ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތް

  • ދެން އަޑުއެހުމެއް އޮންނާނީ 4 އޮގަސްޓުގައި
  • އައްލާމްއާ އިޝްފާހު ހެކިންގެ ގޮތުގައި ބަލައި ނުގަންނަން
 
Writer Profile Picture
އަލީ ސަމާޚް
ދެން އަޑުއެހުމެއް އޮންނާނީ 4 އޮގަސްޓުގައި

ރައީސް ޔާމީންގެ ހެކިންގެ ގޮތުގައި ފަރާތުން ހެކިން ހުށައަޅަން ފަސް ދުވަހެއްގެ މުއްދަތެއް. ދެން އަޑު އެހުމެއް އޮންނާނީ 4 އޮގަސްޓު ގައި

21 ޖުލައި 2019 | އާދީއްތަ 15:23
Writer Profile Picture
ލައިޝާ އަހްމަދު

ދައުލަތުން ހުށައަޅާ ހެކިން

ޝަފަހީ ހެކިން: ( 8 ހެއްކެއް ހުށައަޅާފައިވޭ)

1- ހަސަން ލުތުފީ 2- މުއައްވިޒު ރަޝީދް 3- މުހައްމަދު ވަސީމް އިސްމާއިލް 4- އަހުމަދު އަދީބް 5-މޫސާ ޒަމީރް 6- މުހައްމަދު ލުވެއިޒް 7- މުހައްމަދު ޝަރީފް 8- އަބްދުﷲ ޒިޔަތު

ކިތާބީ ހެކި:

- އެކްސްކްރޯ އެއްބަސްވުން

- ރައީސް ޔާމީނުގެ ބަޔާން (ފުލުހުންނަށް ދީފައިވާ ބަޔާން)

- އޭސީސީގެ ސިޓީގައި ބަޔާންކޮށްފައިވާ ރިޕޯރޓް

އޭގެ އިތުރުންވެސް ކިތާބީ ހެކިތައް ހުށައަޅާފައިވޭ

21 ޖުލައި 2019 | އާދީއްތަ 15:22
Writer Profile Picture
އަލީ ސަމާޚް
އައްލާމްއާ އިޝްފާހު ހެކިންގެ ގޮތުގައި ބަލައި ނުގަންނަން

މުހައްމަދު އައްލާމްއާ އަހުމަދު އިޝްފާހު ހެކިން ގޮތުގައި ބަލައި ނުގަތުމަށް ނިންމައިފި. ގާޒި އެހެން ނިންމެވީ އެ ހެކިންނަކީ ދައުވާގެ އިބްތިދާއީ އަޑުއެހުމަށް ފަހު ހުށައަޅާފައި ހުރި ހެކިތަކަކަށް ވުމާއި ގުޅިގެން

21 ޖުލައި 2019 | އާދީއްތަ 15:14
Writer Profile Picture
އަލީ ސަމާޚް
ރައީސް ޔާމީންގެ ވަކީލް

ދައުލަތުން ދައްކާ ވާހަކަ ދިމައެއް ނުވޭ. ދައުލަތުން ހުށައެޅި ދެ ހެކިން ބަލައި ނުގަތުމަށް ނިންމައިދީ .

21 ޖުލައި 2019 | އާދީއްތަ 15:10
Writer Profile Picture
އަލީ ސަމާޚް
ގާޒީ ހައިލަމް

ފަސްވަނަ ހުށައެޅުން ބަލައިނުގަންނަން ނިންމައިފި. ރައީސް ޔާމިންގެ ފަރާތުން ހުށައެޅި ހުށައެޅުމަކީ އަދީބާއާ ޒިޔަތު ހެކިންގެ ގޮތުގައި ހުށައެޅުމުން އަދާވާތްތެރިންގެ ގޮތުގައި އެކަމުގައި އުފެދުން.

21 ޖުލައި 2019 | އާދީއްތަ 15:03
Writer Profile Picture
ލައިޝާ އަހްމަދު
ރައީސް ޔާމީން ފާހަގަކުރެއްވި ކަންކަން

ރިޔާސީ ލޯންޗުގެ މައްސަލައާ ގުޅިގެން ނައިބް ރައީސް އަދީބަށް އަދަބެއް ލިބިފައިވާއިރު، އަދީބް އަދާވަތްތެރި ނުވާނެ ކަން އިންސާނީ ތަބީއަތަށް ބަލާއިރު ޤަބޫލެއް ނުކުރެވޭ ކަމަށް ވިދާޅުވި. އަދި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން އަބްދުﷲ ޒިޔަތުގެ ހިތުގައިވެސް ރައީސް ޔާމީނާ މެދު އަދާވަތްތެރިކަން އޮންނާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށް ވިދާޅުވި.

