މަޖިލިސް 19

  • ވޯޓު ގުނުން ކުރިއަށްދާއިރު ބައެއް ވޯޓުފޮށި ތަކުގެ ވަގުތީ ނަތީޖާތައް ދަނީ އިއުލާނުކުރަމުން
  • ވޯޓު ކަރުދާހެއް އިތުރުވުމުގެ ސަބަބުން އޭދަފުށީ ވޯޓު ފޮއްޓެއް ބަންދު ނުކުރެވިފައި
  • ބައެއް ސަރަހައްދުތަކުގައި ވޯޓު ގުނަން ފަށައިފި
 
Writer Profile Picture
ލައިޝާ އަހްމަދު
ވޯޓު ގުނުން ކުރިއަށްދާއިރު ބައެއް ވޯޓުފޮށި ތަކުގެ ވަގުތީ ނަތީޖާތައް ދަނީ އިއުލާނުކުރަމުން

 

6 އޭޕްރިލް 2019 | ހޮނިހިރު 19:12
Writer Profile Picture
ލައިޝާ އަހްމަދު
ވޯޓު ކަރުދާހެއް އިތުރުވުމުގެ ސަބަބުން އޭދަފުށީ ވޯޓު ފޮއްޓެއް ބަންދު ނުކުރެވިފައި
އޭދަފުށީ 2 ނަމްބަރު ވޯޓުފޮށި
6 އޭޕްރިލް 2019 | ހޮނިހިރު 19:03
Writer Profile Picture
ލައިޝާ އަހްމަދު
ބައެއް ސަރަހައްދުތަކުގައި ވޯޓު ގުނަން ފަށައިފި

ވޯޓު ލުމުގެ ކިއޫ 18:00 ގައި ބަންދުކޮށްފައިވާއިރު، ވޯޓު ފޮށިތައް ބަންދުކޮށްފައިވާ ބައެއް ސަރަހައްދުތަކުގައި ވޯޓު ގުނަން ފަށައިފިއެވެ. 

6 އޭޕްރިލް 2019 | ހޮނިހިރު 18:35
Writer Profile Picture
ލައިޝާ އަހްމަދު
ހައެއް ޖެހުމާ ހަމައަށް ވޯޓުލާފައިވަނީ 207360 މީހުން - އިލެކްޝަންސް ކޮމިޝަން

 

6 އޭޕްރިލް 2019 | ހޮނިހިރު 18:26
Writer Profile Picture
ލައިޝާ އަހްމަދު
ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް އާންމު ހާލަތު ރަނގަޅު- ފުލުހުން

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވޯޓުލުން ކުރިއަށްދާއިރު، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް އާންމު ހާލަތު ރަަނގަޅު ކަމަށް ފުލުހުން ބުނެފައިވޭ. އެގޮތުން އަމާންކަމާއި ސުލްހަވެރިކަމާއެކު އިންތިހާބުގެ ކަންކަން ކުރިއަށް ގޮސްފައިވާ ކަމަށް ގިނަ ބަޔަކު ފާހަގަކުރޭ

6 އޭޕްރިލް 2019 | ހޮނިހިރު 18:14
Writer Profile Picture
ލައިޝާ އަހްމަދު
ކިއޫ ބަންދު ކޮށްފި، ރައީސް ޔާމީނު ވޯޓުލާން ވަޑައިނުގަންނަވައި

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވޯޓުލާ ކިއޫތައް ބަންދުކޮށްފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވޯޓުލާން ވަޑައިނުގަންނަވާ ކަން "ރާއްޖެއެމްވީ" އަށް އެނގިއްޖެއެވެ. 

6 އޭޕްރިލް 2019 | ހޮނިހިރު 18:06
Writer Profile Picture
ލައިޝާ އަހްމަދު
ވޯޓުލާ ވަގުތު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވާއިރު ވޯޓު ލުމުގެ ކަންކަން ގޮސްފައިވަނީ ވަރަށް އަމާންކަމާއެކު

 

6 އޭޕްރިލް 2019 | ހޮނިހިރު 17:41
Writer Profile Picture
ލައިޝާ އަހްމަދު
ވޯޓުލީ މީހުންގެ އަދަދު ދެލައްކައަށް އަރައިފި

 މިހާތަނަށް 200464 މީހުން ވޯޓުލައިފި. އެއާއެކު ވޯޓު ނުލާ މީހުންގެ އިންސައްތައަކީ 24.19. 

