ގުޅިފައިވާ ޕާޓީތަކުން ދިއްގަރުގައި ބާއްވާ ޖަލްސާ

  • ފިނި ކޮޓަރީގައި ބޮޑާކަން މަތީ ތިބެ ސަރުކާރު ހިންގުމަކީ އަޅުގަނޑުމެންގެ ވިސްނުމަށް ވެސް އަންނާނެ ކަމެއް ނޫން: ފައިސަލް
  • ރައީސް ޔާމިންގެ އަނިޔާވެރިކަމަށް ނޫނެކޭ ބުނާނެކަން ޔަގީން: ފައިސަލް
  • މި ތިބީ އިންތިހާބު ފަސްކުރަން ފުރުސަތު ދޭކަށް ނޫން: ހިސާން
 
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ފިނި ކޮޓަރީގައި ބޮޑާކަން މަތީ ތިބެ ސަރުކާރު ހިންގުމަކީ އަޅުގަނޑުމެންގެ ވިސްނުމަށް ވެސް އަންނާނެ ކަމެއް ނޫން: ފައިސަލް

ފައިސަލް:

ދިއްގަރުގައި ބާއްވަމުންދާ ޖަލްސާގެ ތެރެއިން

. އަޅުގަނޑުމެން ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއް ނުގެން ގުޅޭނަން. މިފަހަރު ރައީސް ޔާމިނަށް ނޫނެކޭ ބުނެފިނަމަ އަޅުގަނޑުމެން ދާނީ ބޭރުގެ އަޅުވެތިކަމަކަށް. އަޅުގަނޑުމެންގެ ރައްޔިތުނަށް ލިބޭ އަނިޔާ ހުއްޓުވަން އެބަ ޖެހޭ. ބިރެއް ނެތި ވަޒީފާ އަދާކުރެވޭނެކަން ކަށަވަރު ކުރަން އެބަ ޖެހޭ. ނުހައްގުން ވަޒީފާއިން ވަކި ކުރި މީހުނަށް ވަޒީފާ އަނބުރާ ހޯދަދޭނަން.

5 އޯގަސްޓް 2018 | އާދީއްތަ 22:56
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ރައީސް ޔާމިންގެ އަނިޔާވެރިކަމަށް ނޫނެކޭ ބުނާނެކަން ޔަގީން: ފައިސަލް

ފައިސަލް ނަސީމް: 23 ސެޕްޓެމްބަރުގައި ރައީސް ޔާމިންގެ އަނިޔާވެރިކަމަށް ނޫނެކޭ ބުނާނެކަން ޔަގީން. ރައީސް މައުމޫނު ޖަލުގައި އޮތުމަކީ ދިއްގަރު ދާއިރާގެ ރައްޔިތުން ގަބޫލު ކުރާނެ ކަމެއް ނޫން. އިސްލާހީ މަސައްކަތްކުރާ ކޮންމެ މިހަކީ ޖަލު ގޮޅީގައި އިންނަން ޖެހޭ މީހެއް ކަމަށް މި ވަނީ ހަދާފައި

ފައިސަލް ނަސީމް: ވެރިކަމަށް ގެންނަން އުޅޭ މީހަކީ އަނިޔާވެރިއެއްތޯ ބަލަން ޖެހޭ، އިބްރާހިމް މުހައްމަދު ސޯލިހަކީ ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތް ކުރައްވާ ރައްޔިތުންނަށް ވަރަށް އިހްތިރާމް ކުރައްވާ ބޭފުޅެއް. މީގެ ކުރިން ނުކުރާހާ މަސައްކަތް މި އިންތިހާބު ކާމިޔާބު ކުރުމަށް ކުރަން ޖެހޭ.

