ކޮވިޑް-19: އެންމެ ފަހުގެ

17,959,322
  • ކޮވިޑް-19: ހުއްދަ ހޯދާފައިވާ ފިހާރައެއް ބަންދުކޮށްފައި ހުންނަނަމަ ފިޔަވަޅު އަޅާނަން: ފުލުހުން
  • ކޮންޓެކްޓުން މަދު، ކްލަސްޓަރ ތަކުގެ ކޮންޓެކްޓްވެސް މަދު، ލޮކްޑައުން ރަނގަޅު
  • ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން ދިޔަ 27 ތަނަކުން ސާމްޕަލް ނަގައިފި
 
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮވިޑް-19: ހުއްދަ ހޯދާފައިވާ ފިހާރައެއް ބަންދުކޮށްފައި ހުންނަނަމަ ފިޔަވަޅު އަޅާނަން: ފުލުހުން
9 މެއި 2020 | ހޮނިހިރު 09:42
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮންޓެކްޓުން މަދު، ކްލަސްޓަރ ތަކުގެ ކޮންޓެކްޓްވެސް މަދު، ލޮކްޑައުން ރަނގަޅު
8 މެއި 2020 | ހުކުރު 17:36
Writer Profile Picture
އާއިޝަތު ޝިއުރާ
ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން ދިޔަ 27 ތަނަކުން ސާމްޕަލް ނަގައިފި
8 މެއި 2020 | ހުކުރު 17:35
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑަށް ޓެސްޓުކުރާ މެޝިން މިމަހުގެ 17 ގައި ލިބޭނެކަމަށް ލަފާކުރެވޭ: މަބްރޫކް
8 މެއި 2020 | ހުކުރު 17:31
Writer Profile Picture
އާއިޝަތު ޝިއުރާ
ގުޅީފަޅަށް ބަދަލުކުރި ބިދޭސީންނަށް ޚާއްސަކޮށް ޕްރޮގްރާމެއް ހިންގަނީ
8 މެއި 2020 | ހުކުރު 17:29
Writer Profile Picture
އާއިޝަތު ޝިއުރާ
ކުރިޔަށް އޮތް ދެ ހަފްތާގައި މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަނީ
8 މެއި 2020 | ހުކުރު 17:28
Writer Profile Picture
ޙުސައިން މަޚްތޫމް
އިތުރު 86 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 734 ށް
8 މެއި 2020 | ހުކުރު 17:26
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ގޭގެކުލި ނުދެއްކިގެން 12 މީހަކު ގެއިން ނެރެފައިވޭ؛ އެޗްއާރުސީއެމް
8 މެއި 2020 | ހުކުރު 17:25
Writer Profile Picture
ޙުސައިން މަޚްތޫމް
އިތުރު 24 މީހުން ޕޮޒިޓިވްވެ ބަލި ޖެހުނު މީހުންގެ އަދަދު 642 ށް
7 މެއި 2020 | ބުރާސްފަތި 17:49
Writer Profile Picture
ލައިޝާ އަހްމަދު
ވަޒީފާއާ ގުޅޭ 2291 މައްސަލަ ޖޮބް ސެންޓަރަށް ހުށައަޅައިފި
7 މެއި 2020 | ބުރާސްފަތި 16:06
Writer Profile Picture
ލައިޝާ އަހްމަދު
ޖޮބް ސެންޓަރަށް މިހާތަނަށް 2291 ޝަކުވާ ހުށައެޅިފައިވޭ

އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ، މިނިސްޓްރީގެ ޖޮބް ސެންޓަރަށް މިހާތަނަށް 2291 ޝަކުވާ ހުށައެޅިފައިވާ ކަމަށް، އެގޮތުން ނޯޕޭއާ ގުޅޭ 639 މައްސަލަ، ވަޒީފާއިން ވަކި ކުރުމުގެ 571 މައްސަލަ، މުސާރަ ކުޑަ ކުރުމުގެ 385 މައްސަލަ އަދި ސަސްޕެންޑް ކުރުމުގެ 162 މައްސަލަ، ސެލްފް އެމްޕްލޯއިޑް މީހުންގެ ވަޒީފާއަށް އަސަރު ކުރުމުގެ 280 މައްސަލައި އަދި އޭގެ އިތުރުންވެސް އިތުރު ކެޓެގަރީގެ މައްސަލަތައް ހިމެނޭ،

