ކޮވިޑް-19: އެންމެ ފަހުގެ

18,518,539
  • ވިޔަފާރި ކުރުމަށް ދޫކޮށްފައިވާ ހުއްދަތައް ގިނަ ކަމަށް ދެކެން: ޝަމާޢު
  • ހުޅުމާލޭގައި ހުރި ގެސްޓް ހައުސްތައް ކަރަންޓީނު ފެސިލިޓީތަކުގެ ބޭނުންކުރުމަށް އަންނަނީ މަސައްކަތްކުރަމުން
  • 5000 މީހުންނާއި ސުވާލުކޮށް 11000 ބިދޭސީން ތޮއްޖެހިގެން ތިބި ކަމަށް މައުލޫމާތު ލިބުނު
 
Writer Profile Picture
އާއިޝަތު ޝިއުރާ
ވިޔަފާރި ކުރުމަށް ދޫކޮށްފައިވާ ހުއްދަތައް ގިނަ ކަމަށް ދެކެން: ޝަމާޢު

ވިޔަފާރި ކުރުމަށާއި އެހެނިހެން ކަންކަމަށް ދޫކޮށްފައިވާ ހުއްދަތައް ގިނަ ކަމަށް ދެކެން. ލޮކްޑައުންގައި ހަގީގީ ބޭނުން އޭގެން ސަބަބުން ނުފެނޭ. ކެތްތެރިކަމާއެކު މަޑުކޮށްލައިގެން ތިބޭނަމަ އާންމު ހާލަތަކަށް އަވަހަށް އާދެވޭނެ.

- ޝަމާޢު ޝަރީފް/ ޑެޕިޔުޓީ މޭޔަރ -

12 މެއި 2020 | އަންގާރަ 15:24
Writer Profile Picture
އާއިޝަތު ޝިއުރާ
ހުޅުމާލޭގައި ހުރި ގެސްޓް ހައުސްތައް ކަރަންޓީނު ފެސިލިޓީތަކުގެ ބޭނުންކުރުމަށް އަންނަނީ މަސައްކަތްކުރަމުން

މާލޭގައި ތާށިވެފައި ތިބި ރަށްރަށުގެ މީހުން ހުޅުމާލޭގެ ގެސްޓް ހައުސްތަކުގައި ކަރަންޓީނު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވި އެވެ. އެންމެން ރަށްރަށަށް ފޮނުވާ ނިންމާލެވޭނެ ވަކި ތާރީޚެއް އަދި ނޭންގޭ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ. ލޮކްޑައުން ކޮމިޓީން އެކަންކަން ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވި އެވެ. ތިން ސަތޭކަ މީހުންގެ އިތުރުން ފައްސަތޭކަ މީހުން ކަރަންޓީނު ކުރަމުންދާއިރު އިތުރު ފައްސަތޭކަ މީހުން ފޮނުވުމަށް ކަރަންޓީނު ފެސިލިޓީ ހޯދަމުންދާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

12 މެއި 2020 | އަންގާރަ 15:23
Writer Profile Picture
އާއިޝަތު ޝިއުރާ
5000 މީހުންނާއި ސުވާލުކޮށް 11000 ބިދޭސީން ތޮއްޖެހިގެން ތިބި ކަމަށް މައުލޫމާތު ލިބުނު

ލޮކްޑައުން އަކަށް ދިޔުމުގެ ކުރިން ތޮއްޖެހިގެން ބިދޭސީން އުޅޭ ތަންތަން ބެލުމަށްޓަކައި ސަރވޭ އެއް ކުރިޔަށް ގެންދުވުނު. އެސަރވޭގައި 5000 މީހުންނާއި ސުވާލުކޮށް 11000 ބިދޭސީން ތޮއްޖެހިގެން އުޅޭ ކަމަށް މައުލޫމާތު ލިބުނު. އެމައުލޫމާތު ބޭނުންކޮށްގެން މާލެއިން ބޭރު ތަންތަނަށް އެމީހުން ބަދަލު ކުރެވިއްޖެ. ސަރވޭ އަށް ފަހު ތޮއްޖެހިގެން ބިދޭސީން އުޅޭ އައު ތަންތަން ވެސް ވަނީ ހޯދިފައި.

-ޝަމާޢު ޝަރީފް/ ޑެޕިޔުޓީ މޭޔަރ -

12 މެއި 2020 | އަންގާރަ 15:13
Writer Profile Picture
އާއިޝަތު ޝިއުރާ
އަތޮޅުތަކުގައި އެއް ރަށުން އަނެއް ރަށަށް ކައުންސިލްގެ ހުއްދަ އަކާއެކު ދަތުރުކުރެވޭނެ

އަތޮޅު ތަކުގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ކައުންސިލްތަކުގެ ހުއްދަ އާއެކު ދަތުކުރެވޭނެ.

