ކޮވިޑް-19: އެންމެ ފަހުގެ

18,542,289
  • ޒަރޫރީ ހާލަތުގައި ގުޅޭނެ ނަންބަރުތަކެއް ގާއިމް ކުރަނީ
  • ރޭގަނޑު 7 އިން 12 އަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ
  • ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މުޅި ދުނިޔޭގައި 2 މިލިއަނަށް އަރައިފި
 
Writer Profile Picture
ޙުސައިން މަޚްތޫމް
ޒަރޫރީ ހާލަތުގައި ގުޅޭނެ ނަންބަރުތަކެއް ގާއިމް ކުރަނީ

ޒަރޫރީ އެކިއެކި ކަންކަމުގައި ބޭރަށް ދާންޖެހިއްޖެނަމަ ކަން ކުރާނެ އުސޫލަކާއި އަދި ގުޅަންޖެހޭނެ ނަންބަރުތަކެއް ވަރަށް އަވަަހަށް އާންމު ކުރާނަން: ޕޮލިސް

15 އޭޕްރިލް 2020 | ބުދަ 17:32
Writer Profile Picture
ޙުސައިން މަޚްތޫމް
ރޭގަނޑު 7 އިން 12 އަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ

ރޭގަނޑު 7:00 އިން 12:00 އަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ. ބޭނުން ކުރާނީ ކުރިން ދީފައި އޮތް ފާސް

15 އޭޕްރިލް 2020 | ބުދަ 17:31
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މުޅި ދުނިޔޭގައި 2 މިލިއަނަށް އަރައިފި

މުޅި ދުނިޔޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 2 މިލިއަނަށް އަރައިފިއެވެ.

ތަފާސް ހިސާބުތަކަށް ބަލާ އިރު އެންމެ ގިނައިން ކޮވިޑް-19 ބަލި ޖެހުނު މީހުން ތިބީ އެމެރިކާގައެވެ. އެގައުމުގައި ބަލި ޖެހުނު މީހުންގެ ނިސްބަތް ހުރީ 6 ލައްކައަށްވުރެ މަތީގައެވެ.

15 އޭޕްރިލް 2020 | ބުދަ 17:13
Writer Profile Picture
ޙުސައިން މަޚްތޫމް
ކާށިދޫއަށް ދިޔައީ ސެކަންޑަރީ ކޮންޓެކްޓެއް

ކ. ކާށިދޫއަށް ދިޔައީ ސެކަންޑަރީ ކޮންޓެކްޓެއް ކަމަށާއި، އޭނާ އައިސޮލޭޓް ކުރެވިފައި ނުވޭ: ޑރ. ނަޒްލާ

15 އޭޕްރިލް 2020 | ބުދަ 17:10
Writer Profile Picture
ޙުސައިން މަޚްތޫމް
ބަލިމީހުން ބެލޭނެ އިންތިޒާމް

ފޯން ކޯލް އަދި ވީޑިއޯ މެދުވެރިކޮށް ބަލިމީހުން ބަލާނެ އިންތިޒާމް ހަމަޖެހިފައިވޭ: ޑރ. އަލީ ލަތީފް

15 އޭޕްރިލް 2020 | ބުދަ 16:58
Writer Profile Picture
ޙުސައިން މަޚްތޫމް
މާލެއިން ޕޮޒިޓިވްވި މީހާ

ލޮކްޑައުންގެ ހާލަތުގައި އޮތީ ޕޮޒިޓިވްވި މީހާ ޕޮޒިޓިވްވުމުގެ ކުރިން އެކި ތަންތަނަށް ގޮސްފައިވާތީ އެކަން މޮނިޓަރކޮށް ބެލުމަށް. މިހާތަނަށް މަސައްކަތް ކޮށްފައިވަނީ ޕޮޒިޓިވް ކޭސްއެއް ފެނިދާނެކަމަށް ގަބޫލުކޮށްގެން ތިބެ.

15 އޭޕްރިލް 2020 | ބުދަ 16:54
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮވިޑް-19 އަށް ވެފައިވާ ތައްޔަރީތައް

މާލެ އެކި ސަރަހައްދުތަކަށް ބަހާލެވިގެންދާނެ. ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެއްޖެނަމަ އެކަން ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައި: އަމީން

15 އޭޕްރިލް 2020 | ބުދަ 16:53
Writer Profile Picture
ޙުސައިން މަޚްތޫމް
މާލެއިން ޕޮޒިޓިވްވި މީހާއާއި ކޮންޓެކްޓްވި ފަރާތްތައް

ޑރ. ނަޒްލާ - މާލޭގެ އެކި ސަރަހައްދުތަކުގައި ކޮންޓެކްޓް ޓްރޭސިން ކުރަމުންދަނީ

- އަތޮޅު ތެރޭގައި އެބަތިބި ކޭސްއާއި ގުޅިގެން އައި ސޮލޭޓް ކުރެވިފައިވާ ފަރަތްތައް

- އައްޑޫ 2 އަދި ގދ. ވާދޫ 2 މީހަކު ވަނީ އައިސޮލޭޓް ކުރެވިފައި

ޑރ. އަލީ ލަތީފް - ކަރަންޓީނުން ދޫކުރެވުނު މީހަކާއި ޕޮޒިޓިވްވި މީހާއި ކޮންޓެކްޓްވެފައި ނުވޭ

