ކޮވިޑް-19: އެންމެ ފަހުގެ

18,202,517
  • މަޖިލީހުގެ މަސަައްކަތް މަޑުކޮށްގެން ތިބުމުގައި އަޅުގަނޑުމެންނަކަށް އުޒުރެއް ނެތް: ރައީސް ނަޝީދު
  • ކޮވިޑް-19: މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އެފްއޭއެމުން ކްލަބުތަކާއެކު މަޝްވަރާ ކުރަނީ
  • މިހާލަތުގައި އިތުރު ސްޓޫޑަންޓް ލޯނު ސްކީމެއް ހުޅުވާލާފިނަމަ، އެއީ ޒިންމާދާރު ކުޑަ އަމަލެއް!
 
Writer Profile Picture
ޒިހްނަތު ހަސަން
މަޖިލީހުގެ މަސަައްކަތް މަޑުކޮށްގެން ތިބުމުގައި އަޅުގަނޑުމެންނަކަށް އުޒުރެއް ނެތް: ރައީސް ނަޝީދު

ކޮވިޑް-19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ރާއްޖޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުވެސް، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭ ކަމަށާއި، އަޅާފައިވާ ފިޔަވަޅުތަކަކީ، މަޖިލީހުގެ މަސައްކަތްތައް މަޑު ޖައްސާލައިގެން ތިބުމުގެ އުޒުރެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

14 އޭޕްރިލް 2020 | އަންގާރަ 13:22
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އެފްއޭއެމުން ކްލަބުތަކާއެކު މަޝްވަރާ ކުރަނީ

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ރާއްޖޭގެ ކްލަބުތަކަށް ދިމާވާނެ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކްލަބުތަކާއެކު މަޝްވަރާކުރަން ފަށައިފި އެވެ.

ކޮވިޑް-19 ގެ އަސަރު ރާއްޖެއަށްވެސް ކޮށްފައިވާއިރު، މީގެ ކުރިން އެފްއޭއެމުން ވަނީ 2019/2020 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަންގެ ބާކީބައި ކެންސަލް ކުރަން ނިންމާފައެވެ.

14 އޭޕްރިލް 2020 | އަންގާރަ 12:59
Writer Profile Picture
ޒިހްނަތު ހަސަން
މިހާލަތުގައި އިތުރު ސްޓޫޑަންޓް ލޯނު ސްކީމެއް ހުޅުވާލާފިނަމަ، އެއީ ޒިންމާދާރު ކުޑަ އަމަލެއް!

ކޮވިޑް-19ގެ މިޙާލަތުގައި މިއަހަރު އިތުރު ސްޓޫޑަންޓް ލޯނު ސްކީމެއް ހުޅުވާލާފިނަމަ، އެއީ ޒިންމާދާރު ކުޑަ ޢަމަލެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

14 އޭޕްރިލް 2020 | އަންގާރަ 12:44
Writer Profile Picture
ޒިހްނަތު ހަސަން
ހީތްރޯ ބޭނުންކުރާ ފަސިންޖަރުންގެ އަދަދު އެޕްރީލް މަހު 90 އިންސައްތަ ދަށަށް ދާނެ!

ދުނިޔޭގެ އެންމެ ބާރުބޮޑު ވައިގެ ބަނދަރުތަކުގެ ތެރޭގައި ހިމެނޭ، އިނގިރޭސިވިލާތުގެ ލަންޑަން ހީތްރޯ އެއަރޕޯޓަށް އަންނަ ދަތުރުވެރިންގެ ޢަދަދު އެޕްރީލް މަހުގެތެރޭގައި 90 އިންސައްތަ ދަށަށް ދާނެކަމަށް އަންދާޒާ ކޮށްފިއެވެ.

14 އޭޕްރިލް 2020 | އަންގާރަ 12:41
Writer Profile Picture
ޒިހްނަތު ހަސަން
ސަރުކާރުގެ އެހީ ލިބޭ ކްރައިޓީރިއާއަށް ބަދަލުތަކެއް ގެންނަން ޖެހޭ: އެންބީއޭއެމް

ކޮވިޑް-19 އާ ގުޅިގެން މާލީ އިދާރާތައް މެދުވެރިކޮށް ވިޔަފާރިވެރިންނަށް ސަރުކާރުން ފޯރުކޮށްދޭ އެހީގެ ކްރައިޓީރިއާ ލުއިކޮށްދިނުމަށް ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ގޮވާލައިފިއެވެ.

