ކޮވިޑް-19: އެންމެ ފަހުގެ

18,433,828
  • މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ އަށް ބަލި އެރިގޮތް ހޯދަން ދަތިތަކެއް
  • ނައިޖީރިއާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންނަށްވުރެ، ކާފިއު ގަޑީ ބޭރު އުޅުމުން މަރާލި މީހުން ގިނަ
  • ކޮވިޑް-19 އާ ގުޅިގެން ރާއްޖޭން އެޅި ފިޔަވަޅު ތަކަށް ވިލާތުގެ އިއްތިހާދުގެ ތައުރީފް ދިވެހި ސަރުކާރަށް
 
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ އަށް ބަލި އެރިގޮތް ހޯދަން ދަތިތަކެއް

މާލެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ އަށް ބަލި އެރިގޮތް ހޯދުމުގައި ދަތިތަކެއް އެބަހުރި ކަމަށް ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ބުނެފި އެވެ.

މާލެއިން ކޮވިޑް-19 އަށް ތިން މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން ބަލި ޖެހުނު ފުރަތަމަ މީހާ އަކީ ޓްރެވެލް ހިސްޓްރީ އެއް ނެތް މީހެކެވެ. އެމީހާ އަކީ މ. ޖަރީމާގޭގައި ދިރިއުޅޭ މީހެކެވެ. އެމީހާއާ އެކި ގޮތްގޮތުން ބައްދަލުވި މީހުން ހޯދައި އެމީހުން އެކަހެރި ކުރުމުގެ މަސައްކަތް ހެލްތް ޕްރޮޓެކްޝަން އެޖްނެސީ (އެޗްޕީއޭ) އިން ދަނީ ކުރަމުންނެވެ.

ބުރާސްފަތި ދުވަހު އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މާލެ އިން ޕޮޒިޓިވްވި މީހާ އަށް ބަލިއެރި ގޮތް ނުވަތަ ''އިންޑެކްސް ސޯސް'' ހޯދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް އެބަކުރެވޭ ކަމަށެވެ. އެކަމަކު އެއީ ކާކުކަން އަދި މިހާތަނަށް ހޯދިފައި ނުވާކަން އޭނާ ފަހާގަކުރެއްވި އެވެ.

17 އޭޕްރިލް 2020 | ހުކުރު 00:56
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ނައިޖީރިއާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންނަށްވުރެ، ކާފިއު ގަޑީ ބޭރު އުޅުމުން މަރާލި މީހުން ގިނަ

ނައިޖީރިއާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންނަށްވުރެ، އެ ޤައުމުގައި އިއުލާނުކޮށްފައިވާ ކާފިއުއާ ޚިލާފުވެގެން މަރާލި މީހުންގެ އަދަދު އިތުރުވެއްޖެއެވެ.

އެކަމާ ގުޅޭގޮތުން އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުން ނައިޖީރިއާގައި އިއުލާނުކޮށްފައިވާ ކާފިއު ތަންފީޒު ކުރުމަށް އެ ޤައުމުގެ ސަލާމަތީ ބާރުތަކުން މަސައްކަތް ކުރަމުން ދާއިރު، މިހާތަނަށް އެ އަމުރުތަކަށް ބޯނުލެނބި 18 މީހަކު މަރާލާފައިވެއެވެ. އަދި މިއީ އެ ޤައުމުން ކޮވިޑް-19 ވައިރަސް ޖެހިގެން މަރުވާ މީހުންނަށްވުރެ ގިނަ އަދަދެއް ކަމަށް އެ ޤައުމުގެ އިންސާނީ ހައްޤުތަކާބެހޭ އިދާރާތަކާ ޙަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވެއެވެ.

ބުދަ ދުވަހު ނައިޖީރިއާގެ ނޭޝަނަލް ހިއުމަން ރައިޓްސް ކޮމިޝަނުން ނެރުނު ރިޕޯޓެއްގައި ވާގޮތުން މިހާތަނަށް ސަލާމަތީ ބާރުތަކުން ކާފިއު ތަންފީޒު ކުރުމުގައި އިންސާނީ ހައްޤުތަކާ ޚިލާފުވެފައިވާކަމަށް ބުނެ ހުށައަޅާފައިވާ 105 މައްސަލައެއް ހިމެނޭއިރު، ނައިޖީރިއާގެ 24 ސްޓޭޓަކުން މައްސަލަތައް ހުށައެޅިފައިވެއެވެ.