21 ޖުލައި 2019 | އާދީއްތަ 14:58
Writer Profile Picture
އަލީ ސަމާޚް
ޔާމީންގެ ވަކީލުން

އަދީބާ ޒިޔާތުގެ މައްސަލަ ތަހުގީގު ކުރަމުން ދިޔައީ ރައީސް ޔާމިންގެ އިސްނެގުމުގެދަށުން. އެހެން ކަމުން އެ ފަރާތްތަކުގެ ހެކިބަސް ދިނުމުގައި އަދާވަތްތެރިކަން އޮންނާނެ

21 ޖުލައި 2019 | އާދީއްތަ 14:56
Writer Profile Picture
ލައިޝާ އަހްމަދު
ދިފާއުން ހުށައަޅާފައިވާ 5 ވަނަ ހުށައެޅުމަށް ދައުލަތުން ދޭ ރައްދު

ދައުވާލިބޭ ފަރާތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަސް ޤަބޫލުކުރެވޭނެ ކަމަށް ދައުލަތުން ނުދެކޭ ކަމަށް، އަދި ރައީސް ޔާމީނުގެ މައްޗަށް ހުށައަޅާފައިިވާ ދައުވާ ސާބިތު ކުރުމަށް ހުށައަޅާފައިވާ ހެކިންނާއި ރައީސް ޔާމިނާ މެދުގައި އެއްވެސް އަދާވަތްތެރި ކަމެއް އޮންނާނެ ކަމަށް ދިފާއުން ވިދާޅުވެވެން ނެތް ކަން ފާހަގަކުރެއްވި.

21 ޖުލައި 2019 | އާދީއްތަ 14:54
Writer Profile Picture
އަލީ ސަމާޚް
ރައީސް ޔާމީންގެ ވަކީލު

އަދީބާ ޒިޔާތުދޭ ހެކި ބަހަކީ އަދާވަތްތެރިކަން ރައްދު ކުރެވޭ ގޮތުން ދެވޭ ހެކިބަހެއް.

21 ޖުލައި 2019 | އާދީއްތަ 14:52
Writer Profile Picture
ލައިޝާ އަހްމަދު
ރައީސް އަބްދުﷲ ޔާމީންގެ ވާހަކަފުޅު

އެމްއެމްއޭގެ އެސްޓީއާރެއް ހުށައެޅުމާ ގުޅިގެން ފުލުހުން ފެށި ތަހުޤީޤެއް ކަމަށް ދައުލަތުން ފާހަގަކުރުމާ ގުޅިގެން ރައީސް ޔާމީން ވިދާޅުވީ، އެ އެސްޓީއާރާ ގުޅިގެން ފުލުހުން ތަހުޤީޤެއް އިނިޝިއޭޓް ކުރާނެ ކަމަށް ޤަބޫލު ނުކުރާ ކަމަށް،

ދިފާއުގައި ދައުލަތުން ބުނީ، ޤާނޫނު ތަންފީޒުކުރާ އިދާރާއަކަށް ހުށައަޅާ ކަމަކާ ގުޅިގެން ތަހުޤީޤު ފުޅާކުރަމުން ގޮސް އެހެން ކަންކަން ތަހުޤީޤު ކުރުން އެއީ ޖިނާއީ ނިޒާމު އޮތް ގޮތުން ފުލުހުންނަށް އެކަމެއް ތަހުޤީޤު ނުކުރެވޭނެ ސަބަބެއް ނޫން ކަމަށް

21 ޖުލައި 2019 | އާދީއްތަ 14:46
Writer Profile Picture
އަލީ ސަމާޚް

ދައުލަތުން ބޭނުންވާ އެއް މިލިއަން ޑޮލަރު ބަހައްޓާދީފާ. މި ދައުވާ ކުރެވެންވި ސަބަބެއް ނެތް.