14 އޭޕްރިލް 2020 | އަންގާރަ 12:37
Writer Profile Picture
ޒިހްނަތު ހަސަން
އުސޫލަށް އިސްލާހެއް: އިސްތިޢުނާފު މުއްދަތު ގުނާނީ، ސަރުކާރު ބަންދު ދުވަސްތައް އުނިކުރުމަށްފަހު: ހައިކޯޓު

ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދުކުރެވިފައިވާ ދުވަސްތަކުގައި ހައިކޯޓަށް ހުށަހެޅޭ މައްސަލަތައް ކުރިޔަށް ގެންދިޔުމުގައި އިދާރީ ގޮތުން ޢަމަލުކުރާނެ އުޞޫލުގެ 2 ވަނަ މާއްދާ އިޞްލާޙު ކޮށްފިއެވެ.

14 އޭޕްރިލް 2020 | އަންގާރަ 12:35
Writer Profile Picture
ޒިހްނަތު ހަސަން
ފްރާންސް ލޮކްޑައުންކޮށްފައި އޮތް މުއްދަތު މެއި މަހުގެ 11 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ފްރާންސް ލޮކްޑައުންކޮށްފައި އޮތް މުއްދަތު މެއި މަހުގެ 11 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް އެޤައުމުގެ ރައީސްފްރާންސްގެ ރައީސްއެމަނުއަލް މެކްރޮން ވިދާޅުވެއްޖެއެވެ.

14 އޭޕްރިލް 2020 | އަންގާރަ 12:32
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އެމެރިކާގައި ވައިރަސްޖެހިގެން މަރުވި މީހުންގެ އަދަދު 23،000 ށް ވުރެ މައްޗަށް

ކޮވިޑް-19 އެންމެ ހަލުވި މިނުގައި ފެތުރެމުންދާ އެމެރިކާގައި ވައިރަސް ޖެހިގެން މަރުވީ މީހުންގެ ޢަދަދު 23،000 ށް ވުރެ މައްޗަށް އަރައިފިއެވެ.

14 އޭޕްރިލް 2020 | އަންގާރަ 12:02
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އިންޑިއާގެ ލޮކްޑައުންގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ކޮވިޑް-19 ރޯގާއާއި ގުޅިގެން އިންޑިއާގައި އިޢުލާނުކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

14 އޭޕްރިލް 2020 | އަންގާރަ 12:00
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އޮންލައިންކޮށް ކައިވެނި ކުރުމުގެ ހުއްދަ ޔޫއޭއީން ދީފި

ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ކޮވިޑް-19 ފެތުރެމުންދާތީ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަަވަޅެއްގެ ގޮތުން އޮންލައިން މެދުވެރިކޮށް ކައިވެނީގެ ކަންކަން ކުރުމުގެ އިންތިޒާމުތައް އެޤައުމުގެ ސަރުކާރުން ހަމަޖައްސައިދީފިއެވެ.

14 އޭޕްރިލް 2020 | އަންގާރަ 11:57
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ސައުދީ ހެލްތު މިނިސްޓްރީން ގެއަށް ބޭސް ޑެލިވަރކޮށްދެނީ

ސައުދީގެ ހޮސްޕިޓަލުތަކުގައި ޑޮކްޓަރުންދެއްވާ ބޭސް ސިޓީއަށް ބޭސް ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުން އެޤައުމުގެ ރައްޔިތުންނަށާއި، އެޤައުމުގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ ރައްޔިތުންނަށް ގެންގޮސްދޭގޮތައް ހަމަޖައްސައިފިއެވެ.

14 އޭޕްރިލް 2020 | އަންގާރަ 11:34
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 ގެ އިތުރު ދެ ވެކްސިނެއް އިންސާނުންނަށް ޓެސްޓު ކުރުމުގެ ހުއްދަ ޗައިނާއިން ދީފި

ކޮވިޑް-19 ގެ ދެ ވެކްސިންއެއް އިންސާނުންނަށް ޓެސްޓު ކުރުމުގެ ހުއްދަ ޗައިނާ ސަރުކާރުން ދޭން ނިންމައިފި އެވެ.

14 އޭޕްރިލް 2020 | އަންގާރަ 11:16
Writer Profile Picture
ޒިހްނަތު ހަސަން
ނޯމަލްއަކަށް ނުދެވޭނެ، ދާންޖެހޭނީ އާ ނޯމަލްއަކަށް!

ކޮވިޑް-19ގެ މިޙާލަތުގައި އަބުރާ "ނޯމަލް" ޙާލަތަކައް ނުދެވޭނެ ކަމަށާއި، ދެން ދާން ޖެހޭނީ އާ "ނޯމަލްއަށް" ކަމަށް ޑރ. ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.

