އަންގާރަ 20 އޮކްޓޯބަރ 2020
03 ހެއި
1442 ރަބީއުލް އައްވަލް 03
ފަތިސް 04:37
އިރުއަރާ 05:49
މެންދުރު 11:55
އަސްރު 15:10
އިރުއޮއްސޭ 17:53
އިޝާ 19:05
ވަގުތުން

ފ.އަތޮޅު ވިއްކާލުން

1,337

ޚުލާސާ

  • އެހެން ދީންތައް އަންނައިރު ވެސް އަޒުމު ކިޔާލަ ކިޔާލާ މިތިބީ
  • މިނިވަން ދައުލަތެއް ހަދާނެ: އަލީ ހުސައިން
  • ބިން ވިއްކައިގެން ވެރިކަން ވެރިކަން ކުރަން ނޭނގެއްޔާ އިސްތިއުފާ ދެއްވާ:އަލީ ހުސައިން

2 މާރޗް 2017 | ބުރާސްފަތި 02:59

03:26

ހުސެން ފިޔާޒް

އެހެން ދީންތައް އަންނައިރު ވެސް އަޒުމު ކިޔާލަ ކިޔާލާ މިތިބީ

ސިފައިންނަށް އިޝާރަތް ކުރައްވައި އަލީ ހުސައިން ވިދާޅުވީ ގައުމު ވިއްކާލައި، އެހެން ދީންތައް ފަތުރާ ހިސާބަށް ދިޔައިރު ވެސް ތިބީ އަޒުމު ކިޔާލަ ކިޔާލައި ކަމަށް. ރައީސް ޔާމީން ކުރައްވާ ކަމަކީ ދިވެހި ފުލުހުން ދަށްކޮށްލަނީ، އެއްވެސް ބާރެއް ނެތް ބައެކޭ. ކަލޭމެންނަށް ދިވެހި ގައުމުގެ ވެރިޔަކު ހޮވުމަށް ވޯޓެއް ވެސް ނުލެވޭނޭ. 

ރާއްޖެ ސަލާމަތްކުރަން ފުރަތަމަ ތެދުވަންޖެހެނީ ސިފައިން. ފ. އަތޮޅު ވިއްކާލައިފި ނަމަ، އެ ވިއްކާލެވެނީ މިނިވަންކަން. އެ ހުޅުވަލަދެނީ އެހެން ދީންތައް ފެތުރުމަށް ދޮރެއް. 

1 މާރޗް 2017 | ބުދަ 22:26

03:22

ހުސެން ފިޔާޒް

މިނިވަން ދައުލަތެއް ހަދާނެ: އަލީ ހުސައިން

ފ. އަތޮޅު ސައުދީ އަރަބިއްޔާއަށް ވިއްކާލައިފި ނަމަ އެތަން އެ ގައުމުގެ އަމިއްލަ ތަނަކަށް ހަދައި، މިނިވަން ދައުލަތެއް ވެސް އުފައްދާނެ. އެކަން ދުނިޔޭގައި ތިބި ބަޔަކަށް ފެންނާނެ. ޔަގީން ކަށަވަރު މިނިވަން ދައުލަތެއް އުފައްދާނެ. ރާއްޖޭގެ މިނިވަންކަން ގެއްލޭނެ. 

1 މާރޗް 2017 | ބުދަ 22:22

03:20

ހުސެން ފިޔާޒް

ބިން ވިއްކައިގެން ވެރިކަން ވެރިކަން ކުރަން ނޭނގެއްޔާ އިސްތިއުފާ ދެއްވާ:އަލީ ހުސައިން

މި ގައުމު ވިއްކައިގެނެއް ނޫން ގައުމު ތަރައްގީ ކުރާނީ. އިކޮނޮމިސްޓަކުންނަކީ ގައުމު ވިއްކައިގެން ގައުމު ތަރައްގީ ކުރާނެ ބައެއް ނޫން. ގައުމުގެ ބިން ނުވިއްކައި ވެރިކަން ހިންގަން ނޭނގޭ ކަމަށް ވަންޏާ އިސްތިއުފާ ދެއްވާފައި ދާންވީ. ރައީސް މައުމޫންވެސް، ރައީސް ނަޝީދު ވެސް، ރައީސް ނަޝީދު ވެސް ރާއްޖޭގެ ވެރިކަން ކުރީ އެންމެ ބިންކޮޅެއް ވެސް ނުވިއްކައި. އިންސާނެއްގެ ވެސް ދެ ކިޑްނީ ހުރޭ. އޭގެ ތޮބީއަތުގައި އަބަދުވެސް މަސައްކަތް ކުރާނީ އެއް ކިޑްނީ. ނަމަވެސް އަނެއް ކިޑްނީއެއް ވިއްކާލަން ނުޖެހޭ

