ކޮވިޑް-19: އެންމެ ފަހުގެ

16,611,176
  • ކޮވިޑް-19 އާއި ގުޅޭގޮތުން ބާއްވާ ޕްރެސް މިއަދު 12:30 ގައި
  • މާލެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެ
  • އިންޑިޔާއިން ގެނައި މީހުންގެ ތެރެއިން 9 މީހަކު ކަރަންޓީނު ކޮށްފައިވަނީ އައިޖީއެމްއެޗްގައި
 
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 އާއި ގުޅޭގޮތުން ބާއްވާ ޕްރެސް މިއަދު 12:30 ގައި

ކޮވިޑް-19 އާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާ ކުރުމަށް ސަރުކާރުގެ ފަރާތުން ބާއްވާ ޕްރެސް ކޮންފަރެންސެއް މިއަދު މެންދުރު 12:30 ގައި ނޭޝަނަލް އެމަރޖެންސީ ސެންޓަރުގައި އޮންނާނެއެވެ. މިބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީނާއި، ޑރ. އަލީ ލަޠީފުގެ އިތުރުން، ކޮވިޑް-19 ޓާސްކްފޯރސްގެ ތަރުޖަމާނު މަބްރޫކު އަޒީޒު ބައިވެރިވަޑައިގަންނަވާނެއެވެ.

މި ޕްރެސް ރާއްޖެޓީވީން ވަގުތުން ދުރަށް ދައްކާނެއެވެ.

15 އޭޕްރިލް 2020 | ބުދަ 10:49
Writer Profile Picture
ޒިހްނަތު ހަސަން
މާލެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެ

މާލެ ފްލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

15 އޭޕްރިލް 2020 | ބުދަ 10:45
Writer Profile Picture
ޒިހްނަތު ހަސަން
އިންޑިޔާއިން ގެނައި މީހުންގެ ތެރެއިން 9 މީހަކު ކަރަންޓީނު ކޮށްފައިވަނީ އައިޖީއެމްއެޗްގައި

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ނާދެވި އިންޑިޔާގައި ތާށިވެފައިވާ މީހުންގެ ތެރެއިން އަންގާރަ ދުވަހު އިންޑިޔާއިން ގެނައި މީހުންގެ ތެރެއިން 9 މީހަކު ކަރަންޓީނުކޮށްފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ކަަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

15 އޭޕްރިލް 2020 | ބުދަ 09:47
Writer Profile Picture
ޒިހްނަތު ހަސަން
ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ހާއްސަ އެލަވަންސެއް ހަމަޖައްސެމުގެ މަސައްކަތް ދަނީ ކުރަމުން: މަބްރޫކް

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ހާއްސަ އެލަވަންސް ޕޮލިސީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިގެން ކުރިޔަށްދާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

15 އޭޕްރިލް 2020 | ބުދަ 09:21
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ވައިރަހުން ރަނގަޅުވެ، ފެލައިނީ ހޮސްޕިޓަލުން ދޫކޮށްލައިފި

ކޮރޯނާވައިރަސް (ކޮވިޑް-19) އިން ރަނގަޅުވެ، މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފިލްޑަރު މައުރޯނޭ ފެލައިނީ ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

ޗައިނާގެ ލުނެން އަށް މިހާރު ކުޅެމުން އަންނަ ފެލައިނީ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މާޗު މަހުގެ 22 ވަނަ ދުވަހު އެވެ. އޭނާ މި ވައިރަހަށް ޕޮޒިޓިވްވެފައިވަނީ ރާއްޖޭގައި އުޅުމަށްފަހު އެނބުރި ގައުމަށް ދިޔަ ފަހުންނެވެ.

އުމުރުން 32 އަހަރުގެ ފެލައިނީ ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ވަނީ ޗައިނާގެ ޖިނާން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދީފައެވެ. އަދި ބަލިން ރަނގަޅުވުމާއެކު އޭނާ ވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

15 އޭޕްރިލް 2020 | ބުދަ 08:47
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ރޯދަ މަހު އުރުދުންގެ މިސްކިތްތައް ބަންދު

ހަލުވިކަމާއި އެކު ފެތުރުމެންދާ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއް ގޮތުން ރޯދަ މަހު އުުރުދުންގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މަނާކޮށްފިއެވެ.