ވޯޓުލީ ފިރިހެނުންގެ އަދަދަކީ 100673 އަދި އަންހެނުންގެ އަދަދަކީ 99791 

މަޖިލިސް 2019 އަޕްޑޭޓްސް

 

6 އޭޕްރިލް 2019 | ހޮނިހިރު 17:38
Writer Profile Picture
ލައިޝާ އަހްމަދު
ކުރިއަށްމިދާ މަޖިލިސް އިންތިހާބުގައި 60 އިންސައްތަ މީހުން ވޯޓުލައިފި

 

6 އޭޕްރިލް 2019 | ހޮނިހިރު 16:23
Writer Profile Picture
ލައިޝާ އަހްމަދު
މާދަމާ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފި
ރައީސް އޮފީހުން ނެރުނު ބަޔާން
6 އޭޕްރިލް 2019 | ހޮނިހިރު 16:18
Writer Profile Picture
ލައިޝާ އަހްމަދު
ވޯޓުލާ ވަގުތު އިތުރުކުރީ ޤައުމީ ލަފާދޭ ކޮމިޓީގެ އިއްތިފާޤުން

ކުރިއަށް މި އޮތް 2 ގަޑިއިރު ތެރޭގައި ވޯޓު ލުމުގެ ހައްޤު ބޭނުން ކުރެވޭނެ. އީސީން ވޯޓުލާ ވަގުތު އިތުރު ކުރުމަށް ނިންމީ ޤައުމީ ލަފާދޭ ކޮމިޓީގެ އިއްތިފާޤުން ކަމަށް އެ ކޮމިޝަނުގެ މެމްބަރު އަކްރަމް ވިދާޅުވި. އަދި ކިއޫގައި ޖެހޭ މީހުންގެ އަދަދު ކުރިއަށް އޮތް 2 ގަޑިއިރު ތެރޭގައިވެސް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އަކްރަމް ވިދާޅުވި. 

6 އޭޕްރިލް 2019 | ހޮނިހިރު 16:05
Writer Profile Picture
ލައިޝާ އަހްމަދު
ވޯޓުލާ ވަގުތު 18:00 އަށް އިތުރުކޮށްފި

މި ދުވަސްވަރު މޫސުންހުރި ގޮތުން، ހޫނު ގަދަ ވުމުގެ ސަބަބުން ވޯޓު ލުމަށް އަންނަ މީހުން މަދުވެދާނެ ކަަމަށްޓަކައިި، މިއަދު 18:00އާ ހަމައަށް ވޯޓުލުން ކުރިއަށްގެންދަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި

 

 

6 އޭޕްރިލް 2019 | ހޮނިހިރު 15:30
Writer Profile Picture
ލައިޝާ އަހްމަދު
ވޯޓު ކަރުދާސް ފޮޓޯ ނެގުމާއި ދެއްކުން

ގދ. މަޑަވެލިގައި ވޯޓު ކަރުދާސް ފޮޓޯނެގި މީހަކު މަޢުލޫމާތު ސާފުކުރުމަށް ހާޒިރުކުރެވިފައިވޭ އަދި ވޯޓު ކަރުދާސް ދައްކައިގެން ގދ. ރަތަފަންދޫއިން 2 މީހަކު، ގދ. ފަރެސްމާތޮޑާއން އެކަކު ވަނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުކުރެވިފައި- ފުލުހުން

6 އޭޕްރިލް 2019 | ހޮނިހިރު 15:16
Writer Profile Picture
ލައިޝާ އަހްމަދު
ވޯޓުލާން ބާކީ 1 ގަޑިއިރު، ކިއޫގައި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުން

ވޯޓުލާން ބާކީ 1 ގަޑިއިރަށް ވެފައިވާއިރު، އެކި ކަންކޮޅުތަކުގައި ހުރި ވޯޓު ފޮށިތައް ކައިރީގައި ވޯޓުލުމަށް ކިއޫގައި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުން. 

ވޯޓުލުމަށް ކިއޫގައި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުން
6 އޭޕްރިލް 2019 | ހޮނިހިރު 15:02
Writer Profile Picture
ލައިޝާ އަހްމަދު
މަޖިލިސް އިންތިހާބު ކުރިއަށްދާއިރު ފުލުހުން ދަނީ ޓްރެފިކް ކަންކަން ބަލަހައްޓަމުން

 

6 އޭޕްރިލް 2019 | ހޮނިހިރު 14:58
Writer Profile Picture
ލައިޝާ އަހްމަދު
ވީހާވެސް ގިނަ ބަޔަކު ވޯޓުލާންދާން އީސީން އެދިފައިވޭ

މަޖިލިސް އިންތިހާބުގައި މިހާތަނަށް 140،900 މީހުން ވޯޓުލައިފި.ފަހު ވަގުތު ވޯޓުލާން ދިއުމުން ކިއޫގައި ގިނައިރު މަޑުކުރަން ޖެހިދާނެތީ، ވޯޓު ލުމަށް ވީހާވެސް ގިިނަ ބަޔަކު ވީ އެންމެ އަވަހަކަށް ދިއުމަށް އީސީން އެދިވަޑައިގެންފައިވޭ .