5 އޯގަސްޓް 2018 | އާދީއްތަ 22:52
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
މި ތިބީ އިންތިހާބު ފަސްކުރަން ފުރުސަތު ދޭކަށް ނޫން: ހިސާން

އެމްޑީޕީގެ ލީގަލް ޑިރެކްޓަރ ހިސާން ހުސެއިން:- ބޭ އިންސާފާ އަނިޔާވެރިކަމުގެ ނަތީޖާ މި ދާއިރާއިން ދަނި ދެކެމުން. އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ ބޭ އިންސާފާ އޮޅުވާލުމުން ސަލާމަށްކުރުން. އަމިއްލަ ބޭބެއާމެދު ކުލުނެއް ނެތް ބޭފުޅަކާމެދު އަމަލު ކުރަމުންދާ ގޮތާމެދު ނަޒަރު ހިންގާލުމުން އެނގެނީ ރައީސް ޔާމިންގެ ވެރިކަމުން އެއްވެސް މީހަކަށް އިންސާފެއް ނުލިބޭނެކަން. އަޅުގަނޑުމެން އައިސް މި ތިބީ އިންސާފުވެރި ވެރިކަމެއް ބޭނުމޭ ބުނަން.

ހިސާން: އޯގާތެރިކަމާއެކު ވެރިކަމެއް ކުރާނަމަ މިހާރު ގައުމަށް ދިމާވެފައިވާ މައްސަލަތަކެއް ދިމައެއް ނުވާނެ. މިއަދު މަސައްކަތް ކުރަނީ އޯގާތެރިވެރިކަމެއް ކުރެވޭތޯ. އަޅުގަނޑުމެނަކަށް ނުފެނޭ ރައްޔިތުންގެ ގާތައް ގޮސް ވޯޓެއް ހޯދަން އުޅޭ ތަނެއް.

ހިސާން: ފޭސްބޫކްގައި ސްޓޭޓަސް ޖަހާ އުސޫލަކީ ދައުލަތުގެ ސިއްރު ހާމަ ކުރަން އޮންނަ އުސޫލެއް ނޫން. މިނިސްޓަރ ޝަރީފު އެ ލިޔުއްވީ ހަގީގީ ވާހަކައެއް ނޫން. އަޅުގަނޑުމެން މި ތިބީ އިންތިހާބު ފަސްކުރަން ފުރުސަތު ދޭކަށް ނޫން. އެއްވެސް ރައްޔިތަކު އެ ފުރުސަތެއް ނުދެއްވާނެ.

5 އޯގަސްޓް 2018 | އާދީއްތަ 22:44
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ރައީސް މައުމޫނުގެ ހިދުމަތް ގިނަ ބަޔަކު ބަކައިގަނޭ: އަބްދުﷲ ކަމާލުއްދީން

ރައީސް މައުމޫން ފެކްޝަނުގެ އަބްދުﷲ ކަމާލުއްދީން:- ރައީސް މައުމޫނު ޖަލުގައި އޮންނަވާތީ އެތައް ރައްޔިތަކު ހިތާމަކުރޭ. އިސްލާހީ މަސައްކަތްކުރުމުގައި ރައީސް މައުމޫނުގެ މަސައްކަތް ގިނަ ބަޔަކު ބަލައިގަނޭ. އެކަމަނިކުފާނުގެ ހިދުމަތައް ޝުކުރުވެރިވާން ޖެހޭ. ސަރުކާރުގައި ތިބި މީހުންވެސް ރައީސް މައުމޫނަށް އިހްތިރާމް ކުރޭ.

5 އޯގަސްޓް 2018 | އާދީއްތަ 22:32
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ރައީސް ޔާމިންގެ ވެރިކަން ނިންމަން ޖެހޭނީ އިންތިހާއަށް އަނިޔާވެރިވެފައިވާތީ.: މަލީހު

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު މަލީހް ޖަމާލު:- ރައީސް ޔާމިންގެ ވެރިކަން ނިންމަން ޖެހޭނީ އިންތިހާއަށް އަނިޔާވެރިވެފައިވާތީ. ރައީސް ޔާމިން ވެރިކަމަށް ދެން އިންތިހާބުވެއްޖެ ނަމަ ވ.އަތޮޅެއް ނޯންނާނެ. ރައީސް ޔާމިނަށް އިތުބާރު ކުރަން ހެޔޮނުވާނެ

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު މަލީހް ޖަމާލު: ޕީޕީއެމް އެމްއެއް މިހާރު ނެތް. ޕީޕީއެމްގައި ވަކާލާތު ކުރެއްވި ބޭފުޅުން ތިއްބެވީ ޖަލުގައި.