1 މާރޗް 2017 | ބުދަ 22:22

03:16

ހުސެން ފިޔާޒް

ހަދިޔާ ލާންޖެހޭނީ ދައުލަތުގެ މާލިއްޔަތަށް

ސައުދީ އަރަބިއްޔާއިން ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސްވެރިންނަށް ލިބޭ ހަދިޔާ ސީދާ ލާންޖެހޭނީ ދައުލަތުގެ މާލިއްޔަތަށް. އެ ފައިސާ ޖަމާނުކޮށްފި ނަމަ، އެއީ އިސްލާމީ ޝަރީއަތުގައި ބުނާ ގޮތަށް ރަނގަޅު ހަދިޔާއަކަށް ނުވާނެ. 

1 މާރޗް 2017 | ބުދަ 22:17

03:15

ހުސެން ފިޔާޒް

ހަދިޔާ ބޭނުންވެގެން އެ އުޅެނީ

ސަރުކާރުގެ އިސްވެރިން އުޅެނީ މެލޭޝިއާގެ ބޮޑުވަޒީރަށް ލިބިވަޑައިގެންނެވި ގޮތަށް ސައުދީގެ ހަދިޔާ ހޯއްދެވުމަށް. އެ ހަދިޔާ އެކައުންޓްތަކަށް އަންނާނެ. 

1 މާރޗް 2017 | ބުދަ 22:16

03:13

ހުސެން ފިޔާޒް

ރައީސް ޔާަމީން ކަންބޮޑުވެއްޖެ

ދިވެހިރައްޔިތުންގެ ކަންބޮޑުވުން ޓްވިޓާ އާއި އެހެން ގޮތްގޮތުން ފާޅުކުރުމުން، ރައީސް ޔާމީން މިއަދު އެ ވިދާޅުވީ 10 ބިލިއަން ރުފިޔާގެ އިންވެސްޓެމެންޓެކޭ ކުރަނީ. އެއީ އެ މަނިކުފާނު ކަންބޮޑުވީ ރައްޔިތުން މިކަމާ ދެކޮޅުކަން އެނގުމުން 

1 މާރޗް 2017 | ބުދަ 22:15

03:11

ހުސެން ފިޔާޒް

ސައުދީން އުޅެނީ ރައްތައް ތަރައްގީކުރާކަށް ނޫން

ސައުދީ އަރަބިއްޔާއިން އުޅެނީ ރާއްޖޭގެ އަތޮޅުތައް ތަރައްގީކުރާކަށް ނޫން. ބިންތައް ހިއްކުމަށް ފަހު، ތަރައްގީކުރުމަށް ފަހު ބޮޑެތި މަހުޖަނުންނަށް ވިއްކާލަން އެ އުޅެނީ. ގާނޫނު އަސާސީގައި ބުނެފައިވޭ ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ވޯޓަށް އަހަންޖެހޭނެ ކަމަށް. ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ވުރެ ބިން ވިއްކުމުގެ މައްސަލަ މާބޮޑު. ދިވެހިންގެ ޝަރަފާއި ކަރާމަތާ ގުޅިފައިވާ ކަމެއް މިކަމަކީ. ރައީސް ޔާމީން ޖެހޭ ރައްޔިތުންގެ ހިޔާލު ހޯއްދަވަން، ރާއްޖޭގެ ބައެއް ވިއްކާލަން ބޭނުންތޯ. މި ބިންތަކުގެ މިލްކުވެރި ފަރާތްތަކުން އަހަންޖެހޭ، އަގާމެދު މިލްކުވެރިން ގާތުން ސުވާލުކުރަންޖެހޭ. 

