ކޮވިޑް-19: އެންމެ ފަހުގެ

18,585,394
  • މޯލްޑިވިއަންގެ އުދުހުންތައް އިތުރު 24 ގަޑި އިރަށް މެދުކަނޑާލައިފި
  • ކޮވިޑް-19 އާއި ގުޅިގެން މާލެ ސިޓީގައި ޑެލިވެރީކުރުމަށް ހުއްދަ ދޫކޮށްފައިވާ ފަރާތްތައް.
  • ގޭގެއިން ކުނި ބާލަންވީ މެންދުރު 12:00 އިން 2:00 އަށް ކަމަށް ވެމްކޯއިން ބުނެފި
 
Writer Profile Picture
ޙުސައިން މަޚްތޫމް
މޯލްޑިވިއަންގެ އުދުހުންތައް އިތުރު 24 ގަޑި އިރަށް މެދުކަނޑާލައިފި

ކޮވިޑް-19އާ ގުޅިގެން މާލެސިޓީ “ލޮކް ޑައުން” ގެ މުއްދަތު އިތުރުކުރުމާ ގުޅިގެން އެޗް.ޕީ.އޭއިން ވަކި ގޮތަކަށް އަންގަންދެން ކުރިޔަށް އޮތް ސައުވީސް ގަޑިއިރަށް މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތައް މެދުކަނޑާލައިފި.

16 އޭޕްރިލް 2020 | ބުރާސްފަތި 15:37
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮވިޑް-19 އާއި ގުޅިގެން މާލެ ސިޓީގައި ޑެލިވެރީކުރުމަށް ހުއްދަ ދޫކޮށްފައިވާ ފަރާތްތައް.
16 އޭޕްރިލް 2020 | ބުރާސްފަތި 15:35
Writer Profile Picture
އާއިޝަތު ޝިއުރާ
ގޭގެއިން ކުނި ބާލަންވީ މެންދުރު 12:00 އިން 2:00 އަށް ކަމަށް ވެމްކޯއިން ބުނެފި

މާލެ ސަރަހައްދުގެ ގޭބީސީތަކުގައި އުފެދޭކުނި ގޭގެ ތިރިއަށް ބާލާނެ ގަޑިއަކީ މެންދުރު 12:00 އިން 2:00 ށް ކަމަށް ވެމްކޯއިން ބުނެފި އެވެ. މީގެއިތުރުން މޮނިޓަރިންގ ހާލަތުގައި ހުރި ގޭގެއިން ކުނި ބޭރަށް ނުނެރުމަށާއި އެކަމަށް ހާއްސަ ޓީމަކުން ގޮސް އެފަދަ ގޭގެއިން ކުނި ނަގާނެ ކަމަށް ވެމްކޯ އިން އެކަމާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފަ އެވެ.

16 އޭޕްރިލް 2020 | ބުރާސްފަތި 13:19
Writer Profile Picture
އާއިޝަތު ޝިއުރާ
ފުލުހުންގެ ކޯލް ސެންޓަރުގެ ޚިދުމަތް ފުޅާކުރަނީ

މާލެ ލޮކްޑައުންކޮށްފައިވާ ހާލަތުގައި ހިދުމަތް ދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ގާއިމުކުރި ކޯލް ސެންޓަރުގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

އެކަމާއި ގުޅިގެން ސީޕީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ވިޔަފާރިތަކުންނާއި އާންމު ރައްޔިތުންގެ ފަރާތުން އެހީތެރިކަމަށް އެދި ކޯލް ސެންޓަރަށް އަންނަ ކޯލްތަކަށް އެއްފަހަރާ ޖަވާބު ދެވޭ އަދަދާއި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ހިދުމަތަށް ފަސޭހައިން އެދެވޭނެ އޮންލައިންޕޯޓަލްއެއް ތަޢާރަފްކޮށްފައިވާ ކަމަށާއި އެ ޕޯޓަލް މެދުވެރިކޮށް ޚިދުމަތް ހޯދުމަށް ސީޕީ ވަނީ އެދިވަޑައިގަންފަ އެވެ.

