ފަލަ ސުރުޚީ: ރިޔާސީ އިންތިޚާބަށް އެކުލަވާލި ކޮމެޓީ

  • ދައްކާ ކޮންމެ މީހަކު ޖަލަކަށް ނުލެވޭނެ ޔާމީނަކަށް
  • ބާރަ މެންބަރުންނާމެދު ސާފު ހުކުމެއް ނެރެން ޖެހޭ
  • ފަނޑިޔާރުގެއަށް އިތުބާރު ނުކުރަނީ ސަބަބެއް އޮތީމަ
 
Writer Profile Picture
އަހުމަދު މުހުސިނު
ދައްކާ ކޮންމެ މީހަކު ޖަލަކަށް ނުލެވޭނެ ޔާމީނަކަށް

ނަޒީރު: މިރާއްޖެއަށް އައިސް އޮތް އެންމެ ބޮޑު ބަދަލަކީ ރައްޔިތުން ހޭލުންތެރިވުން. ރީތި ވެރިކަން ކޮށްދޭނެ އެތައް ބަޔަކު ދެއްކިދާނެ. ދައްކާ ކޮންމެ މީހަކު ޖަލަކަށް ނުލެވޭނެ ޔާމީނަކަށް. މިހާރުވެސް ދައުވާތައް ހުރި މީހުން ޖަލަށް ނުލެވިގެން އެއުޅެނީވެސް އެހެން ވެގެން 

30 އޭޕްރިލް 2018 | ހޯމަ 22:10
Writer Profile Picture
އަހުމަދު މުހުސިނު
ބާރަ މެންބަރުންނާމެދު ސާފު ހުކުމެއް ނެރެން ޖެހޭ

ނަޒީރު: މިހާރު ޤަބޫލެއް ނުކުރަން ކުރާ ހުރިހާ ހުކުމަކަށް ޔާމީން ތަބާވާނެ ކަމަކަށް. އެކަމަކު ހުރިހާކަމެއް އެހެނެއް ދުލެއް ނުކޮށްލެވޭ. އެހެންވީމާ 12 މެންބަރުންނާމެދު ސާފު ހުކުމެއް ނެރޭށޭ މި ބުނަނީ 

30 އޭޕްރިލް 2018 | ހޯމަ 22:07
Writer Profile Picture
އަހުމަދު މުހުސިނު
ފަނޑިޔާރުގެއަށް އިތުބާރު ނުކުރަނީ ސަބަބެއް އޮތީމަ

ނިޒާރު: ފަނޑިޔާރުގެއަށް އިތުބާރު ނުކުރަނީ ސަބަބެއް އޮތީމަ. އެސަބަބުތައް ނައްތާލެވޭނެ. އިތުބާރު ނުލިބޭ ސަބަބު އެބައެނގޭ. އެ ސަބަބު ނައްތާލާނަން

30 އޭޕްރިލް 2018 | ހޯމަ 22:04
Writer Profile Picture
އަހުމަދު މުހުސިނު
އިންސާފް ހޯދާނަން . އެކަމަކު ބަދަލެއް ނުހިފާނަން

ނަޒީރު:މާޒީއަށް އިންސާފް ލިބުން އެއީ ހިނގަން ޖެހޭ ކަމެއް. ޖަޜީމާތަކުގެ މުގުލުގައި ހުރި މީހަކާމެދު ފިޔަވަޅު އަޅަން ޖެހޭނެ. ފިޔަވަޅު އަޅައި އެކަން ތަކުރާރުވިޔަ ނުދިނުމަށް ޤާނޫނުތަކަށް ގެންނަން ޖެހޭ ބަދަލު ގެންނާނެ. އެކަން ޕާޓީތަކުން އެކަން ކުރާނެ. އެކަމަކު ބަދަލު ހިފުމުގެ ރޫހުގައި ކަމެއް ނުކުރާނަން. 