5 އޯގަސްޓް 2018 | އާދީއްތަ 22:24
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
މިހާރު އޮތް އިލެކްޝަންސް ކޮމިޝަނުގެ ކިބައިން ހެވަކަށް ނޭދެން އެ ކޮމިޝަނުގެ މެމްބަރަކު ވިދާޅުވި: ވާފިރު

އާދާލަތު ޕާޓީގެ ރަޖިސްޓްރާ ހުސެއިން ވާފިރު: ލީޑަރުން ތިބީ ޖަލުގައި، މި ހާލަތުން އަރައިގަނެވޭނެ އިރާދަ ކުރެއްވިއްޔާ 23 ސެޕްޓެމްބަރުގައި. އޭގެ ފަހުން އިންސާފު ހޯދަދޭން މަސައްކަތް ކުރާނަން. ދިއްގަރަށް އަޅުގަނޑުމެން ކަންކަން ކޮށްދޭނަން

ހުސެއިން ވާފިރު: ރީ ރަޖިސްޓްރީ ކުރުމަށްފަހު ޗެކް ކުރަން ޖެހޭނެ. އިލެކްޝަންސް ކޮމިޝަނުގެ ބޭފުޅަކު ވިދާޅުވި މިހާރު އޮތް އިލެކްޝަނުން ހެވަށް ކަމެއް ވާނެ ކަމަށް އުއްމީދު ނުކުރުމަށް. އަދާލަތު ޕާޓީއަށް ފައިސާ ދޭން ޖެހޭ ކަމަށް އެ މެމްބަރުން ގަބޫލުކުރި، އެކަން ނުވާނެ ކަމަށް. އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދަދޭން މަސައްކަތް ކޮށްދޭނަން

5 އޯގަސްޓް 2018 | އާދީއްތަ 22:19
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ދިއްގަރު ދާއިރާއަށް ފާރިސް ހޮވުނީ ރައީސް ޔާމިންގެ ތާއިދަކުން ނޫން: މައުމޫނުގެ ވަކީލު

މައުމޫނުގެ ވަކީލު މުހައްމަދު ފައިސަލް: ރައީސް މައުމޫނު އެދެނީ ކޯލިޝަނުގެ ކެންޑިޑޭޓް އިބޫ އަށާއި ފައިސަލަށް ތާއިދު ކޮށްދިނުމަށް. ފާރިސްއަށް ވެސް ދެނީ އަނިޔާ ދެމުން. އަޅުގަނޑަކަށް ނޭނގޭ މި ދާއިރާއަށް މި ސަރުކާރުން އެހާ ނަފުރަތު ކުރަނީ ކީއްވެކަމެއް.

ދިއްގަރުގައި ބާއްވާ ޖަލްސާގެ ތެރެއިން

މައުމޫނުގެ ވަކީލު: ފާރިސް މެމްބަރު ކަމަށް އިންތިހާބުވީ މިހާރުގެ ރައީސްގެ ތާއިދަކުން ނޫން. ރައީސް ޔާމިނަކީ އެއްވެސް އިރެއްގައި ތާއިދެއް އޮވެގެން އިންތިހާބުވި ބޭފުޅެއް ނޫން.