15 އޭޕްރިލް 2020 | ބުދަ 16:52
Writer Profile Picture
ޙުސައިން މަޚްތޫމް
މާލޭގެ 4 ގެއެއް ވެސް ދަނީ ބަލަމުން

މާލެއިން ޕޮޒިޓިވްވި މީހާއާއި ގުޅިގެން 4 ގެއެއް ބަލަމުންދަނީ. އަދި އޭނާއެކު ޑޮކްޓަރަށް ދައްކަން ދިޔަ މީހުންނާއި އިތުރު ފަރާތްތަކެއްވެސް ބަލަމުން އެބަދޭ: ޑރ. ނަޒްލާ

15 އޭޕްރިލް 2020 | ބުދަ 16:47
Writer Profile Picture
ޙުސައިން މަޚްތޫމް
54 މީހަކު އައިސޮލޭޓް ކޮށްފި

މާލެއިން ޕޮޒިޓިވްވީ މީހާއާއި އެކި ގޮތްގޮތުން ކޮންޓެކްޓްވި 54 މީހަކު ވަނީ އައޮސޮލޭޓް ކުރެވިފައި.

15 އޭޕްރިލް 2020 | ބުދަ 16:46
Writer Profile Picture
ޙުސައިން މަޚްތޫމް
ލޮކްޑައިން ކުރީ ކޮންޓްރެކްޓް ޓްރޭސިން ހެދުމަށް

ލޮކްޑައުން ކުރީ ކޮންޓެކްޓް ޓްރޭސިން ހެދުމަށާއި، މިކަން ދެނެގަތުމަށް ފަސޭހަ ކުރުމުގެ ގޮތުން.

15 އޭޕްރިލް 2020 | ބުދަ 16:44
Writer Profile Picture
ޙުސައިން މަޚްތޫމް
ގެއިން ބޭރަށް ނުކުމެވަޑައި ނުގަންނަވާ: ޑރ. އަލީ ލަތީފް

މި ބަލީގައި އެންމެ ބޮޑަށް އަސަރު ކުރާ ފަރާތްތައް ކަމުގައިވާ އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުންނާއި ދާއިމީ ބަލީގެ ބޭސް ބޭނުންކުރުާ ފަރާތްތައް ގެއިން ބޭރަށް ނުނުކުންނަވާ.

15 އޭޕްރިލް 2020 | ބުދަ 16:44
Writer Profile Picture
ޙުސައިން މަޚްތޫމް
ކަރަންޓީން ކޮށްފައި ދޫކުރާ މީހެއްގެ ގައިން އެހެން މީހެއްގެ ގަޔަށް ބަލި އަރާފައި ނުވާނެ

ރާއްޖެއިން ބޭރުން އައި މީހުންގެ ތެރެއިން ކަރަންޓީން ކުރުމަށްފަހު އަނބުރާ ގެއަށް ފޮނުވާލި މީހުންގެ ތެރެއިން މީހެއްގެ ގައިން އެހެން މީހެއްގެ ގަޔަށް ބަލި ޖެހިފައި ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް.

15 އޭޕްރިލް 2020 | ބުދަ 16:42
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮވިޑް-19 އާއި ގުޅިގެން ޒިންމާދާރުކަމެއް ނުފެނޭ

ކޮވިޑް-19 އަކީ ނުރައްކާތެރި ބައްޔެއް ނަމަވެސް ފާއިތުވި ދުވަސްތަކުގައި މިކަމުން ސަލާމަތްވުމަށް ކުރެވުނު މަސައްކަތުގައި އާންމުންގެ އެއްބާރުލުން ބޭނުންވާ ވަރަށް ލިބިވަޑައިގެންފައި ނުވާކަމަށް ޑރ. އަލީ ލަތީފް ވިދާޅުވެއްޖެ.

15 އޭޕްރިލް 2020 | ބުދަ 16:41
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮމިއުނިޓީ ސްޕްރެޑެއް އެބައުޅޭ ކަމަށް ގަބޫލުކުރެވޭ: ޑރ. އަލީ ލަތީފް

މާލެއިން ޕޮޒިޓިވްވި ކޭސްއާއެކު މާލޭގައި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭކަމަށް ގަބޫލުކުރެވޭ. މިފަދަ ކޭސްއެއް ފެނިފައި މިވަނީ އެންމެ ފުރަތަމަ ރާއްޖެއިން ފެނުނު ކޭސް ފެނުނުތާ 45 ދުވަސް ފަހުން.

