ރައީސް ޔާމީނުގެ ޝަރީއަތް ( 4 އޯގަަސްޓް 2019)

  • މިއަދުގެ ޝަރީއަތް ނިންމަވާލައްވައިފި
  • ޝަރީއަތުން ސާފުކުރައްވަން ބޭނުންވާ ބައެއް ކަންކަން
  • އޭސީސީން ފުރަތަމަ ކުރި ތަހުޤީޤަށް އިސްލާމިކް ބޭންކުން ހުރަސްއެޅި: މުއައްވިޒް
 
Writer Profile Picture
ލައިޝާ އަހްމަދު
މިއަދުގެ ޝަރީއަތް ނިންމަވާލައްވައިފި

ފޯލިއޯ ނަންބަރު 56 ގައި ބަޔާންކޮށްފައިވާ އޭސީސީގެ ރިޕޯޓާއި ގުޅޭގޮތުން ސުވާލު ކުރުމަށް އަދިވެސް ދައުލަތުގެ ހެކިވެރިޔާ މުއައްވިޒް ރަޝީދް ހާޒިރުކުރައްވާނެ ކަމަށް ވިދާޅުވެ މިއަދުގެ ޝަރީއަތް ނިންމަވާލައްވައިފި. އެއީ ދައުލަތުގެ ފަރާތުން ހުށައަޅާފައިވާ ރިޕޯރޓަކާއި އެކައުންޓް ސްޓޭޓްމަންޓެއް ދިފާއީ ވަކީލުންނަށް ލިބިފައި ނުވާތީ އެ ފުރުސަތު ދިނުމުގެ ގޮތުން.

4 އޯގަސްޓް 2019 | އާދީއްތަ 13:57
Writer Profile Picture
ލައިޝާ އަހްމަދު
ޝަރީއަތުން ސާފުކުރައްވަން ބޭނުންވާ ބައެއް ކަންކަން

ކިހިނެއްތޯ އާންމު އުސޫލުން މުއާމަލާތް ކުރަނީ ؟

އާންމު އުސޫލަކީ ލިއެކިއުމުން މުއާމަލާތް ކުރުން، ނަމަވެސް މި މައްސަލާގައި ތަހުޤީޤަށް ބަޔާނެއް ހޯދުމަށް ފުުރަތަމަ ރައީސް ޔާމީނާއި ބައްދަލުކުރެއްވީ، އަދި އެ ފައިސާ ދައުލަތަށް ލިބެންޖެހޭ ފައިސާކަން ޤަބޫލުކުރެވޭތީ އަނގަބަހުން އެކަން އަންގާފައިވާނެ

4 އޯގަސްޓް 2019 | އާދީއްތަ 13:51
Writer Profile Picture
ލައިޝާ އަހްމަދު
އޭސީސީން ފުރަތަމަ ކުރި ތަހުޤީޤަށް އިސްލާމިކް ބޭންކުން ހުރަސްއެޅި: މުއައްވިޒް

ޝަރީއަތުން ސާފުކުރައްވަން ބޭނުންވާ ބައެއް ކަންކަމާ ގުޅޭގޮތުން މިވަގުތު އޭސީސީގެ ރައީސް މުއައްވިޒް ރަޝީދާ ގެންދަވަނީ ސުވާލު ކުރައްވަމުން. އެގޮތުން ދައުވާލިބޭ ފަރާތުގެ ބޭންކް ސްޓޭޓްމަންޓް ހޯއްދަވަން މަސައްކަތް ކުރެއްވީ ކޮން ގޮތަކުންތޯ ގާޒީ ހައިލަމް ސުވާލު ކުރެއްވުމުން 2 ސިޓީއެއް ފޮނުވާފައިވާނެ ކަމަށް މުއައްވިޒް ވިދާޅުވި. އެގޮތުން 2 ވަނަ ސިޓީ ފޮނުވީ މައުލޫމާތު ދޭން އިންކާރު ކުރުމުން ފިޔަވަޅު އަޅާނެ ކަމަށް ބުުނެ ކަމަށް ވިދާޅުވި، އަދި އޭރު ރައީސް އޮފީހުން ސްޓޭޓްމަންޓް ލިބިފައި ވަނިކޮށް އިސްލާމިކް ބޭންކުންވެސް ސްޓޭޓްމަންޓް ކޮޕީ ފަހުން ދެއްވާފައިވާކަން ފާހަގަކުރެއްވި

