމަށެވެ.

މާލޭ ސިޓީ ކައުންސިލާ، މޯލްޑިވްސް އިމިގްރޭޝަންއާއި، ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާއި، މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ފެށި މި މަސައްކަތުގެ ދަށުން އާދިއްތަ ދުވަހުގެ ހެނދުނު 200 ބިދޭސީން އެހެން ތަނަކަށް ބަދަލުކޮށްފައިވާކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

12 އޭޕްރިލް 2020 | އާދީއްތަ 17:44
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އިނގެރޭސިވިލާތުގެ ބޮޑުވަޒީރު ހޮސްޕިޓަލުން ދޫކޮށްލައިފި

ކޮވިޑް-19 އަށް ފަރުވާ ހޯދަވަމުންގެންދެވި އިނގިރޭސި ވިލާތުގެ ބޮޑު ވަޒިރު ބޯރިސް ޖޯންސަން ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ކޮވިޑް-19 އަށް ޕޮޒިޓިވްވި މާރޗްމަހުގެ 26 ވަނަ ދުވަހުއެވެ. އަދި ޖެހިގެން އައި ދުވަހު އެކަން އަމިއްލަފުޅަށް އިޢުލާނުކުރެއްވުމަށް ފަހު ޑައުނިންގް ސްޓްރީޓްގެ އެޕާޓްމެންޓެއްގައި އަމިއްލަފުޅަށް އެކަހެރިވެވަޑައިގެން ފަރުވާ ހޯއްދަވަން ފެއްޓެވި އެވެ.

އެ މަނިކުފާނު އައިސީޔޫގައި އެޑްމިޓް ކުރެވުނީ ނޭވާލުމުގެ މައްސަލައެއް ކުރިމަތިވުމުންނެވެ. ނަމަވެސް ފަހުން ވަނީ އައިސީޔޫންވެސް ދޫކޮށްލާފަ އެވެ.

12 އޭޕްރިލް 2020 | އާދީއްތަ 17:41
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކައުންސިލް އިންތިޚާބާގުޅޭ ޚާއްޞަ ދެ ބިލުގެ ބަހުސް ކުރަން މާދަމާއަށް އެޖެންޑާކުރި ޖަލްސާ ފަސްކޮށްފި

ދުނިޔޭގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް، ރާއްޖޭގައި ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކާއި ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރަން ޖެހިފައިވާތީ، އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޚާއްޞަ ދެ ބިލަށް ބަހުޘްކުރުމަށް ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ފަސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް ބަހުޘްކުރުމަށް އެޖެންޑާ ކޮށްފައިވަނީ، ސަރުކާރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ، "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020" ބިލާއި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 2020" އެވެ. ނަމަވެސް މަޖިލީހުގެ އިދާރާއިން ވަނީ އެ ޖަލްސާ ބާއްވާ ދުވަސް ފަސްކުރަން ނިންމާފައިވާ ކަމަށް މެމްބަރުންނަށް އަންގަވާފައެވެ. އަދި މިހާތަނަށް ފަސްކޮށްފައިވާ ސަބަބު އަދި އަލުން ބާއްވާނެ ތާރީހެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.

12 އޭޕްރިލް 2020 | އާދީއްތަ 17:38
Writer Profile Picture
ސިމާހާ ނަސީމް
ކޮވިޑް-19: މެލޭޝިޔާގައި ބަލި ޖެހުނު މީހުންގެ 45 އިންސައްތަ ރަނގަޅުވެއްޖެ

އާދިއްތަ ދުވަހު މެލޭޝިޔާގައި ކޮވިޑް-19 އަށް އިތުރު 153 މީހަކު ޕޮޒިޓިވްވެ، ބަލި ޖެހުނު މީހުންގެ އަދަދު 4،683 އަރައިފިއެވެ.

ބަލީގައި މިހާތަނަށް ވަނީ 76 މީހަކު މަރުވެފައެވެ.

ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސްކޮންފަރެންސް ގައި ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތް ޑރ. ނޫރް ހިޝާމް އަބްދުﷲ ވިދާޅުވީ، ބަލި ޖެހުނު 113 މީހުން ބަލިިން ފަސޭހަވެ ހޮސްޕިޓަލުން ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ. އެއާއި އެކު 2108 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

12 އޭޕްރިލް 2020 | އާދީއްތަ 17:36
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އޮމާނުގައި މިއަދު 53 މީހަކު ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

އޮމާނުން މިއަދު 53 މީހަކު ނޮވެލް ކޮރޯނާވައިރަސް(ކޮވިޑް-19) ޕޮޒިޓިވްވެއްޖެއެވެ.