16 އޭޕްރިލް 2020 | ބުރާސްފަތި 13:15
Writer Profile Picture
އާއިޝަތު ޝިއުރާ
އެސްޓީއޯ އީސްޓޯރުގެ ހިދުމަތް އަލުން ފަށައިފި

ލޮކްޑައުންއާ ގުޅިގެން ހިދުމަތް މެދުކަނޑާލުމަށް ފަހު އެސްޓީއޯގެ އީސްޓޯރުގެ ހިދުމަތް އަލުން މިއަދު ފަށައިފި އެވެ.ރެއިން ފެށިގެން އެ ހިދުމަތް މެދުކަނޑާލީ 24 ގަޑިއިރަށް މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ޑެލިވަރީ ކުރުމަށް ނަގަން ޖެހޭ ހާއްސަ ހުއްދަ ނެގުމަށެވެ. މި ހުއްދަ މިހާރު ލިބިފައިވާ ކަމަށާއި މިހާރު އީސްޓޯރުގެ ހިދުމަތް އާއްމުންނަށް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ

16 އޭޕްރިލް 2020 | ބުރާސްފަތި 11:42
Writer Profile Picture
އާއިޝަތު ޝިއުރާ
އޭޑީކޭއިން ގޭގެއަށް ޒިޔާރަތްކޮށްގެން ދެމުންގެންދިޔަ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލައިފި

މާލޭގައި ދިރިއުޅެމުންދާ މީހެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އޭޑީކޭ އިން ގޭގެއަށް ޒިޔާރަތްކޮށްގެން ދެމުން ގެންދިޔަ ޚިދުމަތްތައް މެދުކަނޑާލައިފިއެވެ.

އެކަމާއި ގުޅިގެން އޭޑީކޭއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ހޯމް ކޮންސަލްޓޭޝަން، ހޯމް ސާމްޕަލް ކަލެކްޝަން އަދި އޭޑީކޭ އެޓް ހޯމްގެ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލާފައި ވާކަމަށެވެ. އެހެންނަމަވެސް އޮންލައިން ކޮންސަލްޓޭޝަންގެ ޚިދުމަތް ކުރިއެކޭ އެއްގޮތަށް ލިބެމުންދާނެކަމަށް އޭޑީކޭއިން ބުނެއެވެ.

16 އޭޕްރިލް 2020 | ބުރާސްފަތި 11:04
Writer Profile Picture
ސިމާހާ ނަސީމް
ޔޫއޭއީ އަށް ފޮނުވާ ކެއަރ ޕެކޭޖުތައް ބަލައިގަތުން ވަގުތީގޮތުން މެދުކަނޑާލުން
16 އޭޕްރިލް 2020 | ބުރާސްފަތި 10:34
Writer Profile Picture
އާއިޝަތު ޝިއުރާ
މިހާލަތުގައި މާބަނޑު މީހުންނާމެދު އަމަލުކުރާނެ ޚާއްސަ ޕްލޭނަކާއެކު އައިޖީއެމްއެޗް އޮތީ ތައްޔާރަށް

ކޮވިޑް-19 އަށް މާލޭގައި ދިރިއުޅޭ ރައްޔިތަކު ޕޮޒިޓިވްވުމާއި ގުޅިގެން އައިޖީއެމްއެޗްގެ ބައެއް ޚިދުމަތްތައް ދެ ދުވަހުގެ މުއްދަތަށް މެދުކަނޑާލާފައި ވީނަމަވެސް އެހޮސްޕިޓަލުން މާބަނޑު މީހުންނަށް ދެމުންގެންދާ ޚިދުމަތްތަކަށް ބުރު ނާރާ ކުރިޔަށްދާނެކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އައިޖީއެމްއެޗްގެ އަންހެނުންގެ ހާއްސަ ޑޮކްޓަރު ޑރ. އަސީލް ޖަލީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ހާލަތުގައި މާބަނޑު އަންހެނުންގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދަން ހާއްސަ ޕްލޭނެއް އެކުލަވާލައި އެ ޕްލޭނާ އެއްގޮތަށް އަމަލުކުރަން ފަށާފައިވާ ކަމަށެވެ. އަދި މާބަނޑު މީހުން ހޮސްޕިޓަލަށް ވަނުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަމުން އަންނަ ކަމަށް ޑރ. ވިދާޅުވިއެވެ.