4 އޯގަސްޓް 2019 | އާދީއްތަ 13:47
Writer Profile Picture
ލައިޝާ އަހްމަދު
އޭސީސީގެ ރައީސް މުއައްވިޒް ރަޝީދް:

އެކްސްކްރޯ އެކައުންޓެއް ހުޅުވުމަށް އިޝާރާތެއް ކުރެއްވި ކަމަށް ވިދާޅުވީ، ކީއްވެތޯ ދައުލަތުން ސުވާލު ކުރުމުން މުއައްވިޒް ވިދާޅުވީ، އިޝާރާތެކޭ ވިދާޅުވީ ރަސްމީކޮށް އަންގާފައިނުވާތީ ކަމަށް އަދި އެއީ އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އެހެން ވިދާޅުވެފައިވާތީ ކަމަށް، އެގޮތުން އެއީ ރައީިސް ޔާމީން އެގޮތް ބޭނުންފުޅުވާކަމަށް ލުތުފީ ވިދާޅުވެފައިވާތީކަން މުއައްވިޒް ފާހަގަކުރެއްވި

4 އޯގަސްޓް 2019 | އާދީއްތަ 13:41
Writer Profile Picture
ލައިޝާ އަހްމަދު
ރައީސް އަބްދުﷲ ޔާމީން ހެކިވެރިޔާއާ ކުރެއްވި ސުވާލުތައް

- ތަހުޤީޤު ކުރައްވަން ކިހާ ވަގުތެއް ހޭދަވި ތޯ ؟

ސީދާ ކިހާ ވަގުތެއްކަން ނޭނގޭ ކަމަށް މުއައްވިޒް ވިދާޅުވި.

- ބައްދަލުކުރެއްވީ ރައީސް އޮފީހުގެ ކޮން ފްލޯއެއްގައިތޯ ؟

ހެކިވެރިޔާ މުއައްވިޒް: 2 ނުވަތަ 3 ގެ ވަކި ކޮޓަރިއެއްގައި

- އެ ފައިސާއަކީ އެސްއޯއެފްގެ ފައިސާއަށް ވެދާނެ ކަމަށް ނުދެކެވޭތޯ ؟

ހެކިވެރިޔާ މުއައްވިޒް: ތަފްސީލުތަކާއި ބެއްލެވި ތަހުޤީޤުތަކުން އެނގިގެން ދިޔަކަން އެއީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށް ޤަބޫލުކުރެއްވޭކަން. އެގޮތަށް ނިންމެވީ ފައިސާ ދައުރުވެފައިވާ ގޮތަށް ބައްލަވާފައިކަން.

- އެމްއައިބީގެ ފައިސާާގައި އަތް ނުލުމަށް 2018 ފެބްރުއަރީގައި އޭސީސީން ސިޓީއެއް ފޮނުވާފައިވޭ ލިއުމުން،

ބީއެމްއެލްއިން އަންގާފައިނުވޭތޯ ފައިސާ ޖަމާކޮށްފައިވާކަން/ ނޫންކަން ؟

ހެކިވެރިޔާ މުއައްވިޒް: ދައުވާ ރައްދުވާ ފަރާތުން ފޮނުވި ސިޓީއެއްގައި ފައިސާ ޖަމާކުރިކަން ފާހަގަކޮށްފައިވާކަން، އަދި ފަހުން ވެރިފައިކޮށްފައި ނުވާނެކަން.

4 އޯގަސްޓް 2019 | އާދީއްތަ 13:34
Writer Profile Picture
ލައިޝާ އަހްމަދު
ދިފާއުގެ ބައެއް ސުވާލުތަކާ ގުޅޭގޮތުން ހެކިވެރިޔާ ދެއްކެވި ވާހަކަތައް

- މި މައްސަލައާއި ގުޅިގެންވެސް ނޫސްްތަކަށް މައުލޫމާތު ދެވިފައިވާނެ ކަމަށް މުއައްވިިޒް ވިދާޅުވި.

