ފަލަ ސުރުޚީ:ބޮޑެތި މަރުތަކުގެ މައްސަލަ

  • އިންޓެލް ރިޕޯޓުން ކުރާ ކަންކަމުގެ ހަޤީގަތެއް ނޭނގޭ
  • ޔާމިންގެ މަރުގެ މައްސަލައިގާ އަދި މިތިބީ ހަމަ ފެށި ހިސާބުގައި.
  • ރާއްޖޭގައި ބައެއް ހައްޤުތަކަކީ މީހުންނަށް އެހާބޮޑަށް އެނގޭ ހައްޤު ތަކެއް ނޫން
 
Writer Profile Picture
އަހުމަދު މުހުސިނު
އިންޓެލް ރިޕޯޓުން ކުރާ ކަންކަމުގެ ހަޤީގަތެއް ނޭނގޭ

އަހުމަދު މުހައްމަދު: އިންޓެލް ރިޕޯޓުން ކުރާ ކަންކަމުގެ ހަޤީގަތެއް ނޭނގޭ. މިސާލަކަށް 2013ގެ އިންތިޚާބު ކެންސަލް ކުރީ އިންޓަލް ރިޕޯޓަކަށް ބިނާކޮށް. އަދިއަދަށް އެކަމެއް ނުބެލޭ. އެއިންޓަލް ރިޕޯޓުގެ ހަޤީގަތެއް ހާމައެއް ނުކުރޭ. ޚުދު ރައީސް ޔާމީން އެބަވިދާޅުވޭ ފުލުހުންގެ މުއައްސަސާ އޮތީ ފެއިލްވެފައޭ. 

29 އޭޕްރިލް 2018 | އާދީއްތަ 22:07
Writer Profile Picture
އަހުމަދު މުހުސިނު
ޔާމިންގެ މަރުގެ މައްސަލައިގާ އަދި މިތިބީ ހަމަ ފެށި ހިސާބުގައި.

ޔާމިންގެ ބައްޕަ: ޔާމިންގެ މަރުގެ މައްސަލައިގާ އަދި މިތިބީ ހަމަ ފެށި ހިސާބުގައި. ޔާމީނަށް ލިބެމުންދިޔަ އިންޒާރުތައް ހުށަހެޅުމުންވެސް އަޅާ ނުލާ އޮއްވާ މިކަން މިހިނގީތީ ފުލުހުންގެ އިހުމާލެއް ވާކަން އެނގޭ. އެހެންވެ ފުލުހުންގެ އިހުމާލުގެ މައްސަލަ ހުށަހެލީ.

އައިއޯ އެބަހުރި އެތައް ފަހަރަކު ބަދަލ ވެފައި. އިންޒާރުދިން ކާކުކަން އެނގޭ މީހުން އެބައުޅޭ މާލޭ މަގުމަތީގައި ހަމަ ރަނގަޅަށް. އެމީހުންނަކަށް ކަމެއް ނުވޭ. 

29 އޭޕްރިލް 2018 | އާދީއްތަ 22:04
Writer Profile Picture
އަހުމަދު މުހުސިނު
ރާއްޖޭގައި ބައެއް ހައްޤުތަކަކީ މީހުންނަށް އެހާބޮޑަށް އެނގޭ ހައްޤު ތަކެއް ނޫން

އަހުމަދު މުހައްމަދު: ރާއްޖޭގައި ބައެއް ހައްޤުތަކަކީ މީހުންނަށް އެހާބޮޑަށް އެނގޭ ހައްޤު ތަކެއް ނޫން. އެހެންވީމާ މީހުން އެވެއާއެއް ނޫން. މީހުންނަށް އެކަން އަންގާކަށް ނޫން. މުއާހަދާތަކުގައި ބައިވެރިވެފައިހުރީތީ ލިބެން ޖެހޭ ހައްޤެއް ނުދޭ. މިވާހަކަތައް ކިޔައެއް ނުދޭ. މިހެން އޮއްވާ މިވާހަކަތައް ދެއްކީމާ މިކަން އޮބަހައްޓަން އުޅޭ. އެވާހަކަ މިދައްކަނީ. ސަރުކާރުގެ ޒިންމާއެއް މިކަންކަން ކިޔައިދިނުން.

