raajjemv logo
ވަގުތުން

އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ދަތުރުފުޅު

10,749
  • ބޮޑުވަޒީރަށް މަރުހަބާ ދެންނެވުމަށް ރައީސް ސޯލިހުވެސް ޖުމްހޫރީ މައިދާނަށް ވަޑައިގެންފި
  • މި ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދެވޭނެ: ޝާހިދު
  • ބޮޑުވަޒީރު މޯދީއަށް މަރުހަބާ ދެންނެވުމަށް ޖުމްހޫރީ މައިދާނުގައި ތައްޔާރީތައް ކުރިއަށްދަނީ
ލައިޝާ އަހްމަދު
 
ބޮޑުވަޒީރަށް މަރުހަބާ ދެންނެވުމަށް ރައީސް ސޯލިހުވެސް ޖުމްހޫރީ މައިދާނަށް ވަޑައިގެންފި

ބޮޑުވަޒީރަށް މަރުހަބާ ދެންނެވުމަށް ރައީސް ސޯލިހުވެސް ޖުމްހޫރީ މައިދާނަށް ވަޑައިގެންފި

މިއަދު 16:00 ގައި ރައީސް ސޯލިހާ އެކު ބޮޑުވަޒީރު މޯދީގެ ރަސްމީ ބައްދަލު ކުރެއްވުން އޮންނާނެ،

8 ޖޫން 2019 | ހޮނިހިރު 15:57
ލައިޝާ އަހްމަދު
 
މި ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދެވޭނެ: ޝާހިދު

މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައިވާ ޚާރިޖީ ގުޅުން އިތުރަށް ވަރުގަދަވެ އާ ހަރުފަތަކަށް ގެންދެވޭނެ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ

8 ޖޫން 2019 | ހޮނިހިރު 15:55
ލައިޝާ އަހްމަދު
 
ބޮޑުވަޒީރު މޯދީއަށް މަރުހަބާ ދެންނެވުމަށް ޖުމްހޫރީ މައިދާނުގައި ތައްޔާރީތައް ކުރިއަށްދަނީ
ބޮޑުވަޒީރު މޯދީއަށް މަރުހަބާ ދެންނެވުމަށް ޖުމްހޫރީ މައިދާން ތައްޔާރުކުރެވިފައި
ބޮޑުވަޒީރު މޯދީއަށް މަރުހަބާ ދެންނެވުމަށް ޖުމްހޫރީ މައިދާން ތައްޔާރުކުރެވިފައި
8 ޖޫން 2019 | ހޮނިހިރު 15:52
ލައިޝާ އަހްމަދު
 
ބޮޑުވަޒީރު މޯދީއަށް މަރުހަބާ ދެންނެވުމަށް ސަރުކާރުގެ އިސްވެރިން ޖުމްހޫރީ މައިދާނަށް ވަޑައިގެންފި
ބޮޑުވަޒީރު މޯދީއަށް މަރުހަބާ ދެންނެވުމަށް ސަރުކާރުގެ އިސްވެރިން ޖުމްހޫރީ މައިދާނުގައި

ބޮޑުވަޒީރު މޯދީއަށް މަރުހަބާ ދެންނެވުމަށް ނައިބްރައީސް ފައިސަލް ނަސީމާއި، ކެބިނެޓުގެ ވަޒީރުންނާއި، ބަންޑާރަނައިބްގެ އިތުރުންވެސް ސަރުކާރުގެ އިސްވެރިން ޖުމްހޫރީ މައިދާނަށް ވަޑައިގެންފައިވޭ.

8 ޖޫން 2019 | ހޮނިހިރު 15:50
ލައިޝާ އަހްމަދު
 
ބޮޑުވަޒީރު މޯދީ ރާއްޖެވަޑައިގަތުން
ބޮޑުވަޒީރު މޯދީ ރާއްޖެވަޑައިގަތުން

ބޮޑުވަޒީރު މޯދީއަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯރޓުން ވަނީ މަރުހަބާ ދަންނަވާފައި، އެއަށްފަހު ދެ ޤައުމުގެ ލީޑަރުންގެ ޖޮއިންޓް ޕްރެސް ކޮންފަރެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، އެ ކޮންފަރެންސްގެ ކުރިން، އިންޑިއާއިން ހަދިޔާކޮށްފައިވާ ރާޑަރު ސިސްޓަމްތަކުގެ އިތުރުން، ޅ. މާފިލާފުށީގައި ގާއިމުކުރި ސިފައިންގެ ކޮމްޕޮސިޓް ޓްރެއިނިންގ ސިސްޓަމް އިފްތިތާހު ކުރައްވާނެކަމަށް ފޮރިންގ މިނިސްޓްރީ ބުނެފައިވޭ.

