އާދީއްތަ 12 ޖުލައި 2020
12 ފުނޯސް
1441 ޒުލްގައިދާ 21
ފަތިސް 04:42
އިރުއަރާ 06:00
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
ވަގުތުން

ކޮވިޑް-19: އެންމެ ފަހުގެ

962,280

ޚުލާސާ

  • ސޮވަރިން ޑިވޮލޮޕްމަންޓް ފަންޑުގައި 190 މިލިއަން ޑޮލަރު ހުންނާނެ: މިނިސްޓަރ
  • ރާއްޖޭގައި ފޮރިން ކަރަންސީގެ ދައްޗެއް ނެތް: މިނިސްޓަރ
  • ލޭންޑް ރެންޓް ފަސް ކުރުމުން މި އަހަރު ދައުލަތަށް 900 މިލިއަން ރުފިޔާ ގެއްލިގެންދޭ

28 ޖެނުއަރީ 2020 | އަންގާރަ 12:15

15:51

ލައިޝާ އަހްމަދު

ސޮވަރިން ޑިވޮލޮޕްމަންޓް ފަންޑުގައި 190 މިލިއަން ޑޮލަރު ހުންނާނެ: މިނިސްޓަރ

މިނިސްޓަރ ވިދާޅުވީ، ސޮވަރިން ޑިވޮލޮޕްމަންޓް ފަންޑުގައި މިހާރުވެސް 190 މިލިއަން ޑޮލަރު ހުންނާނެކަމަށް،

23 މެއި 2020 | ހޮނިހިރު 15:51

15:48

ލައިޝާ އަހްމަދު

ރާއްޖޭގައި ފޮރިން ކަރަންސީގެ ދައްޗެއް ނެތް: މިނިސްޓަރ

ހޮނިހިރު ދުވަހު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރް ވިދާޅުވީ، ރާއްޖޭގައި ފޮރިން ކަރަންސީގެ ދައްޗެއް ނެތްކަމަށް، އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެފަދަ ދައްޗެއް އަންނާނެކަމަށް ނުބެލެވޭކަމަށްވެސް ވިދާޅުވި

23 މެއި 2020 | ހޮނިހިރު 15:48

15:37

ލައިޝާ އަހްމަދު

ލޭންޑް ރެންޓް ފަސް ކުރުމުން މި އަހަރު ދައުލަތަށް 900 މިލިއަން ރުފިޔާ ގެއްލިގެންދޭ

ހޮނިހިރު ދުވަހު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރް ވިދާޅުވީ، ލޭންޑް ރެންޓް ފަސް ކުރުމުން މި އަހަރު ދައުލަތަށް 900 މިލިއަން ރުފިޔާ ގެއްލިގެންދާ ކަމަށް،

23 މެއި 2020 | ހޮނިހިރު 15:37

15:28

ލައިޝާ އަހްމަދު

އިންކަމް ސަޕޯޓް އެލަވަންސް 69 ފަރާތަކަށް ދީފި

23 މެއި 2020 | ހޮނިހިރު 15:28

15:27

ލައިޝާ އަހްމަދު

ކޮވިޑް ޓެކްސްއެއް ނެގުމަށް މިހާތަނަށް ނިންމާފައެއް ނުވޭ: މިނިސްޓަރ

ކޮވިޑް ޓެކްސްގެ ގޮތުގައި އަދަދެއް ނެގުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ، ކޮވިޑް ޓެކްސްއެއް ނެގުމަށް މިހާތަނަށް ނިންމާފައި ނުވާ ކަމަށް

އޭގެ އިތުރުން، ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝިއަލް ބަޖެޓް އެކްޒެކްޓިވް އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ، އާމްދަނީ އިތުރުކުރުމާއި، ދަރަނި މެނޭޖް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މިހާރު މަޝްވަރާތައް ކުރެވެމުންދާކަމަށް،

23 މެއި 2020 | ހޮނިހިރު 15:27

15:15

ލައިޝާ އަހްމަދު

ޑިސްއެބިލިޓީ އިންޝުއަރެންސް ސްކީމެއް އުފެއްދުމުގެ މަސައްކަތްވެސް ކުރެވެމުންދޭ: ޕެންޝަން އޮފީސް

އިންވެސްޓްމަންޓް ރެޖީމް ފުޅާކުރުމަށް ވޯލްޑް ބޭންކާއެކު މަޝްވަރާތައް ކުރެވެމުންދޭ، އަދި ކުރިއަށް އޮތް މުސްތަޤުބަލުގައި ޑިސްއެބިލިޓީ އިންޝުއަރެންސް ސްކީމެއް އުފެއްދުމުގެ މަސައްކަތްވެސް ކުރެވެމުންދޭ،

ޕެންޝަން އޮފީހުގެ އެކްޓިންގ ސީއީއޯ ފާތިމަތު ސުޖާތާ ހަލީމް

23 މެއި 2020 | ހޮނިހިރު 15:15

14:54

ލައިޝާ އަހްމަދު

ކަރަންޓް ބިލުން މިހާތަނަށް 50 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފި

އިކޮނޮމިކް ރިލީފް ޕެކޭޖްގެ ތެރެއިން އިންކަމް ސަޕޯޓް އެލެވަންސް މިހާތަނަށް 69 ފަރާތަކަށް ދޫކުރެވިފައިވާނެ،

އަދި ޔުޓިލިޓީސްއަށް ދިން ޑިސްކައުންޓްތަކަށް ބަލާއިރު ފެން ބިލަށް ދިން ޑިސްކައުންޓުގެ 10.9 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދެވިފަވާނެ، އެއީ ބިލަކުން އެވްރެޖްކޮށް 235 ރުފިޔާގެ ޑިސްކައުންޓް،

އަދި ކަރަންޓް ބިލުން 50 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފި

-ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު-

23 މެއި 2020 | ހޮނިހިރު 14:54

05:40

އަމަން ހަލީމް

ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކަށް އިތުރު 413 މީހަކު ގެންގޮސްފި: މަބްރޫކް

ރަށްރަށުން ކުރު މުއްދަތަށް މާލެ އައިސް މާލޭގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން އިތުރު 413 މީހަކު "ޓްރާންސިޓް ކަރަންޓީން ފެސިލިޓީސް" އަށް ގެންގޮސްފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ. މަބްރޫކް ވިދާޅުވީ، ހުކުރު ދުވަހު ޓްރާންސިޓް ކަރަންޓީން ފެސިލިޓީސްތަކަށް 413 މީހަކު ގެންގޮސްފައިވާކަމަށާއި ޖުމްލަ 1558 މީހުން މިހާރު ޓްރާންސިޓް ކަރަންޓީންގައި އެބަތިބި ކަމަށެވެ.

23 މެއި 2020 | ހޮނިހިރު 05:40

05:39

އަމަން ހަލީމް

ލޮކްޑައުން އަށް ލުއި ދެނީ ކަލަންޑަރުން ދުވަސް ކަނޑައަޅައިގެނެއް ނޫން: މަބްރޫކް

ލޮކްޑައުން އަށް ލުއި ދެނީ ކަލަންޑަރަށް ބެލުމަށްފަހު ދުވަސް ކަނޑައަޅައިގެން ނޫން ކަމަށާއި، ލުއި ދެނީ ލަނޑުދަނޑި ހާސިލް ކުރެވުނީމަ ކަމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ވިދާޅުވެއްޖެ އެވެ. މަބްރޫކް ވިދާޅުވީ ލޮކްޑައުން އިން ފުރަތަމަ ފޭސްގައި ލުއި ދޭނެ ދުވަހެއް ކަނޑައަޅާފައި ނުވާ ކަމަށާއި، ފޭސް އެކެއްގައި ދޭނެ ލުއިތަކަށް ކަނޑައެޅުމަށް މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. މަބްރޫކް ވިދާޅުވީ ލޮކްޑައުންގައި ލުއި ދިނުމަށް ނިންމާނީ ޑޮކްޓަރުންގެ ޓީމުން ކަމަށާއި، ދެވޭ ލުޔެއްގެ ސަބަބުން ކޮވިޑް-19 ގެ ކޭސްތައް އިތުވާނަމަ އަނެއްކާ ވެސް ލޮކްޑައުންއަށް ދާން ޖެހޭނެ ކަމަށެވެ.