21 ޖުލައި 2019 | އާދީއްތަ 14:29
Writer Profile Picture
ލައިޝާ އަހްމަދު
ރައީސް އަބްދުﷲ ޔާމީން ފާހަގަކުރެއްވި ކަންކަން

ފައިސާ އަކީ ފައިސާ، ދައުލަތަށް ބޭނުންވަނީ 1 މިލިއަން ޑޮލަރު، ދައުލަތަށް ބޭނުންވާ 1 މިލިއަން ޑޮލަރު އަޅުގަނޑު ޤާނޫނާއެއްގޮތަށް ބަހައްޓާފައިވާއިރު، މި ދައުވާ އުފުލަންޖެހޭ ސަބަބެއް ނުވިސްނޭ

21 ޖުލައި 2019 | އާދީއްތަ 14:29
Writer Profile Picture
ލައިޝާ އަހްމަދު
ރައީސް އަބްދުﷲ ޔާމީން ފާހަގަކުރެއްވި ކަންކަން

މިއީ އެސްއޯއެފްގެ ޗެކް ކަން އެނގުނީ ހަސަން ލުތުފީ ގުޅާފައި ބުނުމުން، އެހިސާބުން އެއީ ޤާނޫނާ ޚިލާފް ފައިސާތޯ ބެލުމަށް އެދުނިން، މިހާތަނަށްވެސް އެއްވެސް އިދާރާއަކުން ނިންމާފައެއް ނުވޭ އެއީ ޤާނޫނާ ޚިލާފު ފައިސާ ކަމަކަށް، 25 މާރިޗުގައި އެކްސްކްރޯ އެކައުންޓެއް ހުޅުވީ ޝައްކު އުފެދޭ ފައިސާއެއް އެކައުންޓުގައި ހުންނަން ބޭނުންނުވާތީ، ނަމަވެސް އެކްސްކްރޯ އެކައުންޓަށް އެ ފައިސާ ޖަމާ ނުކުރިީ އެ ފައިސާގެ ކަންކަން ތަހުޤީޤު ކުރަމުންދާތީ،

21 ޖުލައި 2019 | އާދީއްތަ 14:25
Writer Profile Picture
އަލީ ސަމާޚް
ރައީސް ޔާމިން

ދެ ޗެކް ޖަމާވިކަން އެންގީ 2016 ވަނަ އަހަރު ކުރީގެ އޭސީސީގެ ރައީސް. މިއަދާ ހަމަޔަށްވެސް އެއީ ކޮރަޕްޝަންގެ ފައިސާ ކަމެއް އެއްވެސް އިދާރާއަކުން އަންގާފައެއް ނެތް.

21 ޖުލައި 2019 | އާދީއްތަ 14:24
Writer Profile Picture
ލައިޝާ އަހްމަދު
ރައީސް އަބްދުﷲ ޔާމީން ފާހަގަކުރެއްވި ކަންކަން

އެސްއޯއެފްގެ ފައިސާއަކީ އަހުމަދު އަދީބު ހަވާލުކުރި ފައިސާ، ފައިސާ ޖަމާކުރި ކަމަށް އަދީބު ވިދާޅުވި، ބޭންކުންވެސް ފައިސާ ޖަމާކުރި ކަމެއް ނާނގާ، ގޮތް ނޭނގޭ ފައިސާ ކަމަށް ވާނަމަ ބޭންކުން މަނިޓަރީ އޮތޯރިޓީއަށް އަންގަންޖެހޭ ކަމަށް ބޭންކިންގ ޤާނޫނުގައި ބަޔާންކޮށްފައިވޭ، ކޮންމެ ގޮތަކަށް ލިބުނު ނަމަވެސް އެ ފައިސާ ޖަމާވެފައިވަނީ އަދިބު ދޭންޖެހޭ ފައިސާގެ ގޮތުގައި،

21 ޖުލައި 2019 | އާދީއްތަ 14:23
Writer Profile Picture
އަލީ ސަމާޚް
ރައީސް ޔާމިންގެ ދިފާއުން ފާހަގަކުރި ނުކުތާތައް

އެސްއޯއީފް އިން ޖަމާވީ ކޮން ފައިސާއެއް ކަމެއް ނޭނގޭ. މައުލޫމާތު ލިބިފައިވާ ގޮތުން އެއީ އަދީބު ޖަމާކުރި ފައިސާ

21 ޖުލައި 2019 | އާދީއްތަ 14:20
Writer Profile Picture
އަމަން ހަލީމް
ގާޒީ ހައިލަމް

ކުށްކުރި ވަގުތު ބަޔާން ނުކުރެވުނަސް ކޮންމެ ކުށަކީ ވަކި ވަގުތެއް ބަޔާންނުކުރެވޭނެ ކަމަކަށް ވާތީ، ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ފުރަތަމަ ހުށަހެޅުން ބަލައިނުގަންނެވޭނެ

21 ޖުލައި 2019 | އާދީއްތަ 14:16
Writer Profile Picture
ލައިޝާ އަހްމަދު
ދައުލަތުން ފާހަގަކުރި ކަންކަން