14 އޭޕްރިލް 2020 | އަންގާރަ 09:59
Writer Profile Picture
ޒިހްނަތު ހަސަން
ކޮންމެހެން ރާއްޖެއަށް އަންނަން ނުޖެހޭނަމަ އެ ފުރުސަތު ހާލުގައި ހުރި މީހަކަށް ދޫކޮށްލައްވާ: މަބްރޫކް

ރާއްޖެއަށް ކޮންމެހެން އަންނަން ނުޖެހޭ ފަރާތެއް ނަމަ މި ދަނޑިވަޅުގައި ރާއްޖެ ނައިސް މަޑުކޮށްލައްވައި، އެ ފުރުޞަތު ހާލުބޮޑު ނުވަތަ އެކަމަށް ބޭނުން ޖެހިފައިވާ މީހަކަށް ދޫކޮށްލުމަށް ކޮވިޑް-19 އާ ގުޅިގެން އުފައްދާފައިވާ ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު އެދިވަޑައިގެންފިއެވެ.

14 އޭޕްރިލް 2020 | އަންގާރަ 09:59
Writer Profile Picture
ޒިހްނަތު ހަސަން
ބެންގަލޫރް އަދި ކޮޗިންގައި ތިބި 152 ދިވެހިން ގެންނަނީ

ސަރުކާރުގެ ޚަރަދުގައި ބޭސްފަރުވާ އަށް އިންޑިއާގެ ކޮޗިން އަދި ބެންގަލޫރަށް ގޮސް ތިބި 152 ދިވެއްސަކު އަންގާރަ ދުވަހު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.

14 އޭޕްރިލް 2020 | އަންގާރަ 09:58
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ކޮލެޖް އަދި ޔުނިވަރސިޓީތައް ހުޅުވުމާއި ގުޅޭ ގޮތުން މަޝްވަރާކުރަނީ

ކޮލެޖް ތަކާއި ޔުނިވަރސިޓީތައް ހުޅުވުމާއި ގުޅޭގޮތުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕާއެކު އަންގާރަ ދުވަހު މަޝްވަރާކުރައްވާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

14 އޭޕްރިލް 2020 | އަންގާރަ 09:58
Writer Profile Picture
ޒިހްނަތު ހަސަން
ޔޫއޭއީގައި ދިރިއުޅޭ ދިވެހިންނަށް ކެއަރ ޕެކޭޖްތައް ފޮނުވަން ހުޅުވާލައިފި

ޔޫއޭއީގައި ދިރިއުޅޭ ދިވެހިންނަށް ކެއަރ ޕެކެޖްތައް ފޮނުވަން ސަރުކާރުން ހުޅުވާލައިފިއެވެ.

14 އޭޕްރިލް 2020 | އަންގާރަ 09:57
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19:ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ވަކި އުސޫލުތަކާއެކު އަލުން ހުޅުވަނީ

ހޮނިހިރު ބާޒާރު ވަކި އުޞޫލު ތަކަކާއި އިންތިޒާމުތަކެއްގެ މަތިން އަލުން ފެށުމަށް މަޝްވަރާ ކުރާ ކަމަށް ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއިން ބުނެފިއެވެ.

14 އޭޕްރިލް 2020 | އަންގާރަ 09:57
Writer Profile Picture
ލައިޝާ އަހްމަދު
ކޮވިޑް-19 އަށް ބޭނުންކުރަނީ ރާއްޖޭގެ 55 އިންސައްތަ ޑޮކްޓަރުން،
13 އޭޕްރިލް 2020 | ހޯމަ 22:40
Writer Profile Picture
ލައިޝާ އަހްމަދު
ކޮވިޑް-19: ލޮކްޑައުންއާ ޚިލާފުވުމުން މިފަހަރު ޖެހުނީ 500 ފަަހަރު "ސޮރީ" ލިޔަން
13 އޭޕްރިލް 2020 | ހޯމަ 22:39
Writer Profile Picture
ލައިޝާ އަހްމަދު
ބިދޭސީންގެ ތެރެއިން ރެންޑަމްކޮށް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރާނަން

ބިދޭސީންގެ ތެރެއިން ރެންޑަމްކޮށް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރާނަން، އެގޮތުން ބައެއް ކަހަލަ މަސައްކަތްތައް ކުރާ ފަރާތްތައް ބަަލައި ރެންޑަމްކޮށް ސާމްޕަލް ނަގައި ޓެސްޓް ކުރާނަން، އަދި އޭގެ އިތުރުން ސިއްހި ޚިދުމަތުގައި މަސައްކަތް ކުރާ މީހުންގެ އެންޓިބޮޑީ ޓެސްޓް ކުރުމަށްވެސް ވަނީ ހަމަޖެހިފައި، - ޑރ ނަޒްލާ

