ކޮވިޑް-19: އެންމެ ފަހުގެ

18,567,332
  • ތަމްރީނު ލިބިފައިވާ ފަރާތްތައް ސިއްހީ ހިދުމަތްތެރިންގެ ސަފުތަކާ ގުޅެން ރައީސް އެދިވަޑައިގެންފި
  • ކިތަންމެ ބޮޑު ޤުރުބާނީއެއް ވެގެންވިޔަސް، ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރާނެ: ރައީސް
  • އަންނަ ހަފުތާގެ ތެރޭގައި ބަންގްލަދޭޝްގެ 1500 މީހަކު ގައުމަށް ފޮނުވާލަނީ
 
Writer Profile Picture
އުމްނާ އިސްމާއިލް
ތަމްރީނު ލިބިފައިވާ ފަރާތްތައް ސިއްހީ ހިދުމަތްތެރިންގެ ސަފުތަކާ ގުޅެން ރައީސް އެދިވަޑައިގެންފި

ކޮވިޑް-19 ގެ ސަބަބުން، ރާއްޖެ މިވަނީ ވަރަށް ބޮޑަށް ސިއްހީ ހިދުމަތްތެރިންނަށް ބޭނުންވެފައިވާކަމަށާއި ހިދުމަތުން ރިޓަޔަރކުރައްވައިގެން ތިއްބެވި ބޭފުުޅުންނާއި ހިދުމަތާ ދުރަށް ޖެހިވަޑައިގެން އުޅުއްވާ ބޭފުޅުންގެ އެހީތެރިކަން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

4 މެއި 2020 | ހޯމަ 18:00
Writer Profile Picture
އުމްނާ އިސްމާއިލް
ކިތަންމެ ބޮޑު ޤުރުބާނީއެއް ވެގެންވިޔަސް، ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރާނެ: ރައީސް

ކޮވިޑް-19 އިން ރާއްޖޭގެ އެންމެހައި ރައްޔިތުން ރައްކާތެރިކުރުމަށް، ޞިއްޙީ މާހިރުންގެ ލަފަޔާއި އިރުޝާދާއެކު، ސަރުކާރުން އަންނަނީ، ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި

މި މަސައްކަތުގައި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ކިތަންމެ ބޮޑު ޤުރުބާނީއެއް ވެގެންވިޔަސް، ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުން ކަމަށެވެ.

4 މެއި 2020 | ހޯމަ 17:42
Writer Profile Picture
އުމްނާ އިސްމާއިލް
އަންނަ ހަފުތާގެ ތެރޭގައި ބަންގްލަދޭޝްގެ 1500 މީހަކު ގައުމަށް ފޮނުވާލަނީ

ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބީދޭސީންގެ ތެރެއިން 1500 ބަންގްލަދޭޝް މީހުން ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާގައި ފެށިގެންދާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ގައުމާ މުޚާތަބު ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ބަންގްލަދޭޝް ސަރުކާރާ ވާހަކަ ދައްކައިގެން، އެ ޤައުމުގެ 1500 މީހަކު، ޤައުމަށް ފޮނުވައިލުމުގެ މަސައްކަތް، ކުރިއަށް އޮތް ހަފުތާގައި ފެށިގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ގިނަ ޢަދަދެއްގެ ބިދޭސީންތަކެއް، ވަންނާނެ ގެދޮރެއް، އާމްދަނީ ހޯދާނެ ވަޒީފާއެއް، އަދި ރަސްމީ ލިޔެކިޔުމެއް ނެތި، ރާއްޖޭގައި އުޅެމުންދާއިރު، އެމީހުން ރާއްޖެއަށް ގެނައި ބަޔަކު ތިބޭނެ ކަމަށެވެ.

4 މެއި 2020 | ހޯމަ 17:40
Writer Profile Picture
އުމްނާ އިސްމާއިލް
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 541 އަށް އަރައިފި

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 541 އަށް އަރައިފި އެވެ.