ޤާނޫނު އަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާއާ ޚިލާފަށް ރައީސް ޔާމީނަށް ދައުވާ ކޮށްފައިވާ ކަމަށް ދިފާއުން ފާހަގަކޮށްފައިވީ ނަމަވެސް މި ދައުވާ އުފުލާފައިވާނީ ޤާނޫނުއަސާސީގެ ރޫޚާ ޚިލާފަށް ކަމަށް ދައުލަތުން ޤަބޫލު ނުކުރާ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި. އަދި މި މައްސަލައިގެ ތަހުޤީޤުގެ ތެރެއިން އިތުރު ވަރަށް ގިނަ މައްސަލަތަކެއްގެ ތަހުޤީޤު މިހާރުވެސް ކުރިއަށްދާ ކަމަށާއި، ފުލުހުންނާއި، އޭސީސީއާއި ޕްރެސިޑެންޓްސް ކޮމިޝަނުންވެސް ތަހުޤީޤު ކުރަމުންދާއިރު، މިހާރުވެސް އެކަށީގެންވާ ޝައްކެއް ނެތް ވަރަށް ހެކި ހުރިކަމަށް ވިދާޅުވި. އަދި އެ މުއައްސަސާތަކުން ތަހުޤީޤު ކުރަމުން ދިޔަ ނަމަވެސް މި ދައުވާއަކީ ތަހުޤީޤު ފުރިހަމަ ނުވާ ދައުވާއެކޭ ދެންނެވެން ނެތް ކަމަށް ވިދާޅުވި.

21 ޖުލައި 2019 | އާދީއްތަ 14:15
Writer Profile Picture
އަލީ ސަމާޚް
ގާޒީ ހައިލަމް

ޔާމީންއާ ބެހޭ ގޮތުން ދިފާއުން ހުށައަޅާފައިިވާ ދެވަނަ ހުށައެޅުން ބަލައިނުގަންނަން

21 ޖުލައި 2019 | އާދީއްތަ 14:11
Writer Profile Picture
ލައިޝާ އަހްމަދު
ދައުލަތުން ފާހަގަކުރި ކަންކަން

12/2016 ގެ 22 ވަނަ މާއްދާގައި ޖިނާއީ ބޮޑެތި ކުށްތައް މާނަކޮށްފައިވާ ގޮތާއި މި މައްސަލައާއި ހަވާލާ ނުދެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި.

21 ޖުލައި 2019 | އާދީއްތަ 14:09
Writer Profile Picture
އަލީ ސަމާޚް
ރައީސް ޔާމީންގެ ވަކީލު އާސިފް

ދައުލަތަށް ޔަގީން ނުވޭ އެއީ ކޮރަޕްޝަނުގެ ފައިސާ އެއް ކަމެއް. ވަގުތު ނެތުމަކީ ޝަރިޔަށް ކުރިޔަށް ގެންދިޔުމަށް ހުރަހެއް

21 ޖުލައި 2019 | އާދީއްތަ 14:04
Writer Profile Picture
އަމަން ހަލީމް
ދައުލަތުން ފާހަގަކުރި ނުކުތާތައް

ދައުލަތުން ސާބިތުކޮށްދޭން ޖެހެނީ އެ ފައިސާއާއި މެދު އެކަށީގެންވާ ޝައްކެއް އުފެދިފައިވާ ކަން

21 ޖުލައި 2019 | އާދީއްތަ 14:01
Writer Profile Picture
އަމަން ހަލީމް
ދައުލަތުން ފާހަގަކުރި ނުކުތާތައް

ފައިސާއަކީ ކޮރަޕްޝަންގެ ފައިސާ ކަމަށް ދައުލަތަށް ގަބޫލުކުރެވޭ

21 ޖުލައި 2019 | އާދީއްތަ 13:59
Writer Profile Picture
އަމަން ހަލީމް
ޝަރީއަތުން ފާހަގަކުރި ކަންކަން

އެމީހަކު ދުވަހަކު ވެސް އެއްބަސްވާނެތޯ (ޝައްކެއް އޮތް މުއާމަލާތެއް ކަމަށް)

21 ޖުލައި 2019 | އާދީއްތަ 13:58
Writer Profile Picture
އަލީ ސަމާޚް
ރައީސް ޔާމިންގެ ވަކީލުން

ކޮރަޕްޝަންގެ ވަކި އަމަލެއް ކަމެއް ދައުވާ އިން ސާފެއް ނުވޭ. އެކަން ބުނެދޭން ޖެހޭ.

21 ޖުލައި 2019 | އާދީއްތަ 13:58