30 އޭޕްރިލް 2018 | ހޯމަ 22:03
Writer Profile Picture
އަހުމަދު މުހުސިނު
ގުޅިފައިވާ ޕާޓީތަކުގެ ގުޅުމަށް ބުރޫ އަރާވަރަކަށް އެވާދަވެރިކަމެއް ފުޅާވެގެނެއް ނުދާނެ.

ނަޒީރު: އަޅުގަނޑުމެން އިންކާރެއް ނުކުރަން އަޅުގަނޑުމެންނަކީ ތަފާތު ޕާޓީތަކެއްކަން. ވާދަވެރިވާން ޖެހޭ ހިސާބުތަކުގައި ވާދަވެރިވާނެ. ގުޅިފައިވާ ޕާޓީތަކުގެ ގުޅުމަށް ބުރޫ އަރާވަރަކަށް އެވާދަވެރިކަމެއް ފުޅާވެގެނެއް ނުދާނެ. މިރާއްޖެ އަމާން ހިސާބަކަށް ގެންދެވި ދުސްތޫރީ ނިޒާމް ހަމައަކަށް އެޅި ރަނަގޅު ކުރެވެންދެން މިކަން ކުރާނަން

30 އޭޕްރިލް 2018 | ހޯމަ 22:00
Writer Profile Picture
އަހުމަދު މުހުސިނު
އިންތިޚާބުގެ ކުރިން ރައްޔިތުންނަށް ބޭނުންވާ މެސެޖް ދޭނަން. 

ނަޒީރު: ޔާމިން އަށް ހުރިހާ ކަމެއް ކުރުމުގެ ބާރު އޮންނަނަމަ ވައްކަމުގެ ވާހަކަ ދެއްކިޔަކަ ނުދޭނަން. އިންތިޚާބުގެ ކުރިން ރައްޔިތުންނަށް ބޭނުންވާ މެސެޖް ދޭނަން. 

30 އޭޕްރިލް 2018 | ހޯމަ 21:56
Writer Profile Picture
އަހުމަދު މުހުސިނު
ބައި އިލެކްޝަންތަކުގައި ބައިވެރިވުމާގުޅޭގޮތުން މަޝްވަރާ ކުރަމުން ދަނީ

ނަޒީރު: ބައި އިލެކްޝަންތަކުގައި ބައިވެރިވުމާގުޅޭގޮތުން މަޝްވަރާ ކުރަމުން ދަނީ. އެންމެ މުހިއްމު ކަމަކަށް މިބަލަނީ 1 ފެބްރުއަރީގެ އަމުރު. އެކިއިރު ނެރެފައިވާ އަމުރުތަކަކުވެސް ނެތް ގޮނޑި ގެއްލުނު ކަމަކަށް. އެކަމަކު ސާފުކޮށް ބުނޭ 1 ފެބްރުއަރީގެ އަމުރުގައި. އެހެންވީމާ ގޮނޑިއެއް ނުގެއްލޭ

30 އޭޕްރިލް 2018 | ހޯމަ 21:55
Writer Profile Picture
އަހުމަދު މުހުސިނު
މެޖޯރިޓީ އިދިކޮޅަށް ލިބުމާއެކު މަޖިލިސް ތަޅުއެޅުވީ

ނަޒީރު: މެޖޯރިޓީ އިދިކޮޅަށް ލިބުމާއެކު މަޖިލިސް ތަޅުއެޅުވީ. އެއީ ބާރުތައް ބޭނުން ކުރެވޭނެ ގޮތެއް ނޫން. 

30 އޭޕްރިލް 2018 | ހޯމަ 21:52
Writer Profile Picture
އަހުމަދު މުހުސިނު
ވައްކަން ކުރަމުން ދީނުގެ ވާހަކައެއް ނުދެއްކޭނެ. 