15 އޭޕްރިލް 2020 | ބުދަ 06:58
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އެމެރިކާއިން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ހަ ލައްކަ އަށް

އެމެރިކާގެ ހަ ލައްކަ މީހުންނަށް ކޮވިޑް-19 ޖެހި އޭގެ ތެރެއިން 25،000 މީހުން މަރުވެއްޖެއެވެ.

15 އޭޕްރިލް 2020 | ބުދަ 06:57
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: އޭއެފްސީގެ މެޗުތައް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން އޭއެފްސީ ކަޕާއި އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗުތައް މުއްދަތެއް ނެތް ގޮތަށް ފަސްކުރަން އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ނިންމައިފި އެވެ.

އޭއެފްސީން އެންމެ ފުރަތަމަ މިދިޔަ މަހުގެ 18 ވަނަ ދުވަހު ނިންމީ މި މަހު ކުޅެން ހުރި މެޗުތައް ފަސްކުރުމަށެވެ. އެކަމަކު އަންގާރަ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ މަހާއި ޖޫން މަހު ވެސް މެޗުތައް ކުރިއަށްގެންދެވޭނެ މާހައުލެއް އޮންނާނެ ކަމަށް ނުބެލެވޭތީ، އޭއެފްސީ ކަޕާއި އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗުތައް މުއްދަތެއް ނެތްގޮތަށް މެޗުތައް ފަސްކޮށްފައިވާ ކަމަށެވެ.

15 އޭޕްރިލް 2020 | ބުދަ 01:11
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮވިޑް-19 ނޫސްވެރިންގެ ބައްދަލުވުން

ސަރުކާރު ބަންދުކޮށް ސްކޫލް ބަންދު ކުރުމުން ހަވިރު ސަޔަށް ކެފޭތަކަށް އެއްވާނަމަ ދެން ހުރި ފިޔަވަޅުވެސް އަޅަން މަޖްބޫރު ވާނެ: މަބްރޫކް

14 އޭޕްރިލް 2020 | އަންގާރަ 22:14
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮމިއުނިޓީ ސްޕްރެޑް

ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭނެކަމަށް ގަބޫލެއް ނުކުރެވޭ: ޑރ. ނަޒްލާ

14 އޭޕްރިލް 2020 | އަންގާރަ 22:13
Writer Profile Picture
ޙުސައިން މަޚްތޫމް
ބަލިޖެހޭނަކަމަށް އަންދާޒާ ކުރެވުނު ނިސްބަތް

98,000 ދިވެހިންނަށް ބަލިޖެހޭނެކަމަށް އަންދާޒާ ކުރެވިފައިވޭ: މަބްރޫކް

14 އޭޕްރިލް 2020 | އަންގާރަ 22:12
Writer Profile Picture
ޙުސައިން މަޚްތޫމް
ފިޔަވަޅެއް ނާޅާ ހުރި ނަމަ ރާއްޖޭގައި ކޮވިޑް-19 ފެތުރޭނެ ގޮތުގެ އަންދާޒާ ރިޕޯޓް

60 - 70 އިންސައްތަ މީހުންނަށް ބަލިޖެހޭނެ ކަމަށް ލަފާ ކުރެވޭ

687،426 މީހުންގެ އާބާދީގެ 60 އިންސައްތަ އަކީ 412،455.6 މީހުން

687،426 މީހުންގެ އާބާދީގެ 70 އިންސައްތަ އަކީ 481،198.2 މީހުން

14 އޭޕްރިލް 2020 | އަންގާރަ 21:50
Writer Profile Picture
ޙުސައިން މަޚްތޫމް
ފިޔަވަޅެއް ނާޅާ ހުރި ނަމަ ރާއްޖޭގައި ކޮވިޑް-19 ފެތުރޭނެ ގޮތުގެ އަންދާޒާ ރިޕޯޓް

ރާއްޖޭގެ އާބާދީ (ފަތުރުވެރިންނާއި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން) 687،426 އަށް އަރާނެ (އަންދާޒާ ކުރެވޭ އަދަދު)

14 އޭޕްރިލް 2020 | އަންގާރަ 21:47
Writer Profile Picture
ޙުސައިން މަޚްތޫމް
ފިޔަވަޅެއް ނާޅާ ހުރި ނަމަ ރާއްޖޭގައި ކޮވިޑް-19 ފެތުރޭނެ ގޮތުގެ އަންދާޒާ ރިޕޯޓް