1 މާރޗް 2017 | ބުދަ 22:12

03:08

ހުސެން ފިޔާޒް

ދިވެހި ސިފައިންނާއި ފުލުހުންނަށް ނޭރޭނެ

ސައުދީ އަރަބިއްޔާއިން ބުނެފައިވަނީ އެ ގައުމުން ގަނެގެން އާބާދުކުރާ ތަނަށް ދިވެހި ސިފައިންނާއި ފުލުހުންނަށް ނޭރޭނެ ކަމަށް. ދިވެހި ފުލުހުންނާއި ސިފައިންނަށް [އެތަނަކަށް] ނޭރޭނެ. މިތަނުގެ މިނިވަންކަން ގެއްލެންޏާ ގެއްލޭނީ މި ޕްރޮޖެކްޓުން. ދިވެހިރާއްޖެއަށް އެހެން ދީންތައް ފެތުރެންޏާ ފެތުރޭނީ މި ޕްރޮޖެކްޓުން

1 މާރޗް 2017 | ބުދަ 22:12

03:05

ހުސެން ފިޔާޒް

ތާއަބަދަށް ލިބޭ ގެއްލުމެއް

ބިން ހިއްކައިގެން ތަންތަން ވިއްކިޔަސް، މިއީ ތާއަބަދަށް ގައުމަށް ލިބޭ ގެއްލުމެއް. ބިންތައް ހިއްކުމާއެކު ވަގުތުން އެހެން ބަޔަކަށް ލީސްކުރެވޭނެ، ވިއްކަން ވެސް ވިއްކޭނެ. 

1 މާރޗް 2017 | ބުދަ 22:05

03:04

ހުސެން ފިޔާޒް

އެހެން ދީންތައް ފެތުރޭނެ

ސައުދީ އަރަބިއްޔާ އަށް ފ. އަތޮޅު ވިއްކާލުމަކީ އެހެން ދީންތައް ރާއްޖޭގައި ފެތުރުމަށް ހުޅުވޭ ފުރުސަތެއް. ސައުދީ އަރަބިއްޔާއިން ބިން ގަތުމަށް ފަހު، ޔަހޫދީންނަށް ވެސް ބިންތައް ވިއްކޭނެ. އެކަމަށް ހުރަހެއް ނެތް. ޔަހޫދީން މިރާއްޖޭގައި އޭރުން ވަޒަންވެރިވާނެ

1 މާރޗް 2017 | ބުދަ 22:05

03:01

ހުސެން ފިޔާޒް

ފަލަސުރުހީ

މިރޭގެ ފަލަސުރުހީގެ މެހްމާނަކީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން. މާއުލޫއަކީ ފ. އަތޮޅު ވިއްކާލުން

 

 

1 މާރޗް 2017 | ބުދަ 22:02

02:59

ރާއްޖެ އެމްވީ

ފ.އަތޮޅު ވިއްކާލުން

1 މާރޗް 2017 | ބުދަ 22:00

ހުސެން ފިޔާޒް

hussainfiyaz

ރާއްޖެ އެމްވީ

raajjemv

03:26
އެހެން ދީންތައް އަންނައިރު ވެސް އަޒުމު ކިޔާލަ ކިޔާލާ މިތިބީ
03:22
މިނިވަން ދައުލަތެއް ހަދާނެ: އަލީ ހުސައިން
03:20
ބިން ވިއްކައިގެން ވެރިކަން ވެރިކަން ކުރަން ނޭނގެއްޔާ އިސްތިއުފާ ދެއްވާ:އަލީ ހުސައިން
03:16
ހަދިޔާ ލާންޖެހޭނީ ދައުލަތުގެ މާލިއްޔަތަށް
03:15
ހަދިޔާ ބޭނުންވެގެން އެ އުޅެނީ
03:13
ރައީސް ޔާަމީން ކަންބޮޑުވެއްޖެ
03:11
ސައުދީން އުޅެނީ ރައްތައް ތަރައްގީކުރާކަށް ނޫން
03:08
ދިވެހި ސިފައިންނާއި ފުލުހުންނަށް ނޭރޭނެ
03:05
ތާއަބަދަށް ލިބޭ ގެއްލުމެއް
03:04
އެހެން ދީންތައް ފެތުރޭނެ
03:01
ފަލަސުރުހީ
02:59
ފ.އަތޮޅު ވިއްކާލުން