ފަލަ ސުރުޚީ

  • ރައީސް ޔާމީނަށް އެންމެ ގިނަވިޔަސް ލިބޭނީ 28 ޕަސެންޓް ވޯޓު
  • މަޖިލިހަށް ނުވަންނަނީ އެތަކެއް ރައްޔިތުންގެ ހައްގުތައް ގެއްލޭތީ
  • ޖޭޕީގެ ރަނިންމޭޓެއް އޮންނަ އިރުގައި އަޅުގަނޑުމެންގެ ބަހެއް އޮންނަން ޖެހޭ ކަމަށް ގަބޫލު ކުރަން
 
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ރައީސް ޔާމީނަށް އެންމެ ގިނަވިޔަސް ލިބޭނީ 28 ޕަސެންޓް ވޯޓު

ރައީސް ޔާމީނަށް ގަދަބާރުން ވޯޓު އޮޅުވާލައިގެން ހުރިހާ ސަކަރާތެއް ޖަހައިގެންވެސް ލިބޭނީ 28 ޕަސެންޓް ވޯޓް. އެއަށްވުރެ އިތުރަށް ލިބޭނޭކޭ ނުބުނާނަން.

3 ޖުލައި 2018 | އަންގާރަ 22:12
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
މަޖިލިހަށް ނުވަންނަނީ އެތަކެއް ރައްޔިތުންގެ ހައްގުތައް ގެއްލޭތީ

އަޅުގަނޑުމެން މަޖިލިސް ބޮއިކޮޓް ކޮށްގެން މިއުޅެނީ 60،000 ރައްޔިތުން ތަމްސީލު ކުރާ 12 މެމްބަރުން ބައިވެރި ނުކޮށް ބޮޑެތި ނިންމުންތައް ނިންމާތީ. ޣައިރު ގާނޫނީ ގޮތުން މަޖިލީހުގެ ރައީސް އިންނެވީ. އަޅުގަނޑުމެން ނެތިން އެއަށް ޖާގަ ދޭކަމަށް. އެހެންވެ އަޅުގަނޑުމެން ބޮއިކޮޓް ކޮށްގެން މިއުޅެނީ. 

3 ޖުލައި 2018 | އަންގާރަ 22:08
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ޖޭޕީގެ ރަނިންމޭޓެއް އޮންނަ އިރުގައި އަޅުގަނޑުމެންގެ ބަހެއް އޮންނަން ޖެހޭ ކަމަށް ގަބޫލު ކުރަން

ސަރުކާރުން އިބޫއަށް މަރުހަބާ ކީ އެބފުޅުންނަށް ހީވަނީ އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުފެއްދިދާނެކަމަށް. އިލެކްޝަނެއް ބާއްވައިގެން އެމްޑީޕީގެ ކެންޑިޑޭޓެއް އޮވެގެން އަޅުގަނޑުމެން ބޮޑުތަނުން ބަލިކުރާނަން. 

ކޯލިޝަންތެރޭގައި އަޅުގަނޑުމެން ނިންމާފައި އޮތީ ރަނިންމޭޓެއް ނެރުމަށް އެޕާޓީއަށް ދިނުމަށް. އަޅުގަނޑުމެންގެ ކަންބޮޑުވުން އެބައޮތް އެޕާޓީން ރަނިންމޭޓެއް ނުދައްކާތީ. ލަސްވާ ލަސްވުމަށް އަޅުގަނޑުމެން ކަންބޮޑުވަން. ރަނިންމޭޓަކަށްވެސް އެޕާޓީގެ ރުހުން އޮންނަން ޖެހޭނެކަމަށް އެއްބަސްވީ. ޖޭޕީގެ ރަނިންމޭޓެއް އޮންނަ އިރުގައި އަޅުގަނޑުމެންގެ ބަހެއް އޮންނަން ޖެހޭނެ. އެއީ އަޅުގަނޑު ގަބޫލުކުރާގޮތް

ލިޑަޝިޕުން ނިންމާނީ ރަނިންމޭޓަކަށް. ގަބޫލު ކުރާގޮތުގައި ކޯލިޝަން ހަދައިގެން އުޅެނީ މި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް.

 

3 ޖުލައި 2018 | އަންގާރަ 22:03
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
އެމްޑީޕީން އަބަދުވެސް ކުޅެނީ ހަކުޅި ކުޅިއަށް

އެއްވެސް ޝައްކެއް އޮތްކަމެއް ނެތް ރާއްޖޭގެ ބޮޑުބައެއްގެ ތަރުހީބު ލިބޭ އެއް ފަރާތެއް ރައީސް ނަޝިދަކީ. އިނގިރޭސި ބަހުން ބުނާނަމަ ވަަން އިން އަ މިލިއަން. ރައީސް ނަޝީދުގެ ކެންޑިޑެންސީއަށް ބަލާއިރު މިވަގުތުގެ ހާލަތަށް ބަލާއިރު މިސާލަކަށް ރައީސް ނަޝީދަށް ކެންޑިޑެންސީ ނުލިބިއްޖެ ކަމުގައި ވާނަމަ މާދެރަވެދާނެތީ އިބޫއަށް ސަޕޯޓު ކުރީ، 