މާލޭގައި އެކަނި 46،627 މީހަކަށް ބަލި ޖެހޭނެ

14 އޭޕްރިލް 2020 | އަންގާރަ 21:46
Writer Profile Picture
ޙުސައިން މަޚްތޫމް
ފިޔަވަޅެއް ނާޅާ ހުރި ނަމަ ރާއްޖޭގައި ކޮވިޑް-19 ފެތުރޭނެ ގޮތުގެ އަންދާޒާ ރިޕޯޓް

- އެއްވެސް ކަމެއް ނުކޮށްފި ނަމަ - 544،535 މީހަކަށް ބަލި ޖެހެނޭ އަދި 10،891 މީހަކު މަރުވާނެ (37 ދުވަސް)

- ބޮޑެތި އެއްވުން ބާއްވާ ނަމަ - 337،913 މީހަކަށް ބަލި ޖެހޭނެ އަދި 7،767 މީހަކު މަރުވާނެ (74 ދުވަސް)

- ކެފޭ ރެސްޓޯރަންޓް ސެލޫން އަދީ ސްޕާ ހުޅުވާލައިވާނަމަ - 299،834 މީހަކަށް ބަލިޖެހޭނެ އަދި 6،896 މީހަކު މަރުވާނެ (85 ދުވަސް)

- ސަރުކާރު ހުޅުވާ ސްކޫލް ޔުނިވާރސިޓީ އަދި ހުޅުވާފައިވާނަމަ - 272،342 މީހަކަށް ބަލިޖެހޭނެ އަދި 6246 މީހަކު މަރުވާނެ (95 ދުވަސް)

- ސަރުކާރު އަދި ވިޔަފާރިތައް ހުޅުވިފައިވާ ނަމަ - 211،148 މީހުންނަށް ބަލި ޖެހޭނެ އަދި 4،856 މީހަކު މަރުވާނެ (124 ދުވަސް)

- ސަރުކާރު އެކަނި ހުޅުވާފައިވާނަމަ - 177،035 މީހަކު ބަލި ޖެހޭނެ އަދި 4،072 މީހަކު މަރުވާނެ (147 ދުވަސް)

- ސޯޝަލް ޑިސްޓޭންސިންގެ ފިޔަވަޅު އަޅާފައިވާނަމަ - 140،256 މީހަކު ޕޮޒިޓިވްވާނެ އަދި 3،226 މީހަކު މަރުވާނެ (173 ދުވަސް)

- ހާފް ލޮކްޑައުން، އައިސޮލޭޝަން، ކަރަންޓީން އަދި ސޯޝަލް ޑިސްޓޭންސިންގެ ފިޔަވަޅު އަޅާފައިވާނަމަ - 49،361 މީހަކު ބަލިޖެހޭނެ އަދި 494 މީހަކު މަރުވާނެ (394) ދުވަސް

- ފުލް ލޮކްޑައުން - 173 މީހަކަށް ބަލިޖެހޭނެ އަދި 4 މީހަކު މަރުވާނެ (293 ދުވަސް)

14 އޭޕްރިލް 2020 | އަންގާރަ 21:45
Writer Profile Picture
އަލީ ސަމާޚް
ބޭރުގެ ޖަމިއްޔާތަކުން ވެންޓިލޭޓަރުތަކެއް ހަދިޔާކުރަނީ

މަބްރޫކް ވިދާޅުވީ، ވޯލްޑް ބޭންކުންނާއި، ޔުނިސެފްގެ އިތުރުން އައިއެމްއެފުން އިތުރު ވެންޓިލޭޓަރު ތަކެއް ހަދިޔާ ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

14 އޭޕްރިލް 2020 | އަންގާރަ 21:40
Writer Profile Picture
އަލީ ސަމާޚް
340 ސާމްޕަލް

މިހާރު ކުރިޔަށްދާ ޕްރެސްކޮންފަރެންސް ގައި އެއްއީއޯސީގެ ތަރުޖަމާނު މަބްރޫކް ވިދާޅުވީ، އަންގާރަ ދުވަހު 340 ސާމްޕަލް ވަނީ ނަގާފައިވާ ކަމަށެވެ.