4 އޯގަސްޓް 2019 | އާދީއްތަ 13:27
Writer Profile Picture
ލައިޝާ އަހްމަދު
ދިފާއުން ދަނީ ދައުލަތުން ހުށައެޅި ހެކިވެރިޔާއާއި ސުވާލުކޮށް ކަންކަން އޮޅުން ފިލުވަމުން

ދިފާއީ ވަކީލުން ގެންދަވަނީ ދައުލަތުން ހުށައެޅި ހެކިވެރިޔާ އޭސީސީގެ ރައީސް މުއައްވިޒް ރަޝީދާއި ސުވާލު ކުރައްވަމުން، މިއަދުގެ ޝަރީއަތުގައި ދައުލަތުގެ ހެކިވެރިއެއްގެ ގޮތުން ހާޒިރުވީ ހަމައެކަނި އޭސީސީގެ ރައީސް މުއައްވިޒް ރަޝީދް.

4 އޯގަސްޓް 2019 | އާދީއްތަ 13:10
Writer Profile Picture
ލައިޝާ އަހްމަދު
ދިފާއުން އޭސީސީގެ ރައީސާއި ކުރެއްވި އިތުރު ބައެއް ސުވާލުތައް

- މި މައްސަލާގައި ރައީސް ޔާމީނުގެ ބަޔާނުގައި ފިންގަރޕްރިންޓް ޖަހާފައި ނުވަނީ ކީއްވެ ؟

ހެކިވެރިޔާ މުއައްވިޒް : ރައީސް ޔާމީން އިންކާާރު ކުރެއްވިކަން މުއައްވިޒް ފާހަގަކުރެއްވި.

- އެކްސްކްރޯ އެކައުންޓެއް ހެދުމަށް ޤާނޫނުން ލިބޭ ހުއްދައަކީ ކޮބާ ؟

ހެކިވެރިޔާ މުއައްވިޒް : ޤާނޫނުން އެކަން މަނާކުރާ ހުއްޖަތެއް ނުފެނޭ. އަދި އެކަމަށް ފިނޭންސް މިނިސްޓްރީން ހުއްދައެއްވެސް ނެގިން،

- އެކްސްކްރޯ އެކައުންޓް އެއްބަސްވުން ހަދާ ސޮއިކުރި އިރު މި މައްސަލައިގެ 1 މިލިއަން ޑޮލަރ ރައީސް ޔާމީނުގެ އެމްއައިބީ އެކައުންޓުގައި ހުރިތޯ އެ ދުވަހު ވެރިފައި ކުރިންތޯ ؟

ހެކިވެރިޔާ މުއައްވިޒް : އެ ދުވަހު ސީދާ އެކަން ވެރިފައި ކޮށްފައެއް ނުވާނެ، ވެރިފައި ކުރެއްވީ އޭގެ ކުރިން.

4 އޯގަސްޓް 2019 | އާދީއްތަ 13:04
Writer Profile Picture
ލައިޝާ އަހްމަދު
ދިފާއުން އޭސީސީގެ ރައީސް މުއައްވިޒް ރަޝީދާއި ސުވާލުކުރުން:

ދިފާއުން ހެކިވެރިޔާ މުއައްވިޒް ރަޝީދާ ސުވާލުކުރުން: (ދިފާއުގެ ދެވަނަ ވަކީލު ކުރެއްވި ބައެއް ސުވާލުތައް)

- އޭސީސީގައި މަނީ ލޯންޑަރިން ފަދަ މައްސަލަތައް ތަހުޤީޤުކުރާ އުސޫލާ އެއްގޮތަށްތޯ މި މައްސަލައިގައިވެސް އަމަލުކުރީ ؟

ހެކިވެރިޔާ މުއައްވިޒް : އެއްގޮތަށް ހުރިހާ މައްސަލައެއްގައިވެސް އަމަލުކުރަނީ

- ރައީސް ޔާމީންގެ ބަޔާން ނެގިއިރު ހުރިހާ ހައްޤަކާއި ޤާނޫނުގެ އިޖުރާއަތުތައް ފުރިހަމަވާނެތޯ ؟

ހެކިވެރިޔާ މުއައްވިޒް :ބަޔާން ނެގީ މައުލޫމާތެއް ސާފު ކުރުމަށް، އޯޑިއޯ ރެކޯޑް ކުރެވޭ ގޮތެއް ނެތް ސަބަބަކީ އެފަދަ ވަސީލަތްތައް ރައީސްއާ ބައްދަލުކުރެއްވި އިރު ވެއްދުން މަނާ ކޮށްފައިވާތީ.

