ރާއްޖޭގެ ސިޔާސީ މަސްރަހު

  • އިންޓެލިޖެންސް ރިޕޯޓް ވަރަށް ރަނގަޅަށް އެގޭ
  • ހެކި ބަސް ނުނަގުމަށް އިސްލާމީ ޝަރީއަތުން އެއްވެސް ބާރެއް ނުދޭ ގާޒީއަކަށް
  • އަދުލު އިންސާފު ނުލިބޭ
 
Writer Profile Picture
އަރުޝަމް އަބްދުލް ޢަޒީޒް
އިންޓެލިޖެންސް ރިޕޯޓް ވަރަށް ރަނގަޅަށް އެގޭ

އިންޓެލިޖެންސް ރިޕޯޓްގައި ގިނަފަހަރު އޮންނާނީ ފުލުހުންނަށް ހީވާ ހީވުމެއް، ލަފާ ކުރެވޭ ލަފާކުރުމެއް. އޭގައި ބުނެފައިވާ ހީވުންތައް ފުލުހުް ޖެހޭނީ އެ ރިޕޯޓް އަސްލު ޖެހޭނީ ތަހްގީގުކޮށް ހެކި ހޯދަން. އެ ރިޕޯޓް އަކީ އެއްވެސް ވަރެއްގެ ބުރަދަނެއް ހުރި އެއްޗެއް ނޫން. އެހެން ނަމަވެސް ހިތާމައަކީ މިހާރު މީހުންގެ މައްޗަށް މުއްދަތު ޖަހައި، ހައްޔަރުކޮށް ހަދަނީ މި ރިޕޯޓް ތަކުގެ މައްޗަށް.

12 ޖޫން 2018 | އަންގާރަ 22:10
Writer Profile Picture
އަރުޝަމް އަބްދުލް ޢަޒީޒް
ހެކި ބަސް ނުނަގުމަށް އިސްލާމީ ޝަރީއަތުން އެއްވެސް ބާރެއް ނުދޭ ގާޒީއަކަށް

އިސްލާމީ ޝަރީއަތުގައި ތުހުމަތު ކުރެވޭ މީހާގެ މަސްލަހަތަށް އިސްކަން ދޭން ޖެހޭނެ. އޭނަގެ ފަރާތުން ހުށަހަޅާ ހެކިންގެ ހެކިބަސް ނެގުމުގެ ފުރުސަތު ގާޒީއަކަށް ގެއްލުވައެއް ނުލެވޭނެ. ދިފާއީ ހެކި ބަސް ދޭން ބޭނުންވާ މީހެއްގެ ހެކިބަސް ނެގުން ގާޒީއަށް މަޖުބޫރު ވާނެ.

12 ޖޫން 2018 | އަންގާރަ 22:03
Writer Profile Picture
އަރުޝަމް އަބްދުލް ޢަޒީޒް
އަދުލު އިންސާފު ނުލިބޭ

ސިއްރުން ހެކި ނެގުމަކީ އަދުލު އިންސާފު ލިބުމަށް އެޅެމުންދާ ހުރަހެއް

12 ޖޫން 2018 | އަންގާރަ 21:59
Writer Profile Picture
އަރުޝަމް އަބްދުލް ޢަޒީޒް
ބޮޑެތި ގައުމުތަކުންވެސް ވަރަށް މަދުން ނޫނީ ސިއްރު ހެކި ނުނަގާ

އެ ގައުމުތަކުގާ ނަގަނީ ނަގަން ޖެހިގެން. ކޮންމެހެން ޖެހިގެން. ދުނިޔެއަށް ނަން މަޝްހޫރު ބައިންލް އަގްވާމީ ގޭންގްތަކާއި ދެކޮޅަށް ހެކި ދޭއިރު. އެހެން ނަމަވެސް އަޅުގަނޑުމެންނަށް މި ފެންނަނީ ރާއްޖޭގެ ކްރިމިންލް ކޯޓުގެ ދެބައި ކުޅަ އެއްބައި ޝަރީއަތްތަކުގައި ސިއްރު ހެކި ނަގާތަން. 

12 ޖޫން 2018 | އަންގާރަ 21:55
Writer Profile Picture
އަރުޝަމް އަބްދުލް ޢަޒީޒް
ސިއްރުން ހެކި ދެނީ ދޮގު ހެކި ދިނުމުގެ ބޭނުމުގަ

ފުލުހުން ވަރަށް ބޮޑު ދައުރު އޮވޭ މިކަމުގަ. މިސާލަކަށް މާރާމާރީއަކު ނުވަތަ ޑްރަގް މައްސަލައެއް ފެން މަތިވާއިރަށް އެ އޮންނަ ވަރަށް ވުރެން މާ މާބޮޑު ކަމަށް ހަދަނީ. ދެން ކުރާ ކަމަކީ އާންމުންގެ ލޮލުގައި އަދުން އެޅުވުމަށް ޑްރާމާ ކުޅެ، ތުހުމަތު ކުރެވޭ މީހުންގެ ފޮޓޯތައް ނޫހުގަ ޖަހާ އެމީހުންގެ އަބުރު ކަތިލާ ކަންތައް ކުރޭ. ދެން ކޯޓަށް މައްސަލަ ހުށަހަޅާއިރު އެއްވެސް ކަހަލަ ހެއްކެތް ނުހުރޭ. ދެން މި ކުރާ ކަމަކީ ދޮގު ހެކި އުފެއްދުމަށް ސިއްރު ހެކި ނަގަނީ.

12 ޖޫން 2018 | އަންގާރަ 21:51
Writer Profile Picture
އަރުޝަމް އަބްދުލް ޢަޒީޒް
ފަލަސުރުޚީގެ މެހްމާން

މިރޭގެ ފަލަ ސުރުޚީ ޕްރޮގްރަމުގައި ބައިވެރިވަނީ ލޯޔަރ އަބްދުﷲ ހަސީން

12 ޖޫން 2018 | އަންގާރަ 21:46