14 އޭޕްރިލް 2020 | އަންގާރަ 21:38
Writer Profile Picture
ޙުސައިން މަޚްތޫމް
ފިޔަވަޅެއް ނާޅާ ހުރި ނަމަ ރާއްޖޭގައި ކޮވިޑް-19 ފެތުރޭނެ ގޮތުގެ އަންދާޒާ ރިޕޯޓް

ހއ، ހދ އަދި ށ. އަތޮޅު - 9،938

ނ، ރ، ބ އަދި ޅ. އަތޮޅު - 11،356

ކ، އއ، އދ އަދި ވ. އަތޮޅު - 10،567

މ، ފ، ދ، ތ އަދި ލ. އަތޮޅު - 8،639

ގއ އަދި ގދ. އަތޮޅު - 4،996

ސ އަދި ޏ. އަތޮޅު - 6،378

14 އޭޕްރިލް 2020 | އަންގާރަ 21:29
Writer Profile Picture
ޙުސައިން މަޚްތޫމް
ފިޔަވަޅެއް ނާޅާ ހުރި ނަމަ ރާއްޖޭގައި ކޮވިޑް-19 ފެތުރޭނެ ގޮތުގެ އަންދާޒާ ރިޕޯޓް

ބަލި ފެތުރެން ފެށޭތަ 35 ދުވަހުގެ ތެރޭގައި އެކަނި 2500 މީހުންނަށް ބަލިޖެހޭނެ: ޑރ. ނަޒްލާ

14 އޭޕްރިލް 2020 | އަންގާރަ 21:26
Writer Profile Picture
ލައިޝާ އަހްމަދު
ކޮވިޑް-19: އިތުރު 2 ދިވެއްސަކު ބަލިން ރަނގަޅުވެއްޖެ

ރާއްޖެއިން ކޮވިޑް-19 އަށް ފަރުވާދެމުން ގެންދިޔަ އިތުރު 2 ދިވެއްސަކު ބަލިން ރަނގަޅުވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ބުނެފި، އެއީ ވެލިދޫ އައިސޮލޭޝަންގައި ތިބި 2 މީހުން، އެ ދެ މީހުން ވަނީ ޑަބަލް ނެގެޓިވްވެފައި،

14 އޭޕްރިލް 2020 | އަންގާރަ 19:48
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ޙާލަތު

އިންޑިއާ:

ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން އަދިވެސް ވައިރަސްއަށް ޕޮޒިޓިވްވީ މީހުން އެންމެގިނައީ އިންޑިއާގައެވެ. އިންޑިއާގައި މިއަދު އެކަނިވެސް 88 މީހުން ވައިރަސްއަށް ޕޮޒިޓިވްވިއެވެ. މިއާއެކު އިންޑިއާގައި ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދުވަނީ 10,541 އަރާފައެވެ. އިންޑިއާގައި މިހާރުވެސް 8,978 މީހަކަށް ދަނީ ފަރުވާދެމުންނެވެ. އަދި ފަރުވާދެމުން ދަނިކޮށް 358 މީހުން ވަނީ މަރުވެފައެވެ.

ޕާކިސްތާން:

މިއަދު އެކަނިވެސް 220 މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެ 3 މީހުން މަރުވިއެވެ. މިއާއެކު ޕާކިސްތާނުގައި ވައިރަސްޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 5,716 އެވެ. އަދި މަރުވީ މީހުންގެ އަދަދަކީ 96އެވެ. މިހާރުވެސް 4,242 ފަރުވާއެބަދެއެވެ. މީގެތެރެއިން 46 މީހުންގެ ހާލު ސީރިއަސްކަމަށް ރިޕޯޓުތައް ބުނެއެވެ.

ބަންގްލަދޭޝް:

އެޤައުމުން މިއަދު އެކަނިވެސް 209މީހުން ވައިރަސްއަށް ޕޮޒިޓިވްވެ، 7 މީހުން މަރުވިއެވެ. މިއާއެކު ބަންގްލަދޭޝްގައި ވައިރަސް ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 1,012އެވެ އަދި މަރުވި މީހުންގެ އަދަދު ވަނީ 46އަށް އަރާފައެވެ. މިހާރުވެސް، 924 މީހަކަށް ދަނީ ފަރުވާދެމުންނެވެ.

އަފްޣާނިސްތާން:

އަފްޣާނިސްތާނުން މިއަދު 49 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ، 2 މީހުން މަރުވިއެވެ. މިއާއެކު އެޤައުމުގައި ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 714އަރާފައެވެ. އަދި މަރުވީ މީހުންގެ އަދަދަކީ 23 އެވެ. އަދި 651 މީހަކަށް ދަނީ ފަރުވާދެމުންނެވެ.

