ފަލަސުރުހީ

  • އަނަސް އަބްދުއްސައްތާރު
  • ގިނަ އިންތިޚާބުތައް މިދަނީ ނުބޭއްވި ލަސްކުރަމުން
  • ސަރުކާރު ވަނީ ފެއިލްވެފައި
 
Writer Profile Picture
ރިޒްނާ ޒަރީރު
އަނަސް އަބްދުއްސައްތާރު

އެކި ބާވަތްތަކުން އަޑުތައް އެބަ އިވޭ. މުޅި އަތޮޅު ވިއްކާލާ ވާހަކަވެސް އެބަ އަޑު އިވޭ. ދެކޮޅު ނުޖެހޭ ވާހަކަތަކެއް މިސަރުކާރުން އެބަދައްކާ. ރައްޔިތުންނަށް ހަޤީޤަތް އޮޅުން ފިލުވަދޭން މަސައްކަތް ކުރަން ޖެހޭ. މިކަން ކުރަން މިހާރުވެސް ލަސްވެއްޖެ.

28 ފެބްރުއަރީ 2017 | އަންގާރަ 03:22
Writer Profile Picture
ރިޒްނާ ޒަރީރު
ގިނަ އިންތިޚާބުތައް މިދަނީ ނުބޭއްވި ލަސްކުރަމުން

ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވަމުން އަންނަ އިރު އެމްޑީޕީން މިދަނީ ބުރަކޮށް ތައްޔާރުވަމުން. އެހެންނަމަވެސް ގިނަ އިންތިޚާބުތައް މިދަނީ ނުބޭއްވި ލަސްކުރަމުން. ރައްޔިތުންނަށް ޚިދުމަތް ނުދީ ލަސްކޮށްގެން ނުވާނެ. މިކަމުގެ ފުރިހަމަ ޒިންމާ މިސަރުކާރުން ނަގަން ޖެހޭ

28 ފެބްރުއަރީ 2017 | އަންގާރަ 03:16
Writer Profile Picture
ރިޒްނާ ޒަރީރު
ސަރުކާރު ވަނީ ފެއިލްވެފައި

ސަރުކާރުން ފެއިލްވެ، ރައްޔިތުންގެ ތާއީދު ނެތުމުން މަޖުބޫރު ކޮށްގެން ރައްޔިތުން ޕީޕީއެމަށް ވެއްދިނަމަވެސް ރައްޔިތުންނަށް ހަގީގަތް އެނގޭނެ. އަދި ރާއްޖޭގެ ރައްޔިތުންގެ މިނިވަންކަމެއް ނެތް ކަމަށާއި ސަރުޚާރުގެ އަޅުންގެ ގޮތުގައި ރައްޔިތުންގެ ބޭނުން ހިފަމުންދަނީ ސަރުކާރާކަށް އެހެން ގޮތެއް ނެތިގެން. ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓްދޭއިރު ވަރަށް ވިސްނަން ޖެހޭ. ރައީސް ޔާމިންގެ ފެކްޝަނަށް މެމްބަރުން ވައްދަމުންދަނީ ސަރުކާރުން ނާޖާއިޒު ގޮތުގައި ކަންތައް ކުރުމަށް.

28 ފެބްރުއަރީ 2017 | އަންގާރަ 03:04
Writer Profile Picture
ރިޒްނާ ޒަރީރު
ތިން މުއައްސަސާއަކަށް މިމައްސަލަ ވަނީ ހުށަހަޅާފައި

ތިން މުއައްސަސާއަކަށް މިމައްސަލަ ވަނީ ހުށަހަޅާފައި. ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި އިލެކްޝަންސް ކޮމިޝަންއާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ވަނީ މިމައްސަލަ ހުށަހަޅާފައި. އެހެން ނަމަވެސް މިމައްސަލަތައް ބެލުމަށް މިތިން މުއައްސަސާއިންވެސް ވަނީ ނުކުޅެދިފައި.

28 ފެބްރުއަރީ 2017 | އަންގާރަ 02:58
Writer Profile Picture
ރިޒްނާ ޒަރީރު
ވަޒީފާގެ ބިރު ދައްކައިގެން ސިޔާސީ ޕާޓީއަށް މީހުން ވައްދަމުން ދަނީ

ވަޒީފާގެ ބިރު ދައްކައިގެން ސިޔާސީ ޕާޓީއަށް މީހުން ވައްދަމުން ދަނީ. ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްއަށް މަޖުބޫރުކޮށްގެން މެމްބަރުން އިތުރު ކުރަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހުން ބޭރުކޮށްލާފައި. ސަ ރުކާރުގެ އިސްވެރިންނާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕީޕީއެމް ފެކްޝަނުގެ އިސްވެރިން ނުފޫޒު ބޭނުންކޮށްގެން، ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރުވައިގެން ޕީޕީއެމަށް ސޮއިކުރުވަމުންދާ ކަމަށް ބުނެ މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ވަނީ ހުށަހަޅާފައި. ގިނަ ވަޒީރުންނަށް ގެއަށް ވަޑައިގެންނެވެނީ މެޑަމްގެ މަސައްކަތްތައް ނިންމަވާފައި، އެހާވެސް މަޖްބޫރީ ހާލަތުހައި މަސައްކަތް ކުރައްވަމުން ގެންދަވަނީ.

28 ފެބްރުއަރީ 2017 | އަންގާރަ 02:54
Writer Profile Picture
ރިޒްނާ ޒަރީރު
އަނަސް އަބްދުއްސައްތާރު

ޕީޕީއެމްއިން އެއްލައްކަ މެމްބަރުން ހަމަކުރުމަށް މަސައްކަތް ކުރަމުންދަނީ ގަދަ މަޖުބޫރުން މެމްބަރުން އެޕާޓީއަށް ސޮއިކުރުވަމުން. އަދި އެމްޑީޕީގައި ތިބި މެމްބަރުން ވަކި ކުރީވެސް އެޕާޓީއަށް މެމްބަރުން ގިނަ ކުރަން ކަމަށް ތުހުމަތު ކުރެއްވި. ސިޔާސީ މަންފާއަށްޓަކައި ގިނަ ކަންތަކެއް ދަނީ ކުރަމުން.

28 ފެބްރުއަރީ 2017 | އަންގާރަ 02:49
Writer Profile Picture
ރިޒްނާ ޒަރީރު
ފަލަސުރުހީ

މިރޭގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު

28 ފެބްރުއަރީ 2017 | އަންގާރަ 02:47