7 މެއި 2020 | ބުރާސްފަތި 15:04
Writer Profile Picture
ލައިޝާ އަހްމަދު
ވަޒީފާ ގެއްލުނު ފަރާތްތަކަށް އެލަވަންސް ދިނުމުގެ އުސޫލު ގެޒެޓްކުރަނީ

އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ، ވަޒީފާ ގެއްލުނު ފަރާތްތަކަށް އެލަވަންސް ދިނުމުގެ އުސޫލު މިއަދުގެ ވަގުތެއްގައި ގެޒެޓްކުރާނެ ކަމަށް ބެލެވޭ ކަމަށް، އެގޮތުން އެ އުސޫލު ކުރިން އާންމު ނުކުރީ ޤާނޫނީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުގެ ސަބަބުންކަމަށް ވިދާޅުވި

7 މެއި 2020 | ބުރާސްފަތި 15:00
Writer Profile Picture
ލައިޝާ އަހްމަދު
ރިލީފް ފަންޑުގެ ތެރެއިން 51 ލޯނު ސްކީމް ދޫކޮށްފި، ޖުމުލަ އަގު 70 މިލިއަނަށް އަރާ

ބީއެމްއެލް މެދުވެރިކޮށް ރިލީފް ފަންޑުގެ ތެރެއިން މިހާތަނަށް 51 ލޯނު ދޫކޮށްފި، އެ ލޯނުތަކުގެ ޖުމުލަ އަގު 70 މިލިއަނަށް އަރާ

-ފިނޭންސް މިނިސްޓަރ-

7 މެއި 2020 | ބުރާސްފަތި 14:53
Writer Profile Picture
ލައިޝާ އަހްމަދު
ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ކޮވިޑް-19 އާ ގުޅިގެން ކުރާ ޚަރަދުތައް އާންމުކުރަނީ

ކޮވިޑް-19 އާ ގުޅިގެން ކުރާ ޚަރަދުތައް ކޮންމެ ހަފްތާއެއްގެވެސް ހޯމަ ދުވަހު އާންމުކުރައްވާނެ ކަމަށް ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވެއްޖެއެވެ. އެގޮތުން މިއީ ސަރުކާރުގެ ޒީރޯ ޓޯލެރެންސް ޓު ކޮރަޕްޝަންގެ ދަށުން ކުރާ މަސައްކަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

7 މެއި 2020 | ބުރާސްފަތި 14:49
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އެމެރިކާގެ އައިލެންޑް އިނޮވޭޝަންގެ ފަރާތުން އިންތިޒާމުކުރި ބައިނަލްއަޤްވާމީ ވެބިނަރގައި އެމްއައިޓީޑީސީގެ އެމްޑީ

އެމެރިކާގެ މަޝްހޫރު ކޮންސަލްޓަންސީ އަދި އެޑްވައިޒަރީ ފާރމެއްކަމުގައިވާ 'އައިލެންޑް އިނޮވޭޝަން' ގެފަރާތުން ބޭއްވި ބައިނަލްއަޤްވާމީ ވެބިނަރ ގައި މޯލްޑިވްސް އިންޓިގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރާއިދު ބައިވެރިވެވަޑައިގެންފިއެވެ.

ބުދަ ދުވަހު ބޭއްވި މި ވެބިނަރ އަކީ "އައިލެންޑްސް އެންޑް ދަ ކޮވިޑް 19 ޕެންޑަމިކް" މިމަޢުޟޫގެ މައްޗަށް އަލިއަޅުވާލާ ބޭއްވި ވެބިނަރއެކެވެ. އަދި އެކި ދާއިރާތަކުން ބައިނަލްއަޤްވާމީ 5 ފަރާތަކުން ވަނީ މައުލޫމާތު ދެއްވާފައެވެ.

އެ ބޭފުޅުންނަކީ ގްރީން ލޭންޑުގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް މިނެރަލް ރިސޯސަސް އޮނަރަ ބްލް ވިޓުސް ކުއާކީޓްސޮގް، އާއި ސްކޮޓްލެންޑްގެ ސްޓްރެތުކްލައިޑް ސެންޓަރ ފޮރ އެންވައިރަމަންޓަލް ލޯ އެންޑް ގަވަރނަންސް ގެ ކޯ- ޑައިރެކްޓަރ ޑރ. ފްރެންސެސްކޯ ސިންޑިކޯ، އާއި އެންގުއިލާގެ ތޯޓްފުލް ޑިޖިޓަލް އެޖެންސީގެ ޕާޓްނަރ މސ. ތަހީރާ ބެންކްސް، އާއި ކެނާރީ އައިލެންޑްސްގެ ލަޒަރޯތު ިބޒްންސް އެންޑް ރެސިޑެންޓްސް އެސޯސިއޭޝަންގެ ރައީސް މރ. ޑެނިއަލް ޓްރިގް އަދި ދިވެހިރާއްޖޭގެ އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރާއިދުއެވެ.