23 މެއި 2020 | ހޮނިހިރު 05:39

05:38

އަމަން ހަލީމް

ލޮކްޑައުން ނިންމާލުމާ ގުޅިގެން މައިނާ ސަރޖެއް އައުން އެކަށީގެންވޭ: ޑރ. އަފްޒަލް

މާލެސިޓީގެ ލޮކްޑައުން ނިންމާލުމާ ގުޅިގެން މައިނާ ސަރޖެއް (ކުއްލިއަކަށް ކޭސްތައް ފެނުން) އެކަށީގެންވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެފިޑަމޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެ އެވެ. ޑރ. އަފްޒަލް ވިދާޅުވީ ލޮކްޑައުންއަށް ލުއި ދިނުމާ ގުޅިގެން ފުދޭ ވަރަކަށް މީހުން ބޭރަށް ނުކުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި މިކަމާއި ގުޅިގެން މައިނާ ސަރޖެއް ފެނުން އެކަށީގެންވާ ކަމަށެވެ.

23 މެއި 2020 | ހޮނިހިރު 05:38

05:36

އަމަން ހަލީމް

އިތުރު ދުވަސްތަކެއް ކަރަންޓީންގައި ތިބެންޖެހޭ މައްސަލަ ހައްލުކުރުމަށް ދަނީ މަސައްކަތް ކުރަމުން: މަބްރޫކް

ކޮވިޑް-19ށް ސާމްޕަލް ނެގުމުގެ ޕްރޮސަސްގައި ލަސްތަކެއް ހުރުމާ ގުޅިގެން ކަރަންޓީންގައި ތިބޭ މީހުން އިތުރު ދުވަސްތަކެއް ކަރަންޓީންގައި ތިބެންޖެހޭ ކަމަށާއި، މި މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ވިދާޅުވެއްޖެ އެވެ. މަބްރޫކް ވިދާޅުވީ ކަރަންޓީން ކުރެވިފައި ތިބި ބައެއް މީހުންގެ ސާމްޕަލް ނެގުނުއިރު 21 ދުވަސް ވެފައިވާ ކަމަށާއި، ފަހަރުގައި ސާމްޕަލް ނުނެގި ތިބި ބަޔަކު ތިބެދާނެ ކަމަށެވެ. މި މަސައްކަތް އިތުރަށް ހަރަދުނާ ކުރުމަށް މަސައްކަތް ކުރަމުންދާކަން މަބްރޫކް ފާހަގަކުރެއްވި އެވެ.

23 މެއި 2020 | ހޮނިހިރު 05:36

05:35

އަމަން ހަލީމް

މައިނަރ ހޮޓެލް ގްރޫޕުން ރާއްޖެއަށް ޕީސީއާރް ޓެސްޓް މެޝިނެއް ހަދިޔާކޮށްފި

މައިނަރ ހޮޓެލް ގްރޫޕުން ރާއްޖެއަށް ޕީސީއާރް ޓެސްޓް މެޝިނެއް ހަދިޔާކޮށްފިއެވެ. މިކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، މައިނަރ ހޮޓެލް ގްރޫޕުގެ ފަރާތުން ޕީސީއާރ މެޝިނާކާއި 100 ގެލަންސް ހޭންޑް ސެނެޓައިޒަރ ހަދިޔާކުރިކަމަށްޓަކައި ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރާކަމަށެވެ. އަދި މި ތަކެއްޗަކީ ކޮވިޑް-19 ކޮންޓްރޯލްކުރުމަށްޓަކައި ރާއްޖެއިން ކުރަމުންދާ މަސައްކަތައް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއްކަމަށެވެ.

23 މެއި 2020 | ހޮނިހިރު 05:35

05:34

އަމަން ހަލީމް

ފުރަތަމަ ފޭސްގައި ކޮވިޑް-19ށް ހައި ރިސްކް މީހުން ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށްފި

ލޮކްޑައުންއަށް ދެވޭ ލުއިގެ ފުރަތަމަ ފޭސްގައި ކޮވިޑް-19ށް ހައިރިސް ބޮޑު މީހުން ބޭރަށް ނުކުމެ އުޅުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ވިދާޅުވެއްޖެ އެވެ. މަބްރޫކް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަށް ބޭސް ކުރަމުންދާ މީހުން އަދި ހައި ރިސްކް ގްރޫޕްގައި ހިމެނޭ މީހުން ފޭސް އެކެއްގައި ބޭރަށް ނުކުތުން ބުއްދިވެރި ނޫން ކަމަށެވެ. އަދި އެމީހުންނަށް ގޭގައި ތިބެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

23 މެއި 2020 | ހޮނިހިރު 05:34

05:33

އަމަން ހަލީމް

ބަލި ޖެހޭ މީހުންގެ އަދަދު އުޅެނީ 30 އާއި 50 އާ ދެމެދު، އެއީ ދަށް އަދަދެއް

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވާލެއްގެ މައްޗަށް ހުންނާނީ 30 އާއި 50 އާ ދެމެދު އަދަދެއްގައި ކަމަށް ލަފާކުރެވޭ ކަމަށާއި، އެ އަދަދަކީ ދަށް އަދަދެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ. ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ، ދުވާލެއްގެ މައްޗަށް ރިޕޯޓް ކުރެވޭ ކޭސްތަކުގެ އަދަދު އެއީ ދަށް އަދަދެއް ކަމަށާއި، އެ އަދަދަކީ ރާއްޖޭގެ ބޭސްލައިން ކަމަށެވެ.

23 މެއި 2020 | ހޮނިހިރު 05:33

05:32

އަމަން ހަލީމް

ނަތީޖާ ލަސްވާ ސަބަބު: ފުރަތަމަ ދޮށީ އުމުރުގެ މީހުން، ދެން ތޮއްޖެހިގެން އުޅޭ މީހުން

ސާމްޕަލްތައް ނެގުމަށް ފަހު ޓެސްޓު ތަކުގެ ނަތީއްޖާ ލަސްވާން މެދުވެރިވާ ސަބަބު ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ސާފުކޮށްދީފީ އެވެ. އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ސާމްޕަލްތަކުގެ ނަތީޖާތައް ލިބެމުންދަނީ އެ ސާމްޕަލްތައް ނަގާ އޯޑަރަކުން ނޫން ކަމަށެވެ. މަބްރޫކް ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންނާއި ތޮއްޖެހިގެން ދިރިއުޅޭ ތަންތަނުން ނަގާ ސާމްޕަލްތަކުގެ ނަތީޖާ ހޯދަން އިސްކަންދޭ ކަމަށެވެ.

23 މެއި 2020 | ހޮނިހިރު 05:32

05:31

އަމަން ހަލީމް

ފުރަބަންދަށް ލުއި: ފުރަތަމަ ފޭސްގައި ރަށްރަށަށް ދިއުމަށް ހުއްދައެއް ނުދޭނެ

މާލޭ ސަރަހައްދުގައި އިއުލާނު ކޮށްފައިވާ ފުރަބަންދަށް ލުއިތަކެއް ދިނުމަށް ތައްޔާރުވަމުން އަންނަ އިރު ފުރަތަމަ ފޭސްގައި ރަށްރަށަށް ދިއުމުގެ ހުއްދަ ނުދޭނެ ކަމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ވިދާޅުވެއްޖެ އެވެ. މަބްރޫކް ވިދާޅުވީ ފޭސް އެކެއްގައި ދެވޭނެ ލުއިތައް ފައިނަލައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މިހާރު ކުރެވިފައިވާ މަޝްވަރާތަކުގެ ދަށުން ފުރަތަމަ ފޭސްގައި އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި ވިދާޅުވީ މާލެއިން އަތޮޅު ތެރޭގެ ރަށަށް ދިއުމަށް ވެސް އެމީހަކު ފުރަތަމަ ދާން ޖެހޭނީ ކަރަންޓީނަށް ކަމަށެވެ.

