މަރު ކޮމިޝަނުގެ ރިޕޯޓާއި ގުޅިގެން ފުލުހުން ބައެއް ތަންތަން ބަލާ ފާސްކުރުން

  • ހ.ފެހިއާބާދު ރެއިޑް ކޮށް ނިންމައި ފުލުހުން ގޮސްފި
  • ބިގްމޭން ރެސްޓޯރެންޓް ރެއިޑް ކޮށް ނިންމާލައިފި، މީހަކު ހައްޔަރެއް ނުކުރޭ
  • ފުލުހުން ރޭ ހިންގި އޮޕަރޭޝަންގައި އަގްލީލް (ކިޑޫ) ގެ ފޯނާއި ލެޕްޓޮޕް ވަނީ ގެންގޮސްފައި
 
Writer Profile Picture
ލައިޝާ އަހްމަދު
ހ.ފެހިއާބާދު ރެއިޑް ކޮށް ނިންމައި ފުލުހުން ގޮސްފި

ފުލުހުން ހިންގާ އޮޕަރޭޝަން ތަކުގެ ތެރެއިން ހ ފެހިއާބާދު ރެއިޑްކޮށްފައިވާއިރު، މިހާރު ރެއިޑް ކޮށް ނިންމައި ފުލުހުން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައި، އަދި އެތަނުންވެސް އެއްވެސް މީހެއް ހައްޔަރުކޮށްފައެއް ނުވޭ، އޭގެ އިތުރުން، އެ ސަރަަހައްދުވެސް މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައި

11 ސެޕްޓެންބަރ 2019 | ބުދަ 14:06
Writer Profile Picture
ލައިޝާ އަހްމަދު
ބިގްމޭން ރެސްޓޯރެންޓް ރެއިޑް ކޮށް ނިންމާލައިފި، މީހަކު ހައްޔަރެއް ނުކުރޭ

މަރު ކޮމިޝަނުގެ ރިޕޯރޓާއި ގުޅިގެން ފުލުހުން ހިންގަމުންދާ އޮޕަރޭޝަން ތަކުގައި މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ނުގެންދާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ބައެއް ގޭގެއިން ކޮތަޅުތަކެއްގައި ބައެއް ސާމާނުތައް ގެންގޮސްފައިވީ ނަމަވެސް ގެންދިޔައީ ކޮން އެއްޗެއްކަން ކަށަވަރެއް ނުވެއެވެ. އޭގެ އިތުރުން ރިޕޯރޓްގައި ބަޔާންކޮށްފައިވާ އަގުލީލުގެ ފޯނާއި ލެޕްޓޮޕްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އޭނާ "ރާއްޖެއެމްވީ" އަށް ކިޔާދީފައިވޭ

11 ސެޕްޓެންބަރ 2019 | ބުދަ 13:37
Writer Profile Picture
ލައިޝާ އަހްމަދު
ފުލުހުން ރޭ ހިންގި އޮޕަރޭޝަންގައި އަގްލީލް (ކިޑޫ) ގެ ފޯނާއި ލެޕްޓޮޕް ވަނީ ގެންގޮސްފައި

މަރު ކޮމިޝަނުގެ ރިޕޯރޓާއި ގުޅިގެން ފުލުހުން އަންގާރަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައި ރިލްވާން ކިޑްނެޕްކޮށްގެން އެރުވި ދޯނި ހަމަޖައްސައި ދިން ކަމަށް ބުނާ ފޭދޫ ގުރަހާގެ އަހުމަދު އަގްލީލް (ކިޑޫ) "ރާއްޖެއެމްވީ" އަށް މައުލޫމާތު ދިން ގޮތުގައި ފުލުހުން ވަނީ އޭނާގެ ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެގޮތުން ފުލުހުންގެ އިދާރާއަށް ގެންދިޔައީ އެކަމާ ގުޅޭ ލިއެކިއުންތަކުގައި ސޮއި ކުރުމަށް ކަމަށް ކިޑޫ ބުންޏެވެ.