އަދިވެސް އަޅުގަނޑުމެން ގަބޫލުކުރަން ރައީސް ނަޝީދުގެ ނަން އޮންނާނެކަމަށް،

3 ޖުލައި 2018 | އަންގާރަ 21:56
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
އެމްޑީޕީގެ ކާމިޔާބަކީ ޚިޔާލު ތަފާތުވުން

ޑިމޮކްރަޓިކް ނިޒާމުގެ ތެރެއިން އެމްޑީޕީގެ ޚިޔާލު އަބަދުވެސް ތަފާތު. އަބަދުވެސް ޚިޔާލު ތަފާތުވެ ވާހަކަ ދައްކާ. ބޭނުންވަރަކަށް ޒުވާބުވެސް ކޮށްގެން ވަރަށް ގިނައިން ވާހަކަ ދައްކައިގެން ރަނގަޅު ނިންމުމަކާއި ހަމައަށް އަޅުގަނޑުމެންގެ ތެރެއިން ބަޔަކަށް ވިސްނޭ ވިސްނުން އެއީ އެމްޑީޕީގެ ކާމިޔާބަކީ. ބައެއް ބޭފުޅުން ވިދާޅުވޭ ރައީސް ނަޝީދުގެ ވސިްނުން ކަމަށް އެމްޑީޕީގެ އޮންނަނީ. ރައީސް ނަޝީދުގެ ގިނަ ވިސްނުންފުޅަކީ ރަނގަޅު ވިސްނުންކަމަށް ވާތީ އަޅުގަނޑުމެން އެގޮތަށް ކަންތައްތައް ކުރަނީ. ވަރަށް ޚިޔާލު ތަފާތު ޕާޓީއެއް އެމްޑީޕީއަކީ

3 ޖުލައި 2018 | އަންގާރަ 21:52
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
އިގްތިސާދު ކުރިއަރާނީ ވިޔަފާރީގައި ފައިސާ ވެގެން

ކަރަޕްޝަން ބޮޑުކަމުން ގޮސް އިގްތިސާދު ނުހިންގޭނެ ވިޔަފާރި ކުރި ނާރައެއް. ކޮންމެ މަހަކު ދެތިން ކޮންސްޓްރަކްޝަން ކުންފުނި ބަންދު ކުރަން ޖެހޭ. މިއަދު މިގައުމުގެ އިގްތިސާދު މިއޮތް ހާލަތަކީ ކޮންމެ ސަރުކާރެއް އައިކަމުގައި ވިއަސް އުނދަގޫ ފައްތަރެއްގައި. ރައީސް ޔާމީން އަލުން ގަދަބާރުން ވެރިކަމަށް އައިކަމުގައި ވިއަސް މިއަދު މިއޮތް ސަރުކާރު ހިފެހެއްޓޭނެ ކަމަށް ގަބޫލު ނުކުރެވޭ. 

3 ޖުލައި 2018 | އަންގާރަ 21:49
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ގާނޫނު ނަގަހައްޓަން ޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވި، އެހެން ނަމަވެސް އެކަމެއް ނުފެނޭ

ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭނެ ރައީސްޔާމީން ވިދާޅުވާ ކަންތައްތަކާއި އެމްޑީޕީން ކުރާނެ ކަންތައްތައް.

ފެބްރުއަރީ 7 ގައި ރައީސް ޔާމީން ދެއްވި ސްޕީޗުގައި ވިދާޅުވި ގާނޫނު ނަގަހައްޓަންޖެހޭކަމާއި ވާހަކަތައް. އެކަމަކު މިސަރުކާރުން އެކަންތަކެއް ނުފެނޭ.

3 ޖުލައި 2018 | އަންގާރަ 21:46
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
އިތުރު ޓެސްޓަކު ބައިވެރިވުމުގެ ހައްގެއް ޔާމީނަކަށް ނެތް

ޔާމީން ވިދާޅުވޭ ހަމަޖެހުން ގެނުވާފައިވާކަމަށް. އެމްޑީޕީ ސަރުކާރުގައި ކޮށްފައިވާ މިންވަރަށް ތަރައްގީއެއް މި ސަރުކާރުގައި ކުރެވިފައެއް ނެތް.

ޔާމީން ވެރިކަން ކުރި އިރުގައި މިއަދުގެ މަތިން ހަނދާން ނައްތާލައި މިހާރު އެހެރީ ރައްޔިތުންގެ ކައިރިއަށް އަންނަން ޖެހިފައި. 

 

3 ޖުލައި 2018 | އަންގާރަ 21:42
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ފައްޔާޒު އިސްމާއިލް

މިރޭގެ ފަލަ ސުރުޚީގައި ބައިވެރިވެވަޑައިގަންނަވަނީ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް

3 ޖުލައި 2018 | އަންގާރަ 21:40