12 އޭޕްރިލް 2020 | އާދީއްތަ 15:55
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ސްރީ ލަންކާގައި ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 200އަށް އަރައިފި

އަވަށްޓެރި ސްރީލަންކާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 200 އަށް އަރައިފިއެވެ.

12 އޭޕްރިލް 2020 | އާދީއްތަ 15:28
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ފިލިޕީންސްއިން މިއަދު އެކަނިވެސް 50 މީހުން މަރުވެއްޖެ

ފިލިޕީންސްއިން މިއަދު އެކަނިވެސް 50 މީހުން ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ.

12 އޭޕްރިލް 2020 | އާދީއްތަ 15:23
Writer Profile Picture
ޒިހްނަތު ހަސަން
ދައުލަތާއި ޢާންމު ފަރުދުން ކޮވިޑް-19 އާ ގުޅިގެން ޢަމަލު ކުރަންޖެހޭގޮތުގެ ގައިޑްލައިންއެއް އެޗްއާރުސީއެމުން އެކުލަވާލައިފި

ދައުލަތާއި ޢާންމު ފަރުދުން ކޮވިޑް-19 އާ ގުޅިގެން ޢަމަލު ކުރަންޖެހޭގޮތުގެ ގައިޑްލައިނެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން އެކުލަވާލައިފިއެވެ.

12 އޭޕްރިލް 2020 | އާދީއްތަ 15:17
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ފާއިތުވެދިޔަ 24 ގަޑިއިރު ކުވޭތުން 80 މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

ފާއިތުވެދިޔަ 24 ގަޑިއިރު ކުވޭތުން އިތުރު 80 މީހަކަށް ކޮވިޑް-19 ޖެހިގެން ރިޕޯޓުކޮށްފިއެވެ.

12 އޭޕްރިލް 2020 | އާދީއްތަ 15:06
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އަފްޣާނިސްތާނުގެ ރިޔާސީ ގަނޑުވަރުގެ 20 މުވައްޒަފުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

އަފްޣާނިސްތާނުގެ ރިޔާސީ ގަނޑުވަރުގައި މަސައްކަތްކުރާ 20 މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

12 އޭޕްރިލް 2020 | އާދީއްތަ 14:57
Writer Profile Picture
ޒިހްނަތު ހަސަން
އިނގިރޭސި ބޮޑުވަޒީރަށް ހިތްވަރުދެއްވުމުގެ ގޮތުން ލޯބިވެރިޔާ ފޮނުއްވީ ދަރިފުޅުގެ ސްކޭން ރިޕޯޓް

އިގިރޭސިވިލާތުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން އައިސީޔޫގައި ކޮވިޑް-19 އަށް ފަރުވާ ހޯއްދަވަމުން ގެންދެވިއިރު ހިތްވަރު ދިނުމުގެ ގޮތުން ލޯބިވެރިޔާ ކެރީ ސައިމަންޑްސް ކޮންމެ ދުވަހަކުވެސް އެމަނިކުފާނަށް ސިޓީތަކާއި ދަރިފުޅުގެ ސްކޭން ފޮނުއްވަމުން ގެންދެވިކަމަށް ރިޕޯޓުތައް ބުނެފިއެވެ.

12 އޭޕްރިލް 2020 | އާދީއްތަ 14:25
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ކެނީ ޑަލްގްލިޝް ހޮސްޕިޓަލުން ދޫކޮށްލައިފި

ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައިވާ ލިވަޕޫލްގެ ކުރީގެ ފޯވާޑް އަދި އެޓީމުގެ ކުރީގެ ކޯޗު ސާ ކެނީ ޑަލްގްލިޝް ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

އުމުރުން 69 އަހަރުގެ ޑަލްގްލިޝް ބުދަ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓްކުރީ އިންފެކްޝަނެއް ވެގެން އިތުރު ފަރުވާ ދިނުމަށެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކުރުމަށްފަހު ހެދި ޓެސްޓްތަކުން އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ވަނީ ހާމަވެފައެވެ.

ޑަލްގްލިޝްގެ އާއިލާއިން ބުނީ އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް، އަދި މިހާތަނަށް އޭނާގެ ހަށިގަނޑުން އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ޑަލްގްލިޝް ހޮސްޕިޓަލުން ދޫކޮށްލުމުން، މިހާރު ހުރީ ސެލްފް-އައިސޮލޭޝަނުގައެވެ.

12 އޭޕްރިލް 2020 | އާދީއްތަ 14:20
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު، ތިއޮޑޯ ރޫޒްވެލްޓްގައި 550 ސިފައިން ޕޮޒިޓިވް ވެއްޖެ

އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު، ތިއޮޑޯ ރޫޒްވެލްޓުގައި މަސައްކަތްކުރާ 550 ސިފައިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

12 އޭޕްރިލް 2020 | އާދީއްތަ 14:14