23 މެއި 2020 | ހޮނިހިރު 05:31

22:36

އަބުދުﷲ ނަސީރު އިބްރާހިމް

އޭޑީކޭއިން ޓެސްޓުތައް ހަދާނީ އަގެއްދީފައި، އެކަން ކުރާނީ އާސަންދަގެ ތެރެއިން: މަބްރޫކް

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް ވިދާޅުވީ އޭޑީކޭއިން ޓެސްޓުތައް ހަދަން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންކަމަށެވެ. އަދި އެކަން ކުރާއިރު އޭޑީކޭއަށް އަގެއްދޭނެކަމަށާއި، އެކަން ކުރުމަށް ނިންމާފައިވަނީ އާސަންދަގެ ތެރެއިންކަމަށް މަބްރޫކް ވިދާޅުވި އެވެ. ނަމަވެސް އަގެއް ފަހުން ހާމަކުރައްވަމުންގެންދަވާނެކަމަށް މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވިގޮތުގައި އޭޑީކޭއިން ޓެސްޓުތައް ހެދިނަމަވެސް، ސާމްޕަލްތައް ނަގާނީ އެންއީއޯސީގެ ޓީމުތަކުންނެނެވެ.

22 މެއި 2020 | ހުކުރު 22:36

22:30

އަބުދުﷲ ނަސީރު އިބްރާހިމް

ބަލިން ރަނގަޅުވާ މީހުންގެ ތެރޭގައި ގިނައީ ދިވެހިން: ޑރ. އަފްޒަލް

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ބަލިން ރަނގަޅުވާ މީހުންގެ ތެރޭގައި ގިނައީ ދިވެހިން ކަމަށެވެ. އަދި ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި ގިނައީ ފިރިިހެނުންކަމުން، ބަލިން ރަނގަޅުވަ މީހުންގެ ތެރޭގައިވެސް ގިނައީ ފިރިހެނުންކަމަށް ޑރ. ވިދާޅުވި އެވެ.

22 މެއި 2020 | ހުކުރު 22:30

22:24

އަބުދުﷲ ނަސީރު އިބްރާހިމް

މަނަދޫން ނެގި ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވް

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މަނަދޫގައި ފުރަތަމަ ޕޮޒިޓިވް ކޭހާ ގުޅިގެން ވަނީ ސާމްޕަލްތަކެއް ނެގިފައިވާކަމަށާއި، އެ ހުރިހާ ސާމްޕަލްއެއްގެ ނަތީޖާ ނެގެޓިވްކަމަށެވެ.

22 މެއި 2020 | ހުކުރު 22:24

22:12

އަބުދުﷲ ނަސީރު އިބްރާހިމް

ބަލިން ރަނގަޅުވި މީހުންގެ އަދަދު 109ށް އަރައިފި

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ބަލިން ރަނގަޅުވި މީހުންގެ އަދަދު 109 އަށް އަރާފައިވާކަމަށެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމާއި ހަމައަށް ބަލިން ރަނގަޅުވި މީހުންގެ އަދަދު ހުރީ 104 ގައެވެ.

22 މެއި 2020 | ހުކުރު 22:12

18:59

އަބުދުﷲ ނަސީރު އިބްރާހިމް

ރާއްޖެއިން އިތުރު 58 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 52 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ އޭގެތެރޭގައި ހިމެނެނީ 18 ދިވެހިންނާއި، 39 ބަންގަލަދޭޝްގެ ރައްޔިތުންނާއި، އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އެޔާއެކު ރާއްޖޭގެ ޖުމްލަ އަދަދު ވަނީ 1274ށް އަރާފަ އެވެ.

22 މެއި 2020 | ހުކުރު 18:59

18:56

އަބުދުﷲ ނަސީރު އިބްރާހިމް

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބަންގްލަދޭޝްގެ 352 ރައްޔިތަކު ފުރުވާލައިފި

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝްގެ ރައްޔިތުން، އެނބުރި ޤައުމަށް ފުރުވާލުމަށްކުރާ މަސައްކަތުގެ ތެރެއިން ހުކުރު ދުވަހު އެކިވެސް ދެ ފްލައިޓެއްގައި 352 މީހަކު ޤައުމަށް ފުރުވާލައިފައިވެއެވެ. އެގޮތުން ފުރަތަމަ ފްލައިޓްގައި 152 މީހަކު ޤައުމަށް ފުރުވާލައިފައިވާއިރު، ދެ ވަނަ ފްލައިޓްގައި 200 މީހަކު ޤައުމަށް ފުރުވާލައިފައިވެއެވެ.

އެޔާއެކު އޭޕްރީލް 21 ވަނަ ދުވަހުގެ ފަހުން ބަންގަލަދޭޝްއަށް ފުރުވާލެވުނު ރައްޔިތުންގެ އަދަދު ވަނީ 840 އަށް އަރާފަ އެވެ. އެ އެންމެންނަކީވެސް ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ ފަރާތްތަކެވެ.

22 މެއި 2020 | ހުކުރު 18:56

18:50

އަބުދުﷲ ނަސީރު އިބްރާހިމް

އެންމެ ފަހުން ސައުދީން ބޭންކު ނޫޓު ވެސް ކަރަންޓީން ކުރަނީ

ކޮވިޑް-19ން ރައްކާތެރިވުމުގެ ފިޔަވަޅެއްގެގޮތުން ސަޢުދީ ޢަރަބިއްޔާގައި ފައިސާ ނޫޓާއި، ފައިސާ ފޮތި ކަރަންޓީން ކުރަން ނިންމައިފި އެވެ.

ކޮވިޑް-19ގެ ނުރައްކާ ބޮޑުވެ ސައުދީގެ އެކި ދާއިރާތަކުން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން، އެ ޤައުމުގެ މާލީ އިދާރާތަކުންވެސް މިހާރު ވަނީ ކަންކަން ތަންފީޒު ކުރަން ފަށާފަ އެވެ. އެގޮތުން، އެންމެ ހައިރާން ކުރުވަނިވި ކަމެއްގެ ގޮތުގައި ފެނިގެންދިޔައީ އެޤައުމުގެ ބޭންކު ނޫޓާއި، ފައިސާ ފޮތި ކަރަންޓީންކޮށް އައިސޮލޭޓް ކުރަން އެޤައުމުގެ މަރުކަޒީ ބޭންކުން ނިންމި ނިންމުމެވެ.

އެޤައުމުގެ މަނިޓަރީ އޮތޯރީޓީން ބުނެފައިވަނީ 14 ދުވަހާއި 20 ދުވަހުގެ މުއްދަތަކަށް ބައިނަލްއަޤުވާމީ އަދި މަދަނީ ފައިސާގެ މުޢާމަލާތްތަކުން ލިބޭ ފައިސާ ކަރަންޓީންކޮށް އައިސޮލޭޓުކުރަން ނިންމާފައިވާ ކަމަށެވެ. ކަރަންޓީން ކުރަން ނުވަތަ އައިސޮލޭޓް ކުރާނެ މުއްދަތު ކަނޑައަޅާނީ އެ ފައިސާ ލިބޭ ތަނެއްގެ ޙާލަތައް ބެލުމަށް ފަހުގައި ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ފައިސާ ސްޓެރެލައިޒް ކުރާނެކަމަށްވެސް އެ އޮތޯރިޓީން ބުނެފައި ވެއެވެ.

22 މެއި 2020 | ހުކުރު 18:50

23:16

އަބުދުﷲ ނަސީރު އިބްރާހިމް

އެއްވެސް ގޮތަކަށް ދެކިގެން ނުވާނެ މިދެވޭ ލުއިތަކަކީ ވައިރަސްގެ ބިރު ކެނޑުން ކަމަކަށް: މަބްރޫކް

ދަރުބާރުގޭގައި ބާއްވަމުންް އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ލޮކްޑައުނަށް ލުއިތަކެއްދެވޭއިރު، އެއީ ވަރަށް ވިސްނުންތެރިކަމާއެކު ކުރަންޖެހޭ ކަމެއްކަމަށެވެ. އެހެން ނޫންކަމުގައިވާނަމަ އަނެއްކާވެސް ލޮކްޑައުންއަކަށްދާންޖެހިދާނެކަމަށާއި، ދުނިޔޭގެ ގިނަ ޤައުމުތަށް އެކަން ތަޖުރިބާކޮށްފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ ދެވިގެން އަންނަ ލުޔަކީ ވައިރަސްގެ ބިރު ކެނޑުންކަމަށް ދެކިގެން ނުވާނެ ކަމަށެވެ. އަދި ވައިރަސްއަކީ އަދިވެސް އަޅުގަނޑުމެންގެ ތެރޭގައި އުޅޭ އެއްޗެއްކަން ގަބޫލުކުރަންވާނެކަމަށް މަބްރޫކް ވިދާޅުވި އެވެ. މަބްރޫކް ވަނީ ލޮކްޑަައުނަށް ލުޔެއް ދެވޭއިރު، ކުންފުނިތަކުންނާއި، ވިޔަފާރިތަކުން އަދި އާންމުން ސަމާލުކަންދޭންޖެހޭނެކަންކަން ފާހަގަކުރައްވާފަ އެވެ.