17 އޭޕްރިލް 2020 | ހުކުރު 00:55
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭން އެޅި ފިޔަވަޅު ތަކަށް ވިލާތުގެ އިއްތިހާދުގެ ތައުރީފް ދިވެހި ސަރުކާރަށް

ކޮވިޑް-19 ދިވެހިރާއްޖޭގައި ފެތުރުނަ ނުދިނުމަށް ދިވެހި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކީ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށާއި ޔޫރަޕުން ދަނީ ރާއްޖެއިން ފިލާވަޅު ލިބިގަންނަމުން ކަމަށް ވިލާތުގެ އިއްތިހާދުން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީ ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީ ގައި ސަފީރު ޝާއިއު ކުރެއްވި ލިޔުއްވުމެއްގައި ވިދާޅުވެފަައި ވަނީ ކޮވިޑް-19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށް މިހާތަނަށް ދިވެހި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ތައުރީފް ކުރައްވާފައެވެ. ސަފީރު ވިދާޅުވީ ވިލާތުން ރާއްޖެއަކީ މިސާލެއްގެ ގޮތުގައި ބަލާ، ވައިރަސް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

17 އޭޕްރިލް 2020 | ހުކުރު 00:54
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ހެނދުނު 10 ޖަހަންދެން ޑެލިވަރީ ކުރެވޭނެ

މާލެ އިން ކޮވިޑް-19 ގެ ކޭސްއެއް ފެނުމާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާއިރު، ޑެލިވަރީގެ ޚިދުމަތް ހުކުރު ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ދެވޭނެ ކަމަށް ފުލުހުން ބުނެފިއެވެ.

ކުރިން ލޮކްޑައުން ކޮށްފައިވާ މުއްދަތުގައި ޑެލިވަރީ ކުރުމުގެ ހުއްދަ ލިބިފައިވާ ފިހާރަތަކާއި ރެސްޓޯރެންޓުތަކަށް ޑެލިވަރީގެ ޚިދުމަތްދެވެނީ 23:00 ވަންދެންނެވެ.

17 އޭޕްރިލް 2020 | ހުކުރު 00:53
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: އައިޕީއެލް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.

މުއްދަތެއް ނެތް ގޮތަށް އައިޕީއެލް ފަސްކުރަން އިންޑިއާގެ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް (ބީސީސީއައި) އިން ނިންމީ މިހާރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އިންޑިއާގައި ލޮކްޑައުންގެ މުއްދަތު މެއި މަހު 3 ވަނަ ދުވަހާއި ހަމަޔަށް އިތުރުކުރަން އެ ގައުމުގެ ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

16 އޭޕްރިލް 2020 | ބުރާސްފަތި 19:28
Writer Profile Picture
ސިމާހާ ނަސީމް
ބޭންކިން ޚިދުމަތްތައް ލިބެން ހުންނާނެ ގޮތް އެމްއެމްއޭ އާއި ބޭންކުތަކުން ހަމަޖައްސާނެ
16 އޭޕްރިލް 2020 | ބުރާސްފަތި 17:19
Writer Profile Picture
ޙުސައިން މަޚްތޫމް
ޕޮޒިޓިވްވި މީހާއި ގުޅުންހުރި މައުލޫމާތުގެ ސައްހަކަން ނުބަލާ މައުލޫމާތު ނުފެތުރުމަށް އެދިއްޖެ

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއި ގުޅިގެން އެއްވެސް މައުލޫމާތެއް ކަށަވަރު ނުކޮށް ސޯޝަލް މީޑިއާގައި އެވާހަކަތައް ނުފަތުރާ އެފަދަ މައުލޫމާތެއް އެނގޭނަމަ އެ ކަން އެންއީއޯސީއަށް އެންގުމަށް ވަނީ އެދިފައި

16 އޭޕްރިލް 2020 | ބުރާސްފަތި 17:04
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮންޓެކްޓް ވެފައިވާ ނަމަ އެކަން އެންގުމަށް ވަނީ އަންގާފައި

މާލެއިން ޕޮޒިޓިވްވި 3 ކޭސްއާއި ގުޅިގެން އެއްވެސް މިންވަރަކަށް ކޮންޓެކްޓްވެފައިވާ ނަމަ އެކަން ލަސްނުކޮށް އެންގުމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން އެދިއްޖެ

16 އޭޕްރިލް 2020 | ބުރާސްފަތި 17:02
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮންޓެކްޓް ވެފައިވަނީ 5 ދުވަސްތެރޭގައި

ގިނަ އަދަދެއްގެ ބަޔަކު ކޮންޓެކްޓް ވެފައިވަނީ ޕާޓީ ބޭއްވުން، މަސްދަތުރު، ގޭގެއަށް ޒިޔާރަތްކުރުން އަދި ބުރުޖެހުން ފަދަ ކަންކަމުގެ ތެރެއިން

16 އޭޕްރިލް 2020 | ބުރާސްފަތި 17:00
Writer Profile Picture
ޙުސައިން މަޚްތޫމް
ޕޮޒިޓިވް ކޭސްތަކާއި ގުޅޭ