މަޖިލިސް 2019 ގެ ފަހުގެ އަޕްޑޭޓްސް

 

6 އޭޕްރިލް 2019 | ހޮނިހިރު 14:55
Writer Profile Picture
ލައިޝާ އަހްމަދު
މިހާތަނަށް ވޯޓުލީ މީހުންގެ އަދަދު 50 އިންސައްތައަށް އަރައިފި

ވޯޓު ލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ތެރެއިން  މިހާތަނަށް 50 އިންސައްތައަށްވުރެ ގިނަ މީހުން ވޯޓުލައިފި. 

މަޖިލިސް 19 ގެ ވޯޓުލުން ކުރިއަށްދަނީ

 

6 އޭޕްރިލް 2019 | ހޮނިހިރު 14:29
Writer Profile Picture
ލައިޝާ އަހްމަދު
ވޯޓު ފޮށިތައް ބަންދުކުރަން ބާކީ ގާތްގަނޑަކަށް ދޮޅު ގަޑިއިރު

ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓް ފޮށިތައް ބަންދުކުރަން ދޮޅު ގަޑިއިރަށް ވެފައިވާ އިރު ވޯޓު ލީ މީހުންގެ އަދަދު ލައްކައަކަށް ވަނީ އަރާފައި. 

މި ފަހަރުގެ އިންތިޚާބުގައި 264442 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދޭ. ރިޔާސީ އިންތިހާބާ ހިލާފަށް މެންދުރާ ހަމައަށް ދިޔައިރު ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުކަން ފާހަގަކޮށްލެވޭ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވެސް ވަނީ އެކަން ފާހަގަކުރައްވާފައެ

 

 

6 އޭޕްރިލް 2019 | ހޮނިހިރު 14:25
Writer Profile Picture
ލައިޝާ އަހްމަދު
ޔޫކޭގައިވެސް ވޯޓުލުން ފެށިއްޖެ

 

6 އޭޕްރިލް 2019 | ހޮނިހިރު 13:59
Writer Profile Picture
ލައިޝާ އަހްމަދު
ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ދަށްވެއްޖެ- ޝަރީފް

 

6 އޭޕްރިލް 2019 | ހޮނިހިރު 13:48
Writer Profile Picture
ލައިޝާ އަހްމަދު
ހއ ހޯރަފުށީގައި ވޯޓުލުން ކުރިއަށްދަނީ
ހއ ހޯރަފުށީގައި ވޯޓުލުން ކުރިއަށްދަނީ
6 އޭޕްރިލް 2019 | ހޮނިހިރު 13:44
Writer Profile Picture
ލައިޝާ އަހްމަދު
ވޯޓުލާ ސަރަަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދެނީ

 

6 އޭޕްރިލް 2019 | ހޮނިހިރު 13:16
Writer Profile Picture
ލައިޝާ އަހްމަދު
ވޯޓުލީ މީހުންގެ އަދަދު ލައްކައަކަށް އަރައިފި

 

6 އޭޕްރިލް 2019 | ހޮނިހިރު 13:11
Writer Profile Picture
ލައިޝާ އަހްމަދު
ވޯޓު ކަރުދާސް ފޮޓޯ ނަގައިގެން ފޭދޫ ސުކޫލުންވެސް 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އައްޑޫ ސިޓީ ފޭދޫ ސްކޫލަށް ވޯޓުލާންދިޔަ ތިން މީހަކު ވޯޓުލުމަށްފަހު ވޯޓް ކަރުދާސް ފޮޓޯ ނެގުމާއި ގުޅިގެން އެތިން މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި- ފުލުހުން

6 އޭޕްރިލް 2019 | ހޮނިހިރު 13:07
Writer Profile Picture
ލައިޝާ އަހްމަދު
މަޖިލިސް އިންތިހާބުގެ ވޯޓުލުމުގެ ކަންކަން ކުރިއަށްދަނީ އަމާންކަމާއެކު ކަމަށް ގިނަ ފަރާތްތަކުން މައުލޫމާތުދޭ

 

6 އޭޕްރިލް 2019 | ހޮނިހިރު 13:02