ފަލަސުރުހީ - ޖުމްހޫރީ ޕާޓީގެ އެތެތޭގެ ހަރަކާތްތައް

  • ޖުމްހޫރީ ޕާޓީގެ ގައިގައި އަތްލުމަށް ފުރުސަތެއް ނުދޭނަން: އަލީ ސޯލިހް
  • ކުރިއަށް އޮތް އިންތިހާބު ކާމިޔާބުކުރާނީ ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓް: އަލީ ސޯލިހް
  • ސިވިލް ކޯޓަށް ހުށައަޅާފައިވާ މައްސަލަ އަވަސްކޮށްދިނުމަށް މިއަދު އެދިފައިވާނެ: އަލީ ސޯލިހް
 
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ގައިގައި އަތްލުމަށް ފުރުސަތެއް ނުދޭނަން: އަލީ ސޯލިހް

ޖުމްހޫރީ ޕާޓީގެ ގައިގައި އަތްލުމަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން. ޖުމްހޫރީ ޕާޓީގެ ކަންކަން އަޅުގަނޑުމެން ކުރިއަށްގެންދާނީ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން. އެހެންވެ އަޅުގަނޑުމެން ކޮންގްރެސް ބާއްވަން މި ތައްޔަރުވަނީ. ހަޤީޤަތުގައި ޖުމްހޫރީ ޕާޓީއަށް އެތަށް ހުރަސްތަކެއް އެބަހުރި ކުރިމަތިވެފައި. އެގޮތުން ޖުމްހޫރީ ޕާޓީ ލީޑަރުގެ މައްޗަށް އިއްވާފައިވާ ޤައިރު ޤާނޫނީ ހުކުމް ފާހަގަކޮށްލެވޭ. ސިޔާސީ ޕޯޑިއަމްގައި ދެއްކި ވާހަކައަކާއި ގުޅިގެން ޖަލު ހުކުމް އިއްވާފައިއެވަނީ. އެ ހުކުމް އަޅުގަނޑުމެން ބަލައެއް ނުގަންނަން. 

 

31 މެއި 2018 | ބުރާސްފަތި 22:01
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކުރިއަށް އޮތް އިންތިހާބު ކާމިޔާބުކުރާނީ ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓް: އަލީ ސޯލިހް

އަޅުގަނޑުމެންނަށް ޔަޤީންްކަމާއެކު ބުނަން އެނގޭ ކުރިއަށް އޮތް އިންތިހާބު ކާމިޔާބުކުރާނީ އަޅުގަނޑުުމެންގެ ކެނޑިޑޭޓްކަން. އަޅުގަނޑުމެން އެކުގައިި މަސައްކަތްކޮށް، މި ކަންތައްތައް ކާމިޔާބުކުރާނަން. އަދި ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުމެން ތިބޭނީ ގުޅިގެން. ގުޅިގެން ތިބެ މިކުރާ މަސައްކަތް އަޅުގަނޑުމެން ކާމިޔާބު ކުރާނަން. 

 

މި މަސައްކަތް ކުރާއިރު، ޕާޓީތަކުގެ ލީޑަރުންނަށް ވަރަށް ބޮޑެތި ހުރަސްތަކެއް އެބަ ހުރި. ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މައްޗަށް ނުހައްޤު ހުކުމެއް އިއްވާފައިވަނީ. މިއަދު ޤައުމަށް ވަޑައެއް ނުގެންނެވޭ. ދެން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އަތު ނުޖެހުމުން އާއިލާގެ މެމްބަރުންގެ މައްޗަށް ދައުވާކުރަމުންދަނީ. މިއީ ކަަންތައްތައް އޮތް ހާލަތު.

31 މެއި 2018 | ބުރާސްފަތި 21:53
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ސިވިލް ކޯޓަށް ހުށައަޅާފައިވާ މައްސަލަ އަވަސްކޮށްދިނުމަށް މިއަދު އެދިފައިވާނެ: އަލީ ސޯލިހް

ސިޔާސީ ޕާޓީތަކަށް އޮތް ހުރަސްތައް ހާމަވެގެންދާ އެއް ކަމަކީ ޖުމްހޫރީ ޕާޓީއަށް، މި ޕާޓީގެ އައިޑޭންޓިޓީ ބޭނުންކުރުމުގެ މަސައްކަތްވެސް ނެތް. އެގޮތުން އަޅުގަނޑުމެންވާނެ ސިވިިލް ކޯޓަށް މައްސަލައެއް ހުށައަޅާފައި. އަޅުގަނޑުމެންވާނެ މިއަދު އެ މައްސަލަ އަވަސްކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށައަޅާފައި. ސަބަބަކީ ކުރިއަށް އަޅުގަނޑުމެންގެ ކޮންގްރެސްވެސް އޮތުމާއެކުގައި.

31 މެއި 2018 | ބުރާސްފަތި 21:47
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ވަގުތުން: ފަލަސުރުހީ ޕްރޮގްރާމްގައި އަލީ ސޯލިހް
31 މެއި 2018 | ބުރާސްފަތި 21:44
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ޖުމްހޫރީ ޕާޓީއަކީ މިވަގުތު ރާއްޖޭގައި އޮތް ހަމައެކަނި ވެލިޑް ޕާޓީ: އަލީ ސޯލިހް

ކޮންމެ ސިޔާސީ ޕާޓީއަކުން ވެސް ކޮންގްރެސް ބާއްވަންޖެހޭ. އެގޮތުން މިވަގުތު ޤާނޫނުގައި ބުނެފައިވާގޮތުގެ މަތިން ކޮންގްރެސް ބާއްވާ ހަމައެކަނި ޕާޓީއަކީ ޖުމްހޫރީ ޕާޓީ. އެހެންވެ އަޅުގަނޑުމެން އަނެއްކާވެސް ކޮންގްރެސް ބާއްވަ މި ތާވަލްކުރީ. ޤާނޫނުގައިި ބުނެފައިވާ ގޮތުގެ މަތިން ޕީޕީއެމްއިންވެސް ކޮންގެރްސް ބާއްވާފައެއް ނުވޭ. އެހެންވެ އެއީ ޤާނޫނުގައިި ބުނެފައިވާގޮތަށް ބަލާއިރު އުވިފައިވާ ޕާޓީއެއް.

31 މެއި 2018 | ބުރާސްފަތި 21:40