5 އޯގަސްޓް 2018 | އާދީއްތަ 22:11
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
އަޅުގަނޑުމެން ނިކުމެ މި ތިބީ ރައްޔިތުން ވަރަށް ނަފުރަތުކުރާ ބަޔަކާ ދެކޮޅަށް: ނިޒާރު

މެމްބަރުން ނިޒާރު: ވެރިއަކަށް އިހްތިޔާރު ކުރަން ޖެހޭނީ އޯގާތެރިކަމާއެކު ވެރިކަން ކުރާނެ ވެރިއެއް. ކޯލިޝަނުން ގެންނާނީ އިރާދަކުރެއްވިއްޔާ އެފަދަ ވެރިކަމެއް. މިއީ ވަރަށް މުހިންމު ވަގުތެއް. މި ވަގުތުގެ ބޭނުން ކޮންމެ ބޭފުޅަކު އެބަ ޖެހޭ ހިފަން. މި ނޫން ގޮތަކަށް ގައުމަށް އަމާންކަމާ އޮމާން ކަމެއް ލިބިގެންދާކަށް ނެތް. އަޅުގަނޑުމެން އެންމެން މި ތިބީ އެކައްޗެއް ކިޔައިގެން. އަޅުގަނޑުމެން ނިކުމެ މި ތިބީ ރައްޔިތުން ވަރަށް ނަފުރަތުކުރާ ބަޔަކާ ދެކޮޅަށް

5 އޯގަސްޓް 2018 | އާދީއްތަ 22:04
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ވެރިންގެ ކިބައިން ދަނި އިންސާނީ ސިފަވަންތަކަން ގެއްލެމުން: ނިޒާރު

ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރު:- ވެރިކަމުގެ އެންމެ މުހިންމު ކަމަކީ އަދުލުވެރިކަން ދެމެހެއްޓުން. އަދުލުވެރިކަމެއް ނެތް ތަނެއްގައި ހައްގުތައް ހަމަ ހަމަކަމާއެކު ނުފެންނާނެ. އޭގެ ބަދަލުގައި އެ ފަދަ މުޖުތަމައުގެ ތެރޭގައި އޮންނާނީ އަރާރުންވުމާއި ބަދަލު ހިފުން

މެމްބަރު ނިޒާރު: ވެރިއަކު ހޮވުމަށް ނިކުންނައިރު ކޮންމެ މީހަކު ވެސް ހިޔާލަށް ގެންނަން ޖެހޭ ގައުމުގެ ހާލަތު އޮތީ ކިހިނެތް ތޯ. ގައުމުގެ ހާލަތާމެދު ވިސްނާލީމަ ލޮލުން ކަރުނަ އާދޭ. ވެރިންގެ ކިބައިން ފެނިގެން ދަނީ އިންސާނީ ކަމުގެ ސިފަވަންތަކަން ބީވެގެންދާތަން. ވެރިންގެ ކިބައިން ފެންނަނީ އަނިޔާވެރިކަން.

5 އޯގަސްޓް 2018 | އާދީއްތަ 21:58
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ދިއްގަރުގައި އިދިކޮޅު ކޯލިޝަނުން ބާއްވާ ޖަލްސާ

މ.ދިއްގަރުގައި ބާއްވާ ޖަލްސާ އަކީ މިރަށުގައި ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނުން ބާއްވާ ފުރަތަމަ ޖަލްސާ އެވެ.

މިރޭގެ މި ޖަލްސާގައިވާހަކަ ދައްކަވާ  ބައެއް ބޭފުޅުންގެ ތެރޭގައި:-

އިބްރާހިމް މުހައްމަދު ސޯލިހް ރަނިމޭޓް ފައިސަލް ނަސމް

ރައްޔިތުންގެ މަޖިލިހުގެ ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރު

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނުގެ ގާނޫނީ ވަކީލް މުހައްމަދު ފައިސަލް

އާދާލަތު ޕާޓީގެ ރަޖިސްޓްރާ ހުސެއިން ވާފިރު

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު މަލީހް ޖަމާލު

ރައީސް މައުމޫން ފެކްޝަނުގެ އަބްދުﷲ ކަމާލުއްދީން

އެމްޑީޕީގެ ލީގަލް ޑިރެކްޓަރ ހިސާން ހުސެއިން

5 އޯގަސްޓް 2018 | އާދީއްތަ 21:52