މިވެބިނަރ ގައި ރާއިދު މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ، ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނާނެ ބަދަލުތަކާއި، އަދި މިކަމުން އަރައިގަނެ، ފަތރުވެރިކަން ފަށައިގަންނައިރު ފުރިހަމަކުރަންޖެހޭނެކަމަށް ޤަބޫލުކުރެވޭ ކަންކަމުގެ މައްޗަށެވެ. އެގޮތުން މިހާތަނަށް ރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރަށް ބަލާ، 2020 ޖުލައި މަހުގެ ތެރޭގައި އެތެރެ އާއި ބޭރުގެ އުދުހުންތަކަށް ހުޅުވާލެވޭނެކަމަށް ލަފާކުރެވޭކަމަށާއި، އެހެނަސް ފަތުރުވެރިން ރާއްޖެއަށް މިސްރާބު ޖަހާނެކަމަށް ބޮޑަށް ބުރަވެވެނީ ނޮވެމްބަރ މަހުން ފެށިގެންކަމަށް ލަފާކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

7 މެއި 2020 | ބުރާސްފަތި 04:39
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ރަޝިޔާގެ ކަލްޗަރ މިނިސްޓަރު ކޮވިޑް-19 އަށް ޕޮޒިޓިވް

ރަޝިޔާގެ ކަލްޗަރ މިނިސްޓަރު އޮލްގާ ލަޔޫބިމޮވިއާ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އޮލްގާ، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ހާމަކޮށްފައިވަނީ އޭނާގެ ތަރުޖަމާނެވެ. ޓެސްޓުގެ ނަތީއްޖާ ލިބުމާއި އެކު އޮލްގާ ވަނީ އެކަމަނާގެ ގޭގައި އެކަހެރިވެވަޑައިގެންފަ އެވެ.

ކުރިން ނޫސްވެރިއެއްގެ އިތުރުން ޑޮކިއުމެންޓަރީ ފިލްމު ހެދުމުގައި އުުޅުއްވި އޮލްގާ މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. އުމުރުން 39 އަހަރުގެ އޮލްގާ އަކީ ރަޝީޔާގެ ވަޒީރުންގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ އެންމެ ހަގު ވަޒީރެވެ.

7 މެއި 2020 | ބުރާސްފަތި 04:23
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮވިޑް-19 ޖެހިފައިވާ މީހުން މަރުވުމުން އަމަލުކުރާނެ ގޮތް ބަޔާންކުރާ އެސްއޯޕީއެއް އެކުލަވާލައިފި

ކޮވިޑް-19 ޖެހިފައިވާ ނުވަތަ ބައްޔަށް ޝައްކުކުރެވޭ މީހުން މަރުވުމުން ކަށުކަމާކެމީގެ ކަންތައްތައް ކުރާނެ ގޮތުގެ ސްޓޭންޑަޑް އޮޕަރޭޓިންގް ޕްރޮސީޖަރ (އެސްއޯޕީ) އެއް އެކުލަވައިލައިފިއެވެ.

އެސްއޯޕީ އެކުލަވާލައިފައިވަނީ ކޮވިޑް-19 އާއި ގުޅިގެން އެކުލަވާލައިފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ފަންނީ ބޭފުޅުންގެ ނިންމުމާއި އިސްލާމިކް މިނިސްޓްރީން މި ހާލަތުގައި އަމަލުކުރުމަށް އިރުޝާދު ދީފައިވާ ގޮތަށް ބަލައިގެންނެވެ. އެގޮތުން، އެސްއޯޕީ އެކުލަވާލަފައިވާ މަގްސަދުތަކުގެ ތެރޭގައި ކޮވިޑް-19 ބަލިޖެހިފައިވާ ނުވަތަ ޝައްކުކުރެވޭ މީހަކު މަރުވުމުން އެބަލި ނުފެތުރޭގޮތަށް ރައްކާތެރިކަމާއެކު މައްޔިތާގެ ހަށިގަނޑު ގެންގުޅުމާއި، އުފުލުމާއި ވަޅުލުމުގެ ޢަމަލުކުރާނެ ގޮތްތަކެއް ވަނީ ކަނޑައަޅާފައެވެ.