ނަޒީރު: ދީނުގެ ވާހަކައިގެ ގޮތުގައި ވައްކަން ކުރުން ރަނގަޅު ކަމަކށް ނުދެއްކޭނެ. ދީނުގައި އެންމެ ބޮޑަށް މަނާ ކަންތައް ވައްކަން ކުރުމާ އެހެން މީހުންގެ ހައްޤުތަކަށް އަރައިގަތުން. އެކަންކަން ކުރަމުން ދީނުގެ ވާހަކައެއް ނުދެއްކޭނެ. 

30 އޭޕްރިލް 2018 | ހޯމަ 21:48
Writer Profile Picture
އަހުމަދު މުހުސިނު
އިންތިޚާބުގެ ކުރިން ސަރުކާރުގެ ބޭފުޅުން ދީނުގެ ވާހަކަ ހުއްޓާލާނެ

ނަޒީރު: އަދާލަތުން އިސްލާމްދީނުގެ ވާހަކަ ދައްކާނީ ދީނުގެ އިލްމުވެރިން. އިޤްތިސާދީ ވާހަކަ ދައްކާނީ އެކަމުގެ މާހިރުން. އިސްލާމްދީނުގެ މޮނޮޕޮލީއަކީ އެއްވެސް ޕާޓީއަކަށް ނެގޭނެ އެއްޗެއް ނޫން. އެހެން ބަޔަކު ވެރިކަމަށް އައްޔާ އިސްލާމްދީނެއް ނޯންނާނެޔޭ އެހެނެއް ނުކިޔޭނެ. ޔާމީން ވެރިކަމުގައި ނެތަސް އިސްލާމްދީން ހިމާޔަތްވެ އޮންނާނެ. ޔާމީންގެ ރާވައިގެން ކުރާ މަސައްކަތެއް އަދާލަތު ޕާޓީ ދުއްވާލުން.

2018 ގެ ކުރިން އެބަފެނޭ ދީނުގެ ވާހަކަ ދައްތައް ރައީސް ޔާމީން އާއި ސަރުކާރުގެ ބޭފުޅުން ދީނުގެ ވާހަކަ ހުއްޓާލާނެ. އެކާޑު އެބައޮތް އަދި އެކާޑު ކުޅޭނެ. 

30 އޭޕްރިލް 2018 | ހޯމަ 21:45
Writer Profile Picture
އަހުމަދު މުހުސިނު
ވަގުތު އޮއްވާ ރައްޔިތުންނަށް ވޯޓުދޭން ފަސޭހަ ކެނޑިޑޭޓެއް ދައްކާނެ. 

ނަޒީރު: މިހާރު އެކުލަވާލާފައިވާ ޕާޓީތަކުގެ ކޮމެޓީގެ މައިގަނޑު މަސައްކަތަކީ ރިޔާސީ އިންތިޚާބަށް ތައްޔާރުވުން. އެކޮމެޓީން މީޑިޔާއަށް މައުލޫމާތު ހާމަކުރާނެ. މަސައްކަތް ކުރިއަށް އެބަދޭ. ވަގުތު އޮއްވާ ރައްޔިތުންނަށް ވޯޓުދޭން ފަސޭހަ ކެނޑިޑޭޓެއް ދައްކާނެ. 

ރަސްދޫއިންނާއި އެހެނިހެން ދަތުރުތަކުންވެސް ހާމަވެއްޖެ އަބްދުﷲ ޔާމީނަށް ކާމިޔާބު ކުރެވޭނެ އެއްވެސް ހަމައެއް ނެތްކަން. 

އަދާލަތުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނަން ރައްޔިތުންނަށް ފަސޭހަ  ކެނޑިޑޭޓަކަށް ހަދަން. އަދާލަތުން ބަލާނީ ވަކި ޕާޓީއެއްގެ މީހަކަށް ނޫން ހަމަ ފަސޭހަ ކެނޑިޑޭޓަކަށް ވުން 

30 އޭޕްރިލް 2018 | ހޯމަ 21:39