މިކަން އިއުލާންކުރެއްވީ، ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއިން މިހާރު އަޅަމުންދާ ފިޔަވަޅުތަކާއި ބެހޭގޮތުން ގައުމާ މުހާތަބް ކުރައްވާ ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުނު ފަހުން، އެބަލި ޖެހިފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 185 ދިވެހިންނާއި 356 ބިދޭސީންނެވެ. އަދި މިހާރު އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ 523 މީހުންގެ ތެރެއިން، ވަރަށް މަދު މީހެއް ފިޔަވައި، އެންމެންގެ ހާލު ރަނގަޅުކަމަށް ރައީސް ވިދާޅުވި އެވެ.

4 މެއި 2020 | ހޯމަ 17:39
Writer Profile Picture
ލައިޝާ އަހްމަދު
މާލޭގައި ތާށިވެފައި ތިބި މީހުންނާ ބެހޭ އުސޫލާ ގުޅޭގޮތުން ކައުންސިލްތަކާ މަޝްވަރާ ކުރަނީ

ރަށްރަށުން އައިސް މާލޭގައި ތާށިވެފައި ތިބި މީހުންނާ ބެހޭ އުސޫލަށް ބަދަލުތަކެއް އެބައާދޭ، ކައުންސިލްތަކާ އެބަ މަޝްވަރާ ކުރޭ އަމަލުކުރަން ބޭނުންވާ ގޮތާމެދު، އަދި އުސޫލު އެކުލަވާލުމުގެ ކުރިން ކޮންމެހެން ބަލަންޖެހޭ ކަންކަން އެބަހުރި،

-މަބްރޫކް-

3 މެއި 2020 | އާދީއްތަ 22:36
Writer Profile Picture
ލައިޝާ އަހްމަދު
ވޭތުވެ 3 ދުވަހު މަދުން ފެނުނު ނަމަވެސް ކުއްލިއަކަށް އިތުރު ކްލަސްޓަރތަކެއް ފެނުން އެކަށީގެންވޭ

އެކްޓިވް ސަވައިލެންސްގެ ދަށުން ރަނގަޅަށް ކްލިއަރވެ ބެލިފައިވަނީ 7 ސައިޓް، އިތުރު ސައިޓްތައްވެސް ބެލުމުގެ މަސައްކަތް ދަނީ ކުރިއަށް، ސާމްޕަލް ނަގާ ވަރަކަށް އިތުރަށް ޕޮޒިޓިވް ވުމުގެ ފުރުސަތު އެބައޮތް، ވޭތުވެ 3 ދުވަހު މަދުން ފެނުނު ނަމަވެސް ކުއްލިއަކަށް އިތުރު ކްލަސްޓަރތަކެއް ފެނުން އެކަށީގެންވޭ

-ޑރ އަފްޒަލް -

3 މެއި 2020 | އާދީއްތަ 22:32
Writer Profile Picture
ލައިޝާ އަހްމަދު
ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ މީހަކު ޙާލު ބޮޑުވެ ވެންޓިލޭޓަރަށް ލައިފި

އައިސީޔޫގައި ފަރުވާދެމުން ދިޔަ އުމުރުން ދުވަސްވީ މީހެއްގެ ޙާލު ސީރިއަސްވެ ނޭވާލާން އުނދަގޫވެ ވެންޓިލޭޓަރަށް ލެވިފައިވޭ، ހަށިގަނޑަށް އޮކްސިޖަން ލިބޭ މިންވަރު މަދު، މިއަދު މެންދުރު ވެންޓިލޭޓަރަށް ލާފައިވަނީ، މިވަގުތަށް ޙާލަތު އިތުރަށް ގޯސްވަމުންނެއް ނުދޭ،

- ޑރ މުޙައްމަދު އަލީ-

3 މެއި 2020 | އާދީއްތަ 22:30
Writer Profile Picture
ލައިޝާ އަހްމަދު
ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ މީހަކު ޙާލު ބޮޑުވެ ވެންޓިލޭޓަރަށް ލައިފި