ރަށްރަށުން މާލެ އައުމަށް ފުލުހުންގެ ހުއްދަ އައާއެކު އެކަން ކުރެވޭނެ.

މާލެއިން ރަށްރަށަށް ދިޔުމަށް 14 ދުވަހުގެ ކަރަންޓީނަށް ފަހު ރަށަށް ދެވޭނެ

- އާދަމް ޝަރީފް/ އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް-

12 މެއި 2020 | އަންގާރަ 15:01
Writer Profile Picture
އާއިޝަތު ޝިއުރާ
500 މީހުން ކަރަންޓީނުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން

500 މީހުން އިތުރަށް ކަރަންޓީނު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން ކަމަށާއި އެކަމުގެ ލިސްޓު އެކުލަވާލަމުންދާ ކަމަށް ޝަރީފް ވިދާޅުވި އެވެ. އިތުރު ފެސިލިޓީތައް ހޯދައިގެން މާލޭގައި ތާށިވެފައިތިބި ރައްޔިތުން ކަރަންޓީނު ކުރުމަށް ފަހު ރަށްރަށަށް ފޮނުވުމަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

12 މެއި 2020 | އަންގާރަ 14:58
Writer Profile Picture
އާއިޝަތު ޝިއުރާ
ރިސޯޓް ކަރަންޓީނަށް 308 މީހަކު ގެންދެވިފައިވޭ

ރިސޯޓް ކަރަންޓީނަށް 308 މީހަކު ގެންދެވިފައިވޭ. ހުޅުމާލޭގެ ފެސިލިޓީއެއްގައި 17 މީހަކު

12 މެއި 2020 | އަންގާރަ 14:54
Writer Profile Picture
އާއިޝަތު ޝިއުރާ
މެޑިކަލް ބޭނުމަށް މާލެ އައި 1400 ށް ވުރެ ގިނަ މީހުން، ރިސޯޓުން އައިސްތިބި 363 މީހެއްގެ މައުލޫމާތު ލިބިފައިވޭ

ސިއްހީ ބޭނުމަށް މާލެ އައި 1400 ށް ވުރެ ގިނަ މީހުންނާއި ރިސޯޓްތަކުން އައިސް މާލޭގައި ތާށިވި 363 މީހެއްގެ މައުލޫމާތު ލިބިފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ. އެ މީހުންގެ މައުލޫމާތު ވެރިފައި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

12 މެއި 2020 | އަންގާރަ 14:54
Writer Profile Picture
އާއިޝަތު ޝިއުރާ
މީހުން ރަށްރަށަށް ފޮނުވުމުގައި އަމަލުކުރަނީ މިންގަނޑާ އެއްގޮތަށް

މީހުން ރަށްރަށަށް ފޮނުވުމުގައި އަމަލުކުރަމުންދަނީ އެކަމަށްޓަކައި އެކުލަވާލި މިންގަނޑުގެ ތެރެއިން ކަމަށް ޝަރީފް ވިދާޅުވި އެވެ. އެގޮތުން މާލެ އައި ތަނާއި ލޮކްޑައުންވި މީހުންނަށް އެންމެ އިސްކަންދޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. މީގެއިތުރުން ރިސޯޓްތަކުން އައިސް ތާށިވެފައި ތިބި މީހުންނަށް އިސްކަންދޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

12 މެއި 2020 | އަންގާރަ 14:51
Writer Profile Picture
އާއިޝަތު ޝިއުރާ
އެކި އެކި އެޖެންސީތަކުން ލިބިފައިވާ ލިސްޓު އެއްކުރުމުގެ މަސައްކަތް މިދަނީ ކުރަމުން : އެލްޖީއޭ

މާލޭގައި ތާށިވެފައި ތިބި މީހުންނާއި ގުޅޭގޮތުން އެކިއެކި އެޖެންސީތަކުން ލިބިފައިވާ ލިސްޓު އެއްކުރުމުގެ މަސައްކަތް އެލްޖީއޭއިން ކުރަމުންދާ ކަމަށް އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވި އެވެ. އެގޮތުން 5000 ށް ވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

12 މެއި 2020 | އަންގާރަ 14:49
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ރަށަށް މީހުން ނުފޮނުވަނީ ވަސީލަތް ނެތިގެނެއް ނޫން، ރިސްކު ނަގަން ބޭނުން ނުވަނީ: އަލީ ވަހީދު

