ކޮވިޑް-19: އެންމެ ފަހުގެ

16,652,805
  • ނޮވެލް ކޮރޯނާވައިރަސްއާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު މިއަދު 11 ޖަހާއިރު
  • ފިލިޕީންސް މީހަކު ކޮރޯނާވައިރަސްގައި މަރުވުމާއި ގުޅިގެން އެޤައުމުން ދަތުރުފަތުރުގެ ސަމާލެއް ނެރެފި
  • ކޮރޯނާވައިރަސްގެ ބަލިމަޑުކަމާބެހޭ ގޮތުން ކެނެޑާއާއި އެމެރިކާގެ ވެރިން މަޝްވަރާކުރައްވައިފި
 
Writer Profile Picture
ޒިހްނަތު ހަސަން
ނޮވެލް ކޮރޯނާވައިރަސްއާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު މިއަދު 11 ޖަހާއިރު

މިނިސްޓްރީ އޮފް ހެލްތުން ބުނީ ނޮވެލް ކޮރޯނާވައިރަސްއާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާ ކުރުމަށް ބާއްވާ ޕްރެސް ކޮންފަރެންސެއް މިއަދު ހެދުނު 1100 ޖަހާއިރު އޮންނާނެކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާ މި ޕްރެސްގައި ބައިވެރިވެވަޑައިގަންނަވާނީ 3 ޑޮކްޓަރުންކަމަށް މިނިސްޓްރީ އޮފް ހެލްތުން ބުނެއެވެ.

މި ޕްރެސް ރާއްޖެ ޓީވީން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

2 ފެބްރުއަރީ 2020 | އާދީއްތަ 08:50
Writer Profile Picture
ޒިހްނަތު ހަސަން
ފިލިޕީންސް މީހަކު ކޮރޯނާވައިރަސްގައި މަރުވުމާއި ގުޅިގެން އެޤައުމުން ދަތުރުފަތުރުގެ ސަމާލެއް ނެރެފި

ފިލިޕީންސްގައި ނޮވެލް ކޮރޯނާ ވައިރަސް ޖެހިގެން މީހަކު މަރުވުމާއި ގުޅިގެން އެޤައުމުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ. އެގޮތުން ފިލިޕީންސް ގެ ރައީސް ރޮޑްރިގޯ ޑުޓާރެޓޭ ވަނީ ޗައިނާއިގެ މެއިން ލޭންޑުންނާއި،މަކާއޯ އަދި ހޮންކޮންގ އަށް ދަތުރުކޮށްފައިވާ އެއްވެސް ޤައުމެއްގެ މީހަކު ފިލިޕީންސްއަށް ނާރުވަން ނިންމަވާފައެވެ. އަދި ޗައިނާއިން އަންނަ ފިލިޕީންސް ރައްޔިތުން ކޮރޯނާވައިރަސްގެ އަލާމާތެއް ނެތް ނަމަވެސް 14 ދުވަސްވަންދެން ކަރަންޓީންކުރުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ.

2 ފެބްރުއަރީ 2020 | އާދީއްތަ 08:39
Writer Profile Picture
ޒިހްނަތު ހަސަން
ކޮރޯނާވައިރަސްގެ ބަލިމަޑުކަމާބެހޭ ގޮތުން ކެނެޑާއާއި އެމެރިކާގެ ވެރިން މަޝްވަރާކުރައްވައިފި

މިކަމާއި ގުޅޭގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްއިން ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ނޮވެލް ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވާފައިވަނީ ފޯނުން ގުޅުއްވައިގެން ކަމަށެވެ. އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި، ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑީޯގެ މި ފޯންކޯލުގައި ކޮރޯނާ ވައިރަސް މޮނިޓަރ ކުރުމަށާއި، ކޮންޓްރޯލް ކުރުމަށާއި، މިކަމަށް ހުރި ހިރާސްތައް ނައްތާލުމާއި ބެހޭ ގޮތުން ކަމަށް މިކަމާއި ބެހޭ ގޮތުން ވައިޓްހައުސް އިން ޢާންމު ކުރި ބަޔާނުގައި ވެއެވެ.