4 އޯގަސްޓް 2019 | އާދީއްތަ 13:02
Writer Profile Picture
ލައިޝާ އަހްމަދު
ދިފާއުން އޭސީސީގެ ރައީސް މުއައްވިޒް ރަޝީދާއި ސުވާލުކުރުން:

ދިފާއުން ވަކީލު އަބްދުﷲ ޝިޔާޒް ހެކިވެރިޔާއާއި ކުރެއްވި ސުވާލުތައް :

1- އޭސީސީގެ ރައީސްގެ މަޤާމަށް އައްޔަނުކުރެއްވީ ފުލުހުންނަށް ބަޔާންދިނުމުގެ ފަހުންތޯ/ކުރިންތޯ ؟

2- މި މައްސަލައާ ގުޅިގެން ރައީސް ޔާމީނާއި ބައްދަލުކުރެއްވީ ކޮން ތާރީޚެއްގައިތޯ ؟

ހެކިވެރިޔާ މުއައްވިޒް : 2016 ވަނަ އަހަރު އަދި 2017 ގެ ކުރީކޮޅު. މި ބައްދަލުވުމުގައި ހަސަން ލުތުފީވެސް ބައިވެރިވެވަޑައިގަތް، ބައްދަލުވުން އޮތީ ރައީސް އޮފީހުގައި.

3- އޭސީސީން ތައްޔާރުކުރި ރިޕޯރޓްގަ ފާހަގަކޮށްފައިވާ މި މައްސަލައިގައި މި ބަޔާންކުރާ 1 މިލިއަން ރުފިޔާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާތޯ ކޮމިޝަނުން ނިންމާފައިވޭތޯ ؟

މުއައްވިޒް: ފައިސާގެ މުއާމަލާތް ހިނގާފައިވާ ގޮތަށް ބަލާއިރު އެއީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށް ކޮމިޝަނަށް ޤަބޫލުކުރެވޭ ކަމަށް،

4 އޯގަސްޓް 2019 | އާދީއްތަ 12:48
Writer Profile Picture
ލައިޝާ އަހްމަދު
ދައުވާ ރައްދުވާ ފަރާތް: ކުރީގެ ރައީސް އަބްދުﷲ ޔާމީން

ދައުލަތުގެ ވަކީލުން ޝަރީއަތުން އިޒްނަ ނުދެއްވަނިސް ވާހަކަދައްކަވާތީ އެ ކަންބޮޑުވުން ރައީސް ޔާމީނު ފާހަގަކުރައްވައިފި.

4 އޯގަސްޓް 2019 | އާދީއްތަ 12:39
Writer Profile Picture
ލައިޝާ އަހްމަދު
އޭސީސީގެ ރައީސް މުއައްވިޒް ރަޝީދްގެ ހެކިބަސް

އޭސީސީގެ ރައީސް މުއައްވިޒް ރަޝީދްގެ ހެކިބަސް

- އެމްއައިބީ މެދުވެރިކޮށް ބެލިއިރު ފާހަގަވި ކަމަށް ދެ ޓްރާންސެކްޝަނަކުން ރައީސް ޔާމީނުގެ އެމްއައިބީގެ އިންވެސްޓްމަންޓް އެކައުންޓަކަށް ފައިސާ ޖަމާކޮށްފައިވާކަން. އަދި އެއީ އޭސީސީން ރައީސް ޔާމީނާ ސުވާލުކުރި ފަހުންކަންވެސް މުއައްވިޒް ރަޝީދް ފާހަގަކުރެއްވި.

- އޭސީސީގެ ރިޕޯރޓް އެކުލަވާލާފައިވަނީ ކޮން އުސޫލެއްގެ ދަށުންތޯ ނުވަތަ ކިހާ ހިސާބެއްގައި ކޮން ކަމެއްގެ މައްޗަށް ބިނާކޮށްފައިތޯ ދައުލަތުން ސުވާލުކުރުމުން މުއައްވިޒް ވިދާޅުވީ:

މިހާދިސާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މުޅި ހާދިސާގެ ކަން ހިނގާފައިވާ ގޮތް ސާފުކޮށް ރިޕޯޓެއް އެކުލަވާލުމަކީ ބޭނުންތެރި ކަމެއް ކަމަށް ކޮމިޝަނަށް ޤަބޫލުކުރެވޭތީ ކަމަށް ރިޕޯރޓް އެކުލަވާލީ.