ރަށްރަށުން ކުރު މުއްދަތަށް މާލެ އައިސް މާލޭގައި ތާށިވެފައި ތިބި މީހުން އަނބުރާ ރަށަށް ފޮނުވުމުގައި ލަސްތަކެއް އުޅެނީ ވަސީލަތްތައް ނެތިގެން ނޫންކަމަށާއި، ބަލިމަޑުކަމެއްގެތެރޭގައި ރިސްކް ނަގަން ބޭނުން ނުވާތީކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ކޮވިޑް-19 ކަވަރޭޖަށް ދެއްވި ހާއްސަ ބަސްތީގަތުމެއްގައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ބަލި މަޑުކަމެއް އޮތް ތަނަކުން އެ ބަލިމަޑުކަމުގެ ބިރުވެރިކަން ނެތް ތަނަކަށް މީހުން ފޮނުވުމުގައި ބަލަންޖެހޭ ކަންތައްތަކެއް އެބަހުރިކަމަށެވެ. އަދި ސަރުކާރުގެ މައިގަނޑު އަމާޒަކީ އަތޮޅުތެރެއަށް ބަލިފެތުރުނަނުދީ ކޮންޓްރޯލް ކުރުން ކަމަށްވާއިރު، ރަށަށް ދާން ބޭނުންވާ މީހެއްގެ ގައިން އެ ބަލި ރަށުތެރޭގައި ފެތުރިއްޖެނަމަ، ރަށުގައި ދިރިއުޅޭ އެންމެން ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

12 މެއި 2020 | އަންގާރަ 03:37
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ލޮކްޑައުންގެ ސަބަބުން ވައިރަސް ފެތުރޭ މިންވަރު މަޑުޖައްސާލެވިއްޖެ: ނެޝަނަލް ޓާސްކްފޯސް

ގްރޭޓަރ މާލެ ސަރަހައްދު ފުރަބަންދުކުރުމާއި ގުޅިގެން، ވައިރަސް ފެތުރީ މިންވަރު މަޑުޖައްސާލެވިފައިވާކަމަށް ނެޝަނަލް ޓާސްކްފޯހުން ހާމަކޮށްފި އެވެ.

ކުރިއަށް އޮތް ދެ ހަފުތާއަށް ހެދިފައިވާ އަންދާޒާތަކާއި ގުޅޭގޮތުން ނެޝަނަލް ޓާސްކްފޯހުގެ ހޯމަ ދުވަހުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ. މިހާތަނަށް ހެދިފައިވާ ޕްރޮޖެކްޝަންތަކަށް ބަލާއިރު، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ސަރޖެއް (ބަލި ޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވުމެއް) އަންނާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

12 މެއި 2020 | އަންގާރަ 03:23
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އިތުރު 35 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ޖުމްލަ އަދަދު 897 އަށް އަރައިފި

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނީ ޕޮޒިޓިވްވި 15 މީހުންގެ ތެރޭގައި ހިމެނެނީ، 14 ބަންގްލަދޭޝް މީހުންނާއި، 14 ދިވެހިންގެ އިތުރުން 7 އިންޑިއާ ރައްޔިތުން ކަމަށެވެ. މިއާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 897 އަށް އަރާފަ އެވެ.

12 މެއި 2020 | އަންގާރަ 03:13
Writer Profile Picture
އާއިޝަތު ޝިއުރާ
ޓޫރިޒަމް ސިނާޢާތުން 30 ނަރުހުންނާއި ޑޮކްޓަރުން ވަނީ ފްރޮންޓްލައިނާ ގުޅިފައި: އަލީ ވަހީދު

ޓޫރިޒަމް ސިނާޢަތުން 30 ނަރުހުންނާއި ޑޮކްޓަރުން ފްރޮންޓްލައިނާ ގުޅިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވި އެވެ.