13 އޭޕްރިލް 2020 | ހޯމަ 21:51
Writer Profile Picture
ލައިޝާ އަހްމަދު
ކޮންމެހެން ރާއްޖެއަށް އަންނަން ނުޖެހޭނަމަ އެ ފުރުސަތު ހާލުގައި ހުރި މީހަކަށް ދޫކޮށްލައްވާ: މަބްރޫކް

ރާއްޖެއަށް ކޮންމެހެން އަންނަން ނުޖެހޭ ފަރާތެއް ނަމަ މި ދަނޑިވަޅުގައި ރާއްޖެ ނައިސް މަޑުކޮށްލައްވައި، އެ ފުރުސަތު ހާލުބޮޑު ނުވަތަ އެކަމަށް ބޭނުން ޖެހިފައިވާ މީހަކަށް ދޫކޮށްލުމަށް މަބްރޫކު އެދިވަޑައިގެންފިއެވެ. އަދި ސަރުކާރުން އެފަދަ ފަރާތްތަކަށްވެސް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، އެހެން މީހުން ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

13 އޭޕްރިލް 2020 | ހޯމަ 21:31
Writer Profile Picture
ލައިޝާ އަހްމަދު
ކޮވިޑް-19 އަށް ބޭނުންކުރަނީ ރާއްޖޭގެ 55 އިންސައްތަ ޑޮކްޓަރުން

ޑޮކްޓަރުންނާއި ނަރުހުން ގެނެސްގެން އެކަމަށް ހޭދަކުރަން ޖެހޭ ފައިސާވެސް ހޭދަ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރާނެ، މިވަގުތު ދުނިޔޭގެ ޙާލަތަށް ބަލައި ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތަކާއެކު އިތުރު ޑޮކްޓަރުންނާއި ނަރުހުން ހޯދުމުގައި ވަރަށް ދަތި، މިހާރު ތިބި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ޑޮކްޓަރުން ހޯދުމަށް އަދި މާ ބޮޑު ކުރިއެރުމެއް ލިބެމުންނެއް ނުދޭ

މިހާރު ތިބި ސިއްޙީ ޚިދުމަތްތެރިންގެ ތެރެއިން 45 އިންސައްތަ އެހެނިގެން ބަލިތަކަށް ބަހައްޓަންޖެހޭ، ކޮވިޑް-19 އަށް ބޭނުންކުރަނީ 55 އިންސައްތަ ޑޮކްޓަރުން

ނަމަވެސް އިތުރު ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން. - މަބްރޫކް

13 އޭޕްރިލް 2020 | ހޯމަ 21:27
Writer Profile Picture
ލައިޝާ އަހްމަދު
މާލިއްޔަތު ޤަވާއިދުގެ ދަށުން އިތުރު ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން

4 ޕޯޓެބަލް ވެންޓިލޭޓަރެއް ގެނައުމަށް 16 ފަރާތަކަށް ގުޅައި، އޭގެ ތެރެއިން ބައެއް ފަރާތްތަކަށް ބިޑް ކުރެވިފައިވޭ.

މާލިއްޔަތު ޤަވާއިދުގެ ދަށުން އިތުރު ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން، އަދި 2 ކުންފުންޏާއެކު އެގްރީމަންޓް ކުރެވިފައިވޭ (އެއް ކުންފުނި 50 އަނެއް ކުންފުނި 30 ވެންޓިލޭޓަރ) އަދި އެއިން ކުންފުންޏަކަށް ފައިސާ ދައްކާފައެއް ނުވާނެ

އިތުރު ވެންޓިލޭޓަރުތައް ޑަބްލިއުއެޗްއޯއާ ގުޅިގެން ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން- މަބްރޫކް

13 އޭޕްރިލް 2020 | ހޯމަ 21:23
Writer Profile Picture
ލައިޝާ އަހްމަދު
1218 މައްސަލަ ޖޮބްސެންޓަރަށް ހުށައެޅިފައިވާ

1218 މީހުން މިހާތަނަށް އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ކޮވިޑް-19 ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވި. (ހޯމަ ދުވަހުގެ ނިޔަލަށް)

އޭގެ ތެރޭގައި ނޯޕޭ ނުދިނުމާއި، ބައި މުސާރައަށް މަސައްކަތް ކުރުވުމާއި، ވަޒީފާއިން ކަނޑާލުން ފަދަ މައްސަލަތައް ހިމެނޭ

13 އޭޕްރިލް 2020 | ހޯމަ 21:18