-

4 އޯގަސްޓް 2019 | އާދީއްތަ 12:37
Writer Profile Picture
ލައިޝާ އަހްމަދު
އެ ފައިސާ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށް ދެކިލައްވާކަން ރައީސް ޔާމީނަށް އަންގާފައިވާނެ: މުއައްވިޒް

އޭސީސީގެ ރައީސް މުއައްވިޒް ރަޝީދްގެ ހެކިބަސް

- ތުހުމަތުތަކާ ގުޅޭގޮތުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ޔާމީނު ވިދާޅުވި ކަމަށް އެއީ ސިޔާސީ އެކި ކަންކަމުގައި ލިބިފައިވާ ފައިސާކަން. އަދި އެ ފައިސާ އަކީ ޤާނޫނާ ޚިލާފް ފައިސާކަން އަދި ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށް ދެކިލައްވާކަމަށް ރައީސް ޔާމީނަށް އަންގާފައިވާނެ ކަން.

ޖަވާބުގައި ރައީސް ޔާމީން ވިދާޅުވި ކަމަށް އެއީ އަހުމަދު އަދީބުގެ އަތުގައި ހުންނެވި ފައިސާގެ ތެރެއިން ހަވާލުކޮށްފައިވާ ފައިސާކަން.

- ރައީސް ޔާމީނުގެ ބަޔާނަށް ފަހު ސުވާލު ކުރަންޖެހޭ ގިނަ ފަރާތްތަކެއް ތިބިކަން ފާހަގަވިކަން.

4 އޯގަސްޓް 2019 | އާދީއްތަ 12:09
Writer Profile Picture
ލައިޝާ އަހްމަދު
އޭސީސީގެ ރައީސް މުއައްވިޒް ރަޝީދްގެ ހެކިބަސް

9 ސެޕްޓެމްބަރ 2009 އިން ފެށިގެން 4 ޖުލައި 2019 އަށް އޭސީސީގެ ނައިބް ރައީސްކަން ކުރައްވާފައިވާއިރު، ދައުލަތުން އަހާފައިވޭ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މުއާމަލާތްތައް ކޮށްފައިވާކަން ފާހަގަވީ ކޮންއިރަކުތޯ :

އޭސީސީގެ ރައީސް މުއައްވިޒްގެ ހެކިބަސް :

- ދައުލަތަށް ލިބެންޖެހޭ ގިނަ ފައިސާ އެސްއޯއެފަށް ޖަމާވިގޮތް ތަހުޤީޤު ކުރަމުން ދަނިކޮށް އެސްއޯއެފަށް ޖަމާވި ފައިސާގެ 2 ޗެކަކުން 2015 ގެ އޮކްޓޯބަރ މަހުގައި ރައީސް ޔާމީނުގެ އެކައުންޓަށް 1 މިލިއަން ޖަމާވެފައިވާކަން 2016 ވަނަ އަހަރު ގައި ޔަޤީންކުރެވިފައިވޭ.

- އެހިސާބުން އެކަން ވެރިފައި ކުރުމަށް ރައީސް ޔާމީނުގެ އެކައުންޓް ސްޓޭޓްމަންޓެއް ހޯދަން މަސައްކަތް ކުރިން، އިސްލާމިކް ބޭންކުން ސްޓޭޓްމަންޓް ކޮޕީއެއް އަރުވާފައިވޭ،

- އެކި ފަރާތްތަކާ ސުވާލު ކުރިން ، 2016 ގައި ރައީސް ޔާމީނުގެ ބަޔާން ނެގުމަށް މަސައްކަތް ކުރިން ނަމަވެސް ބަޔާން ނެގިފައިވަނީ 2017 ގައި

4 އޯގަސްޓް 2019 | އާދީއްތަ 12:00
Writer Profile Picture
ލައިޝާ އަހްމަދު
މުއައްވިޒް ރަޝީދްގެ ހެކިބަސް ނެގުމަށް ދިފާއުން ދެކޮޅުހަދައިފި

އޭސީސީގެ ރައީސް މުއައްވިޒް ރަޝީދްގެ ހެކިބަސް ނެގުމަށް ދިފާއުން ދެކޮޅު ހަދައިފި.