8 ޖޫން 2019 | ހޮނިހިރު 15:39
ލައިޝާ އަހްމަދު
 
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބޮޑުވަޒީރު މޯދީއަށް މަރުހަބާ ދަންނަވަނީ

ޝާހިދުގެ އިތުރުން ފިނޭންސް މިނިސްޓަރ އަމީރުވެސް އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯރޓަށް ވަޑައިގެންނެވި

8 ޖޫން 2019 | ހޮނިހިރު 15:32
ލައިޝާ އަހްމަދު
 
ބޮޑުވަޒީރު މޯދީއަށް މަރުހަބާ ދަންނަވަނީ
8 ޖޫން 2019 | ހޮނިހިރު 15:28
ލައިޝާ އަހްމަދު
 
ބޮޑުވަޒީރު މޯދީ ފްލައިޓުން ފައިބާ ވަޑައިގެންފި

ބޮޑުވަޒީރު މޯދީއަށް މަރުހަބާ ދެންނެވުމަށް ފޮރިން މިނިސްޓަރ ޝާހިދުއާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަޑައިގެންފައިވޭ.

ބޮޑުވަޒީރު މޯދީ ފްލައިޓުން ފައިބާ ވަޑައިގަތުމުން އެމަނިކުފާނަށް މާބޮނޑިއެއް އަރުވާފައިވޭ. އަދި ރަތް ދޫލައިގައި އެމަނިކުފާނަށް ވަނީ މަރުހަބާ ދަންނަވާފައި.

8 ޖޫން 2019 | ހޮނިހިރު 15:19
ލައިޝާ އަހްމަދު
 
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަމޯދީ ރާއްޖެވަޑައިގެންފި
މޯދީ ދަތުރުކުރެއްވި ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯރޓުގައި ޖައްސާ މަންޒަރު
8 ޖޫން 2019 | ހޮނިހިރު 15:09
ލައިޝާ އަހްމަދު
 
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަމޯދީ ރާއްޖެވަޑައިގެންފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަމޯދީ ރާއްޖެވަޑައިގެންފި. މޯދީ ދަތުރުކުރެއްވި ފްލައިޓް ދާދި ދެންމެއަކު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯރޓްގައި ވަނީ ޖައްސާފަ

8 ޖޫން 2019 | ހޮނިހިރު 15:07
ލައިޝާ އަހްމަދު
 
ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ލައިވް ކަވަރޭޖް ރާއްޖެޓީވީން ގެނެސްދެނީ
8 ޖޫން 2019 | ހޮނިހިރު 14:05
ލައިޝާ އަހްމަދު
 
ރާއްޖެއަށް ވަޑައިގަތުމަށް ބޮޑުވަޒީރު މޯދީ ކެރެލާގެ ކޮޗި އެއަޕޯރޓުން ފުރާވަޑައިގަތުން
ރާއްޖެއަށް ވަޑައިގަތުމަށް ބޮޑުވަޒީރު މޯދީ ކެރެލާގެ ކޮޗި އެއަޕޯރޓުން ފުރާވަޑައިގަތުން
8 ޖޫން 2019 | ހޮނިހިރު 13:56
ލައިޝާ އަހްމަދު
 
ރާއްޖެއަށް ވަޑައިގަތުމަށް ބޮޑުވަޒީރު މޯދީ ކެރެލާގެ ކޮޗި އެއަޕޯރޓުން ފުރާވަޑައިގެންފި
8 ޖޫން 2019 | ހޮނިހިރު 13:40
ލައިޝާ އަހްމަދު
 
ބޮޑުވަޒީރު މޯދީގެ ދަތުރުފުޅަކީ ރާއްޖެއަށް ލިބޭ ޝަރަފެއް ކަމަށް ފޮރިން މިނިސްޓަރ ވިދާޅުވެފައިވޭ

ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވުމަށްފަހު ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަތުމަކީ ރާއްޖެއަށް ލިބޭ ޝަރަފެއް ކަމަށް އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެއްވަމުން ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައި

8 ޖޫން 2019 | ހޮނިހިރު 13:29
ލައިޝާ އަހްމަދު
 
ބޮޑުވަޒީރު މޯދީގެ ދަތުރުފުޅާ ގުޅިގެން ހޮނިހިރު ދުވަހު ސިނަމާލޭ ބްރިޖް ބަންދު ކުރުމަށް ނިންމާފައެއް ނުވޭ- ފުލުހުން
މާާލެ- ސިނަމާލެ ބްރިޖް
8 ޖޫން 2019 | ހޮނިހިރު 13:19
ލައިޝާ އަހްމަދު
 
ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަންނަވާތީ މާލޭ ސިޓީ މަގުތަކުގައި ވަނީ މަރުހަބާ ދެންނެވުމުގެ ގޮތުން ބެނާރތައް ދަމާފައި
8 ޖޫން 2019 | ހޮނިހިރު 13:16
ލައިޝާ އަހްމަދު
 
ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަންނަވާތީ މާލެ ސިޓީ ޒީނަތްތެރި ކޮށްފައި
8 ޖޫން 2019 | ހޮނިހިރު 13:11
ލައިޝާ އަހްމަދު
 
ބޮޑުވަޒީރު މޯދީއަށް މަރުހަބާ ދެންނެވުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން
ބޮޑުވަޒީރު މޯދީއަށް މަރުހަބާ ދެންނެވުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން
8 ޖޫން 2019 | ހޮނިހިރު 12:59
ލައިޝާ އަހްމަދު
 