2 ފެބްރުއަރީ 2020 | އާދީއްތަ 08:34
Writer Profile Picture
ޒިހްނަތު ހަސަން
ވޫހާން ސިޓީގައި ތިބި ހަތް ދިވެހިން އިންޑިއާއަށް ގެންގޮސްފި

ދިވެހި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން މަޢުލޫމާތުދޭ ގޮތުގައި ޗައިނާގެ ވޫހާން ސިޓީގައި ތިބި 9 ދިވެހިންގެ ތެރެއިން 7 ދިވެހިން އިންޑިއާގެ އެހީތެރިކަމާއެކު މިހާރު ވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ގެންގޮސްފައެވެ.

2 ފެބްރުއަރީ 2020 | އާދީއްތަ 08:28
Writer Profile Picture
ޒިހްނަތު ހަސަން
ޗައިނާގެ ވުހާންގައި ތިބި އިންޑިއާގެ 323 މީހުން އިންޑިއާއަށް ގެންގޮސްފި

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒުން މަޢުލޫމާތުދޭ ގޮތުގައި މިމީހުން އިންޑިއާއަށް ގެނައިީ އެއަރ އިންޑިއާގެ ޚާއްޞަ ފްލައިޓެއްގައި ވެރިރަށް ނިއުދިއްލީއަށެވެ. މިއީ ވުހާން ސިޓީން އިންޑިއާގެ ރައްޔިތުން ބޭލި ދެވަނަ ފަހަރެވެ. އިންޑިއާއިން ދަނީ ވުހާން ސިޓީގައި ތިބި އެހެން ޤައުމުތަކުގެ ރައްޔިތުން އެސިޓީން ބޭލުމުގައި ވެސް އެހީތެރިވަމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ މީހުންވެސް ހިމެނެއެވެ.

2 ފެބްރުއަރީ 2020 | އާދީއްތަ 08:27
Writer Profile Picture
ޒިހްނަތު ހަސަން
ވޫހާންގައި ތިބި ދިވެހިން ކަރަންޓީނު ކުރާނީ އިންޑިއާގައި: ފޮރިން މިނިސްޓަރ

ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ، ޗައިނާގެ ތިބި 7 މީހުން ގެންދާނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ކަމަށެވެ. އަދި އެމީހުން އިންޑިއާއަށް ގެންދާނީ އެއަރ އިންޑިއާގެ ޚާއްޞަ ފްލައިޓެއްގައި ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެމީހުން ދިއްލީގައި ވަކި މުއްދަތެއް ވަންދެން ކަރަންޓީނު ކުރެވޭނެ ކަމަށެވެ.

މިކަމާއި ގުޅިގެން، މިނިސްޓަރ ޝާހިދު ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށާއި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ ސުބްރަމާނިޔަމް ޝަންކަރުގެ އިތުރުން އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް ޝުކުރުއަދާ ކުރައްވާފައެވެ.

2 ފެބްރުއަރީ 2020 | އާދީއްތަ 08:16
Writer Profile Picture
ޒިހްނަތު ހަސަން
ރާއްޖެއިން ކޮރޯނާއަށް ޓެސްޓް ހަދަން ފޮނުވި މީހުންގެ ނަތީޖާ މިއަދު ލިބޭނެ: ހެލްތު މިނިސްޓަރ

ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ، ނޮވެލް ކޮރޯނާވައިރަސްއަށް ޝައްކުކުރެވިގެން ތިން މީހެއްގެ ލޭގެ ސާލްޕަލް ނަގާ، ޓެސްޓްތައް ހެދުމަށްޓަކައި ވަނީ އިންޑިއާގެ ޕޫނާގައި ހުންނަ ލެބޯރެޓަރީއަކަށް ރޭގެ ވަގުތެއްގައި ފޮނުވާފައިވާކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި އޭގެ ނަތީޖާ ލިބޭނެކަމަށެވެ.

2 ފެބްރުއަރީ 2020 | އާދީއްތަ 08:11
Writer Profile Picture
ޒިހްނަތު ހަސަން
މުޅި ރާއްޖެއަށް ކޮރޯނާވައިރަސްގެ މަޢުލޫމާތު ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނަން: ހެލްތު މިނިސްޓަރ

ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ، މިހާތަނަށް ނޮވެލް ކޮރޯނާ ވައިރަސްގެ މަޢުލޫމާތު ދެމުން އައިން މާލޭގައިމަރުކަޒުކޮށްގެން ކަމަށެވެ. އެހެންނަމަވެސް ކުރިޔަށް އޮތް 3 ދުވަހު ރާއްޖޭގެ ހުރިހައި ކަންކޮޅުތަކަށް ޢަމާޒުކޮށްގެން މަޢުލޫމާތު ދިނުމުގެ ކަންކަން ކުރިޔަށްގެންދިއުމުގެ އިންތިޒާމު މިހާރު ހަމަޖައްސަމުން އަންނަކަމަށެވެ. އެގޮތުން އަތޮޅުތެރޭގައި މަޢުލޫމާތުދޭނީ، އެއަތޮޅުތަކުގެ ހޮސްޕިޓަލްތަކުންނާއި، އަދި ހެލްތު މިނިސްޓްރީގެ ޓީމުތައް އަތޮޅުތަކަށް ގޮސްގެން ކަމަށް މިނިސްޓަރ ވިދާޅުވެއެވެ.

2 ފެބްރުއަރީ 2020 | އާދީއްތަ 08:07
Writer Profile Picture
ޒިހްނަތު ހަސަން
ކޮރޯނާވައިރަސްގައި ފުރަތަމަ ފަހަރަށް ޗައިނާއިން ބޭރުން މީހަކު މަރުވެއްޖެ

ނޮވެލް ކޮރޯނާވައިރަސް ގައި ފިލިޕީންސް އިން މީހަކު މަރުވެއްޖެއެވެ. ދުނިޔޭގެ ޞިއްޙަތުޖަމްޢިއްޔައިން ބުނެފައިވަނީ މިއީ ޗައިނާއިން ބޭރުން މިބަލީގައި މީހަކު މަރުވި ފުރަތަމަ ފަހަރުކަމަށެވެ.

2 ފެބްރުއަރީ 2020 | އާދީއްތަ 08:01
Writer Profile Picture
އާއިޝަތު ޝިއުރާ
ސައުތުކޮރެއާއިން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާ މީހުންގެ އަދަދު 15 އަށް އަރައިފި

އިތުރު ތިން މީހުންނަށް ކޮރޯނާވައިރަސް ޖެހި ސައުތުކޮރެއާއިން ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 15 ށް އަރައިފި އެވެ.

އެންމެފަހުން ވައިރަސް ޖެހިފައިވާ 28 އަހަރުގެ މީހާ އަކީ ވުހާން އިން އެގައުމަށް ގެނައި މީހުންގެ ތެރެއިން މީހެކެވެ. ދެން ވައިރަސް ޖެހުނު 40 އަހަރުގެ މީހާ މިހާރުވެސް ހުރީ ކަރަންޓީނުކޮށްފައި ކަމަށް އޮފިޝަލުން ބުނެއެވެ. އަދި މީނާއަކީ ދެން މިވައިރަސް ޖެހުނު އަނެއް މީހާގެ ތިމާގެ މީހެއްކަމަށް އޮފިޝަލުން ބުނެ އެވެ.

2 ފެބްރުއަރީ 2020 | އާދީއްތަ 07:55
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮރޯނާވައިރަސް ޖެހިގެން މަރުވާ މީހުންގެ ޖަނާޒާ ނުބާއްވާ އަވަހަށް ނައްތާލުމަށް ސިއްހީ އޮފިޝަލުން އިލްތިމާސްކޮށްފި

ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ސަބަބުން މަރުވާ މީހުންގެ ޖަނާޒާ ނުބާއްވާ އެމީހުން އަވަހަށް ނައްތާލުމަށް ސިއްހީ އޮފިޝަލުން އިލްތިމާސްކޮށްފި އެވެ.

އެމީހުންގެ ހަށިގަނޑު އިތުރުތަނަކަށް ނުގެންގޮސް ވީ އެންމެ އަވަހަކަށް އަންދާލުމަށް ސިއްހީ އޮފިޝަލުން ވަނީ ލަފާދީފަ އެވެ. މިހާތަނަށް އާއިރު ޗައިނާގައި ވަނީ މިވައިރަސް ޖެހިގެން 304 މީހުން މަރުވެފަ އެވެ.

2 ފެބްރުއަރީ 2020 | އާދީއްތަ 07:10
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 304 ށް އަރައިފި

ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 304 ށް އަރައިފިކަމަށް ޗައިނާއިން ބުނެފި އެވެ.

ހޮނިހިރު ދުވަހު އެކަނިވެސް ޗައިނާއިން ކޮރޯނާވައިރަސްގެ އަސަރު 2590 މީހަކަށް ކޮށްފައިވެ އެވެ. އެއާއެކު މިހާތަނަށް ކޮރޯނާވައިރަސްގެ އަސަރު ކުރި މީހުންގެ ޖުމްލަ އަދަދު 14،380 ށް ވަނީ އަރާފަ އެވެ.