ޑރ. އަސީލް އިތުރަށް ވިދާޅުވީ އޭޕްރީލް މަހުން ފެށިގެން ޖޫން މަހާ ހަމައަށް އައިޖީއެމްއެޗްގައި ވިހަން ނަން ނޯޓު ކޮށްފައިވާ މީހުންގެ މައުލޫމާތު މިހާރު ހޯދާފައިވާ ކަމަށެވެ. މީގެ އިތުރުން އެޕޮއިންޓްމަންޓް ހައްދާފައި ތިބި މާބަނޑު މީހުންނަށް އައިޖީއެމްއެޗުން ފޯނުން ގުޅައިގެން އެޕޮއިންޓްމަންޓްގެ ކަންކަން ކުރިއަށް ގެންދާނެކަމަށްވެސް ޑރ. އަސީލް ވިދާޅުވި އެވެ. އަދި އައިޖީއެމްއެޗުން ދެމުންގެންދާ އިމަރޖެންސީ ޚިދުމަތް މެދުނުކެނޑި ކުރިޔަށްދާނެ ކަމަށްވެސް ޑރ އަސީލް ވިދާޅުވި އެވެ.

16 އޭޕްރިލް 2020 | ބުރާސްފަތި 10:20
Writer Profile Picture
އާއިޝަތު ޝިއުރާ
ބުރާސްފަތި އަދި ހޮނިހިރު ދުވަހު އައިޖީއެމްއެޗުން ދެމުން ގެންދާ ބައެއް ޚިދުމަތްތައް މެދުކަނޑާލާނެ

ކޮވިޑް-19 މާލޭގައި ދިރިއުޅޭ ރައްޔިތެއްގެ ގައިން ފެނުމާއެކު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) ން ދެމުން ގެންދިޔަ ބައެއް ޚިދުމަތްތައް ބުރާސްފަތި އަދި ހޮނިހިރު ދުވަހު ނުދޭނެކަަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗުން އެކަމާއި ގުޅޭގޮތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި ދެ ދުވަހު ހޮސްޕިޓަލުން ދެމުން ގެންދާ ހޮސްޕިޓަލްގެ ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ޚިދުމަތްތައް ބަންދުވާނެކަމަށެވެ. އެހެންނަމަވެސް އައިޕީޑީ އަދި އިމަރޖެންސީ ޚިދުމަތްތައް އެހެން ދުވަސްތަކެކޭ އެއްގޮތަށް ދެމުން ގެންދާނެކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

އަދި އައިޖީއެމްއެޗުން ދެމުންގެންދާ ޚިދުމަތްތަކާއި ގުޅޭގޮތުން އާދިއްތަ ދުވަހުން ފެށިގެން އަމަލުކުރާނެ ގޮތެއް ހޮނިހިރު ދުވަހު ހާމަކުރާނެކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

ކޮވިޑް-19 އަށް މާލޭގައި ދިރިއުޅެމުންދާ ރައްޔިތަކު ޕޮޒިޓިވްވެފައިވާއިރު މާލެ ހިމެނޭ ސަރަހައްދު ވަނީ 24 ގަޑިއިރު ވަންދެން ލޮކްޑައުންކޮށްފަ އެވެ. އެހެންކަމުން ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ނޫނީ ތަންތަނުން މިހާރު ދެމުންނެއް ނުގެންދެއެވެ. ނަމަވެސް ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދޭނެ ގޮތްތައް ކަމާބެހޭ ފަރާތްތަކުން އަންނަނީ ހަމަޖައްސަމުންނެވެ.

16 އޭޕްރިލް 2020 | ބުރާސްފަތި 09:54
Writer Profile Picture
އާއިޝަތު ޝިއުރާ
ޗައިނާގައި އިއްޔެ ވައިރަސް ޖެހުނީ 46 މީހުންނަށް

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާއިން އިއްޔެ ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ 46 މީހުންނަށެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު އޮތޯރިޓީން ހާމަކުރާ ގޮތުގައި ބުދަ ދުވަހު އެގައުމުގައި ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ ތެރެއިން 34 މީހުންނަކީ އެގައުމަށް އެތެރެވި މީހުންނެވެ. އަންގާރަ ދުވަހު އެގައުމަށް އެތެރެވެފައިވާ މީހުންގެ ތެރެއިން 36 މީހަކަށް ވައިރަސް ޖެހިގެން ވަނީ ރިޕޯޓްކޮށްފަ އެވެ.