21 މެއި 2020 | ބުރާސްފަތި 23:16

22:56

އަބުދުﷲ ނަސީރު އިބްރާހިމް

މިސްކިތުގައިވެސް ވުޟޫ ކުރެވޭނެ، ނަމަވެސް ގެއިން ވުޟޫކޮށްގެން މިސްކިތަށް ވަޑައިގަންނަވާ: އިސްލާމިކް މިނިސްޓަރ

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ރަށްރަށުގެ މިސްކިތުގައި ވުޟޫކުރެވޭނެކަމަށާއި، އަދި ފާހަނަވެސް ބޭނުންކުރާނެކަމަށެވެ. ނަމަވެސް ބޮޑަށް ރަނގަޅީ ގެއިން ވުޟޫކޮށްގެން މިސްކިތަށް ވަޑައިގެންނެވުމަށްކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިނިސްޓަރ ވިދާޅުވީ ޑޮކްޓަރުން އިރުޝާދު ދެއްވަނީވެސް އެގޮތަށް ކަމަށެވެ.

21 މެއި 2020 | ބުރާސްފަތި 22:56

22:47

އަބުދުﷲ ނަސީރު އިބްރާހިމް

ޖަމާއަތުގައި ނަމާދުކުރުމަށް ހުއްދަދިން ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންވާނެ: ޑރ. މުރާދު

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުރާދު ވިދާޅުވީ ޖަމާއަތުގައި ނަމާދުކުރުމަށް ހުއްދަދިން ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންވާނެކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅަކަމަށްވާނަމަ، އަނެއްކާވެސް ބަލި ފެތުރުމުގެ ފުރުސަތު އޮތްކަމަށް ޑރ. މުރާދު ވިދާޅުވި އެވެ.

މިސްކިތްތަކުގައި ޖަމާއަތުގައިި ނަމާދުކުރުމުގެ ހުއްދަދިންއިރު، ޑޮކްޓަރުން ވަނީ ވަކި ކަންތައްތަކަކަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން ގެއިން ވުޟޫކޮށްގެން ދިއުމާއި، މުސަލައެއް ހިފައިގެން ދިއުމަށް ޑޮކްޓަރުން އިރުޝާދު ދެއްވާފައިވެއެވެ. އަދި މިސްކިތުގައި ގިނަ ވަގުތު ހޭދަ ނުކުރުމަށްވެސް ޑޮކްޓަރުން ލަފާދެއްވާފައިވެއެވެ.

21 މެއި 2020 | ބުރާސްފަތި 22:47

22:36

އަބުދުﷲ ނަސީރު އިބްރާހިމް

މާދަމާ ހުކުރު ނަމާދުން ފެށިގެން ބައެއް ރަށްރަށުގައި ޖަމާއަތުގައި ނަމާދުކުރަން ފަށާނަން: އިސްލާމިކް މިނިސްޓަރ

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މާދަމާގެ ހުކުރު ނަމާދުން ފެށިގެން ލޮކްޑައުންގައި ނެތް ރަށްރަށުގައި ޖަމާއަތުގައި ނަމާދުކުރަން ފަށާނެކަމަށެވެ. އަދި އެކަން ކުރަނީ ޑޮކްޓަރުންގެ ލަފަޔާއެކުގައި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

21 މެއި 2020 | ބުރާސްފަތި 22:39

22:28

އަބުދުﷲ ނަސީރު އިބްރާހިމް

އައިޖީއެމްއެޗުގައިި އައު މެޝިންއެއް ބެހެއްޓުމުގެ މަސައްކަތް ފެށިއްޖެ، އޭރުން ދުވާލަކަށް 600 ޓެސްޓު އައިޖީއެމްއެޗުން ހެދޭނެ: މަބްރޫކް

ދަރުބާރު ގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އައިޖީއެމްއެޗުގައިި އައު މެޝިންއެއް ބެހެއްޓުމުގެ މަސައްކަތް ފެށިއްޖެ، އޭރުން ދުވާލަކަށް 600 ޓެސްޓު އައިޖީއެމްއެޗުން ހެދޭނެ ކަމަށެވެ. އަދި އޭޑީކޭގައި ޓެސްޓުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، އެ ހޮސްޕިޓަލުން ދުވާލަކަށް 500 ޓެސްޓު ހެދޭނެކަމަަށް މަބްރޫކް ވިދާޅުވި އެވެ.

21 މެއި 2020 | ބުރާސްފަތި 22:40

22:25

އަބުދުﷲ ނަސީރު އިބްރާހިމް

ދުބާއީއިން ގެންނަ 10 ވެންޓިލޭޓަރު ގެނެވިއްޖެ، އެޔާއެކު ޖުމްލަ އަދަދު ވަނީ 129ށް އަރާފައި: މަބްރޫކް

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ދުބާއީން ގެންނަ 10 ވެންޓިލޭޓަރު މިއަދު ގެނެވިފައިިވާކަމަށެވެ. އެޔާއެކު ޖުމްލަ އަދަދު ވަނީ 129ށް އަރާފައިކަަމަށް މަބްރޫކް ވިދާޅުވި އެވެ.

21 މެއި 2020 | ބުރާސްފަތި 22:41

22:23

އަބުދުﷲ ނަސީރު އިބްރާހިމް

ބަލިން ރަނގަޅުވި މީހުންގެ އަދަދު 104ށް ވަނީ އަރާފައި: މަބްރޫކް

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެއިން ކޮވިޑް-19 އިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 104ށް އަރާފައިކަމަށެވެ. މީގެކުރިން ބަލިން ރަނގަޅުވި މީހުންގެ އަދަދުތައް ހުރި 91 ގައެވެ.

21 މެއި 2020 | ބުރާސްފަތި 22:41

14:21

އާއިޝަތު ޝިއުރާ

ރާއްޖެއިން އިތުރު 30 މީހުންނަށް ވައިރަސް ޖެހި ޖުމްލަ އަދަދު 1,216 ށް

21 މެއި 2020 | ބުރާސްފަތި 14:21

04:18

އަބުދުﷲ ނަސީރު އިބްރާހިމް

ބުދަ ދުވަހަކީ އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހުނު ދުވަސް: ޑަބްލިއުއެޗްއޯ

ފާއިތުވެ ދިޔަ 24 ގަޑިއިރު ލައްކައަކަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހުނު ކަމަށް ރިޕޯޓުކޮށްފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ބުދަ ދުވަހު ޑަބްލިއުއެޗްއޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޯމް ގެބްރިއޭސަސް ވިދާޅުވީ ބުދަ ދުވަހަކީ ކޮވިޑް-19 އައުޓްބްރޭކް ފެށުނުފަހުން، މިހާތަނަށް އެންމެ ގިނަ މީހުންނަށް ބަލި ޖެހިގެން ރެކޯޑު ކުރެވުނު ދުވަސް ކަމަށެވެ. އެގޮތުން، ފާއިތުވި 24 ގަޑިއިރު 106,000 (އެއްލައްކަ ހަ ހާސް) މީހުންނަށް ވައިރަސް ޖެހިފައިވާ ކަމަށް ޑަބްލިއުއެޗްއޯއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ޓެޑްރޯސް ވިދާޅުވީ ބުދަ ދުވަހު ރިޕޯޓު ކުރެވުނު ކޭސްތަކުގެ ތެރެއިން ތިން ބައިކުޅަ ދެބައި ކޭސް ރިޕޯޓުކޮށްފައިވަނީ ހަތަރު ގައުމަކުން ކަމަށެވެ. އެއީ އެމެރިކާ، ރަޝިއާ، ބްރެޒިލް އަދި އިނގިރޭސިވިލާތުންނެވެ.