 

29 އޭޕްރިލް 2018 | އާދީއްތަ 22:00
Writer Profile Picture
އަހުމަދު މުހުސިނު
އަޅުގަނޑުމެން ފަހުވަގުތު އެއްޗެއް ބުނަން ޖެހެނީ

ޔާމިންގެ ބައްޕަ: އަޅުގަނޑުމެން ފަހުވަގުތު އެއްޗެއް ބުނަން ޖެހެނީ. އެމީހުން މަރަން މަރު ހިފަން. އަޅުގަނޑުމެންނަށް ކަމެއް ނޭނގި ކިހިނެއްތޯ ގޮތެއް ނިންމާނީ. އަނެއްކަމަކަށް އަޅުގަނޑު ބޭނުމެއް ނުވޭ ކުށް ނުކުރާ މީހަކަށް އަދަބެއް ދޭކަށް. މީގެ ކުރިން އެއްވެސް މަރަކަށް އިންސާފަށް ލިބިފައެއް ނެތް. އެހެންވީމާ ބަލަން ޖެހޭ މިމީހުންތޯ މިކަން ކުރީ. އެކަން ސާފު ކުރެވޭނީ ޝަރީއަތުގެ މައުލޫމާތު ހިއްސާ ކޮށްގެން 

29 އޭޕްރިލް 2018 | އާދީއްތަ 21:56
Writer Profile Picture
އަހުމަދު މުހުސިނު
ޑރ އަފްރާޝީމްގެ މައްސަލަ ރަނގަޅަށް ނުބެލުނު

އަހުމަދު މުހައްމަދު: ޑރ އަފްރާޝީމްގެ މައްސަލަ ރަނގަޅަށް ނުބެލުނު. ދެން ކިހިނެއްތޯ އާދައިގެ މީހަކަށް އިންސާފް ލިބޭނީ. މިކަމުގައި ފުލުހުންގެ ރޯލެއް އެބައޮތް މިކަމުގައި މީހުން އަމިއްލައަކަށް މިފަދަ ކަންކަމެއް ނުކުރެވޭނެ. ކަމެއް ދިމާވެއްޖިއްޔާ މުއައްސަސާތަކަށް ހުށަހަޅައިގެން އެއޮންނަ ގޮތައް އެކަން ކުރަން ޖެހޭނީ މިހެން އަމިއްލައަކަށް ނުނިންމޭނެ. 

29 އޭޕްރިލް 2018 | އާދީއްތަ 21:53
Writer Profile Picture
އަހުމަދު މުހުސިނު
ޕީޖީ ވިދާޅުވި ހުރިހާ ކަމެއް ހާމަކުރެވޭ ގޮތައް ހުށަހަޅާ ޕްރެޒެންޓޭޝަނެއް ދެއްވާނެ ކަމަށް

ޔާމިންގެ ބައްޕަ: ޕީޖީ ވިދާޅުވި ހުރިހާ ކަމެއް ހާމަކުރެވޭ ގޮތައް ހުށަހަޅާ ޕްރެޒެންޓޭޝަނެއް ދެއްވާނެ ކަމަށް. އަޅުގަނޑު ވަރަށް އުއްމީދުގައި މިހާރު މިހުރީ. އެބަވިދާޅުވޭ އެއްވެސް ބަޔަކު ފަހަތަކު ނެތޭ. ދީނީ ހަރުކަށި ބަޔަކުވެސް އަދި ދީނީ އިލްމުވެރިއެއްވެސް އެކަން ކުރާކަށް ބުނެފައެއް ނެތޭ. ނޭނގެ ފުލުހުންނަށް އެހާ ބޮޑު ޔަޤީންކަމެއް ދެވެނީ ކިހިނެއްކަން

29 އޭޕްރިލް 2018 | އާދީއްތަ 21:50
Writer Profile Picture
އަހުމަދު މުހުސިނު
އެއްވެސް ވަރަކަށް ފުލުހުން ތަހުގީގެއް ނުކުރޭ

އަހުމަދު މުހައްމަދު: އެއްވެސް ވަރަކަށް ފުލުހުން ތަހުގީގެއް ނުކުރޭ. ރިލްވާން ގެއްލިގެން ހޯދަން އެންމެބޮޑަށް އުޅުނު މީހާ ޔާމީނަކީ. ޔާމީން އެމަރާލީ. މިއަދު އަނެއްކާ ޔާމީނަށް އިންސާފް ނުލިބިގެން މިހާރު އުޅެން މިޖެހެނީ. 

