ވަގުތުން: ފަލަ ސުރުޚީ

  • ކޮރަޕްޝަނާއި ހެދި ކުރި ވިޔަފާރިތައް ދަނީ ނެތިގެން
  • ލަންކާއަށް ޗައިނާއިން ހެދި ގޮތް ރާއްޖެއަށްވެސް ވެދާނެ
  • އިގްތިސާދީ މާހިރަށް އިގްތިސާދު މެނޭޖެއް ނުކުރެވޭ
 
Writer Profile Picture
އާމިނަތު ނުޒުހާ
ކޮރަޕްޝަނާއި ހެދި ކުރި ވިޔަފާރިތައް ދަނީ ނެތިގެން

މިއަދު ސްރީލަަންކާއަށް އެގައުމުގެ ބާރެއް ނުހިނގާ، ވޯޓެއް ދޭން ވިޔަސް ޗައިނާއިން ބޭނުންވާ ގޮތަށް. ދިވެހި ކުރި ވިޔަފާރިތައް ދުވަހުން ދުވަހަށް ދަނީ ދަށަށް. ބަނގުރޫތް ވުމާއި ދިމާލަށް. ވެރިކަން ބަދަލުވެއްޖެ ނަމަ ހެއު ވެރިކަމުގެ ނިޒާމެއް އަޅުގަނޑުމެންނަށް ލިބޭނެ. އެމްޑީޕީ ބައިވެރިވާ ގޮތަށް އޭރު 2008 ވަނަ އަހަރު ބޭއްވި އިންތިޚާބާއި އެކު ބޭރުން ރާއްޖެއާއި މެދު ދެކުނު ގޮތް ވަރަށް ބޮޑަށް ބަދަލުވި ތަސައްވުރު ދިޔައީ ރަނގަޅުވެގެން

28 ޖޫން 2018 | ބުރާސްފަތި 22:11
Writer Profile Picture
އާމިނަތު ނުޒުހާ
ލަންކާއަށް ޗައިނާއިން ހެދި ގޮތް ރާއްޖެއަށްވެސް ވެދާނެ

ޗައިނާގެ މަކަރުވެރި ރޭވުމުގެ ސަބަބުން މިއަދު ލަންކާ އޮތީ ޗައިނާއަށް ދަރާފައި. މިއަދު އެގައުމަށް ވަންނަ 100 ޑޮލަރަކުން 95 ޑޮލަރު ދޭން ޖެހިފައި އޮތީ ޗައިނާއަށް. މި ގައުމަށް އިގްތިސާދީ ގޮތުން ލިބުނު އެއްވެސް ކުރިއެރުމެއް ހަގީގަތުގައި ނެތް، ލަންކާއަށް ވީ ފަދަ ގޮތެއް ރާއްޖެއަށް ވާން މި ދަނީ

28 ޖޫން 2018 | ބުރާސްފަތި 22:01
Writer Profile Picture
އާމިނަތު ނުޒުހާ
އިގްތިސާދީ މާހިރަށް އިގްތިސާދު މެނޭޖެއް ނުކުރެވޭ

ސަރުކާރުން ޗައިނާގެ ކުންފުނިތަކަށް ޕްރޮޖެކްޓްތައް ދެމުން ދަނީ، އިގްތިސާދަށް ވާގޮތެއް ބެލުމެއް ނެތް. އެކަން ކުރަނީ ކްރެޑިޓް ސްކީމެއްގެ ދަށުން. އެ ފައިސާ ނުދެއްކިއްޖެ ނަމަ ރާއްޖެ ދަރާނެ، ބޮޑެތި ކުންފުނިތައް ބަނގުރޫޓް ވާނެ.ރަށެއްގައި އަޅާ އެއާޕޯޓަކުން ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނެތް. ބަދަލުގައި ތިމާވެށި ދަނީ ހަލާކުވެގެން

28 ޖޫން 2018 | ބުރާސްފަތި 21:53
Writer Profile Picture
އާމިނަތު ނުޒުހާ
ރައްޔިތުންގެ އާއްމު ހާލަތު ދަނީ ދައްވަމުން

ދިވެހިންގެ ހާލަތު ދުވަހުން ދުވަހަށް ދަނީ ދައްވަމުން، ގައުމު އޮޮތީ ދަރާފައި، އެކަމަކު އެވިދާޅުވާ ގޮތަށް ރަށްރަށުގައި އެކި ކަހަލަ ޕްރޮޖެކްޓް އެބަ ހިންގަވާ އެކަމަކު އާއްމު ރައްޔިތު މީހާ ދަނީ ނިކަމެތިވަމުން، ވަޒީފާއެއް ނުއުފެދޭ، ސިޔާސީ މަގާމުތަކަށް މީހުން ދަނީ އިތުރުވަމުނ، 2008 އަދި 2009  ގައި ގެސްޓް ހައުސް ސިޔާސަތުން ކުދި ވިޔަފާރިތަކާއި ރަށްފުށުގެ އިގްތިސާދު ދިޔައީ ފުޅާވެގެނ އެކަމަކު އެއިންވެސް ގްރީން ޓެސްސްފަދަ ޓެކްސްތައް ނަގައިގެން އެ ވިޔަފާރިތައް އެ ދަނީ ހަލާކު ކުރަމުން

28 ޖޫން 2018 | ބުރާސްފަތި 21:48
Writer Profile Picture
އާމިނަތު ނުޒުހާ
މި ވެރިކަން ވެފައިވަނީ ރައްޔިތުންނަށް ބޮޑު ބުރައަކަށް

ރައީސް ޔާމީންގެ މި ފަސްއަހަރުގެ ވެރިކަން ފެނުގެން މި ދިޔައީ ރައްޔިތުންގެ ބޮލުގައި ބޮޑު ދަރަންޏެއް އެޅި ރައްޔިތުންނަށް މި ވެރިކަން ބޮޑު ބުރައަކަށް ވެގެން ދިޔަ ތަން. މިބުނާ 700 މިލިއަން ޑޮލަރަކީ ބޭނުން ކުރެވޭނެ އެއްޗެއް ނޫން، އެއީ ބޭންކުތަކުން ބޭނުން ނުކޮށް ބަހައްޓާފައި ހުރި ފައިސާ ނުވަތަ ރިޒާވް. އެއީ އެބޭންކުތަކުނ އިސްވެސްޓް ނުކުރާތީ

28 ޖޫން 2018 | ބުރާސްފަތި 21:41