21 މެއި 2020 | ބުރާސްފަތި 04:18

04:14

އަބުދުﷲ ނަސީރު އިބްރާހިމް

ލޮކްޑައުން ތެރޭގައި 22 މައްސަލައެއް ހުށައެޅުނު: ހައިކޯޓް

މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއި ގުޅިގެން އޮންލައިންކޮށް މައްސަލަތައް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 22 މައްސަލައެއް ހުށައެޅިފައިވާ ކަމަށް ހައިކޯޓުން ބުނެފި އެވެ.

ހައިކޯޓުން ނެރުނު ބަޔާނެއްގައި ބުނީ، 22 މައްސަލައިގެ ތެރެއިން 17 މައްސަލައެއް ބަލައިގެންފައިވާ ކަމަށެވެ. އަދި މި މުުއްދަތުގައި ބަންދު އަމުރުގެ މައްސަލައެއް، ޚަސްމުން ހައިކޯޓު ދެކުނު ބްރާންޗަށް ހާޒިރުކޮށްގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހިންގައި މޮނިކޮމް އަމުރުގެ ހަތް އަމުރު ނެރެފައިވާކަމަށް އެ ކޯޓުން ބުންޏެވެ.

އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ހިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް އޮފީހުން އަންގަވާފައިވާތީ، "ކޮވިޑް-19 ރޯގާއާ ގުޅިގެން ސަރުކާރު ބަންދުކުރެވިފައިވާ ދުވަސްތަކުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭ މައްސަލަތައް ކުރިއަށް ގެންދާނެ ގޮތް ކަނޑައެޅުމާބެހޭ އުސޫލު ވަނީ އާއްމު ކޮށްފައެވެ.

21 މެއި 2020 | ބުރާސްފަތި 04:14

04:10

އަބުދުﷲ ނަސީރު އިބްރާހިމް

ލޮކްޑައުން އުވާލިޔަސް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރަން ޖެހިދާނެ: އަމީން

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން ގްރޭޓާ މާލެ ސަރަހައްދު އިއުލާން ކޮށްފައިވާ ލޮކްޑައުން އުވާލިޔަސް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ އިތުރު ކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ދެއްވައިފި އެވެ.

ހެލްތް މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވާނީ މި މަހުގެ 31 ށެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރް އަށް ލިބިގެންވާ ބާރުގެ ދަށުން މާލޭ ސަރަަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުން އަށް ދޫދޭން ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

އެކަމާއި ގުޅިގެން ރާއްޖެ ޓީވީގެ ''ކޮވިޑް-19'' ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި ހެލްތް މިނިސްޓަރު ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މައިގަނޑު ބޭނުމަކީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ލޮކްޑައުން ކުރުމާއި، ކަރަންޓީނު ކުރުމުގެ އިތުރުން އައިސޮލޭޓް ކުރުމަށް ހާއްސަ ގާނޫނީ ބާރުތަކެއް ހޯދުން ކަމަށެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތުމަކީ ފަސޭހައިން ފަރުވާގެ ކަންކަން އިންތިޒާމް ކުރުމާއި، ކަރަންޓީނުގެ ކަންތައް އިންތިޒާމް ކުރުމުގެ އިތުރުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މެދުވެރިވެގެން އާއްމު ސިއްހަތު ރައްކާތެރި ކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައްތަކަށް މަގުފަހިވެގެން ދާނެ ކަމަކަށްވާއިރު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

21 މެއި 2020 | ބުރާސްފަތި 04:10

21:43

ލައިޝާ އަހްމަދު

އިޤްތިޞާދު އަލުން ފަށައިގަންނައިރު، އާ ވިސްނުން ގެންގުޅުމަކީ މުހިންމު ކަމެއް: ރައީސް

20 މެއި 2020 | ބުދަ 21:43

21:16

ލައިޝާ އަހްމަދު

ޖުލައި މަހުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް، ބައިނަލްއަޤްވާމީ ދަތުރުތަކަށް ހުޅުވާލަނީ

ޤައުމާ މުޚާތަބު ކުރައްވައި ރައީސް ސޯލިޙު ވިދާޅުވީ، ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު އިތުރަށް ގޯސްނުވެ، ރަނގަޅަށް ދާނަމަ، އަންނަ ޖުލައި މަހުގެ ތެރޭގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް، ބައިނަލްއަޤްވާމީ ދަތުރުތަކަށް ހުޅުވާލަން މިހާރު ނިންމާފައިވާކަމަށް.

އޭގެ އިތުރުން، ރިސޯޓްތަ އް ހުޅުވުމުގެ ހުއްދަ ދެވޭނެކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މިކަންކަން ކުރާނެ ގޮތުގެ ގައިޑްލައިންތައް، ކަމާ ބެހޭ ދާއިރާތަކުގެ އިރުޝާދާއެކު ކަނޑައަޅުއްވަމުން ގެންދަވާކަމަށް

20 މެއި 2020 | ބުދަ 21:16

21:14

ލައިޝާ އަހްމަދު

ގެއިން ބޭރަށް ނުކުމެ އުޅުމަށް ހުއްދަދީ މިސްކިތްތަކާއި ކެފޭތައްވެސް ހުޅުވާލަނީ

ރާއްޖޭގައި އިއުލާނު ކޮށްފައިވާ ފުުރަބަންދުގެ މުއްދަތު ހަމަވުމުން، ފުރަބަންދަށް ލުއިތަކެއް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެރޭ ޤައުމާ މުޙާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިޙު ވިދާޅުވީ، މިހާރު އަޅާފައިވާ ފިޔަވަޅުތައް ރައްޔިތުންގެ އެއްބާރުލުމާ އެކު، ރަނގަޅަށް ތަންފީޒުވަމުން ދާނަމަ ޞިއްޙީ ޚިދުމަތްތެރިންގެ ލަފަޔާ އެއްގޮތަށް މާލެ ސަރަޙައްދުގައި އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން، ލުއިތަކެއް ދެއްވުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

20 މެއި 2020 | ބުދަ 21:14

21:12

ލައިޝާ އަހްމަދު

ރިސޯޓްތަކުގެ މިއަހަރުގެ ފަހު 6 މަސް ދުވަހުގެ ކުލި ދައްކަންޖެހޭ މުއްދަތު ފަސްކޮށްދީފި

20 މެއި 2020 | ބުދަ 21:12

21:10

ލައިޝާ އަހްމަދު

މިއީ ތިމާވެއްޓާ ރަޙްމަތްތެރި ގޮތަކަށް ދިރިއުޅުން ބައްޓަންކުރަން ރަނގަޅު ފުރުސަތެއް: ރައީސް

ރައީސް ވިދާޅުވީ، މި ޙާލަތަކީ ތިމާވެއްޓާ ރަޙްމަތްތެރި ގޮތަކަށް ދިރިއުޅުން ބައްޓަންކުރަން ރަނގަޅު ފުރުސަތެއްކަމަށް، އަދި ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށް އިސްނަގަން ވަރަށް އެކަށޭނަ ވަގުތެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ޢާންމު ޞިއްޙަތަށް ފަރުވާތެރިވެ، މުޅި އިޤްތިޞާދު އާރާސްތުކުރުމަށާއި ފަހަށް ރައްކާކުރުމުގެ އާދައަށް އަހުލުވެރިވުމަށް ލިބޭ ވަރަށް މުހިންމު ވަގުތުކޮޅެއްކަމަށް

20 މެއި 2020 | ބުދަ 21:10

21:08

ލައިޝާ އަހްމަދު

މިހާތަނަށް 15000 އަށްވުރެ ގިނަ ލޯނުގެ މުއްދަތު ވަނީ ފަސްކޮށްދީފަ: ރައީސް ސޯލިޙު

ޤައުމާ މުޚާތަބު ކުރައްވައި ރައީސް ސޯލިޙު ވިދާޅުވީ، ވިޔަފާރިތަކަށާއި އެކި ކަންކަމަށް، އަމިއްލަ މީހުން ބޭންކުތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން 6 މަސްދުވަހަށް ފަސްކުރުމުގެ ޕްރޮގްރާމްގައި، އެޗް.ޑީ.އެފް.ސީ. އާއި އެމް.އެފް.އެލް.ސީ އަދި އެސްޑީ.އެފް.ސީ އާއި ރާއްޖޭގައި ހިންގާ 8 ބޭންކަކުން ބައިވެރިވެފައިވާކަމަށް، އެގޮތުން ލޯނުތަކުގެ ތެރެއިން މިހާތަނަށް 15000 އަށްވުރެ ގިނަ ލޯނުގެ މުއްދަތު ފަސް ކޮށްދީފައިވާއިރު، އޭގެ ތެރެއިން 83 އިންސައްތަ ލޯނަކީ، އާދެ، 13199 ލޯނަކީ ބީ.އެމް.އެލް އިން ދޫކޮށްފައިވާ ލޯނުތައް.