އޭގެ އިތުރުން ވިދާޅުވީ، އޭސީސީގެ ރައީސް ލުތުފީގެ ހެކިބަސް ނެތުމުން މައްސަލައަށް ފުށުއަރާކަމަށް.

ދައުލަތުން އެކަމާ ވިދާޅުވީ: ހެކިވެރިން ޝަރީއަތަށް ހާޒިރުވެ ހެކިބަސް ދެނީ ތަހުޤީޤުގައި ދީފައިވާ ބަޔާނުގެ މައްޗަށް ކަމަށް، އެ ބަޔާން ދިފާއަށްވެސް ހިއްސާކޮށްފައިވާއިރު، ހެކިބަސް ކުރިއަށް ގެންދިއުމަށް އެއްވެސް ހުރަހެއް އޮތް ކަމަށް ޤަބޫލުނުކުރާ ކަމަށް

4 އޯގަސްޓް 2019 | އާދީއްތަ 11:53
Writer Profile Picture
ލައިޝާ އަހްމަދު
ދިފާއުން ފާހަގަކުރި ހެކިން ޝަރީއަތުން ބަަލައިގެންފި

ދިފާއުން ފާހަގަކުރި 1 ޝަފައީ ހެއްކާއި 2 ކިތާބީ ހެކި ޝަރީއަތުން ބަލައިގެންފި

4 އޯގަސްޓް 2019 | އާދީއްތަ 11:47
Writer Profile Picture
ލައިޝާ އަހްމަދު
ދިފާއުން ފާހަގަކުރި ކިތާބީ ހެކިތަކަށް ދައުލަތުގެ ފަރާތުން ފާހަގަކުރި ކަންކަން

ކިތާބީ ހެއްކެއްގެ ގޮތުން އެމްއެމްއޭގެ ނޫސްބަޔާން ހުށައަޅާފައިވާތީ ދައުލަތުގެ ވަކީލާ ވިދާޅުވީ، ސްޓީލިންގެ ޕެރަޑައިސްއާ ގުޅޭގޮޮތުން ނެރިފައިވާ ނޫސްބަޔާނަކީ ހަމައެކަނި މި މައްސަލައިގެ މުއާމަލާތުގެ މައްޗަށް ބިނާކޮށްފައިވާ ނޫސްބަޔާނެއް ނޫންކަން. ސަބަބަކީ ސްޓީލިންގ ޕެރަޑައިސްގައި ދައްކަނީ ހަމައެކަނި މި މުއާމަލާތުގެ ވާހަކަ ނޫންކަން.

ދެވަނަ ކިތާބީ ހެއްކާ ގުޅޭގޮތުން ދައުލަތުގެ ވަކީލާ ވިދާޅުވީ:

އެސްއޯއެފްގެ ހުރިހާ މުއާމަލާތްތައް ޢައިރު ޤާނޫނީ ކަމަށް ވިދާޅުނުވަން، ނަމަވެސް އެމްއެމްޕީއާރްސީގެ މި ފައިސާތައް އެސްއޯއެފް މެދުވެރިކޮށް ހިނގާފައިވާތީ އެއީ ސައްހަ ފައިސާކަން ދައުލަތުން ޤަބޫލު ނުކުރަން.

4 އޯގަސްޓް 2019 | އާދީއްތަ 11:46
Writer Profile Picture
ލައިޝާ އަހްމަދު
ދައުލަތުގެ ހެކިން އެއްފަހަރާ ހާޒިރު ކުރުމަށް ދިފާއުން އެދިއްޖެ

ދިފާއުން އެހެން އެދުނީ ދައުވާލިބޭ ފަރާތުގެ މަސްލަހަތު ރިއާޔަތް ކުރުމަށް ކަމަށްބުނެ. އަދި ހެއްކަށް ނުފޫޒު ފޯރުވުން ކުޑަކުރުމަށް ކަމަށް ވިދާޅުވި

ގާާޒީ ހައިލަމް: ދައުލަތުން އެދެނީ ދެ ދުވަހަކަށް ބަހާލުމަށް. ނަމަވެސް ޝަރީއަތުންވެސް ވިސްނަނީ ވީހާވެސް ގިނަ ހެކިން ހާޒިރުކުުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް. ނަމަވެސް ހުރިހާ ހެކިން އެއް ދުވަހު ހާޒިރު ކުރުމަކީ އުނދަގޫ ކަމެއްކަން ފާހަގަކުރެއްވި.