ސްރީލަންކާ:

ސްރީލަންކާއިން މިއަދު ވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ އެންމެ މީހެކެވެ. މިއަދު މީހަކު މަރެއް ނުވެއެވެ.

ސްރިލަންކާގައި ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ އަދަދަކީ 218 އެވެ. އަދި މަރުވީ މީހުންގެ އަދަދަކީ 7 އެވެ.

އަދި 152 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ނޭޕާލް:

ނޭޕާލުން މިއަދު 2 މީހުން ވައިރަސްއަށް ޕޮޒިޓިވްވިއެވެ. މިއާއެކު އެޤައުމުން ވައިރަސް ޖެހުނު މީހުންގެ އަދަދުވަނީ 16 އަށް އަރާފައެވެ. އެޤައުމުން ވައިރަސް ޖެހިގެން އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ. 15 މީހަކަށް ދަނީ ފަރުވާދެމުންނެވެ.

ބޫޓާން:

ބޫޓާނުން މިހާތަނަށް ފެނިފައިވަނީ 5 ކޭސްއެވެ. އެއްވެސް މީހަކު މަރެއް ނުވެއެވެ. އަދި ދެމީހަކު ފަރުވާދީގެން ރަނގަޅުވެފައިވާއިރު ބާކީ 3 މީހުންނަށް އަދިވެސް ދަނީ ފަރުވާދެމުންނެވެ.

14 އޭޕްރިލް 2020 | އަންގާރަ 15:23
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ރަޝިޔާއިން މިއަދު އެކަނިވެސް ދެހާހަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވި

އެންމެ ފަހުގެ ޑޭޓާތައް ދައްކާގޮތުން މިއަދު އެކަނިވެސް ރަޝިޔާއިން2,774މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވިއެވެ. އަދި22މީހުން ވަނީ ފަރުވާދެމުން ދަނިކޮށް މަރުވެފައެވެ.

މިއާއެކު، ރަޝިޔާގައި ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަަދަދަކީ21,102އެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ170އަށް އަރާފައެވެ.

ރަޝިޔާގައި މިހާރުވެސް ދަނީ19,238މީހަކަށް ފަރުވާދެމުންނެވެ. މީގެތެރެއިން 8 މީހުންގެ ޙާލަތު ވަރަށް ސީރިއަސްކަމަށް ރިޕޯޓުތައް ބުނެއެވެ.

14 އޭޕްރިލް 2020 | އަންގާރަ 15:09
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: މިއަދުވެސް އެންމެ ގިނަ މީހުން މަރުވީ ސްޕެއިނުން

އެންމެ ފަހުގެ ޑޭޓާތައް ދައްކާގޮތުން މިއަދު އެކަނިވެސް ސްޕެއިނުން 2,442 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވިއެވެ. އަދި 300 މީހުން ފަރުވދެމުން ދަނިކޮށް މަރުވެފައިވެއެވެ.

މިއާއެކު، ސްޕެއިންގައި ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަަދަދަކީ 172,541އެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 18,056 އަށް އަރާފައެވެ.

ޔޫރަޕުގެ ޤައުމުތަކުގެ ތެރެއިން ވައިރަސްގެ ނުރައްކާ އެންމެ ބޮޑީވެސް ސްޕެއިންގައެވެ.

14 އޭޕްރިލް 2020 | އަންގާރަ 15:06
Writer Profile Picture
ޒިހްނަތު ހަސަން
ބެންގަލޫރާއި ކޮޗިންގައި ތިބި 159 ދިވެހިން ރާއްޖެ ގެނެސްފި

ކޮވިޑް-19 އާ ގުޅިގެން އިންޑިޔާގެ ބެންގަލޫރާއި, ކޮޗިންގައި ރާއްޖެއަށް ނާދެވިފައި ތިބި 159 ދިވެހިން ރާއްޖެ ގެނެސްފިއެވެ.

14 އޭޕްރިލް 2020 | އަންގާރަ 14:37
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ގަލްފުގެ ޤައުމުތަކުގެ ޙާލަތު

ޢަރަބި ޤަލްފުގެ ޤައުމުތަކުން މިހާތަނަށް 15،000އަށް ވުރެ ގިނަ މީހުން ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވާކަމަށް ގަލްފުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

14 އޭޕްރިލް 2020 | އަންގާރަ 13:31