ބީ.އެމް.އެލް މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލޯނު ހޯދުމަށް ރިސޯޓްތަކާއި އަމިއްލަ ވިޔަފާރިތަކުން ލިބިފައިވާ ހުށަހެޅުންތަކުގެ ތެރެއިން 157 ހުށަހެޅުމަކަށް ލޯނު ދޫކުރަން ނިންމައި، އޭގެ ތެރެއިން 98 ވިޔަފާރިއަކަށް މިހާރު ވަނީ ލޯނު ދޫކޮށްފައި. ކުދި ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ މީހުންނަށް، އެސް.ޑީ.އެފް.ސީ މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލޯނު ހޯދުމަށް ލިބުނު ހުށަހެޅުންތަކުގެ ތެރެއިން، 396 ވިޔަފާރިއަކަށާއި އަމިއްލަ މަސައްކަތްކުރާ 134 މީހަކަށް، ޖުމްލަ 530 ފަރާތަކަށް ލޯނު ދޫކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ.

20 މެއި 2020 | ބުދަ 21:09

21:06

ލައިޝާ އަހްމަދު

ކޮންމެހެން ރަށަށް ދާންޖެހޭ 1078 މީހަކު ރަށްރަށަށް ގެންދިއުމަށްޓަކައި ކަރަންޓީނަށް ފޮނުވިއްޖެ: ރައީސް

ފުރަބަންދުގެ ސަބަބުން މާލޭގައި ބަންދުވެފައި ތިބި މީހުންގެ ތެރެއިން، ކޮންމެހެން ރަށަށް ދާންޖެހޭ ކަމަށް ފާހަގަކުރެވެނު 1800 މީހުންގެ ތެރެއިން 1078 މީހަކު ރަށްރަށަށް ގެންދިއުމަށްޓަކައި ކަރަންޓީނަށް ފޮނުވިއްޖެ. އަދި ބާކީ ތިބި މީހުން، މިމަހު 24ގެ ނިޔަލަށް ކަރަންޓީނަށް ފޮނުވޭނެ. އަދި އިއްޔެގެ ނިޔަލަށް 3016 މީހަކު މާލެ އައުމަށް ހުއްދަ ދެވިއްޖެ

~ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު

20 މެއި 2020 | ބުދަ 21:06

21:03

ލައިޝާ އަހްމަދު

ކުރިން އަންދާޒާކުރި މިންވަރަށް ބަލި ނުފެތުރުމަކީ، اللهގެ ވާގިފުޅާއެކު، އެޅި ފިޔަވަޅުތަކުގެ ނަތީޖާ: ރައީސް

ރައީސް ވިދާޅުވީ، މި ބަލި މާލޭގައި ފެތުރެން ފެށިފަހުން، މިއަދުގެ މިހާތަނަށް 1186 މީހަކަށް މި ބަލި ޖެހިފައިވާކަން ކަށަވަރުވެފައިވާކަމަށް. އެއީ 420 ދިވެހިންނާއި 766 ބިދޭސީން. އަދި އޭގެ ތެރެއިން މިހާތަނަށް 91 މީހަކަށް ޝިފާ ލިބި، ބަލިން ފަސޭހަވެފައިވާއިރު، ރައީސް ވަނީ މި ބަލީގައި ދުނިޔެ ދޫކުރެއްވި 4 ބޭފުޅުންނަށް ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާ ކުރަައްވާފައި، ރައީސް ވިދާޅުވީ، ކުރިން އަންދާޒާކުރި މިންވަރަށް ބަލި ނުފެތުރުމަކީ، اللهގެ ވާގިފުޅާއެކު، އެޅި ފިޔަވަޅުތަކުގެ ނަތީޖާކަމަށް

20 މެއި 2020 | ބުދަ 21:03

18:06

އަބުދުﷲ ނަސީރު އިބްރާހިމް

ރައީސުލްޖުމްހޫރިއްޔާ މިރޭ ޤައުމާއި މުހާތަބުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ 21:00 ގައި ޤައުމާއި މުހާތަބުކުރައްވާނެކަމަށް ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު ޤައުމާއި މުހާތަބުކުރައްވާއިރު، ނިއު ނޯމަލްގައި އަމަލުކުރާނެ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުގެ އިދާރާތަކުން އަންނަނީ ކުރައްވަމުންނެވެ.

20 މެއި 2020 | ބުދަ 18:19

04:06

އަބުދުﷲ ނަސީރު އިބްރާހިމް

ބަލިން ރަނގަޅުވި މީހުންގެ އަދަދު 91 ށް އަރައިފި

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 91 ށް އަރައިފިއެވެ.

ހެލްތް މިނިސްޓްރީގެ ޑޭޝް ބޯޑުން ދައްކާ ގޮތުން 19 ވަނަ ދުވަހު 11 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި 18 ވަނަ ދުވަހު 2 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. މީގެ އިތުރުން 17 ވަނަ ދުވަހު 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

20 މެއި 2020 | ބުދަ 04:06

04:03

އަބުދުﷲ ނަސީރު އިބްރާހިމް

ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ޓެލެ ކްލާސްތައް ފަށާނެ: އެޑިއުކޭޝަން މިނިސްޓްރީ

ޓެލެ ކްލާސްތައް ކުރިއަށް ގެންދިއުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އަލުން ފެށިގެން ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގެ ކޮވިޑް-19ގެ ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި ސީނިއަރ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް ވިދާޅުވީ ކޮވިޑް-19ގެ މިހާލަތާ ގުޅިގެން ދިގު މުއްދަތަކަށް ސްކޫލު ބަންދު ވެގެންދާއިރު ދަރިވަރުންނާ މުއާމަލާތް ކުރެވޭނެ ގޮތްތަކަށް ކަންކަން ރާވަމުންދާ ކަމަށެވެ.

މޫސާ އާދަމް ވިދާޅުވީ މިބަންދުގެ މުއްދަތުގައި އަނެއްކާވެސް ޓެލެ ކްލާސްތައް ފެށުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޓެލެ ކްލާސްތައް ފެށިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ މިހާލަތުގައި ވެސް ބައެއް ސްކޫލުތަކުގައި އެކި އޮންލައިން ފްލެޓްފޯމްތައް މެދުވެރިކޮށް ކްލާސްތައް ނަގާ ދިނުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

20 މެއި 2020 | ބުދަ 04:04

03:57

އަބުދުﷲ ނަސީރު އިބްރާހިމް

ކޮވިޑް-19ގެ މައްސަލައިގަ ޕާކިސްތާން ސުޕްރީމް ކޯޓުން 'ސުމޯޓޯ' އަމުރެއް ނެރެފި

ކޮވިޑް-19ގެ ޚާއްްޞަ ޙާލަތާއި ގުޅިގެން ޕާކިސްތާނު ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް އެޤައުމުގެ ސުޕްރީމް ކޯޓުން 'ސުމޯޓ' އަމުރެއް ނެރެފި އެވެ.

ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރު ގުލްޒާރު އަޙްމަދު ސޮއިކުރައްވާ ހޯމަ ދުވަހު ޢާންމު ކުރައްވާފައިވާ އަމުރުގައި ވަނީ ޕާކިސްތާނުގައި ކޮވިޑް-19ގެ ބަލިމަޑު ކަމެއް ނެތް ކަމަށް ކަނޑައަޅުއްވައި، މިހާރު އެޤައުމުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް އުވާލަން ސަރުކާރަށް އަންގަވާފަ އެވެ. އެގޮތުން ހުރިހައި ވިޔަފާރިއެއް ހަފުތާއަކު ހަތް ދުވަހު ހުޅުވާފައި ބެހެއްޓުމަށް ސަރުކާރަށް އަމުރުކޮށްފައިވެ އެވެ.

20 މެއި 2020 | ބުދަ 03:57

03:51

އަބުދުﷲ ނަސީރު އިބްރާހިމް

އިޓަލީގައި ދުވާލެއްގެ މައްޗަށް ވައިރަސް ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދުތައް މައްޗަށް ޖެހިލައިފި

އިޓަލީގައި ދުވާލެއްގެ މައްޗަށް ވައިރަސް ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދުތައް މައްޗަށް ޖެހިލައިފި އެވެ.

އަންގާރަ ދުވަހު ވައިރަސް ޖެހިގެން މަރުވެފައިވަނީ 162 މީހުންނެވެ. ހޯމަ ދުވަހު އެއަދަދު ހުރީ 99 އެއްގަ އެވެ. މީގެއިތުރުން ވައިރަސް ޖެހުނު މީހުންގެ އަދަދުތައްވެސް ވަނީ 451 ން 813 ށް މައްޗަށް ޖެހިފަ އެވެ.

މިހާތަނަށް އައިއިރު އިޓަލީގައި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 32,169 ށް އަރާފަ އެވެ. އިޓަލީއަކީ މިވަގުތު އެމެރިކާ އާއި އިނގިރޭސިވިލާތް ނެގުމަށްފަހު ތިން ވަނަ އަށް އެންމެ ގިނަ މީހުންގެ މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ.

20 މެއި 2020 | ބުދަ 03:51

03:47

އަބުދުﷲ ނަސީރު އިބްރާހިމް

ނޭނގި ކޮވިޑް-19 ޖެހުމަށްފަހު ރަނގަޅުވި މީހުންގެ އަދަދު ބެލުމަށް ޓެސްޓްކުރަނީ

ނޭނގި ކޮވިޑް-19 ޖެހުމަށްފަހު ރަނގަޅުވި މީހުންގެ އަދަދު ބެލުމަށްޓަކައި ޓެސްޓުކުރަން ފަށައިފި އެވެ.

ކޮވިޑް-19 ޓާސްކް ފޯހުގެ ފަރާތުން އަންގާރަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް އަޒީޒް ވިދާޅުވީ އެ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ސާމްޕަލް ނަގަމުންދަނީ ބިދޭސީން ތޮއްޖެހިފައި ތިބި ތަންތަނުން ކަމަށެވެ. އެގޮތުން މިހާރު މޮނިޓަރ ކުރަމުންދާ ބިދޭސީން ތިބި ތަންތަނުގައި ކުރިން ހެދީ ޕީސީއާރު ޓެސްޓުތަކެއް ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި އޭރު އެޓެސްޓް ކުރިޔަށް ދިޔައީ އެމީހުންގެ ތެރޭގައި މިވަގުތު ބަލި ހުރީ ކޮން ބައެއްގަތޯ ބެލުމަށް ކަމަށް މަބްރޫކް ވިދާޅުވި އެވެ.

20 މެއި 2020 | ބުދަ 03:47

03:39

އަބުދުﷲ ނަސީރު އިބްރާހިމް

ޗައިނާގެ ކުންފުނިން ހެދި ލޭބާ ކުއާޓާގެ މަސައްކަތް ނިންމާލައިފި

ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޮމްޕެނީގެ އެހީތެރިކަމާއެކު ހުޅުމާލޭގައި ގާއިމްކުރި ލޭބަރ ކުއާޓާގެ މަސައްކަތް ނިންމާލައިފިއެވެ.

ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމަނު މަބްރޫކް އަޒީޒު ވިދާޅުވި މިތަނަކީ 800 މީހުންގެ ޖާގައިގެ ތަނެއް ކަމަށެވެ. އަދި މިތަނުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޮމްޕެނީއައި އެޗްޑީސިއާއި ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މަބްރޫކް ވިދަޅުވީ އެތަނުގެ ގިނަ މަސައްކަތްތަކެއް ކޮށްދީފައިވަނީ ޗައިނާގެ ކުންފުނިން ކަމަށާއި، އެ މަސައްކަތް ކޮށްދީފައިވަނީ އެއްވެސް އަގަކާ ނުލާ ހިލޭ ކަމަށެވެ.

20 މެއި 2020 | ބުދަ 03:39

22:42

ލައިޝާ އަހްމަދު

އުމުރުން ދުވަސްވީ މީހުންގެ ރެންޑަމް ސާމްޕްލިންގެ ތެރެއިން 105 ސާމްޕަލެއް މިހާތަނަށް ނަގައިފި

އެކްޓިވް ސަރވިއަލަންސްގެ ދަށުން މިހާރު ކުރިޔަށްދާ އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނެގުމުގެ ތެރެއިން މިހާތަނަށް އައިއިރު 105 މީހެއްގެ ސާމްޕަލް ނަގާފައިވާކަމަށް ކޮވިޑް-19 ޓާސްކް ފޯހުން ހާމަކޮށްފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ މީގެތެރެއިން 99 މީހުންގެ ސާމްޕަލް ލިބިފައިވާ ކަމަށާއި ފަސް ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭ ކަމަށެވެ. އަދި އެއް ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