އދ ގެ ރެޕަޓުއަރ ވިދާޅުވެފައި އެބައޮތް ޖުޑިޝަރީގައި ހުރި މައްސަލަތައް ހުރިކަމަށް. އެއިން އެއްވެސް ކަމެއް ނެތް ރަނގަޅެއް ނުކުރޭ. މިއީ އިއްޔެއަކު މިއަދަކު ދައްކާ ވާހަކައެއް ނޫން. އެކަމަކު ރަނގަޅެއް ނުކުރޭ. ޔޫއެންޑީޕީންވެސް އެބައޮތް މިކަމަށް އެހީވެދީފައި. އެކަމަކު ޖުޑިޝަރީގައި އިސްކޮށް ތިބި މީހުން ޖުޑިޝަރީ އިސްލާހް ކުރަން ހުރަސްއެޅީ

29 އޭޕްރިލް 2018 | އާދީއްތަ 21:47
Writer Profile Picture
އަހުމަދު މުހުސިނު
މިހާތަނަށް އެންމެބޮޑު ގޮންޖެހުމެއް ކުރިމަތިވީ ފުލުހުންގެ ފަރާތުން

ޔާމިން ރަޝީދުގެ ބައްޕަ ހުސައިން ރަޝީދު: މިހާތަނަށް އެންމެބޮޑު ގޮންޖެހުމެއް ކުރިމަތިވީ ފުލުހުންގެ ފަރާތުން. އެމީހުން ސިއްރު ކުރަނީ އޮންނަ އުސޫލުގެ ދަށުން ކަމަށް. އެކަމަކު އެކަމެއް ނުދެއްކުނު. އެމީހުން ޔަޤީންކަން ދިން ވަރަށް ބާރަށް މަސައްކަތް ކުރާ ކަމަށް.

މިހާރު އެބަބުނޭ 8 މީހުން ބަންދުގައި ތިބިކަމަށް. ޤަބޫލް ކުރަން ދަތީ އެމީހުން ޔާމިން ރަޝީދު މަރާލާނެތޯ. އެއީ ޔާމިންވެސް އަޅުގަނޑުމެންގެ އާއިލާއިންވެސް ދަންނަ ބައެއް ނޫން. އެހެންވިއްޔާ އެމީހުން ލައްވައި އެކަން ކުރުވި ބައެއް ތިބެން ޖެހޭނެ

29 އޭޕްރިލް 2018 | އާދީއްތަ 21:43
Writer Profile Picture
އަހުމަދު މުހުސިނު
މިފެންނަނީ މައްސަލަ ލަސްކުރާތަން

އަހުމަދު މުހައްމަދު: މިފެންނަނީ މައްސަލަ ލަސްކުރާތަން. މިގޮތައް ލަސްކުރާ ވަރަކަށް އިންސާފް ލިބުން ދަތިވާނެ. އެހެންވީމަ މިއީ އިންސާފް ހޯދައި ނުދޭން ކުރާ ކަމެއް.

މިދިޔަ 5 އަހަރުގެ ތެރޭގައި 27 މީހުން މަރާލާފައިވޭ. އެކަމަކު އެއިން އެއްވެސް މަރަކަށް އިންސާފެއް ނުލިބޭ.

މިކަންކަމާ ގުޅިގެން ޕެޓިޝަން ހުށަހަޅާ ހެދީމަވެސް ބަލައެއް ނުގަނޭ. މަޖިލީހަކަށް ކޯޓު ތަކަކަށްވެސް ރައްޔިތުން އިތުބާރެއް ނުކުރޭ

29 އޭޕްރިލް 2018 | އާދީއްތަ 21:40
Writer Profile Picture
އަހުމަދު މުހުސިނު
ހުރިހާކަމެއްވެސް ސިއްރު ކުރަނީ

ޔާމިން ރަޝީދުގެ ބައްޕަ ހުސައިން ރަޝީދު: މިހާރު ތަހުގީގް ނިމިގެން މައްސަލައަށް ދައުވާ ކުރަން ފޮނުވާ ޝަރީއަތް ފެށިފައިވަނީ. މިހާހިސާބަށް އައިއިރު ހުރިހާ ކަމެއް ސިއްރު. އަދި ލިބޭ މައުލޫމާތެއްވެސް ހާމަ ނުކުރަން ފުލުހުން ބުނޭ 

29 އޭޕްރިލް 2018 | އާދީއްތަ 21:37