15 އޭޕްރިލް 2020 | ބުދަ 16:39
Writer Profile Picture
ޙުސައިން މަޚްތޫމް
ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން

ރާއްޖޭގައި ހުރިހާ ސިއްހީ ހިދުމަތްތެެރިން ފްރަންޓްލައިނަށް ނުކުތުމަށް ތައްޔާރުވުމަށް އަމީން އިލްތިމާސް ކުރައްވައިފި. މީގެ ތެރޭގައި ކުރީގެ ހިދުމަތްތެރިންނާއި، މިހާރު މަސައްކަތް ކުރައްވާ ފަރާތްތަކާއި އަދި ތަމްރީނުވަމުންދާ ފަރާތްތައް ވެސް ތައްޔާރުވުމަށް އެދެން.

15 އޭޕްރިލް 2020 | ބުދަ 16:37
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮވިޑް-19 ފެތުރިއްޖެ ނަމަ ކުރެވޭނެކަމަކީ އެ ފެތުރުން ލަސްކުރެވޭނެ ގޮތްތައް ހޯދުން

ކޮވިޑް-19 ފެތުރިއްޖެ ނަމަ ކުރެވޭނެކަމަކީ އެ ފެތުރުން ލަސްކުރެވޭނެ ގޮތްތައް ހޯދުން ކަމަށާއި، އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދަނީ. މިވަގުތު އެންމެ މުހިންމީ އިޖްތިމާއީ ގައިދުރުކަން ބެހެއްޓުން.

15 އޭޕްރިލް 2020 | ބުދަ 16:36
Writer Profile Picture
ޙުސައިން މަޚްތޫމް
މާލޭގެ ލޮކްޑައުން އިތުރުކުރަން ޖެހިއްޖެ ހާލަތެއްގައި އޮތީ ތައްޔާރަށް: އަމީން

24 ގަޑި އިރަށް މާލެ ލޮކްޑައުންކޮށްފައިވީ ނަމަވެސް، އެ މުއްދަތު އިތުުރުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރެވޭނެ އިންތިޒާމްތައް ވަނީ ރޭވިފައި

15 އޭޕްރިލް 2020 | ބުދަ 16:35
Writer Profile Picture
ޙުސައިން މަޚްތޫމް
ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން

އަމިއްލަ ގެއިން ނޫން ގޮތަކަށް ކެއުން ހަމަޖައްސަން ޖެހޭ މީހުންނާއި ޒަރޫރީ ކަންކަން ހަމަޖެހިފައިވާ ގޮތްތައް މިއަދުގެ ވަގުތެއްގައި ހާމަކުރާނެ: އަމީން

15 އޭޕްރިލް 2020 | ބުދަ 16:34
Writer Profile Picture
ޙުސައިން މަޚްތޫމް
ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން

މާލެއިން ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްޓްވި ހުރިހާ އެއްމެން ދެނެގަނެވި އަދި ޑައިރެކްޓް ކޮންޓެކްޓްވި މީހުންނާއި ކޮންޓެކްޓްވި އެހެން މީހުން ޓްރޭސް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން: އަމީން

15 އޭޕްރިލް 2020 | ބުދަ 16:33
Writer Profile Picture
ޙުސައިން މަޚްތޫމް
ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން

މާލެއިން ޕޮޒިޓިވްވި މީހާއަކީ ރާއްޖެއިން ބޭރުން އައި މީހުންގެ ތެރެއިން ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓްވި އަދި ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނޫން: އަމީން

15 އޭޕްރިލް 2020 | ބުދަ 16:32
Writer Profile Picture
ޙުސައިން މަޚްތޫމް
ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން

މާލޭގެ ކޭސް ފެނުމުގެ ކުރިން ވެސް ބަލި ފެތުރިއްޖެ ހާލަތެއްގައި އެ ފެތުރުން ލަސްކުރުން އެއީ އަމާޒު: އަމީން

15 އޭޕްރިލް 2020 | ބުދަ 16:32
Writer Profile Picture
ޙުސައިން މަޚްތޫމް

ކޯވިޑް-19 އާއި ގުޅިގެން ފުރަމާލެ ސަރަހައްދު 24 ގަޑިއިރަށް 'ބަންދު' ކުރުމަށް އެޗްޕީއޭ އިން ނިންމުމާއި ގުޅިގެން، ވެމްކޯއިން މާލެ ސަރަހައްދުގައި ފޯރުކޮށްދޭ އެންމެހާ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމުން.

15 އޭޕްރިލް 2020 | ބުދަ 16:21
Writer Profile Picture
ޙުސައިން މަޚްތޫމް
މާލެ ލޮކްޑައުންކުރުން
15 އޭޕްރިލް 2020 | ބުދަ 16:16
Writer Profile Picture
ޙުސައިން މަޚްތޫމް
ރައީސް ޤައުމާ މުޚާތަބުކުރެއްވުން

ކޮވިޑް-19 އާއި ގުޅިގެން މަސައްކަތް ކުރައްވާ ސިއްހީ ހިދުމަތްތަތެރިންނާއި އެކިއެކި މަސައްކަތްތަކުގައި އުޅުއްވާ ފަރާތްތަކަށް ވަރަށް ހައްސަ ޝުކުރެއް ދަންނަވަން.

15 އޭޕްރިލް 2020 | ބުދަ 16:00