ކޭސް 21 އަދި 22 އާއި ގުޅޭ

ހައި ރިސްކް 75

މީޑިއަމް 43

ލޯ ރިސްކް 89

ކޭސް 23 އާއި ގުޅިގެން

ޖުމްލަ 35 ކޮންޓެކްޓެއް ފާހަގަ ކުރެވިފައި

7 ހައިރިސްކް

28 މީޑިއަމް ރިސްކް

16 އޭޕްރިލް 2020 | ބުރާސްފަތި 16:59
Writer Profile Picture
ޙުސައިން މަޚްތޫމް
މާލެއިން ފެނުނު ޕޮޒިޓިވް 3 ކޭސް

ކޭސް 21، 22 އަދި 23

ކެސް 21 އަދި 22 އަކީ އަންހެން މީހާއާއި ދަރިފުޅު، 23 ވަނަ މީހާއަކީ ޑައިރެކްޓް ކޮންޓެކްޓްވި މީހެއް.

16 އޭޕްރިލް 2020 | ބުރާސްފަތި 16:58
Writer Profile Picture
ޙުސައިން މަޚްތޫމް
ކަރަންޓީންގައި ތިބި މީހުން

މިއަދުގެ ވަގުތެއްގައި ކަރަންޓީން ފެސިލިޓީގައި ތިބި 69 މީހަކު ދޫކޮށްލުމަށް ވަނީ ނިންމާފައި.

16 އޭޕްރިލް 2020 | ބުރާސްފަތި 16:56
Writer Profile Picture
ޙުސައިން މަޚްތޫމް
ކަމެއް ބޭނުންވެއްޖެ ނަމަ ސިޓީ ކައުންސިލުން ދީފައިވާ ނަންބަރުތަކަށް ގުޅުމަށް އެދިއްޖެ

މާލެ ސަރަހައްދުގައި އެއްވެސް ފަރާތަކުން އެހީއަށް ބޭނުންވެއްޖެނަމަ އައިސީޕީ ނަންބަރުތަކަށް މެސެޖްކޮށްގެން އެހީތެރިކަން ހޯދުމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައި

16 އޭޕްރިލް 2020 | ބުރާސްފަތި 16:30
Writer Profile Picture
ސިމާހާ ނަސީމް
ކުނި މަދުކުރުމަށް ވެމްކޯ އިން އިލްތިމާސްކޮށްފި
16 އޭޕްރިލް 2020 | ބުރާސްފަތި 16:23
Writer Profile Picture
ސިމާހާ ނަސީމް
މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އޮޕަރޭޝަން އަލުން ފެށޭނީ ލޮކްޑައުންޑް އުވާލުމުން
16 އޭޕްރިލް 2020 | ބުރާސްފަތި 16:21
Writer Profile Picture
ސިމާހާ ނަސީމް
އޭޓީއެމްއިން ފައިސާ ނެގޭ އަދަދު އިތުރުކޮށް، ދިވެހި ފައިސާ ބޭނުންކޮށްގެން ފައިސާ ފޮނުވޭ ގޮތް ހަމަޖައްސައިފި
16 އޭޕްރިލް 2020 | ބުރާސްފަތި 16:20
Writer Profile Picture
ޙުސައިން މަޚްތޫމް
އެޕެއް މެދުވެރިކޮށް ޑެލިވަރީ ކުރާ ފިހާރަތައް އެނގޭނެ ގޮތް ހަދަނީ

އެޕެއް މެދުވެރިކޮށް ޑެލިވަރީ ކުރާ ފިހާރަތައް އެނގޭނެ ގޮތް ހަދާނެކަމަށް ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ ވިދާޅުވެއްޖެއެވެ. އެގޮތުން ފުލުހުން ހުއްދަދޭވަރަކަށް އެ އެޕަށް ފިހާރަތަކުގެ މައުލޫމާތު ލެވޭނެކަމަށާއި، 2 ދުވަހެއް މިކަމަށް ނަގާނެކަމަށް ޝިފާ ވިދާޅުވި.

16 އޭޕްރިލް 2020 | ބުރާސްފަތި 16:03
Writer Profile Picture
ޙުސައިން މަޚްތޫމް
ފާއިތުވި 24 ގަޑި އިރު އެއްވެސް މީހަކު ޖޫރިމަނާ ނުކުރޭ

ލޮކްޑައުންގައި މަގުމައްޗަށް ނުކުމެގެން އެއްވެސް މީހަކު ޖޫރިމަނާ ކޮށްފައި ނުވާނެ ކަމަށާއި، ނަސޭހަތްތެރިވެފައި ވާނެ ކަމަށް ފުލުހުން ބުނެފިއެވެ.