11 ސެޕްޓެންބަރ 2019 | ބުދަ 13:31
Writer Profile Picture
ލައިޝާ އަހްމަދު
އަދިވެސް ބިގްމޭން ރެސްޓޯރެންޓް ފުލުހުން ދަނީ ބަލައި ފާސްކުރަމުން
ފުލުހުން ބިގްމޭން ރެއިޑް ކުރުން
11 ސެޕްޓެންބަރ 2019 | ބުދަ 13:26
Writer Profile Picture
ލައިޝާ އަހްމަދު
ބިގްމޭން ބަންދުކޮށްގެން ފުލުހުން ދަނީ ބަލައި ފާސްކުރަމުން

ބިގްމޭން އެންޑް ކޯ ކެފޭ އެތެރޭގައި އެސްއޯ ފުލުހުން ދަނީ ހަރަކާތްތެރި ވަމުން، އެގޮތުން ފޮރެންސިކް ފުލުހުންނާއި ފޮރެންސިކް ފުލުހުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންދޭ.

ބިގްމޭންއަށް މިވަގުތު އާންމުންނަށް ނުވަދެވޭ ގޮތަށް ވަނީ ބަންދުކޮށްފައި، އެގޮތުން ކެފޭގައި ތިބި މީހުންވެސް ބޭރުކޮށްފައި ފުލުހުން ދަނީ ހަރަކާތްތެރި ވަމުން،

އޭގެ އިތުރުން، ބިގްމޭން ވިޔަފާރީގެ ވެރިންވެސް އެ ސަރަހައްދުގައި ތިބި ކަމަށް މައުލޫމާތުލިބޭ

ބިގްމޭން ކެފޭ ބަންދުކޮށްގެން ފުލުހުން ހަރަކާތްތެރިވަނީ
11 ސެޕްޓެންބަރ 2019 | ބުދަ 13:10
Writer Profile Picture
ލައިޝާ އަހްމަދު
ފުލުހުން އަދިވެސް ދަނީ ހ.ފެހިއާބާދު ބަލައި ފާސްކުރަމުން

ފުލުހުން އަދިވެސް ދަނީ ހ.ފެހިއާބާދު ބަލައި ފާސްކުރަމުން، އޭގެ އިތުރުން ޗާންދަނީ މަގުގައި ހުންނަ ބިގްމޭންގައިވެސް ފުލުހުންގެ އޮޕަރޭޝަން ކުރިއަށްދާކަމަށް މައުލޫމާތު ލިބޭ.

މަރު ކޮމިޝަނުން އާންމު ކުރި ރިޕޯރޓްގައި ޖިހާދީ ފިކުރުތަކަށް ފަންޑު ކުރާ ވިޔަފާރިތައް ރާއްޖޭގައި އޮޕަރޭޓް ކުރާ ކަމަށް ވަނީ ބަޔާންކޮށްފައި.

11 ސެޕްޓެންބަރ 2019 | ބުދަ 13:05
Writer Profile Picture
ލައިޝާ އަހްމަދު
ކަނޑުމަތީގެ އޮޕަރޭޝަން ހިންގަނީ ކޮމިޝަނުގެ ރިޕޯޓާއި ގުޅިގެން ކަމަށް ފުލުހުން ބުނެފި

ކަނޑުމަތީގެ އޮޕަރޭޝަން ހިންގަނީ ކޮމިޝަނުގެ ރިޕޯޓާއި ގުޅިގެން ކަމަށް ފުލުހުން ކަށަވަރު ކޮށްދެއްވައިފި.

ކޮމިޝަނުގެ ރިޕޯރޓާއި ގުޅިގެން ހިންގާ ކަނޑުމަތީގެ އޮޕަރޭޝަން
ކޮމިޝަނުގެ ރިޕޯރޓާއި ގުޅިގެން ހިންގާ ކަނޑުމަތީގެ އޮޕަރޭޝަން
11 ސެޕްޓެންބަރ 2019 | ބުދަ 13:02
Writer Profile Picture
ލައިޝާ އަހްމަދު
ކަނޑުމަތީގެ ބައެއް އޮޕަރޭޝަންތައްވެސް ފުލުހުން ފަށާފައިވާ ކަމަށް މައުލޫމާތު ލިބޭ.
11 ސެޕްޓެންބަރ 2019 | ބުދަ 12:55
Writer Profile Picture
ލައިޝާ އަހްމަދު
ޗާންދަނީމަގު ބިގްމޭން ފުލުހުން ރެއިޑް ކޮށްފި

ޗާންދަނީ މަގުގައި ހުންނަ މަޝްހޫރު ބިގްމޭން ކެފޭ ފުލުހުން ދާދި ދެންމެ އަކު ރެއިޑް ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ. އެ ސަރަހައްދުގައި މިވަގުތު މޫނު ނިވާކޮށްގެން ތިބި އެސްއޯ ފުލުހުން ދަނީ ހަރަކާތްތެރި ވަމުންނެވެ.