16 އޭޕްރިލް 2020 | ބުރާސްފަތި 09:31
Writer Profile Picture
އާއިޝަތު ޝިއުރާ
އެމެރިކާގައި ފާއިތުވި 24 ގަޑިއިރު މަރުވި މީހުންގެ އަދަދު 2600 އަށް ވުރެ މަތި

ކޮވިޑް-19 މިވަގުތު އެންމެ ހަލުވި މިނުގައި ދުނިޔޭގައި ފެތުރެމުން އަންނަ އެމެރިކާގައި ފާއިތުވި 24 ގަޑިއިރު މަރުވި މީހުންގެ އަދަދު 2600 ށް ވުރެ މައްޗަށް ގޮސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކޮވިޑް-19 ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދުތައް ހާމަކުރަމުންދާ ޖޯންސް ހޮޕްސްކިން ޔުނިވަރސިޓީން ހާމަކުރާ ގޮތުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި އެމެރިކާއިން މިވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 2600 ށް ވުރެ މައްޗެވެ. އަދި މިއީ މިހާތަނަށް އެމެރިކާގައި މިވައިރަސް ޖެހިގެން އެންމެ ގިނައިން މީހުން މަރުވި ދުވަސްކަންވެސް ފާހަގަކޮށްލެވެ އެވެ.

16 އޭޕްރިލް 2020 | ބުރާސްފަތި 09:30
Writer Profile Picture
އާއިޝަތު ޝިއުރާ
މޯލްޑިވް ގޭސް އިން އެމަރޖެންސީ ގޭސް ޑެލިވަރ ކޮށްދިނުމުގެ ޚިދުމަތް ފަށައިފި

މޯލްޑިވް ގޭސް އިން އެމަރޖެންސީ ގޭސް ޑެލިވަރ ކުރާ ގަޑިތައް ހާމަކޮށްފި އެވެ. މޯލްޑިވް ގޭސް އިން ބުނީ ހެނދުނު 9 ން ރޭގަނޑު 8:30 ށް މި ޚިދުމަތް ދެމުން ގެންދާނެކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގޭސް ފުޅި ގެންދާނީ ގޭގެ ދޮރާހަމައަށް ކަމަށް މޯލްޑިވް ގޭސް އިން ބުނެއެވެ. ޑެލިވަރ ކުރުމަށް އޯޑަރ ކުރާނީ އޮންލައިންކޮށް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް ކަމަށް މޯލްޑިވް ގޭސް އިން ބުނެއެވެ.

16 އޭޕްރިލް 2020 | ބުރާސްފަތި 09:11
Writer Profile Picture
ލައިޝާ އަހްމަދު
މާލެއިން 3 ވަނަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
16 އޭޕްރިލް 2020 | ބުރާސްފަތި 01:47
Writer Profile Picture
ލައިޝާ އަހްމަދު
ކޮވިޑް-19: ޝައްކު ކުރެވޭ އަލާމަތްތަކެއް ހުރި 14 މީހުން އައިސޮލޭޓް ކުރަނީ

އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި 14 މީހަކު ހުޅުލޭ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް.

އަދި މި 14 މީހުންނަކީ މިއަދު މާލެއިން ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓުންކަމަށް ބުނެފައިވޭ

16 އޭޕްރިލް 2020 | ބުރާސްފަތި 01:19
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: އޭއެފްސީގެ މެޗުތައް ސަޕޯޓަރުން ނުވައްދައި ކުޅެނީ

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ އޭއެފްސީ ކަޕާއި އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗުތައް، ސަޕޯޓަރުން ނުވައްދައި ކުރިއަށް ގެންދިއުމުގެ ޚިޔާލު ގެންގުޅޭ ކަމަށް އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ބުނެފި އެވެ.