20 މެއި 2020 | ބުދަ 03:37

މުހައްމަދު ފަޒީން

IamFazeen

އައިޝަތު ޝާނީ

Shaaknee

އަބުދުﷲ ނަސީރު އިބްރާހިމް

DeNaseer

އަޒްލިފާ އަބްދުﷲ

AzuAzlifa

ސިމާހާ ނަސީމް

sim_kamana

އަމްނާ އިމާދު

amnabinthimad

އަލީ ސަމާޚް

AliSamah8

ދާނިޝް ނިޡާމް

Dhaanish_Nizam

އަމަން ހަލީމް

soupized

ލައިޝާ އަހްމަދު

LailaAhmeds

އަތޫފް އާތިފް

AthifAthoof

އުމްނާ އިސްމާއިލް

UmnaIsmail

ޒިހްނަތު ހަސަން

ziyo_mv

ހުސެއިން މަޚްތޫމް

@makhuthoom

އާއިޝަތު ޝިއުރާ

@schewra

ހުސައިން ފަރިޔާޒް

FariyaaxYaax

އިސްމާޢީލް ޝާހް

ismaelschurh

15:51
ސޮވަރިން ޑިވޮލޮޕްމަންޓް ފަންޑުގައި 190 މިލިއަން ޑޮލަރު ހުންނާނެ: މިނިސްޓަރ
15:48
ރާއްޖޭގައި ފޮރިން ކަރަންސީގެ ދައްޗެއް ނެތް: މިނިސްޓަރ
15:37
ލޭންޑް ރެންޓް ފަސް ކުރުމުން މި އަހަރު ދައުލަތަށް 900 މިލިއަން ރުފިޔާ ގެއްލިގެންދޭ
15:28
އިންކަމް ސަޕޯޓް އެލަވަންސް 69 ފަރާތަކަށް ދީފި
15:27
ކޮވިޑް ޓެކްސްއެއް ނެގުމަށް މިހާތަނަށް ނިންމާފައެއް ނުވޭ: މިނިސްޓަރ
15:15
ޑިސްއެބިލިޓީ އިންޝުއަރެންސް ސްކީމެއް އުފެއްދުމުގެ މަސައްކަތްވެސް ކުރެވެމުންދޭ: ޕެންޝަން އޮފީސް
14:54
ކަރަންޓް ބިލުން މިހާތަނަށް 50 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފި
05:40
ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކަށް އިތުރު 413 މީހަކު ގެންގޮސްފި: މަބްރޫކް
05:39
ލޮކްޑައުން އަށް ލުއި ދެނީ ކަލަންޑަރުން ދުވަސް ކަނޑައަޅައިގެނެއް ނޫން: މަބްރޫކް
05:38
ލޮކްޑައުން ނިންމާލުމާ ގުޅިގެން މައިނާ ސަރޖެއް އައުން އެކަށީގެންވޭ: ޑރ. އަފްޒަލް
05:36
އިތުރު ދުވަސްތަކެއް ކަރަންޓީންގައި ތިބެންޖެހޭ މައްސަލަ ހައްލުކުރުމަށް ދަނީ މަސައްކަތް ކުރަމުން: މަބްރޫކް
05:35
މައިނަރ ހޮޓެލް ގްރޫޕުން ރާއްޖެއަށް ޕީސީއާރް ޓެސްޓް މެޝިނެއް ހަދިޔާކޮށްފި
05:34
ފުރަތަމަ ފޭސްގައި ކޮވިޑް-19ށް ހައި ރިސްކް މީހުން ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށްފި
05:33
ބަލި ޖެހޭ މީހުންގެ އަދަދު އުޅެނީ 30 އާއި 50 އާ ދެމެދު، އެއީ ދަށް އަދަދެއް
05:32
ނަތީޖާ ލަސްވާ ސަބަބު: ފުރަތަމަ ދޮށީ އުމުރުގެ މީހުން، ދެން ތޮއްޖެހިގެން އުޅޭ މީހުން
05:31
ފުރަބަންދަށް ލުއި: ފުރަތަމަ ފޭސްގައި ރަށްރަށަށް ދިއުމަށް ހުއްދައެއް ނުދޭނެ
22:36
އޭޑީކޭއިން ޓެސްޓުތައް ހަދާނީ އަގެއްދީފައި، އެކަން ކުރާނީ އާސަންދަގެ ތެރެއިން: މަބްރޫކް
22:30
ބަލިން ރަނގަޅުވާ މީހުންގެ ތެރޭގައި ގިނައީ ދިވެހިން: ޑރ. އަފްޒަލް
22:24
މަނަދޫން ނެގި ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވް
22:12
ބަލިން ރަނގަޅުވި މީހުންގެ އަދަދު 109ށް އަރައިފި
18:59
ރާއްޖެއިން އިތުރު 58 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
18:56
ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބަންގްލަދޭޝްގެ 352 ރައްޔިތަކު ފުރުވާލައިފި
18:50
އެންމެ ފަހުން ސައުދީން ބޭންކު ނޫޓު ވެސް ކަރަންޓީން ކުރަނީ
23:16
އެއްވެސް ގޮތަކަށް ދެކިގެން ނުވާނެ މިދެވޭ ލުއިތަކަކީ ވައިރަސްގެ ބިރު ކެނޑުން ކަމަކަށް: މަބްރޫކް
22:56
މިސްކިތުގައިވެސް ވުޟޫ ކުރެވޭނެ، ނަމަވެސް ގެއިން ވުޟޫކޮށްގެން މިސްކިތަށް ވަޑައިގަންނަވާ: އިސްލާމިކް މިނިސްޓަރ
22:47
ޖަމާއަތުގައި ނަމާދުކުރުމަށް ހުއްދަދިން ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންވާނެ: ޑރ. މުރާދު
22:36
މާދަމާ ހުކުރު ނަމާދުން ފެށިގެން ބައެއް ރަށްރަށުގައި ޖަމާއަތުގައި ނަމާދުކުރަން ފަށާނަން: އިސްލާމިކް މިނިސްޓަރ
22:28
އައިޖީއެމްއެޗުގައިި އައު މެޝިންއެއް ބެހެއްޓުމުގެ މަސައްކަތް ފެށިއްޖެ، އޭރުން ދުވާލަކަށް 600 ޓެސްޓު އައިޖީއެމްއެޗުން ހެދޭނެ: މަބްރޫކް
22:25
ދުބާއީއިން ގެންނަ 10 ވެންޓިލޭޓަރު ގެނެވިއްޖެ، އެޔާއެކު ޖުމްލަ އަދަދު ވަނީ 129ށް އަރާފައި: މަބްރޫކް
22:23
ބަލިން ރަނގަޅުވި މީހުންގެ އަދަދު 104ށް ވަނީ އަރާފައި: މަބްރޫކް
14:21
ރާއްޖެއިން އިތުރު 30 މީހުންނަށް ވައިރަސް ޖެހި ޖުމްލަ އަދަދު 1,216 ށް
04:18
ބުދަ ދުވަހަކީ އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހުނު ދުވަސް: ޑަބްލިއުއެޗްއޯ
04:14
ލޮކްޑައުން ތެރޭގައި 22 މައްސަލައެއް ހުށައެޅުނު: ހައިކޯޓް
04:10
ލޮކްޑައުން އުވާލިޔަސް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރަން ޖެހިދާނެ: އަމީން
21:43
އިޤްތިޞާދު އަލުން ފަށައިގަންނައިރު، އާ ވިސްނުން ގެންގުޅުމަކީ މުހިންމު ކަމެއް: ރައީސް
21:16
ޖުލައި މަހުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް، ބައިނަލްއަޤްވާމީ ދަތުރުތަކަށް ހުޅުވާލަނީ
21:14
ގެއިން ބޭރަށް ނުކުމެ އުޅުމަށް ހުއްދަދީ މިސްކިތްތަކާއި ކެފޭތައްވެސް ހުޅުވާލަނީ
21:12
ރިސޯޓްތަކުގެ މިއަހަރުގެ ފަހު 6 މަސް ދުވަހުގެ ކުލި ދައްކަންޖެހޭ މުއްދަތު ފަސްކޮށްދީފި
21:10
މިއީ ތިމާވެއްޓާ ރަޙްމަތްތެރި ގޮތަކަށް ދިރިއުޅުން ބައްޓަންކުރަން ރަނގަޅު ފުރުސަތެއް: ރައީސް
21:08
މިހާތަނަށް 15000 އަށްވުރެ ގިނަ ލޯނުގެ މުއްދަތު ވަނީ ފަސްކޮށްދީފަ: ރައީސް ސޯލިޙު
21:06
ކޮންމެހެން ރަށަށް ދާންޖެހޭ 1078 މީހަކު ރަށްރަށަށް ގެންދިއުމަށްޓަކައި ކަރަންޓީނަށް ފޮނުވިއްޖެ: ރައީސް
21:03
ކުރިން އަންދާޒާކުރި މިންވަރަށް ބަލި ނުފެތުރުމަކީ، اللهގެ ވާގިފުޅާއެކު، އެޅި ފިޔަވަޅުތަކުގެ ނަތީޖާ: ރައީސް
18:06
ރައީސުލްޖުމްހޫރިއްޔާ މިރޭ ޤައުމާއި މުހާތަބުކުރައްވަނީ
04:06
ބަލިން ރަނގަޅުވި މީހުންގެ އަދަދު 91 ށް އަރައިފި
04:03
ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ޓެލެ ކްލާސްތައް ފަށާނެ: އެޑިއުކޭޝަން މިނިސްޓްރީ
03:57
ކޮވިޑް-19ގެ މައްސަލައިގަ ޕާކިސްތާން ސުޕްރީމް ކޯޓުން 'ސުމޯޓޯ' އަމުރެއް ނެރެފި
03:51
އިޓަލީގައި ދުވާލެއްގެ މައްޗަށް ވައިރަސް ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދުތައް މައްޗަށް ޖެހިލައިފި
03:47
ނޭނގި ކޮވިޑް-19 ޖެހުމަށްފަހު ރަނގަޅުވި މީހުންގެ އަދަދު ބެލުމަށް ޓެސްޓްކުރަނީ
03:39
ޗައިނާގެ ކުންފުނިން ހެދި ލޭބާ ކުއާޓާގެ މަސައްކަތް ނިންމާލައިފި
22:42
އުމުރުން ދުވަސްވީ މީހުންގެ ރެންޑަމް ސާމްޕްލިންގެ ތެރެއިން 105 ސާމްޕަލެއް މިހާތަނަށް ނަގައިފި