4 އޯގަސްޓް 2019 | އާދީއްތަ 11:39
Writer Profile Picture
ލައިޝާ އަހްމަދު
ދިފާއުން ހެކިން ހުށައެޅުން : ޝަފަވީ 1 ހެކި ، ކިތާބީ 2 ހެކި ހުށައެޅުއްވި

ޝަފަވީ ހެކި:

1- އަޒީމާ އާދަމް (އެމްއެމްއޭ ކުރީގެ ގަވަރނަރ)

ކިތާބީ ހެކި: ( 2 ހެއްކެއް)

1- ނޫސްބަޔާން (އެމްއެމްއޭގެ)

ނޫސް ބަޔާނުގެ ދެވަނަަ ޕެރެގްރާފާ ހަވާލާދީފައިވޭ

2- އެމްއެމްޕީއާރސީ އާއި އެސްއޯއެފާ ގުޅޭގޮތުން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެއްގެ ގަޟިއްޔާ

4 އޯގަސްޓް 2019 | އާދީއްތަ 11:36
Writer Profile Picture
ލައިޝާ އަހްމަދު
ދިފާއުން ފާހަގަކުރި އިތުރު ކަންކަން

ދައުވާލިބޭ ފަރާތުން ދައުވާއަށް އިންކާރުކުރޭ. ތަހުޤީޤު މަރުހަލާއާއި ޝަރީއަތުގެ މަރުހަލާގައިވެސް. މި މައްސަލާގައި ދައުވާ ބިނާކޮށްފައިވާ ސަަބަބުތަކަށް ބަލާއިރު ފާހަގަވާ ބައެއް ކަންކަން ހުރިކަން :

- ދައުވާލިބޭ ފަރާތުގެ ނިޔަތާއި އަމަލު ސާފުކޮށް ފެންނަން އޮންނަންޖެހޭއިރު ވަކި މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދާކަން ދައުވާ ލިބޭ ފަރާތަށް އެނގޭކަން ދައުވާކުރާ ފަރާތުން ސާބިތުކޮށްދެންޖެހޭކަން ދިފާއުން ފާހަގަކުރިި

ދައުލަތުން: ދިފާއު ހުށައެޅުމަށް ދިން ފުރުސަތު ނިމިފައި ވަނިކޮށް ކުރިން ދެއްކެވި ވާހަކަތައް އަލުން ތަކުރާރު ކުރަމުންދާާކަން ޝަރީއަތުގެ ސަމާލުކަމަށް ގެންނަ ކަމަށް.

4 އޯގަސްޓް 2019 | އާދީއްތަ 11:29
Writer Profile Picture
ލައިޝާ އަހްމަދު
ދިފާއުން ފާހަގަކުރި މައުޟޫއީ ކަންކަން

2- މި ދައުވާގައި ބަޔާންކޮށްފައިވާ 1 މިލިއަން ޑޮލަރު ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާވިއިރު އިތުރު ފައިސާއެއް ހުރިތޯ ؟

ދައުލަތުން : މި މައްސަލައާ ގުޅިގެން އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓްތައް ވާނީ ހިއްސާކޮށްފައި.

3- ބީއެމްއެލްގެ ޗެކްތައް ޖަމާވެފަވާކަން ބަޔާންކޮށްފައިވާއިރު އެމްއެމްއޭ އިން އެއްވެސް އިރަކު ބުނިތޯ އެމްއެމްއޭ މެދުވެރިކޮށް މަނީ ލޯންޑަރކޮށްފައިވެއޭ ؟

ދައުލަތުން : ރައީސް ޔާމީން އެކައުންޓަށް ވަތް 1 މިލިއަން ޑޮލަރަކީ އެފަދައިން ޖަމާވި ލާރިއޭ އެމްއެމްއޭއިން ބުނެފައެއް ނުވޭ.