16 އޭޕްރިލް 2020 | ބުރާސްފަތި 15:58
Writer Profile Picture
ޙުސައިން މަޚްތޫމް
ޑެލިވަރީގެ ހިދުމަތް ދިނުމަށް 300 އަށްވުރެ ގިނަ ފިހާރައަށް ހުއްދަ ދެނީ

188 ކަންމަތީ ފިހާރައަށް ޑެލިވަރީގެ ހިދުމަތް ދިނުމަށް މިއަދު ހުއްދަ ދެވޭނެ. މީގެ ކުރިންވާނީ 190 އަށްވުރެ ގިނަ ފިހާރަތަކަށް ހުއްދަ ދީފައި.

16 އޭޕްރިލް 2020 | ބުރާސްފަތި 15:50
Writer Profile Picture
ޙުސައިން މަޚްތޫމް
ލޮކްޑައުންގައި އާންމުންގެ ފަރާތުން އެއްބާރުލުން ލިބުނު؛ ޕޮލިސް

ލޮކްޑައިންގައި އާންމުންގެ އެއްބަރުލުން ލިބުނުކަން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާ ކުރައްވާފައި. ފުލުުންނަށް ގުޅަން ދީފައި އޮތް ނަންބަރަށް ދިމާވި މައްސަލަތައް ހައްލުކޮށްފި. ކޯލް ސެންޓަރުގައި 10 މީހަކު ތިބޭނެ. އޮންލައިން ޕޯޓަލް މެދުވެރިކޮށް ރިކުއެސްޓް ކުރެވޭނެ.

16 އޭޕްރިލް 2020 | ބުރާސްފަތި 15:48
Writer Profile Picture
ޙުސައިން މަޚްތޫމް
ކާއެއްޗެހި ޑެލިވަރީ ކުރެވޭނީ މެންދަމު 12 ޖަހަންދެން

ކެފޭ ރެސްޓޯރަންޓްތަކުން ގެތަކަށް ކާ އެއްޗެހި ޑެލިވަރީ ކޮށްދެވޭނީ ދަންވަރު 12 އާއި ހަމައަށް.

16 އޭޕްރިލް 2020 | ބުރާސްފަތި 15:46
Writer Profile Picture
ޙުސައިން މަޚްތޫމް
ވިލިމާލެއަށް ކުރާ ދަތުރުތައް

ވިލިނގިލި ފެރީގެ ދަތުރުތައް ފެށުމާއެކު ފާސް އޮތް ފަރާތްތަކަށް ދަތުރުކުރުމުގެ ހުއްދަ ދެވޭނެ.

ހޮސްޕިޓަލްގައި ބަލިމީހުން ކައިރީގައި ތިބޭ މީހުންނަށް އައިޖީއެމްއެޗުން ދެވޭ ފާސްތަކުގައި ފެރީގައި ދަތުރުކުރެވޭނެ.

16 އޭޕްރިލް 2020 | ބުރާސްފަތި 15:44
Writer Profile Picture
ޙުސައިން މަޚްތޫމް
ރަޖިސްޓްރީވި ފިހާރަތަކަށް މިރޭ ހުއްދަ ދެވޭނެ

ކޮވިޑް-19 އާއި ގުޅިގެން ސަރވޭގައި ރަޖިސްޓްރީވި ފިހާރަތަކާއި އަދި އަލަށް ރަޖިސްޓްރީވާ ފިހާރަތަކަށް މިރޭ ހުއްދަ ދެވޭނެ. އެކަން ފުލުހުން އެންގުމުން ފާސް ބަލާދާންޖެހޭނީ ޓޯޔާޑަށް.

16 އޭޕްރިލް 2020 | ބުރާސްފަތި 15:42
Writer Profile Picture
ޙުސައިން މަޚްތޫމް
މާލެ ސަރަހައްދު އައިސީޕީ ނަންބަރުތައް

ސޯޝަލް ސެންޓަރ 9300904

ސަލްޓަންޕާކް 9300909

އެމްއެންޔޫ ބިޒަނަސް ސްކޫލް 9300910

މާލެ ސިޓީ އާންމު ހިދުމަތްތަކާއި ބެހޭ ބައި 9300916

ވިލިމާލެ 9300917

ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދު 9300918

ތިލަފުށި 9300924

16 އޭޕްރިލް 2020 | ބުރާސްފަތި 15:41
Writer Profile Picture
ޙުސައިން މަޚްތޫމް
މާލެ ސިޓީ ކައުންސިލް

ކުރިން ދީފައިވާ އައިސީޕީ ނަންބަރުތައް އަލުން ބޭނުން ކުރަން ފަށަން ނިންމައިފި

16 އޭޕްރިލް 2020 | ބުރާސްފަތި 15:39