އައިސީޔޫގައި ފަރުވާދެމުން ދިޔަ އުމުރުން ދުވަސްވީ މީހެއްގެ ޙާލު ސީރިއަސްވެ ނޭވާލާން އުނދަގޫވެ ވެންޓިލޭޓަރަށް ލެވިފައިވޭ، ހަށިގަނޑަށް އޮކްސިޖަން ލިބޭ މިންވަރު މަދު، މިއަދު މެންދުރު ވެންޓިލޭޓަރަށް ލާފައިވަނީ، މިވަގުތަށް ޙާލަތު އިތުރަށް ގޯސްވަމުންނެއް ނުދޭ،

- ޑރ މުޙައްމަދު އަލީ-

3 މެއި 2020 | އާދީއްތަ 22:30
Writer Profile Picture
ލައިޝާ އަހްމަދު
ގްރޯސަރީ ޕާރމިޓް ގޮތުގައި 27860 ހުއްދަ ދޫކުރެވިފައިވޭ،

މިހާތަނަށް ވިޔަފާރިތަކަށް ދޫކޮށްފައިވާ ޕާމިޓްތަކުގެ ތެރެއިން 27860 ގްރޯސަރީ ޕާމިޓެއް ވަނީ ދޫކުރެވިފައި، އަދި ވިޔަފާރި ޕާމިޓްވެސް 14،000ށް ވުރެ ގިނައިން ދޫކުރެވިފައިވޭ

3 މެއި 2020 | އާދީއްތަ 22:19
Writer Profile Picture
ލައިޝާ އަހްމަދު
ނ ކެނދިކުޅުދޫގެ މޮނިޓަރިންގ ޙާލަތު އުވާލައިފި

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ، ނ ކެނދިކުޅުދޫގެ މޮނިޓަރިންގެ އުވާލާފައިވާ ކަމަށް،

3 މެއި 2020 | އާދީއްތަ 22:17
Writer Profile Picture
ލައިޝާ އަހްމަދު
ނ މަނަދޫއިން 15 މީހުން ވަނީ އައިސޮލޭޓް ކުރެވިފައި

ނ މަނަދޫއިން ޕޮޒިޓިވްވި ކޭސްއާ ގުޅިގެން 15 މީހުން ވަނީ އެކަހެރި ކުރެވިފައި. އަދި ހޮސްޕިޓަލުގައި މީހުން ބަލާ ގަޑިވެސް ވަނީ މަދުކޮށްފައި،

3 މެއި 2020 | އާދީއްތަ 22:16
Writer Profile Picture
ޙުސައިން މަޚްތޫމް
އިތުރު 8 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
3 މެއި 2020 | އާދީއްތަ 18:13
Writer Profile Picture
އުމްނާ އިސްމާއިލް
އައްޑޫ ހެރަތެރަ ރިސޯޓް އައިސޮލޭޝަން ފެސިލިޓީއަކަށް ހަދައިފި
3 މެއި 2020 | އާދީއްތަ 13:06
Writer Profile Picture
އުމްނާ އިސްމާއިލް
ވައިގެ ދަތުރުފަތުރު ޢާންމު ޙާލަތަކައް ގެންނަން ތިން އަހަރު ނަގާނެ: ޔޫއޭއީގެ އެއަރލައިންތައް
3 މެއި 2020 | އާދީއްތަ 13:06
Writer Profile Picture
އުމްނާ އިސްމާއިލް
މާލެއިން ރަށަށް ދާން ބޭނުންވާ 80 މީހަކަށް ދަތުރު ހަމަޖައްސައިދީފި
3 މެއި 2020 | އާދީއްތަ 13:05
Writer Profile Picture
އުމްނާ އިސްމާއިލް
ކެނޯއެއްގައި ދަރަވަންދޫއަށް ދިޔަ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި
3 މެއި 2020 | އާދީއްތަ 13:04
Writer Profile Picture
އުމްނާ އިސްމާއިލް
ޗައިނާއިން 16 ގައުމަކަށް މެޑިކަލް ޓީމުތަކެއް ފޮނުވައިފި
3 މެއި 2020 | އާދީއްތަ 07:47
Writer Profile Picture
އާއިޝަތު ޝިއުރާ
ޕޮޒިޓިވް ނުވާ ކުއްޖަކު ކަރަންޓީނަށް ގެންދެވުނީ ނަމުގެ އެއް އަކުރު ބަދަލުވެގެން، މައާފަށް އެދެން: މަބްރޫކް
3 މެއި 2020 | އާދީއްތަ 05:27
Writer Profile Picture
އާއިޝަތު ޝިއުރާ
ޚާއްސަ ވިސާގެ ދަށުން ރާއްޖެ އައުމަށް ވަކި ފަރާތްތަކަކަށް ހުއްދަދޭން ނިންމައިފި
3 މެއި 2020 | އާދީއްތަ 04:52
Writer Profile Picture
އާއިޝަތު ޝިއުރާ
ކުޅުދުއްފުއްޓަށް ބަޔަކު ގެންގޮސްފައިވަނީ އާސަންދައިން ކައުންސިލަށް އެންގުމަށްފަހު: މަބްރޫކް
3 މެއި 2020 | އާދީއްތަ 04:52
Writer Profile Picture
އާއިޝަތު ޝިއުރާ
ރާއްޖެއިން ކޮވިޑް-19 ޖެހުނު އިތުރު މީހަކު ބަލިން ރަނގަޅުވެ، ޖުމުލަ އަދަދު 18އަށް!
3 މެއި 2020 | އާދީއްތަ 04:51
Writer Profile Picture
އާއިޝަތު ޝިއުރާ
ތަކަންދޫން ޕޮޒިޓިވްވި ކުއްޖާ ކަރަންޓީނަށް ގެންދިޔުމަށް ދަނީ މަސައްކަތްކުރަމުން