ކޮވިޑް-19 ބަލި ޖެހިގެން ނުވަތަ އެބަލި ޖެހިފައިވާކަމަށް ޝައްކުކުރެވޭ މީހުން މަރުވުމުން ކަށުކަމާކެމީގެ ކަންތަކުގައި ޢަމަލުކުރާނެ ގޮތް ކަނޑައަޅައި މިގޮތަށް މަރުވާ މީހުން ވަޅުލުމުގައި އެއްހަމައެއް ގެންގުޅުމަށް އެސްއޯޕީގައި ވަނީ ބުނެފައެވެ.

7 މެއި 2020 | ބުރާސްފަތި 04:21
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ހެރެތެރެ ކަރަންޓީނުން ފިލި ތިން މީހަކު ހޯދައިފި

ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަމުން ހެރެތެރެ އައިލެންޑް ރިސޯޓުގައި ކަރަންޓީނު ކޮށްފައި ތިބި މީހުންގެ ތެރެއިން ފިލި ފަސް މީހުންގެ ތެރެއިން ތިން މީހަކު ހޯދާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހެެރެތެރެގައި ކަރަންޓީނު ކޮށްފައިތިބި މީހުންގެ ތެރެއިން ދިވެހި ފަސް ފިރިހެނުން ފިލާފާއިވާކަމަށް ފުލުހުން ވަނީ ބުދަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ބުނެފައެވެ. ފިލި މީހުންގެ ތެރެއިން އެކަކު ހޯދާފައިވަނީ ބުދަ ދުވަހުގެ ރޭގަނޑު އަށެއް ޖެހިހާއިރު އެވެ.

އޭގެ ފަހުން މީޑިއާތަކަށް ފުލުހުން ފޮނުވާފައިވާ މެސެޖެއްގައި ބުނީ، ފިލި މީހުންގެ ތެރެއިން އިތުރު ތިން މީހުން ހޯދާފައިވާ ކަމަށެވެ. އެއާއި އެކު ފުލުހުން ދަނީ ފިލި މީހުންގެ ތެެރެއިން ފަސް ވަނަ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

7 މެއި 2020 | ބުރާސްފަތި 04:20
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ސާމްޕަލް ދިނުމަށް ދެކޮޅުހުދި 4 ފަރާތެއްގެ މައްޗަށް ކޯޓު އަމުރު ނެރެފި

ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ދޭން ދެކޮޅުހެދި ހަތަރު ފަރާތެއްގެ މައްޗަށް ކޯޓު އަމުރެއް ނެރެފި އެވެ.

މިކަމާއި ގުޅިގެން ސިވިލް ކޯޓުން ބުނެފައިވަނީ، ކޮވިޑް-19 އަށް ޓެސްޓް ކުރުމަށްޓަކައި ސާމްޕަލް ދިނުމަށް ދެކޮޅު ހަދާފައިވާ ހަތަރު ފަރާތެއްގެ މައްޗަށް ސާމްޕަލް ދިނުމަށް އެންގާކަމަށެވެ. އެގޮތުން، ސާމްޕަލް ނަގައިދިނުމަށް ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު ކޮށްފައިވާ އަމުރު ތަންފީޒުކުރުމަށް އެކަމުގައި ޝާމިލްވާ ފަރާތްތަކަށާއި ފުލުހުންގެ މައްޗަށް ވަނީ ނެރެފަ އެވެ.

7 މެއި 2020 | ބުރާސްފަތި 04:06
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
މާލެއިން ރަށަށް ދާން ބޭނުންވާ 45 މީހަކު ކަރަންޓީނުކޮށްފި

މާލެއަށް ކުރުމުއްދަތަކަށް ދަތުރުކޮށް، ލޮކްޑައުން ހާލަތާއި ގުޅިގެން އަނބުރާ ރަށަށް ނުދެވި ތިބި 42 މީހަކު ކަރަންޓީނު ކޮށްފިއެވެ.

ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ބުދަ ދުވަހުގެރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެ މީހުންގެ ކަރަންޓީނުގެ މުއްދަތު ނިމުމަށް ފަހު ރަށަށް ދެވޭގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

7 މެއި 2020 | ބުރާސްފަތި 04:04
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
މާލެ ތެރޭގެ ހަރަކާތްތައް އިތުރަށް މަދުކުރަން ޓާސްކްފޯހުން މަޝްވަރާކޮށްފި

ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ކޭސްތަކުގެ އަދަދު އިތުރުވާނެ ކަމަށް އަންދާޒާކުރެވޭތީ، މީސް މީހުންގެ ހަރަކާތްތައް މަދުކުރަން އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނެޝަނަލް ޓާސްކްފޯހުން މަޝްވަރާކޮށްފި އެވެ.

މަޝްވަރާކުރެވުނު ކަންތައްތައް ހިއްސާކުރައްވާ ރައީސް އޮފީހުން ކުރި ޓްވީޓެއްގައި ވަނީ، ކޭސްތައް އިތުރުވެދާނެ ކަމަށް ޕްރޮޖެކްޝަންސްތަކުން ދައްކާތީ މިހާރަށް ވުރެ ބޮޑަށް ސަމާލުވާން ޖެހޭ ކަމަށެވެ. އަދި ކޮންމެހެން ބޭރަށް ދާން ޖެހިއްޖެ ހާލަތެއްގައި މެނުވީ އެއް ތަނުން އަނެއް ތަނަށް ދިއުން މަނާކުރަން މަޝްވަރާކޮށްފައި ވެއެވެ.

7 މެއި 2020 | ބުރާސްފަތި 04:03
Writer Profile Picture
ޙުސައިން މަޚްތޫމް
އިތުރު 44 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ބަލި ޖެހުނު މީހުންގެ އަދަދު 600 ށް ވުރެ މައްޗަށް
6 މެއި 2020 | ބުދަ 16:54
Writer Profile Picture
ޙުސައިން މަޚްތޫމް
މި ދުވަސްވަރު އެތެރެ ކުރެވޭ ބާވަތްތަކުގެ ޑިއުޓީއާ ބެހޭ

އަސާސީ ތަކެއްޗާއި ރިލީފް ގުޑްސް ގެންނަމުންދޭ. މި ތަކެތި ލުއި ފަސޭހަ ގޮތެއްގައި ކްލިއަރ ކުރުމަށް އަވަސް ހިދުމަތްތަކެއް ހަމަޖެހިފައިވޭ. މިހާރު އެތެރެ ކުރެވޭ ތަކެތި ގިންތި ކުރުމުގެ ކަންކަން އިންޓަރނޭޝަނަލް މިންޑަގަނޑުތަކަށް ކުރިއަށްދޭ. ވިޔަފާރީގެ ގޮތުގައި ޓްރޭޑް ކުރެވޭ ތަކެތި ކްލަސިފައި ކުރެވިފައިވޭ. އެއިން ކޮވިޑް-19 އާ ގުޅޭ ތަކެތި ލިސްޓްކޮށް ވިޔަފާރިއަށް ފޯރުކޮށްދެވޭ.

6 މެއި 2020 | ބުދަ 15:39
Writer Profile Picture
ޙުސައިން މަޚްތޫމް
މުދާ ބަލާ ފާސްކުރުން

ފްރަންޓްލައިންގައި އުޅޭ އޮފިސަރުންނާ އާއިލާގެ ސަލާމަތަށްޓަކައި ސޭފްޓީ އިކްވިޕްމަންޓްސް ފޯރުކޮށްދީ އެކަމަޑޭޝަން ހަމަ ޖައްސާފައިވަނީ އާއިލާތަކާ ވަކިން.

6 މެއި 2020 | ބުދަ 15:22
Writer Profile Picture
ޙުސައިން މަޚްތޫމް
ބޯޑަރު މައްސަލައެއް ޖެހިއްޖެ ނަމަ އެކަން އެންގުމަށް ކަސްޓަމްސްއިން އެދިއްޖެ

ކޮވިޑް-19 ގެ ދަތިތައް ހުރި ނަމަވެސް އެއްވެސް ގައުމެއްގެ އެއްވެސް މުދަލެއް ގެނައުމަށް ބޯޑަރުގެ ދަތިކަމެއް ހުރި ނަމަ ކަސްޓަމްސްއަށް އެންގުމަށް ވިޔަފާރިވެރިންނަށް ގޮވާލަން: ނާޝިދު

6 މެއި 2020 | ބުދަ 15:18