2 ފެބްރުއަރީ 2020 | އާދީއްތަ 05:47
Writer Profile Picture
އާއިޝަތު ޝިއުރާ
އެމެރިކަން އެއަރލައިން އިން ހޮންގ ކޮންގ އަށް ދާ ފްލައިޓްތައްވެސް ކެންސަލްކޮށްފި

ކޮރޯނާވައިރަސް ފެތުރެމުންދާތީ އެމެރިކަން އެއަރލައިން އިން ހޮންގ ކޮންގ އަށް ކުރަން ހުރި ދަތުރުތައްވެސް ކެންސަލްކޮށްފި އެވެ. މީގެކުރިން އެއެއަރލައިނުން ވަނީ ޗައިނާއަށް ކުރަން ހުރި ދަތުރުތައް ކެންސަލްކޮށްފަ އެވެ.

އެމެރިކަން އެއަރލައިނުން ބުނެފައިވަނީ ކޮންމެ ދުވަހަކުވެސް ހާލަތަށް ބެލުމަށްފަހު ހޮންގ ކޮންގ އަށް ދަތުރުކުރުމަށް ހުރި ފްލައިޓްތަކާމެދު ގޮތެއް ނިންމާނެ ކަމަށެވެ.

2 ފެބްރުއަރީ 2020 | އާދީއްތަ 04:58
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮރޯނާވައިރަސްގެ އަސަރުކޮށްގެން ހޫބޭ ޕްރޮވިންސުން މަރުވި މީހުންގެ އަދަދު 294 ށް

އިތުރު 45 މީހުންގެ މަރާއެކު ހޫބޭ ޕްރޮވިންސުން ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 294 ށް އަރައިފި އެވެ. ހޮނިހިރު ދުވަހު ހޫބޭ ޕްރޮވިންސުން ވަނީ އިތުރު 2000 މީހުންނަށް މިވައިރަސް ޖެހިފަ އެވެ. މިއާއެކު ޗައިނާއިން ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 13،700 ށް އެރީއެވެ.

2 ފެބްރުއަރީ 2020 | އާދީއްތަ 04:23
Writer Profile Picture
އާއިޝަތު ޝިއުރާ
ފާއިތުވި ދެ ހަފްތާގައި ޗައިނާއަށް ގޮސްފައިވާ އެއްވެސް މީހަކު އިސްރޭލަށް ނުވަދެވޭގޮތަށް ކަނޑައަޅައިފި

ފާއިތުވި ދެ ހަފްތާގެ ތެރޭގައި ޗައިނާއަށް ގޮސްފައިވާ އެއްވެސް މީހަކަށް އިސްރޭލަށް އެތެރެނުވެވޭ ގޮތަށް އެގައުމުން ކަނޑައަޅައިފި އެވެ.

އިސްރޭލުން ބުނީ އިސްރޭލްގެ ރައްޔިތުން ނޫން އެއްވެސް މީހަކަށް ވައިގެ މަގުންވެސް، ކަނޑުމަގުން ވިއަސް އަދި ބޯޑަރު ހުރަސްކޮށްފައިވެސް އެގައުމަށް ނުވަދެވޭނެ ކަމަށެވެ. މީގެއިތުރުން ޗައިނާއިން އައި އެގައުމުގެ ރައްޔިތުން 14 ދުވަހު ގޭގައި ކަރަންޓީނު ވެގެން ތިބުމަށްވެސް އެގައުމުން ވަނީ އަންގާފައެވެ. ވައިރަސްގެ އަލާމާތެއް ނުފެނުނު ކަމުގައިވިޔަސް ގޭގައި ތިބުމަށް އެގައުމުން ވަނީ ޗައިނާއިން އައި ރައްޔިތުންނަށް އަންގާފަ އެވެ.

2 ފެބްރުއަރީ 2020 | އާދީއްތަ 03:58
Writer Profile Picture
އާއިޝަތު ޝިއުރާ
ޗައިނާއަށް ގޮސްފައިވާ އެއްވެސް މީހަކު އޮސްޓްރޭލިއާއަށް ނުވަދެވޭގޮތަށް އެގައުމުގެ ސަރުކާރުން ކަނޑައަޅައިފި

ޗައިނާއަށް ގޮސްފައިވާ އެއްވެސް މީހަކު އޮސްޓްރޭލިއާއަށް ނުވަދެވޭގޮތަށް އެގައުމުގެ ސަރުކާރުން ކަނޑައަޅައިފި އެވެ.

ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެމުންދާތީ ފާއިތުވި ދުވަސްތަކުގައި ޗައިނާއަށް ގޮސްފައިވާ އެއްވެސް މީހަކަށް އޮސްޓްރޭލިޔާއަށް ނުވަދެވޭނެކަމަށް އެގައުމުން ބުނެއެވެ. އަދި މިފަޔަވަޅު މިއެޅީ އޮސްޓްރޭލިޔާގެ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކަމަށް އެގައުމުން ބުނެ އެވެ.

2 ފެބްރުއަރީ 2020 | އާދީއްތަ 03:41
Writer Profile Picture
އާއިޝަތު ޝިއުރާ
ހިލޭ ވިސާގައި ރަޝިޔާއަށް ޗައިނާއިން ފަތުރުވެރިން އައުމާއި ދިޔުން މެދުކަނޑާލައިފި

ޗައިނާގައި ހަލުވުމިނުގައި ކޮރޯނާވައިރަސް ފެތުރެމުންދާތީ ހިލޭ ވިސާގައި ޗައިނާއިން ފަތުރުވެރިން އައުމާއި ދިޔުން ރަޝިޔާއިން މެދުކަނޑާލައިފި އެވެ.

ރަޝިޔާ ސަރުކާރުން ބުނާގޮތުން ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުން ފެށިގެން މިވިސާ ދޫކުރުން ހުއްޓާލާނެ އެވެ. އަދި ޗައިނާ މީހުންނަށް ވޯރކް ވިސާ ދޫކުރުންވެސް ވަގުތީ ގޮތުން މެދުކަނޑާލާނެ ކަމަށް ރަޝިޔާއިން ބުނެއެވެ.

2 ފެބްރުއަރީ 2020 | އާދީއްތަ 03:26
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮރޯނާވައިރަސްގެ އަސަރުކޮށްފައިވާ 8 ވަނަ މީހާ ޖަރުމަނުވިލާތުން ފެނިއްޖެ

ކޮރޯނާވައިރަސްގެ އަސަރުކޮށްފައިވާ 8 ވަނަ މީހާ ޖަރުމަނުވިލާތުން ފެނިއްޖެ އެވެ. ޖަރުމަނުން ބުނީ މިއީ 33 އަހަރުގެ މީހެއްކަމަށާއި މިއީ ކުރިން މިވައިރަސްގެ އަސަރު ފެނުނު ހަ މީހުންނާއެކު މަސައްކަތްކުރަމުން ދިޔަ މީހެއްކަމަށެވެ.

2 ފެބްރުއަރީ 2020 | އާދީއްތަ 01:45
Writer Profile Picture
އާއިޝަތު ޝިއުރާ
ޗައިނާގައި ހުރި އެޕަލްގެ ހުރިހާ ސްޓޯރުތަކެއް އެޕަލް އިން ބަންދުކޮށްފި

ޗައިނާގައި ކޮރޯނާވައިރަސް ފެތުރެމުންދާތީ އެގައުމުގައި ހުރި އެޕަލްގެ ހުރިހާ ސްޓޯރުތަކެއް ބަންދުކުރުމަށް އެޕަލް އިން ނިންމައިފި އެވެ. އެޕަލް އިން ބުނީ ފެބްރުއަރީމަހުގެ 9 އާ ހަމައަށް އެޕަލްގެ ހުރިހާ ސްޓޯރުތަކެއް ބަންދުކޮށްފައިވާ ކަމަށެވެ.

2 ފެބްރުއަރީ 2020 | އާދީއްތަ 01:25
Writer Profile Picture
އާއިޝަތު ޝިއުރާ
ވުހާންގައި ތިބި ތުރުކީ ރައްޔިތުން ގޮވައިގެން އައި ފްލައިޓް ތުރުކީއަށް އައިސްފި

ވުހާންގައި ތިބި ތުރުކީ ރައްޔިތުންގެ ގޮވައިގެން އައި ފްލައިޓް ތުރުކީއަށް އައިސްފިކަމަށް އެގައުމުން ބުނެފިއެވެ.

މިއީ ކާރގޯ ފްލައިޓެ ކެވެ. މި ފްލައިޓުން ގެނައީ ތުރުކީ އާއި ޖޯރޖިއާގެ ރައްޔިތުންނެވެ.