އޭއެފްސީގެ ޖެނެރަލް ސެކްރެޓަރީ ވިންޑްސޯ ޖޯން އޭއެފްޕީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭއެފްސީ ކަޕާއި އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗުތައް މިއަހަރު ބޭއްވޭނެ ކަމަށާއި އެކަން ކުރެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށެވެ. އެގޮތުން މެޗުތައް އަލުން ފަށާއި ސަޕޯޓަރުން ނުވައްދައި މެޗުތައް ކުރިއަށް ގެންދިޔުމަށް މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

16 އޭޕްރިލް 2020 | ބުރާސްފަތި 01:01
Writer Profile Picture
އުމްނާ އިސްމާއިލް
މާލެއިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ
15 އޭޕްރިލް 2020 | ބުދަ 22:56
Writer Profile Picture
ލައިޝާ އަހްމަދު
ލޮކްޑައުން ތަންފީޒު ކުރުމަށް މާލޭ ސަރަޙައްދުގައި 200 ފުލުހުން ހަރަކާތްތެރިވާނެ

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މާލެ ސަރަޙައްދުގައި އިއުލާނު ކޮށްފައިވާ ލޮކްޑައުން ގެ ކަންކަން ބަލައި ތަންފީޒު ކުރުމުގައި ހަރަކާތްތެރިވާނީ 200 ފުލުހުން ކަމަށް. އެ ފަރާތްތަކުން މާލެ، ހުޅުމާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅުގެ ކަންކަން ބަލަހައްޓާނީ އެ ފުލުހުންކަމަށް ވިދާޅުވި

15 އޭޕްރިލް 2020 | ބުދަ 20:55
Writer Profile Picture
ލައިޝާ އަހްމަދު
ފުލުހުންގެ އެލަރޓް ލެވެލް ވަނީ ސްޓޭޓަސް 2 (އޮރެންޖް) ގައި

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ފްރަންޓް ލައިންގައި ހަރަކާތްތެރިވާ ފުލުހުންވެސް ގެއަށް ނުގޮސް މަސައްކަތް ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަވާނެ ކަމަށް.

ފުލުހުން މަސައްކަތް ކުރަނީ ފުލުހުންގެ އެލަރޓް ލެވެލް ސްޓޭޓަސް 2 (އޮރެންޖް) ގައި.

15 އޭޕްރިލް 2020 | ބުދަ 20:52
Writer Profile Picture
ލައިޝާ އަހްމަދު
ފޯކަސް ކޮވިޑް19 އަށް އޮތް ނަމަވެސް އެހެން ޒިންމާތަކަށް ފަރުވާކުޑައެއް ނުވާނެ

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ބައިވެރިވެވަޑައިގަތް ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމާލް ވިދާޅުވީ، މައިގަނޑު ފޯކަސްއެއް ކޮވިޑް އޮޕަރޭޝަނަށް އޮތް ނަމަވެސް މައިގަނޑު ޒިންމާތައް އަދާކުރުމަށް (ޤައުމުގެ ސަލާމަތާއި ދިފާއަށް) އަދި ސެކިއުރިޓީ އޮޕަރޭޝަންތަކަށްވެސް ސަމާލުކަން ކުޑަނުވާނެ ކަމަށް، އަދި އެއްވެސް ބަޔަކު މި ޙާލަތުގެ ނާޖާއިޒް ފައިދާ ނަންގައިވައިގެން ނުވާނެ ކަމަށް، މިސާލެއްގެ ގޮތުން ބުދަ ދުވަހު ޤަސްތުގައި އދ މަހިބަދޫގައި އޮތް ސީއެމްބިއުލާންސަކާއި، ފުލުހުންގެ ވެހިކަލްއަކާއި ކައުންސިލްގެ ވެހިކަލް ހިމެނޭ ގޮތަށް 7 ވެހިކަލްއެއް އަންދާލި ހާދިސާ ކޮމިޝަނަރ އޮފް ޕޮލިސްވެސް ފާހަގަކުރެއްވި.

15 އޭޕްރިލް 2020 | ބުދަ 20:48
Writer Profile Picture
ލައިޝާ އަހްމަދު
އެލަރޓް ސްޓޭޓަށް ބްލޫ 1 އަށް ގެނެވިފައިވާއިރު، މިއީ ކާރިސާތަކާއި ގުޅިގެން ނެރޭ އެލަރޓެއް

ކޮވިޑް-19 އާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ފަރާތްތަކުން ވިދާޅުވީ، ޤައުމީ ސަލާމަތަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްވެސް ފުލުހުންނާއި ސިފައިން ގުޅިގެން ކުރަމުންދާ ކަމަށް.

