ވޯޓް ރަޖިސްޓްރީ ކުރުމަށް ހުށައަޅާފައިވާ ފަރާތަކަށް ޕީޕީއެމް އޮފީހުން ގުޅި ކަމަށް ބުނާ ކޯލް ރެކޯޑިންތަކެއްގެ އަޑު ޖަލްސާގައި ވަނީ އިއްވާފައި.
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު: ރީ ރަޖިސްޓްރީ ފޯމްތަކުން ވެސް ވަނީ ވައްކަން ކުރަން ފަށާފައި. ރައީސް ޔާމިންގެ އެކައުންޓަށް ވަން އެއް މިލިއަން ޑޮލަރު ނަގާފައިވާ ކަމުގެ ސްޓޭޓްމެންޓްތައް އޭސީސީގައި އެބަހުރި. ވައްކަން ކުރުމުގައި ވަކި ދާއިރާއެއް ނެތް. ހާއްސަ އެހީއަށް ބޭނުންވާ މީހުނަށް ދޭ އިނާޔަތް ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހަށް މަކުނުދޫ ދާއިރާގެ މެމްބަރު ހުށައެޅުއްވުމުން އެކަން ނުކޮށްފައި، މިހާރު އުޅެނީ އެ ފިކުރު ނަގައިގެން.
އަލީ ޒާހިރު:ވޯޓު ގުނުމަށްފަހު ވަގުތީ ނަތީޖާ ވޯޓުލާ މަރުކަޒުގައި ގުނުމަށްފަހު ނަތީޖާ ލިޔެފައި އެ މަރުކަޒުގައި ތަތްކުރަން ޖެހޭނެ. ގާނޫނުގައި އޮތީ އެގޮތައް. އިންތިހާބު އޮޅުވާލަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އިރާދަ ކުރެއްވިއްޔާ އިންތިހާބުން އަޅުގަނޑުމެން މޮޅުވާނަން