ކޮވިޑް-19: އެންމެ ފަހުގެ

18,508,270
  • ކީރިތި ކުރައްވައި ރައީސް ވިދާޅުވީ، އެކަކު އަނެކަކަށް އޯގާތެރިވެ، އެހީތެރިވުމަށް
  • ރައީސް ޤައުމާ މުޚާތަބުކުރެއްވުން
  • ރައީސް ޤައުމާ މުޚާތަބުކުރެއްވުން
 
Writer Profile Picture
ލައިޝާ އަހްމަދު
ކީރިތި ކުރައްވައި ރައީސް ވިދާޅުވީ، އެކަކު އަނެކަކަށް އޯގާތެރިވެ، އެހީތެރިވުމަށް

ޤައުމާ މުޚާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މިއަދު ރައްޔިތުންގެ ކިބައިން އެދެނީ ކެތްތެރިކަމާއެކު އެކަމަށް އެއްބާރުލުން ދިނުމަށް ކަމަށް، އަދި އަޅަމުންދާ ފިޔަވަޅުތަކާއި ގުޅިގެން އާންމުންގެ ދިރިއުޅުމަށް އުނދަގޫތަކެއް ހުންނާނެކަން ޤަބޫލުފުޅު ކުރައްވާކަމަަށް ވިދާޅުވި.

ރައީސް ވިދާޅުވީ، ކާބޯތަކެއްޗާއި ޒަރޫރީ ތަކެތީގެ ސްޓޮކް އެބަހުރި ކަމަށް

ކީރިތި ކުރައްވައި ރައީސް އިތުރަށް ވިދާޅުވީ، އެކަކު އަނެކަކަށް އޯގާތެރިވެ، އެހީތެރިވުމަށް، އަދި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލަނބައި އަމަލު ކުރުމަށް

15 އޭޕްރިލް 2020 | ބުދަ 16:00
Writer Profile Picture
ޙުސައިން މަޚްތޫމް
ރައީސް ޤައުމާ މުޚާތަބުކުރެއްވުން

އެކަކު އަނެކަކާ މެދު އޯގާތެރިކަމާއި ކެތްތެރިކަމާއެކު މުހާތަބު ކުރައްވާ. ކެތްތެރިކަމާއި އިސްލާމްދީނުގެ މަތިވެރި އުސޫލުގެ ތެރެއިން އެކަކު އަނެކަކަށް އަޅާލައްވާ. މިހާތަނަށް ވެކްސިންއެއް ހޯދިފައި ނުވާތީ، އެންމެ މުހިންމު ފިޔަވަޅަކީ ބޭރަށް ނުނިކުންނަވާ ގޭގައި މަޑުކުރެއްވުން. ގިނަގިނައިން އަތް ދޮވެ ސާފްތާހިރުކަމުގެ މިންގަނޑުތަކަށް އަމަލު ކުރައްވާ.

15 އޭޕްރިލް 2020 | ބުދަ 16:00
Writer Profile Picture
ޙުސައިން މަޚްތޫމް
ރައީސް ޤައުމާ މުޚާތަބުކުރެއްވުން

ޒަރޫރީ ބޭނުންތައް ފުއްދޭނެ ގޮތްތައް އިދާރާތަކުން ދަނީ ރާވަމުން. އެކަންކަން އިދާރަތަކުން ވަރަށް އަވަހަށް ހަމަކުރައްވާނެ.

15 އޭޕްރިލް 2020 | ބުދަ 15:58
Writer Profile Picture
ޙުސައިން މަޚްތޫމް
ރައީސް ޤައުމާ މުޚާތަބުކުރެއްވުން

ކާށިދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ ބަލިޖެހިފައިވާ މީހާއި ކޮންޓެކްޓްވި މީހަކު އެރަށަށް ގޮސްފައިވާތީ، ރަށުގައި ކޮންޓެކްޓް ޓްރޭސިންގ ހެދުމަށް.

15 އޭޕްރިލް 2020 | ބުދަ 15:57
Writer Profile Picture
ޙުސައިން މަޚްތޫމް
ރައީސް ޤައުމާ މުޚާތަބުކުރެއްވުން

24 ގަޑި އިރަށް މާލެ ލޮކްޑައުން ކުރީ ކޮންޓެކްޓް ޓްރޭސިންގ ހެދުމަށް.