މޯދީއަށް މަރުހަބާ ދެންނެވުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން
މޯދީއަށް މަރުހަބާ ދެންނެވުމަށް 1 ނަންބަރު ފާލަން ހުންނަ ސަރަހައްދުގައި އިންޑިއާގެ ދިދަ ޖަހާފައި
8 ޖޫން 2019 | ހޮނިހިރު 12:30
ލައިޝާ އަހްމަދު
 
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަރުހަބާ ދެންނެވުމުގެ ތައްޔާރީތައް
މޯދީއަށް މަރުހަބާ ދެންނެވުމަށް މަޖިލިސް ކުރާ ގެކޮޅު ސަރަހައްދު ޒީނަތްތެރި ކުރަނީ
މޯދީއަށް މަރުހަބާ ދެންނެވުމަށް ވަމުންދާ ތައްޔާރީ ތަކުގެ ތެރެއިން
8 ޖޫން 2019 | ހޮނިހިރު 12:21
ލައިޝާ އަހްމަދު
 
8 ޖޫން 2019 | ހޮނިހިރު 12:16
ލައިޝާ އަހްމަދު
 
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް މޯދީއަށް އަރުވާނީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވަވާ ޚާއްޞަ ރަސްމިއްޔާތުގައި

ރައީސުލްޖުމްހޫރިއްޔާ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މި ޢިއްޒަތް އެރުވުމަށް ނިންމެވީ، ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ އެކުވެރިކަމުގެ ގާތް ގުޅުން އިތުރަށް ބަދަހިކުރައްވައި، ދިވެހި ޤައުމުގެ ކުރިއެރުމަށާއި، ދިވެހި ރައްޔިތުންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް މޯދީ ދެއްވާ ޚާއްޞަ އަހަންމިއްޔަތާއި، އެކި ރޮނގުރޮނގުން ދިވެހިރާއްޖެއަށާއި، ރާއްޖޭގެ ރައްޔިތުންނަށް ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމުގެ އަގު ވަޒަންކުރެއްވުމަށްޓަކައި

8 ޖޫން 2019 | ހޮނިހިރު 12:14
ލައިޝާ އަހްމަދު
 
މިވަގުތު މޯދީ ހުންނެވީ ކެރެލާގައި

މިވަގުތު ހުންނެވީ ކެރެލާގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަން ، މޯދީ ކެރެލާއިން ފުރާވަޑައިގަންނަވާނީ 2:00 ގައި އަދި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރު 3:00 ގައި

8 ޖޫން 2019 | ހޮނިހިރު 11:56
ލައިޝާ އަހްމަދު
 
މިއީ ޤައުމެއްގެ މަޖިލީހުގައި މޯދީ ތަޤުރީރު ކުރައްވާ 11 ފަނަ ފަހަރު.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މިއީ ޤައުމެއްގެ މަޖިލީހުގައި މޯދީ ތަޤުރީރު ކުރައްވާ 11 ފަނަ ފަހަރު. ސައުތު އޭޝިއާގެ ޤައުމުތަކަށް ބަލާއިރު މޯދީ ވަނީ އަފްގާނިސްތާން، ނޭޕާލް، ބޫޓާން، އަދި ސްރީލަންކާގެ މަޖިލީހުގައި ތަޤުރީރު ކުރައްވާފަ. ރާއްޖޭގެ މަޖިލީހުގައި ތަޤުރީރު ކުރެއްވުމުން ސައުތު އޭޝިއާގެ ޤައުމު ތަކުގެ ތެރެއިން މޯދީ ތަޤުރީރު ނުކުރައްވާ ޤައުމުތަކުގެ ގޮތުގައި ހިމެނޭނީ ބަނގްލަދޭޝް އާއި ޕާކިސްތާން

8 ޖޫން 2019 | ހޮނިހިރު 11:24
ލައިޝާ އަހްމަދު
 
މޯދީގެ ދަތުރުފުޅާ ގުޅިގެން އެއާޕޯޓްގެ ފެރީ އާއި ޓެކްސީ މަޑުކުރާ ތަނަށް ބަދަލުގެެނެސްފި

ހޮނިހިރު ދުވަހު މޯދީ ވަޑައިގަންނަވާތީ އެއާޕޯޓްގެ ފެރީ މަޑުކުރާ ތަނަށާއި ޓެކްސީތައް މަޑުކުރާ ތަނަށް ވަނީ ބަދަލު ގެނެސްފައި. އެގޮތުން ހޮނިހިރު ދުވަހުގެ މެންދުރު 12:00 އިން 16:00 އަށް މާލެ އިން ހުޅުލެއަށް ކުރާ ފެރީގެ ދަތުރުތައް ހަމަޖެހިފައި އޮތީ ފުޑްކޯޓް ކައިރީ އޮންނަ ޑިޕާޗާ ޖެޓީން.

އެގަޑިތަކުގައި ޓެކްސީ ދަތުރުތައް ނަގަންޖެހޭނީ ވެސް ފައިބަން ޖެހޭނީ ވެސް މީގެ ކުރިން ޓެކްސީތަކުން މީހުން ފައިބާ ސަރަހައްދުން.

8 ޖޫން 2019 | ހޮނިހިރު 10:54