ބިގްމޭން ކެފޭ ފުލުހުން ރެއިޑް ކުރުން
11 ސެޕްޓެންބަރ 2019 | ބުދަ 12:53
Writer Profile Picture
ލައިޝާ އަހްމަދު
ހީނާމާގެ އިރުމަތީގައި ހުންނަ ހ.ފެހިއާބާދު ފުލުހުން ދަނީ ބަލައި ފާސްކުރަމުން
11 ސެޕްޓެންބަރ 2019 | ބުދަ 12:34
Writer Profile Picture
ލައިޝާ އަހްމަދު
ހ.ފެހިއާބާދު ފުލުހުން ރެއިޑް ކޮށްފި

ފުލުހުން ދާދި ދެންމެ ހީނާމާގެ ސަރަހައްދުގައި ހުންނަ ހ.ފެހިއާބާދު ރެއިޑް ކޮށްފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ. އެގޮތުން އެސްއޯ ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން.

ފުލުހުން ހ.ފެހިއާބާދު ސަރަހައްދުގައި ހަރަކާތްތެރިވަނީ
11 ސެޕްޓެންބަރ 2019 | ބުދަ 12:32
Writer Profile Picture
ލައިޝާ އަހްމަދު
މ.ލެގޫންވިއު ސަރަހައްދު ދޫކޮށް ބައެއް ފުލުހުން ދާން ފަށައިފި

ކޮމިޝަނުގެ ރިޕޯރޓާއި ގުޅިގެން ފުލުހުން ބަލަމުންދާ މ.ލެގޫންވިއު ބަލައި ފާސްކުރުމަށްފަހު ބައެއް ފުލުހުން ވެހިކަލްތަކުގައި އެ ސަރަހައްދު ދޫކޮށް ދާން ފަށައިފި. އެއްވެސް މީހަކު ހައްޔަރުކުރި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވޭ.

މ.ލެގޫންވިއު ސަރަހައްދު ދޫކޮށް ބައެއް ފުލުހުން ދާން ފަށައިފި
11 ސެޕްޓެންބަރ 2019 | ބުދަ 12:16
Writer Profile Picture
ލައިޝާ އަހްމަދު
މ.ލެގޫންވިއު ސަރަހައްދުގައި މިވަގުތު ފުލުހުންގެ 3 ވެހިކަލް އެބަ އޮތް
މ.ލެގޫންވިއު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ
މ.ލެގޫންވިއު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ
11 ސެޕްޓެންބަރ 2019 | ބުދަ 11:43
Writer Profile Picture
ލައިޝާ އަހްމަދު
ފުލުހުން އަދިވެސް ތިބީ މ.ލެގޫންވިއު ސަރަހައްދުގައި

ފުލުހުން އަދިވެސް ދަނީ މ.ލެގޫންވިއު ބަލައި ފާސްކުރަމުން، މިވަގުތު އެ ސަރަހައްދުގައި ފުލުހުންގެ 3 ވެހިކަލް އެބަ އޮތް، މ.ލެގޫންވިއު އަށް ނިސްބަތްވާ އިސްމާއިލް އަބްދުލް ރަހީމް (އިސޫ) ރިލްވާނުގެ ގެއްލުވާލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާއަށް ފާރަލާފައިވާއިރު، މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ފުރުގާން މިސްކިތްދޮށުގައި ހަރަކާތްތެރިވާ ޖިހާދީ ފިކުރުގެ ޖަމާއަތުގެ މެންބަރުންގެ ތެރޭގައި އޭނާ ހިމެނޭ ކަމަށް ބުނެފައިވޭ،

އޭނާ މީގެ ކުރިން ވަނީ ސީރިއާ އަށް ދިއުމަށް ތުރުކީ ބޯޑަރު ހުރަސްކުރަން އުޅެނިކޮށް ޑީޕޯޓް ކޮށްލާފައި، އެގޮތުން އެމައްސަލައިގައި އޭރު އޭނާގެ މައްޗަށް އުފުލި ދައުވާ ބާތިލުކުރީ ތުރުކީ ސަރުކާރުގެ ލިޔުމެއް ނުލިބިގެން.