11 މެއި 2020 | ހޯމަ 17:05
Writer Profile Picture
އާއިޝަތު ޝިއުރާ
އެންމެ ފުރަތަމަ ފަތުރުވެރިޔާ އަންނަ ދުވަހު ޓޫރިޒަމް އެޕް ތަޢާރަފްކުރެވޭނެ: އަލީ ވަހީދު

ރާއްޖެ އަލުން ހުޅުވާލާ އެންމެ ފުރަތަމަ ފަތުވެރިޔާ އަންނަ ދުވަހު ޓޫރިޒަމް އެޕް ތައާރަފް ކުރެވޭނެ ކަމަށާއި މި އެޕްގައި ފަތުރުވެރިކަމުގެ ދާއިރާ އާ ގުޅުންހުރި ހުރިހާ ކަމެއް ހިމެނޭނެކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

11 މެއި 2020 | ހޯމަ 16:43
Writer Profile Picture
އާއިޝަތު ޝިއުރާ
6 މަސް ދުވަސް ކޮޓަރި ހިފައިގެން ތިބުމަށް ނަމަވެވެސް ފަތުރުވެރިންގެ ރިކުއެސްޓް އާދޭ: އަލީ ވަހީދު

ރާއްޖެއަށް ފަތުރުވެރިން އައުމަށް ރިކުއެސްޓްތައް ލިބެމުންދާ ކަމަށާއި އެގޮތުން ކަރަންޓީނު ވުމަށް ވިޔަސް އައުމަށް އެދެމުންދާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. ބޯޑަރ ހުޅުވާލުމަށް އެދެމުންދާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. ޗައިނާއިންވެސް ފަތުރުވެރިން އައުމަށް އެދެމުންދާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

11 މެއި 2020 | ހޯމަ 16:34
Writer Profile Picture
އާއިޝަތު ޝިއުރާ
ޖަލުން މިހާތަނަށް ނެގިފައިވަނީ 38 ސާމްޕަލް

ޖަލުން މިހާތަނަށް އައިއިރު ނެގިފައިވަނީ 38 ސާމްޕަލް ކަމަށާއި ނަތީޖާ ލިބުނު 22 ސާމްޕަލް ނެގެޓިވް ކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވި އެވެ.

11 މެއި 2020 | ހޯމަ 16:23
Writer Profile Picture
އާއިޝަތު ޝިއުރާ
ލޮކްޑައުން މިއޮތީ މަތީ ދަރަޖައިގައި އެޅިފައި : އަލީ ވަހީދު

ލޮކްޑައުން މިހާރު މިއޮތީ މަތީ ދަރަޖައިގައި އެޅިފައި ކަމަށާއި ދެން ކުރަން ޖެހޭ ކަމަކީ މިހާރު އަޅާފައިވާ ފިޔަވަޅުތައް ދެމެހެއްޓުން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި ކުރިޔަށް އޮތީ އުނދަގޫ ދުވަސްތަކެއް ކަމަށާއި އެކަމަށް ރައްޔިތުން ސަމާލުވާންޖެހޭ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

11 މެއި 2020 | ހޯމަ 16:06
Writer Profile Picture
އާއިޝަތު ޝިއުރާ
މިވަގުތު ރާއްޖޭގެ އަމާންކަމަށް އަސަރުކުރާ ކަމެއް ކުރުމުގެ ފުރުސަތެއް ނުދޭނަން: އިމްރާން

މިވަގުތު ރާއްޖޭގެ އަމާންކަމަށް އަސަރުކުރާ ފަދަ ކަންކަން ކުރަމުންދާ ކަމަށާއި އެފުރުސަތު ނުދޭނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވި އެވެ.

11 މެއި 2020 | ހޯމަ 15:53
Writer Profile Picture
އާއިޝަތު ޝިއުރާ
ބިދޭސީން ދިރިއުޅެމުންދާ 24 ތަނެއް ކޯޑަން ކޮށްގެން މިހާރުވެސް ބަލަހައްޓަމުންދޭ

ތޮއްޖެހިގެން ބިދޭސީން އުޅެމުންދާ ތަންތަނުގެ ތެރެއިން 24 ތަނެއް މިހާރުވެސް ކޯޑަންކޮށް ބަލަހައްޓަމުންދާ ކަމަށް ހޯމް މިނިސްޓަރ އައްޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. އެތަންތަނުގައި ދޮޅު ހާހަށްވުރެ ގިނަ ބިދޭސީން އުޅެމުންދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

11 މެއި 2020 | ހޯމަ 15:49
Writer Profile Picture
އާއިޝަތު ޝިއުރާ
ލޮކްޑައުނާ ޚިލާފުވެގެން 169 މީހެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ

ލޮކްޑައުންނާ ޚިލާފުވެގެން 169 ދިވެހިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ

200 ށް ވުރެ ގިނަ ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ

- ހޯމް މިނިސްޓަރ އިމްރާން -

11 މެއި 2020 | ހޯމަ 15:47
Writer Profile Picture
އާއިޝަތު ޝިއުރާ
ކަންކަން ރަނގަޅަށް ގޮސްފިނަމަ ދެ ހަފްތާ އާއި ހަ ހަފްތާ އާ ދެމެދު ކަންކަން ހަމައަކަށް އެޅޭނެ