15 އޭޕްރިލް 2020 | ބުދަ 15:56
Writer Profile Picture
ލައިޝާ އަހްމަދު
މާލެއިން ޕޮޒިޓިވްވި މީހާއާ ގުޅިގެން 11 މީހެއްގެ ސާމްޕަލް ނަގާފައިވޭ: ރައީސް

ރައީސް ވިދާޅުވީ، ޓެސްޓުގެ ނަތީޖާ ލިބުމާއެކު ހުރިހާ ފަރާތްތަކާ އަމަލުކުރާ އުސޫލުން އެމީހާއާމެދުވެސް އަމަލު ކުރަމުންދާ ކަމަށް، އަދި އޭނާއަށް ބަލި ޖެހުނު ގޮތް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި، އޭނާއާ ގުޅިގެން 11 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް އެޗްޕީއޭއާ ޙަވާލާދީ ރައީސް ވިދާޅުވި

15 އޭޕްރިލް 2020 | ބުދަ 15:56
Writer Profile Picture
ޙުސައިން މަޚްތޫމް
ރައީސް ޤައުމާ މުޚާތަބުކުރެއްވުން

ކޮވިޑް-19 ޖެހުނު މީހާއާއި ކޮންޓެކްޓްވި އެންމެން ވަނީ އެކަހެރި ކުރެވިފައި. އަދި މިހާތަނަށް 11 ސާމްޕަލްއެއްވަނީ ނަގާފައި.

15 އޭޕްރިލް 2020 | ބުދަ 15:56
Writer Profile Picture
ޙުސައިން މަޚްތޫމް
ރައީސް ޤައުމާ މުޚާތަބުކުރެއްވުން

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާގެ ކިބައިން އަލާމާތްތައް ފެނުނީ އިއްޔެގެ ވަގުތެއްގައި. ނަތީޖާ ލިބުނީ މިއަދު. އެމީހާއަކީ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނޫން. އޭނާއާއި ބަލިޖެހުނު މީހަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައި ނުވޭ. އެމީހާއަށް ބަލިޖެހުނު ގޮތް ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުން.

15 އޭޕްރިލް 2020 | ބުދަ 15:55
Writer Profile Picture
ޙުސައިން މަޚްތޫމް
ރައީސް ޤައުމާ މުޚާތަބުކުރެއްވުން

ޖެނުއަރީ މަހުން ފެށިގެން ކޮވިޑް-19 ގެ ހާލަތަށް އަންނަނީ ތައްޔަރުވަމުން.

މާލެއިން މީހަކު ޕޮޒިޓިވްވެދާނެކަަމަށް ވެސް އޮތީ ތައްޔާރަށް.

15 އޭޕްރިލް 2020 | ބުދަ 15:54
Writer Profile Picture
ޙުސައިން މަޚްތޫމް
ރައީސް ޤައުމާ މުޚާތަބުކުރެއްވުން

ކޮވިޑް-19 ފެތުރިދާނެ ހާލަތަަކަށް އޮތޯ ތައްޔާރަށް، މުއައްސަސާތައް ވެސް ތިބީ މިކަމަށް ތައްޔާރުވެފައި

15 އޭޕްރިލް 2020 | ބުދަ 15:53
Writer Profile Picture
ޙުސައިން މަޚްތޫމް
އޭޓީއެމްގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި

ބޭންކް އޮފް މޯލްޑިވްސްގެ ހުރިހާ އޭޓީއެމްތަކުން ދެމުން އައި ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލައިފި.

15 އޭޕްރިލް 2020 | ބުދަ 15:50
Writer Profile Picture
ދާނިޝް ނިޡާމް
އެމްޓީސީސީން މާލެސިޓީގައި ދެމުންދާ ހުރިހާ ދަތުރުފަތުރުތައް ހުއްޓާލައިފި

އެމްޓީސީސީން މާލެސިޓީގެ ސަރަހައްދުގައި ދެމުންދާ ހުރިހާ ދަތުރުފަތުރުގެ ހިދުމަތް ހުއްޓާލައިފިއެވެ.

15 އޭޕްރިލް 2020 | ބުދަ 15:22
Writer Profile Picture
ދާނިޝް ނިޡާމް
މާލެ ސިޓީގައި ބަނދަރުކޮށްފައިވާ އުޅަނދުތައް ފުރުން މަނާކޮށްފި

މާލެ ސިޓީ "ލޮކްޑައުން" ހާލަތަކަށް ގެނެވިފައިވާ މި ދަނޑިވަޅުގައި، މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއްވެސް ފުރުމަކީވެސް މަނާކަމެއްކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

15 އޭޕްރިލް 2020 | ބުދަ 15:18
Writer Profile Picture
ދާނިޝް ނިޡާމް
3:30 ގެ ކުރިން ގެއަށް ވަނުމަށް އަންގައިފި

3:30 ގެ ކުރިން ގެއަށް ވަނުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން އަންގައިފިއެވެ.

15 އޭޕްރިލް 2020 | ބުދަ 14:55
Writer Profile Picture
ދާނިޝް ނިޡާމް
ރައީސް ގައުމާއި މުހާތަބް ކުރައްވާނީ އަސްރު ނަމާދަށް ފަހު

އަސްރު ނަމާދަށް ފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގައުމާއި މުހާތަބް ކުރައްވާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

15 އޭޕްރިލް 2020 | ބުދަ 14:53
Writer Profile Picture
ދާނިޝް ނިޡާމް
ރައީސް ޤައުމާ މުހާތަބު ކުރައްވަނީ

މާލެ ތެރެއިން ފުރަތަމަ ފަހަށް ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޤައުމާ މުހާތަބު ކުރައްވަން ހަމަޖެހިއްޖެއެވެ.

ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެއްވި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ، މިއަދުގެ ވަގުތެއްގައި ރައީސް ސޯލިހު ޤައުމާ މުހާތަބު ކުރައްވާނެ ކަމަށެވެ. އެކަމަކު ރައީސް މުހާތަބު ކުރައްވާނީ ކޮން ވަގުތެއްގައި ކަމެއް އޮފިޝަލު ހާމައެއް ނުކުރައްވައެވެ.

15 އޭޕްރިލް 2020 | ބުދަ 14:38
Writer Profile Picture
ދާނިޝް ނިޡާމް
24 ގަޑިއިރަށް މާލެ ލޮކްޑައުން ކޮށްފި

ޓްރެވެލް ހިސްޓްރީއެއް ނެތް މީހަކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން މާލެ ސަރަހައްދު 24 ގަޑިއިރަށް ލޮކްޑައުންކޮށްފިއެވެ.

15 އޭޕްރިލް 2020 | ބުދަ 14:36
Writer Profile Picture
ލައިޝާ އަހްމަދު
ތޮއްޖެހިގެން ތަކެތި ނުގަނޭ، އޮންލައިންކޮށްވެސް ގަނެވޭނެ: އަމްރު
15 އޭޕްރިލް 2020 | ބުދަ 14:12
Writer Profile Picture
ޒިހްނަތު ހަސަން
ކާށިދޫ ކަރަންޓީންކޮށްފައިވާ ކަމަށް ބުނެ، ފަތުރާ ލިޔުމަކީ ފޭކެއް: އެޗްޕީއޭ

ކ. ކާށިދޫ އެއްކޮށް ކަރަންޓީން ކޮށްފައިވާ ކަމަށްބުނެ، ސޯޝަލް މީޑިއާގައި ފަތުރަމުންދާ ލިޔުމަކީ "ފޭކް" ލިޔުމެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

15 އޭޕްރިލް 2020 | ބުދަ 13:53
Writer Profile Picture
ޒިހްނަތު ހަސަން
ކަންބޮޑުނުވޭ، ސަރުކާރުން ވަނީ ތައްޔާރުވެފައި: ރައީސް ނަޝީދު

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ވަނީ ތައްޔާރުވެފައި ކަމަށާއި، ރައްޔިތުން ކަންބޮޑު ނުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

15 އޭޕްރިލް 2020 | ބުދަ 13:20
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 ޕްރެސް ފަސްކޮށްފި

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިއަދު އެންމެ ފުރަތަމަ ޕްރެސް ބާއްވާނެކަމަށް ބުނެފައިވަނި 12:00 ޖަހާއިރުއެވެ. އަދި އެއަށްފަހު 12:30 އަށް ފަސްކުރިއެވެ. އެހެންނަމަވެސް ދާދި ދެންމެއަކު ބުނެފައިވަނީ އަނެއްކާވެސް ޕްރެސް ފަސްކުރެވިފައިވާކަމަށެވެ. އަދި ޕްރެސް ބާއްވާ ގަޑި އަވަހަށް އަންގާނެކަމަށެވެ.

15 އޭޕްރިލް 2020 | ބުދަ 12:46
Writer Profile Picture
ޒިހްނަތު ހަސަން
އިޖުތިމާއީ ގައިދުރުކަމާއި އިތުރު ފިޔަވަޅުތަކާއެކު ދެކުނު ކޮރެއާގެ ޕަރލިމެންޓްރީ އިންތިހާބު ކުރިއަށް

އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމާއި، މާސްކާއި އަންގި އެޅުމަށް ދެވުނު ހަރުކަށި އިރުޝާދުތަކާއެކު ދެކުނު ކޮރެއާގެ ޕަރލިމެންޓްރީ އިންތިހާބުގައި ވޯޓުލާން ފަށައިފިއެވެ.

15 އޭޕްރިލް 2020 | ބުދަ 12:30
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 ގެ ކަންކަމަށް މިހާތަނަށް 280 މިލިއަން ރުފިޔާ ހަރަދުކޮށްފި

ކޮވިޑް-19 އާގުޅިގެން މިމަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް 280 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދަޅުވެއްޖެއެވެ.

15 އޭޕްރިލް 2020 | ބުދަ 12:27
Writer Profile Picture
ޒިހްނަތު ހަސަން
މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހާގެ އެއްވެސް ޓްރެވަލް ހިސްޓްރީ އެއް ނެތް

މާލެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާގެ ފަހުގެ ޓްރެވަލް ހިސްޓްރީ އެއް ނެތްކަމަށް ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިއްޖެ އެވެ.

15 އޭޕްރިލް 2020 | ބުދަ 11:39
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2 މިލިއަނަށް އަރައިފި

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2 މިލިއަނަށް އަރައިފި އެވެ.

15 އޭޕްރިލް 2020 | ބުދަ 11:12