2 ފެބްރުއަރީ 2020 | އާދީއްތަ 01:18
Writer Profile Picture
އާއިޝަތު ޝިއުރާ
ޗައިނާއަށް ކުރާ ދަތުރުތައް އިރާނުން މެދުކަނޑާލައިފި

ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެމުންދާތީ އިރާނުން ޗައިނާއަށް އަންނަ ފްލައިޓްތަކާއި ދާ ފްލައިޓްތައް ވަގުތީގޮތުން މެދުކަނޑާލައިފި އެވެ. އަދި މިހާތަނަށް އާއިރު އިރާނުން މިވައިރަސްގެ އަސަރު ފެނިފައެއްނުވެ އެވެ.

2 ފެބްރުއަރީ 2020 | އާދީއްތަ 00:42
Writer Profile Picture
އާއިޝަތު ޝިއުރާ
ޤަތަރު އެއަރވޭސް އިން ޗައިނާއަށް ދަތުރުކުރާ ފްލައިޓްތައް މެދުކަނޑާލައިފި

ޤަތަރު އެއަރވޭސް އިން ޗައިނާއަށް ދަތުރުކުރާ ފްލައިޓްތައް މެދުކަނޑާލައިފި އެވެ. އެއަރލައިނުން ބުނެފައިވަނީ ހޯމަ ދުވަހުން ފެށިގެން ޗައިނާއަށް ކުރާ ދަތުރުތައް މެދުކަނޑާލާނެ ކަމަށެވެ.

2 ފެބްރުއަރީ 2020 | އާދީއްތަ 00:02
Writer Profile Picture
އާއިޝަތު ޝިއުރާ
ފެބްރުއަރީ 13 އާ ހަމައަށް އައު އަހަރުގެ ޗުއްޓީ ދިގު ދަންމާލައިފި

އައު އަހަރާދިމާކޮށް ދިން ޗުއްޓީ ހޫބޭ ޕްރޮވިންސްގައި ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފި އެވެ. ކޮރޯނާވައިރަސް އަދިވެސް ބާރު ސްޕީޑެއްގައި ފެތުރެމުންދާތީ ޗުއްޓީ ދިގުދަންމާލީ ކަމަށް ހޫބޭގެ ނޫހަކުން ވަނީ ބުނެފަ އެވެ.

1 ފެބްރުއަރީ 2020 | ހޮނިހިރު 23:44
Writer Profile Picture
އާއިޝަތު ޝިއުރާ
ޔޫއޭއީން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާ އިތުރު މީހަކު ފެނިއްޖެ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ން ކޮރޯނާވައިރަސްގެ އަސަރު ކޮށްފައިވާ 5 ވަނަ މީހާ ފެނިފައިވާކަމަށް އެގައުމުން ބުނެފި އެވެ.

މިމީހާއަކީ ވުހާން އިން އައިސްފައިވާ މީހެއް ކަމަށާއި މިމީހާގެ ހާލު ރަނގަޅުކަމަށް އެގައުމުން ބުނެއެވެ.

1 ފެބްރުއަރީ 2020 | ހޮނިހިރު 23:38
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮރޯނާވައިރަސްގެ އަސަރުކޮށްފައިވާ 8 ވަނަ މީހާ އެމެރިކާއިން ފެނިއްޖެ

ކޮރޯނާވައިރަސްގެ އަސަރުކޮށްފައިވާ 8 ވަނަ މީހާ އެމެރިކާއިން ފެނިފައިވާކަމަށް އެގައުމުން ބުނެފި އެވެ.

އެންމެފަހުން ކޮރޯނާވައިރަސްގެ އަސަރު ކޮށްފައިވާ މީހަކީ ދާދިފަހުން ވުހާން އަށް ދަތުރުކޮށްފައިވާ މީހެއްކަމަށް އެމެރިކާގެ އޮފިޝަލުން ބުނެ އެވެ. އެމީހާ ވުހާން އިން އެމެރިކާއަށް އައުމާއެކު އައިސޮލޭޓްކޮށްފައިވާ ކަމަށާއި އަދިމިހާރުވެސް ހުރީ އެކަހެރިކޮށްފައި ކަމަށް އެމެރިކާއިން ބުނެ އެވެ.

1 ފެބްރުއަރީ 2020 | ހޮނިހިރު 23:35