މިވަގުތު މިކުރިމަތި ލަނީ ބަލީގެ ސީރިއަސް ހާލަތަށްކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވި އެވެ. އަދި ކަންކަން ރަނގަޅު ވުމުން ރާއްޖެ އަލުން ފަތުރުވެރިކަން ހުޅުވާލުމަށް މަސައްކަތްކުރައްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

11 މެއި 2020 | ހޯމަ 15:42
Writer Profile Picture
އާއިޝަތު ޝިއުރާ
ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް 3000 ރޫމް ވަނީ ހަމަޖެހިފައި

ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް ޚާއްސަކޮށްގެން 3000 ރޫމް މާލެ ސަރަހައްދުން ހަމަޖެހިފައިވާކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި ޓޫރިޒަމް ސިނާޢަތުގެ ފަރާތުން މީހުން ކަރަންޓީނު ކުރުމަށް 500 ރޫމް ލިބޭނެކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި މާލޭގައި ތާށިވެފައިވާ ފަރާތްތައް ކަރަންޓީނު ކުރުމަށްވެސް ރޫމްތައް ހޯދާފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. މިވަގުތު 5000 އެއްހާ ރައްޔިތުން މާލެ ސިޓީން ރަށްރަށަށް އެނބުރި ދިޔުމަށް އެދޭ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

11 މެއި 2020 | ހޯމަ 15:40
Writer Profile Picture
އާއިޝަތު ޝިއުރާ
ވިލިވަރުގައި ހަދާ ކަރަންޓީނު ފެސިލިޓީ މިމަހުގެ 17 ގައި ނިމޭނެ

ވިލިވަރުގައި ހަދާ ކަރަންޓީނު ފެސިލިޓީ މިމަހުގެ 17 ގައި ނިމެނޭކަމަށާއި 16 ވަނަ ދުވަހު އެތަން މީޑިޔާ އާއި އެޗްއާރުސީއެމް އަށް ދައްކާލެވޭ ވަރުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

11 މެއި 2020 | ހޯމަ 15:37
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އިމާރާތްކުރުމުގެ ސައިޓުތަކުގައި މަސައްކަތް ކުރާއިރު އަމަލުކުރަން ޖެހޭ ޚާއްސަ ގައިޑްލައިނެއް ނެރެފި

ކޮވިޑް-19އާ ގުޅިގެން އިމާރާތްކުރުމުގެ ސައިޓުތަކުގައި މަސައްކަތް ކުރާއިރު އަމަލުކުރަން ޖެހޭ ޚާއްސަ ގައިޑްލައިނެއް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ނެރެފިއެވެ.

އާދިއްތަ ދުވަހު އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ގައިޑްލައިން ޓު ކޮމްބެކްޓް ކޮވިޑް-19" ނެރެދެއްވީ މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހެވެ.

މިގައިޑްލައިންއާ ބެހޭ ގޮތުން ޖަނާހު ވިދާޅުވީ ކޮވިޑް-19ގެ މިހާލަތުގައި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި، މިގައިޑްލައިންއާ އެއްގޮތަށް އަމަލު ކުރުމަށް ދަތިތައް ކުރިމަތިވި ނަމަވެސް މިއީ މިދަނޑިވަޅުގައި އަމަލު ކުރަންޖެހޭ ގޮތް ކަމަަށެވެ.

11 މެއި 2020 | ހޯމަ 03:44
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ފޮޓޯ: ކޮވިޑް-19 އާއި ގުޅިގެން ގަން ރީޖަނަލް ހޮސްޕިޓަލުގައި ޤާއިމްކުރާ ފެސިލިޓީގެ މަސައްކަތް ނިމުމަކަށް

ރީޖަނަލް ފެންވަރުގައި ކޮވިޑް 19 އަށް ފަރުވާ ދިނުމުގެ ގޮތުން ސަރުކާރުން ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ އިމާރާތްތަކަށް ގެންނަންޖެހޭ ބަދަލުތަކުގެ ބޮޑު ބައެއް ވަނީ ނިމިފައެވެ. އަދި އިމާރާތްތަކުގެ ހުރިހާ މަސައްކަތެއް ކުރިއަށް އޮތް 3 ދުވަސް ތެރޭ ނިންމާލެވޭނެކަމަށް ހޮސްޕިޓަލުން ބުނެ އެވެ.

11 މެއި 2020 | ހޯމަ 03:43