އެގޮތުން ސިފައިންވެސް އެލަރޓް ސްޓޭޓަށް ބްލޫ 1 އަށް ގެނެވިފައިވާއިރު، މިއީ ކާރިސާތަކާއި ގުޅިގެން ނެރޭ އެލަރޓެއްކަމަށް ވިދާޅުވި، އަދި ސިފައިން ރައްކާތެރި ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ފޯސް ޕްޓޮޓެކްޝަން ޕޮލިސީއާއި، ފޯސް ސަސްޓެއިން ޕޮލިސީ އަދި ފޯސް އިކޮނޮމައިޒޭޝަން ޕޮލިސީއެއް ޤާއިމުކޮށްފައިވާކަމަށް.

15 އޭޕްރިލް 2020 | ބުދަ 20:44
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ޔުވެންޓަސްގެ މަޓުއިޑީ އާއި ރުގާނީ ރަނގަޅުވެއްޖެ

ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވި ޔުވެންޓަސްގެ މިޑްފީލްޑަރު ބްލައިސް މަޓުއިޑީ އާއި ޑިފެންޑަރު ޑެނިއަލީ ރުގާނީ ރަނގަޅުވެއްޖެ އެވެ.

މި ދެ ކުޅުންތެރިން އެއްކޮށް ރަނގަޅުވެފައިވާ ކަން ޔުވެންޓަސްއިން ވަނީ ހާމަކޮށްދީފައެވެ. މީގެ ތެރެއިން ރުގާނީ އަކީ އިޓަލީން ކޮވިޑް-19 އަށް ޕޮޒިޓިވްވި އެންމެ ފުރަތަމަ ފުޓްބޯޅަ ކުޅުންތެރިޔާއެވެ. އެގޮތުން މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހު ރުގާނީ ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، މަޓުއިޑީ ވައިރަހަށް ޕޮޒިޓިވްވީ މާޗު މަހުގެ 18 ވަނަ ދުވަހު އެވެ.

15 އޭޕްރިލް 2020 | ބުދަ 18:38
Writer Profile Picture
ޙުސައިން މަޚްތޫމް
ލޮކްޑައުންގައި ބޭރަށް ނުކުމެއްޖެ ނަމަ ކަރަންޓީން ކުރަނީ

މާލޭގައި ލޮކްޑައުން ކޮށްފައި އޮންނަ ގަޑީގައި ބޭރު ތެރޭގައި އުޅޭނަމަ 14 ދުވަސް ވަންދެން އެމީހަކު ކަރަންޓީން ކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.

15 އޭޕްރިލް 2020 | ބުދަ 18:11
Writer Profile Picture
ޙުސައިން މަޚްތޫމް
އެތެރޭގެ އުދުހުންތައް ވަގުތީގޮތުން މެދުކަނޑާލައިފި
15 އޭޕްރިލް 2020 | ބުދަ 17:47
Writer Profile Picture
ޙުސައިން މަޚްތޫމް
ޒަރޫރީ ބޭނުމެއްގައި ނޫނީ މާލެ ނައުން އެދެން؛ ޕޮލިސް

ޒަރޫރީ ބޭނުމެއްގައި ނޫނީ މާލެ ނައުމަށާއި، އެދެވިގެންވާނަމަ އެންމެ ކައިރި ރަށަކަށް އުޅަނދުތައް ބަނދަރު ކުރުމަށް ފުލުހުން އެދިވަޑައިގެންފި.

15 އޭޕްރިލް 2020 | ބުދަ 17:34
Writer Profile Picture
ޙުސައިން މަޚްތޫމް
ގޭސް އަދި ފެން ޑެލިވަރީ ކުރުން

ކުންފުނިތަކާއި ވާހަކަ ދެއްކިގެން ކަންކަން ކުރެވޭނެ އިންތިޒާމް ދަނީ ރާވަމުން: ޕޮލިސް

15 އޭޕްރިލް 2020 | ބުދަ 17:33