ތަކަންދޫން ޕޮޒިޓިވްވި ކުއްޖާ ކަރަންޓީނަށް ގެންދިޔުމަށް މަސައްކަތްކުރާ ކަމަށާއި ކަރަންޓީނަށް ގެންދެވުނީ ޕޮޒިޓިވްވި މީހެއްގެ ކްލޯޒް ކޮންޓެކްޓެއް ކަަމަށް މަބްރޫކް ވިދާޅުވި އެވެ.

2 މެއި 2020 | ހޮނިހިރު 22:58
Writer Profile Picture
އާއިޝަތު ޝިއުރާ
މިވަގުތު ފޯކަސް ކުރަނީ ބަލިމަޑުކަމުން އަރައިގަތުމަށް

މިވަގުތު ފޯކަސް ކުރަމުންދަނީ ބަލިމަޑުކަމުން އަރައިގަތުމަށް ކަމަށާއި އެއަށްފަހު އިގްތިޞާދީ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތްކުރާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

2 މެއި 2020 | ހޮނިހިރު 22:57
Writer Profile Picture
އާއިޝަތު ޝިއުރާ
ބިދޭސީން ދިރިއުޅޭ ތަންތަން އަދިވެސް ދަނީ ބަލަމުން

ބިދޭސީން ދިރިއުޅޭ ތަންތަން މިހާރުވެސް ބަލަމުންދާ ކަމަށާއި މީގައި އުނދަގޫވަނީ ރަޖިސްޓްރީކޮށްފައި ނުވާތީ ކަމަށް މަބްރޫކް ވިދާޅުވި އެވެ. ނަމަވެސް އެތަންތަން ބަލަމުންދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. ގުޅީފަޅުގައި ހުންނާނީ 674 މީހުންގެ ޖާގައިގެ ތަނެއް ނިމިފައި ހުރީ 600 ޖާގައިގެ ތަނެއް ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ހުޅުމާލޭގައި ހަދަނީ އިކޮނޮމިކް މިނިސްޓްރީ އަދި ހޯމް މިނިސްޓްރީން ހަދާ ތަންތަން ކަމަށް މަބްރޫކް ވިދާޅުވި އެވެ.

2 މެއި 2020 | ހޮނިހިރު 22:25
Writer Profile Picture
އާއިޝަތު ޝިއުރާ
އައު ކޮންޓެކްޓް ތަކެއް ލިބިފައެއް ނުވޭ

މިއަދު އައު ކޮންޓެކްޓް ތަކެއް ލިބިފައިނުވާ ކަމަށް ޑރ އިބްރާހިމް އަފްޒަލް ވިދާޅުވި އެވެ.

2 މެއި 2020 | ހޮނިހިރު 22:19