4- އެމްއެމްޕީއާރްސީން ނަގާފައިވާ ޕްރޮމިސަރީ/ލޯނު ފައިސާ ދިނުމާ ގުޅޭގޮތުން އެއްވެެސް ހުކުމެއްވޭތޯ

ދައުލަތުން : އެފަދަ ހުކުމެއް އޮތްކަމެއް އެނގިފައެއް ނުވޭ.

4 އޯގަސްޓް 2019 | އާދީއްތަ 11:23
Writer Profile Picture
ލައިޝާ އަހްމަދު
މައުޟޫއީ ދިފާއުގެ ގޮތުން ދިފާއުން ފާހަގަކުރި ކަންކަން

ދިފާއުން މައުޟޫއީ ގޮތުން ފާހަގަކުރި ކަންކަން:

1- ދައުލަތުގެ އެއްވެސް އިދަރާއަކުން ނުވަތަ ކޯޓަކުން ވޭތޯ އެސްއޯއެފުންް ހިންގާ މުއާމަލާތްތައް އަދި އެސްއޯއެފަކީ މަނީ ލޯންޑަރ ކުރާ ކުންފުންޏެއްތޯ ؟

ދައުލަތުން: ދައުލަތުގެ ފަރާތުން ސާފުކޮށް އެކަން ކިޔާދީފައިވާނެ ކަން އެއްވެސް މުއައްސަސާއަކުން އެފަދަ ނިންމުމެއް ނިންމަން ލާޒިމެއް ނޫން އެއީ ޤާނޫނުގައި ބަޔާންކޮށްފައި ހުންނަ ކަންކަން

4 އޯގަސްޓް 2019 | އާދީއްތަ 11:20
Writer Profile Picture
ލައިޝާ އަހްމަދު
ދިފާއީ ވަކީލުން ފާހަގަކުރި އިޖުރާއީ ދިފާއުގެ ކަންކަން

ހަތަރު ވަނަ އިޖުރާއީ ދިފާއެއްގެ ގޮތުން މި މައްސަލައަށް ސިޔާސީ ނުފޫޒު ވަދެފައިވާކަން ފާހަގަކުރެއްވި.

4 އޯގަސްޓް 2019 | އާދީއްތަ 11:11
Writer Profile Picture
ލައިޝާ އަހްމަދު
ދިފާއީ ވަކީލުން ފާހަގަކުރި އިޖުރާއީ ދިފާއުގެ ކަންކަން

ތިން ވަނަ އިޖުރާއީ ދިފާއެއްގެ ގޮތުން ދިފާއުން ކުރިން ހުށައެޅި ސިޓީއަކަށް ރިއާޔަތްކޮށް ވަކީލު ވިދާޅުވީ، މި މައްސަލަ ގާޒީ ހައިލަމް ބައްލަވާނަމަ ނުކުމެދާނެ ކަންކަން ހުރި ކަމަށް. އެގޮތުން މަސްލަހަތު ފުށުއަރަނީ ކިހިނެއްތޯ ގާޒީ ހައިލަމް ސުވާލު ކޮށްފައިވޭ. އެގޮތުން ޖޭއެސްސީން ގާޒީ ހައިލަމްގެ މައްސަލައެއް ބަލަމުންދާކަން ދިފާއުން ފާހަގަކުރި އަދި ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލަން އެދިފައިވޭ.

ފަނޑިޔާރުންގެ ބެންޗެއް ކަނޑައެޅުމަކީ ލިބޭ އިހުތިޔާރެއް ކަމަށާއި، އެ އިހުތިޔާރުގެ ބޭނުންކުރަން ނުވިސްނަވާކަމަށް ވިދާޅުވި. އެއީ އަދުލު އިންސާފަށް އެޅޭ ހުރަހެއް ނޫން ކަމަށް ވިދާޅުވި.

4 އޯގަސްޓް 2019 | އާދީއްތަ 11:10
Writer Profile Picture
ލައިޝާ އަހްމަދު
ގާޒީ ހައިލަމް ފާހަގަކުރެއްވި ކަންކަން

މައްސަލައިގެ ޝަރީއަތް ލައިވް ކުރުމަކީ ހައްޤަކަށް އުނިކަމެއް ގެނައުމެއް ކަމަށް ނުބެލެވޭ.

4 އޯގަސްޓް 2019 | އާދީއްތަ 11:06