ފަލަ ސުރުޚީ

  • ފުލުހުން ރައްޔިތުން އޮރިޔާން ކުރާނެބާ؟
  • ސިޔާސީ ޕާަޓީގެ މެމްބަރޝިޕް ފޯމް ވެރިފައި ކުރަނީ ފުލުހުން
  • ޔުނީފޯމް އެޅުމަކީ ވަރުގަދަ ވާން ޖެހޭނެ ކަމެއް ނޫން
 
Writer Profile Picture
އަރުޝަމް އަބްދުލް ޢަޒީޒް
ފުލުހުން ރައްޔިތުން އޮރިޔާން ކުރާނެބާ؟

އެމްޑީޕީން ހަރުކުރާ ޕޯސްޓަރުތައް ފުލުހުން ހަމައެއް ލަމައެއް ނެތި ނައްޓާ ކަމުގައި ވަނީ ނަމަ، ރައްޔިތުން އެމްޑީޕީއަށާއި ރައީސް ނަޝީދަށް ތާއީދު ކުރާ އެއްޗެހި ލައިގެން ރައްޔިތުން އެއްފަހާ މަގުމައްޗަށް ނިކުމެފިއްޔާމުން ފުލުހުން އެ މީހުންނާ މެދު ކަންތައް ކުރާނީ ކިހިނެއް؟ އެ މީހުންގެ ހެދުންތަކާއި ޓީޝާޓްތައް އިރާ އޮރިޔާން ކުރާނީ ބާ؟

26 ޖޫން 2018 | އަންގާރަ 22:03
Writer Profile Picture
އަރުޝަމް އަބްދުލް ޢަޒީޒް
ސިޔާސީ ޕާަޓީގެ މެމްބަރޝިޕް ފޯމް ވެރިފައި ކުރަނީ ފުލުހުން

އަޅުގަނޑުމެންގެ ކަންބޮޑުވުންތައް ކަމާބެހޭ ފަރާތް ތަކަަށް ހުށަހެޅިން. އެ މީހުން އެވާހަކަތަށް އަޑު އެހި. އެއީ ވެސް ވަރަށް ބޮޑު ކުރި އެރުމެއް. އެ މީހުން ކައިރީގައި އަޅުގަނޑު ބުނިން، އެމްޑީޕީގެ މެމްބަރަކަށް ވުމަށް ދިހަ ހާސް ފޯމް ހުށަހަޅާފިއްޔާމުން، ބަލައި ގަންނަނީ އެއްހާސް ފޯމް ކަމަށާއި އެހެން ނަމަވެސް، މިސާލަކަަށް ދަންނަވާނެ ނަމަ 3000 ފޯމް ޕީޕީއެމް ހުށަހަޅާފިއްޔާމުން 2999 ފޯމް ބަލައިގަންނަ ކަމަށް. އެއީ ކިހިނެއްވާ ކަމެއްތޯ އެހުމުން ކަމާބެހޭ ފަރާތުން ބުނީ، ކީއްހޭ ކުރާނީ ފުލުހުންނޭ މެމްބަޝިޕް ވެރިފައި ކުރަނީ. އަޅުގަނޑުމެންގެ އެވަރުގެ ގާބިލް ކަމެއް ނެތޭ.

 

26 ޖޫން 2018 | އަންގާރަ 21:59
Writer Profile Picture
އަރުޝަމް އަބްދުލް ޢަޒީޒް
ޔުނީފޯމް އެޅުމަކީ ވަރުގަދަ ވާން ޖެހޭނެ ކަމެއް ނޫން

ފުލުހުން ޔުނީފޯމް އެޅުމުން އޭގެ މާނައަކީ އޭނަ ވަރުގަނދަވީކީ ނޫން ކަމަށާއި އެއީ މީހާ ބޮޑާވާން ޖެހޭނެ ކަމެއް ވެސް ނޫން ކަަމަށް. އެހެން ނަމަވެސް ފުލުހުންނަށް އެކަން ނުވިސްނޭ ކަމަށް.

26 ޖޫން 2018 | އަންގާރަ 21:50
Writer Profile Picture
އަރުޝަމް އަބްދުލް ޢަޒީޒް
އަމިއްލަ ގޭގެ ފާރުގައި ވެސް ޕޯސްޓަރެއް ނުބެހެއްޓޭ

ކީއްވެގެންތޯ އަމިއްލަ ގޭގައި ޕޯސްޓަރު ނުބެހެއްްޓެނީ. އަޅުގަނޑުމެން ގާނޫނާ ޚިލާފު ވަނީކީ ނޫން. ޕޯސްޓަރު ތަކުގައި ފޮޓޯއެއްހާ ހިސާބުވެސް ނެތް. އޭގައި އޮތާ ހަމަ އެކަނި ޖަޒީރާ ރާއްޖެ. މި މީހުން މިކުރަނީ ބުއްދި ގަބޫލު ކުރާ ކަންތައްތަކެއް ވެސް ނޫން.

26 ޖޫން 2018 | އަންގާރަ 21:47
Writer Profile Picture
އަރުޝަމް އަބްދުލް ޢަޒީޒް
ތޭރަ އަހަރު މިވީ އެމްޑީޕީއަށް

ތޭރަ ވަނަ އަހަރަކީ ވަރަށް މުހިއްމު އަހަރެއް ކަމަށާއި އެއީ މިއަހަރު އެމްޑީޕީ "ޓީނޭޖް" ހަޔާތް ފަށައިފައިވާތީ ކަމަށެވެ. އަދި ފިރުކޭ ދުވަސް ވަރު ނިމިއްޖެކަމަށާއި މި އަހަރަކީ ބާރު ދުވެލީގައި ދުވެފައިދާ އަހަރު ކަމަށެވެ.

26 ޖޫން 2018 | އަންގާރަ 21:41
Writer Profile Picture
އަރުޝަމް އަބްދުލް ޢަޒީޒް
ފަލަ ސުރުޚީ

މިރޭގެ ފަލަ ސުރުޚީއާއެކު މިރޭ ބައްދަލު ކުރައްވަނީ ޝިފާޒް މުހައްމަދު

26 ޖޫން 2018 | އަންގާރަ 21:37