11 ސެޕްޓެންބަރ 2019 | ބުދަ 11:35
Writer Profile Picture
ލައިޝާ އަހްމަދު
ބަލާފާސްކުރަނީ ކޮމިޝަނުގެ އެދުމަށް ކޯޓުން ނެރިފައިވާ އަމުރުތައް ތަންފީޒުކުރުމަށް

ފުލުހުން ބުނެފައިވަނީ އެ އޮޕަރޭޝަނަކީ ތަހުގީގު ކުރަމުންދާ މައްސަލަތަކާއި ގުޅިގެން ކޮމިޝަނުން ބަލާފާސްކުރަން ބޭނުންވާ ތަންތަނާއި މީހުން ބާލާފާސްކުރުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމުގައެވެ. އަދި މި ތަންތަނާ މީހުން ބަލާފާސްކުރަނީ ކޮމިޝަނުގެ އެދުމަށް ކޯޓުން ނެރިފައިވާ އަމުރުތައް ތަންފީޒުކުރުމަށް ކަމަށް ފުލުހުން ބުންޏެވެ.

އަންގާރަ ދުވަހުގެރޭ ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން
11 ސެޕްޓެންބަރ 2019 | ބުދަ 11:21
Writer Profile Picture
ލައިޝާ އަހްމަދު
ފުލުހުން މިވަގުތު ދަނީ މ.ލެގޫންވިއު ބަލައި ފާސްކުރަމުން

ފުލުހުން މިވަގުތު ދަނީ މ. ލެގޫންވިއު ބަލައި ފާސްކުރަމުން، އެގޮތުން އެ ގެއަކީ މަރު ކޮމިޝަނުގެ ރިޕޯރޓްގައި ބަޔާންކޮށްފައިވާ ހަރުކަށި ފިކުރުގެ ޖިހާދީ ޖަމާއަތަކަށް ނިސްބަތްވާ އިސްމާއިލް އަބްދުލް ރަހީމްގެ ގެ. އެގޮތުން ރިލްވާން ގެއްލުވާލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާ ރިލްވާންއަށް ފާރަލަމުން ދިޔަ ކަމަށް ރިލްވާނުގެ ޓްވީޓުތަކުން އެނގޭކަމަށް ކޮމިޝަނުގެ ރިޕޯރޓްގައި ބުނެފައިވޭ.

ފުލުހުން މިވަގުތު ދަނީ މ.ލެގޫންވިއު ބަލައި ފާސްކުރަމުން
11 ސެޕްޓެންބަރ 2019 | ބުދަ 11:13
Writer Profile Picture
ލައިޝާ އަހްމަދު
އެސްއޯ ފުލުހުން ކުރިއަށްގެންދާ ރެއިޑްގެ ތެރެއިން
އެސްއޯ ފުލުހުން މަގުމަތީގައި ހަރަކާތްތެރި ވަނީ

މޫނު ނިވާކޮށްގެން ތިބި ސްޕެޝަލް އޮޕަރޭޝަން ކޮމާންޑުގެ ފުލުހުން ބުދަ ދުވަހުގެ ހެނދުނު ވަނީ ބަލައި ފާސްކުރުމުގެ އޮޕަރޭޝަން ފަށާފައި، އެގޮތުން މަރު ކޮމިޝަނުގެ ރިޕޯރޓުގައި ބަޔާންކޮށްފައިވާ ބައެއް ފަރާތްތަކުގެ ގެތައް ކައިރީގައި ފުލުހުން ދަނީ ހަރަކާތްތެރި ވަމުން، މިވަގުތު ފުލުހުން ދަނީ މ.ލެގޫންވިއު ބަލައި ފާސްކުރަމުން،

11 ސެޕްޓެންބަރ 2019 | ބުދަ 11:08
Writer Profile Picture
ލައިޝާ އަހްމަދު
މި އޮޕަރޭޝަން ފަށާފައިވަނީ އަންގާރަ ދުވަހުގެރޭ

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން ތަހްގީގު ކުރަމުންދާ މައްސަލަތަކާ ގުޅިގެން އަންގާރަ ދުވަހުގެ ރޭގައި ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފައި، އަދި އޭރު މާލެއާއި އައްޑޫއިން 9 ތަނެއް ބަލައި ފާސްކޮށްފައިވޭ.

11 ސެޕްޓެންބަރ 2019 | ބުދަ 10:58