ކޮވިޑް-19: އެންމެ ފަހުގެ

16,627,427
  • ޗައިނާ ނޫން އެހެން ގައުމުތަކުގައި ކޮރޯނާވައިރަސްގެ 62 ކޭސް
  • ތައިލެންޑުން ކޮރޯނާވައިރަސް ޖެހިފައިވާ 14 މީހެއް ފެނިއްޖެ
  • ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް ޗައިނާއިން 4515 ކޭސް ރިޕޯޓުކޮށްފައިވޭ
 
Writer Profile Picture
އުމްނާ އިސްމާއިލް
ޗައިނާ ނޫން އެހެން ގައުމުތަކުގައި ކޮރޯނާވައިރަސްގެ 62 ކޭސް

މިހާތަނަށް ދުނިޔޭގެ އެކި ގައުމުތަކުގައި މި ބަލި ފެތުރިފައިފާ މިންވަރަށް ބަލާލާއިރު ޗައިނާ ނޫން އެހެން ގައުމުތަކުގައި ޖުމްލަ 62 މީހުންނަށް ކޮރޯނާވައިރަސް ޖެހިފައިވާ ކަމަށް ރިޕޯޓުކުރެވިފައިވެއެވެ.

ޗައިނާ ނޫން 17 ގައުމަކުން މި ބަލި ފެނިފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. އެގޮތުން އެކި ގައުމުތަކުން ދަނީ ޗައިނާ އަށް ދަތުރުކުރާ ފަރާތްތަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ.

ބަލި ފެތުރުމުގެ ފުރުޞަތު މުޅި ދުނިޔޭގެ ނިސްބަތުގައި މަތިކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އަންދާޒާކޮށްފައިވެއެވެ.

28 ޖެނުއަރީ 2020 | އަންގާރަ 13:02
Writer Profile Picture
އުމްނާ އިސްމާއިލް
ތައިލެންޑުން ކޮރޯނާވައިރަސް ޖެހިފައިވާ 14 މީހެއް ފެނިއްޖެ

ތައިލެންޑުން ކޮރޯނާވައިރަސް ޖެހިފައިވާ 14 މީހުން ފެނިފައިވާ ކަމަށް އެގައުމުން ބުނެފައިވެއެވެ. ތައިލެންޑުން މި ބަލި ޖެހިފައިވާ 6 މީހުން ފެނިފައިވާއިރު އެ ބަލި ޖެހިފައިވާ މީހުންގެ އަދަދު ޖުމްލަ 14 އަރައެވެ.

އެ 6 މީހުންގެ ތެރެއިން 5 މީހުންނަކީ ހޫބޭ ޕްރޮވިންސަށް ދަތުރުކުރި، އެއް އާއިލާއަށް ނިސްބަތްވާ މީހުންނެވެ. 6 ވަނަ މީހާއަކީ ޗައިނާގެ ޗޮންގްގިންގް ޕްރޮވިންސަށް ނިސްބަތްވާ މީހެކެވެ.

ތައިލެންޑް އެއަރޕޯޓުގައި މިހާރު ދަނީ މި ބައްޔަށް ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮންމެ އަހަރަކު ޗައިނާއިން 10 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ތައިލެންޑަށް ޒިޔާރަތް ކުރެއެވެ.

28 ޖެނުއަރީ 2020 | އަންގާރަ 12:40
Writer Profile Picture
އުމްނާ އިސްމާއިލް
ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް ޗައިނާއިން 4515 ކޭސް ރިޕޯޓުކޮށްފައިވޭ

މިހާތަނަށް ޗައިނާގައި މި ވައިރަސްގެ ޝިކާރައަކަށްވެ 106 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ދައްކައެވެ. އެންމެ ފަހުގެ އަޕްޑޭޓުތަކަށް ބަލާލާއިރު މިހާތަނަށް މި ބަލި ޖެހިގެން 106 މީހަކު މަރުވެފައިވާއިރު މި ބަލީގެ ޝިކާރައަށްވެ، ފުރާނަ ގެއްލިފައިވާ މީހުންގެ އަދަދު ހޯމަ ދުވަހު އުޅެނީ 81 ގައެވެ. މިއީ 60 އިންސައްތައިގެ އިތުރުވުމެކެވެ.

މި ބަލި ޖެހިގެން މިހާތަނަސް ޗައިނާގައި 4515 ކޭސް ރިޕޯޓު ކޮށްފައިވެއެވެ. ހޯމަ ދުވަހު ރިޕޯޓުކޮށްފައިވަނީ 2835 ކޭސްއެވެ. މި ބަލީގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޗައިނާގެ ހޫބޭ ޕްރޮވިންސުންނެވެ. އެގޮތުން ހޫބޭ އިން އެކަނި ކޮރޯނާވައިރަސްގެ 2714 ކޭސް ރިޕޯޓުކޮށްފައިވެއެވެ.

28 ޖެނުއަރީ 2020 | އަންގާރަ 12:24