ފަލަ ސުރުޚީ:ފުލުހުން ތަބާވާން ޖެހޭނީ ޤާނޫން ތަކަށް

  • ދެން ކަމެއް ރަނގަޅުކުރަންޏާ ދެން އެންމެން ތިބެގެން ވާހަކަ ދައްކައިގެން ވާނީ
  • ސުޕްރީމް ކޯޓުގެ ދެފަނޑިޔާރުން މިވަގުތު ހައްޔަރުކޮށްފައި ބައިތިއްބާ ބައިތިއްބުމުގެ ޒިންމާ ޕީޖީވެސް ނަގަން ޖެހޭނެ
  • ޣައިރު ޤާނޫނީ އަމުރަކަށް ތަބާވާކަށް ނުޖެހޭނެ
 
Writer Profile Picture
އަހުމަދު މުހުސިނު
ދެން ކަމެއް ރަނގަޅުކުރަންޏާ ދެން އެންމެން ތިބެގެން ވާހަކަ ދައްކައިގެން ވާނީ

މާރިޔާ: މިހާރު ވަރަށް ގިނަ ކަންކަން ގޯސްކޮށް ހިނގައިފި. 75000 މީހުން ތަމްސީލް ކުރާ ދާއިރާތައް އެބަހުރި މަޖިލީހުގައި ތަމްސީލް ނުކުރެވި. ދެފަނޑިޔާރުން އެތިބީ ޣައިރު ޤާނޫނީ ހައްޔަރެއްގައި. ފުލުހުންނަށް ރައީސް ކުރައްވަނީ ޣައިރު ޤާނޫނީ އަމުރު. މަޖިލީހަކުން ނެތް ބަޔަކު ޖަވާބުދާރީ ކުރެވޭކަށް. ދެން ކަމެއް ރަނގަޅުކުރަންޏާ ދެން އެންމެން ތިބެގެން ވާހަކަ ދައްކައިގެން ވާނީ

19 އޭޕްރިލް 2018 | ބުރާސްފަތި 22:17
Writer Profile Picture
އަހުމަދު މުހުސިނު
ސުޕްރީމް ކޯޓުގެ ދެފަނޑިޔާރުން މިވަގުތު ހައްޔަރުކޮށްފައި ބައިތިއްބާ ބައިތިއްބުމުގެ ޒިންމާ ޕީޖީވެސް ނަގަން ޖެހޭނެ

މާރިޔާ: ސުޕްރީމް ކޯޓުގެ ދެފަނޑިޔާރުން މިވަގުތު ހައްޔަރުކޮށްފައި ބައިތިއްބާ ބައިތިއްބުމުގެ ޒިންމާ ޕީޖީވެސް ނަގަން ޖެހޭނެ. ދަށުކޯޓަކުން އެބޭފުޅުންގެ ބަންދުގެ މުއްދަތެއް ނުޖެހޭނެ. ފުލުހުން އެފަނޑިޔާރުން ހައްޔަރު ކުރީވެސް ޤާނޫން އަސާސީއާ ޚިލާފަށް. އެބޭފުޅުން ހައަޔރެއް ނުކުރެވޭނެ އެގޮތަކަށް. އެއާ ޚިލާފަށް ސިފައިން ޖެހޭނީ އެމީހުން ބަލަހައްޓަން

19 އޭޕްރިލް 2018 | ބުރާސްފަތި 22:14
Writer Profile Picture
އަހުމަދު މުހުސިނު
ޣައިރު ޤާނޫނީ އަމުރަކަށް ތަބާވާކަށް ނުޖެހޭނެ

މާރިޔާ: ޣައިރު ޤާނޫނީ އަމުރެއް ފުލުހުންގެ މައްޗަކަށް ނުވެސް ކުރެވޭނެ. އަމުރެއް ކުރިއަސް ކިޔަމަންވެގެންވެސް ނުވާނެ. މަޖިލީހުގެ މެންބަރުންވެސް ފުލުހުން އުކާލަނީ. އެއީ ކުރެވޭނެ ކަމެއް ނޫން

19 އޭޕްރިލް 2018 | ބުރާސްފަތި 22:11
Writer Profile Picture
އަހުމަދު މުހުސިނު
ޤާނޫނުގައި އޮންނަ ގޮތާ ޚިލާފަށް އިންޑިިވިޖުއަލް ފުލުހަކުވެސް އަމަލް ކޮށްފިނަމަ އެމީހަކާމެދު ޤާނޫން އަރާ ހަމަ ކުރާނެ.

މާރިޔާ: ޤާނޫނުގައި އޮންނަ ގޮތާ ޚިލާފަށް އިންޑިިވިޖުއަލް ފުލުހަކުވެސް އަމަލް ކޮށްފިނަމަ އެމީހަކާމެދު ޤާނޫން އަރާ ހަމަ ކުރާނެ. ޖަލުގައިތިބި އެސްއޯ ފުލުހުންގެ ބޯ ބާލައިގެން އެހެން މީހުންނަށް ބާރު ދައްކަން އުޅުމަކީ އަދި ކުރެވޭނެ ކަމެއް ނޫން. 

19 އޭޕްރިލް 2018 | ބުރާސްފަތި 22:09
Writer Profile Picture
އަހުމަދު މުހުސިނު
ރިމާންޑް ޖަލުގައި ހުންނަ މީހަކީ އަދި ކުށެއް ސާބިތު ނުވާހާ ހިނދަކު ކުށްވެރިންނެއް ނޫން. 

މާރިޔާ: ރިމާންޑް ޖަލުގައި ތިއްބަސް ކުށެއް ސާބިތު ނުވަންޏާ ކުށްވެރިންނާމެދު ކަންކުރާ ގޮތަކަށް ޢަމަލެއް ނުކުރެވޭނެ. ޖަލުގައިތިބި އެސްއޯ ފުލުހުންގެ ބޮލެއް ކޮށައެއް ނުލެވޭނެ. ރިމާންޑް ޖަލުގައި ހުންނަ މީހަކީ އަދި ކުށެއް ސާބިތު ނުވާހާ ހިނދަކު ކުށްވެރިންނެއް ނޫން. 

19 އޭޕްރިލް 2018 | ބުރާސްފަތި 22:04
Writer Profile Picture
އަހުމަދު މުހުސިނު
ރުމާލު 2 ގައި ދައްކަން ޖެހޭ ވާހަކަ ފުލުހުންގެ ޔުނީފޯމް އަޅައިގެން ހުންނަ މީހަކު ދެއްކީމާ ރަނގަޅެއް ނޫން

މާރިޔާ: ބޮޑެތި ކުށްތައް ކުރާ މީހުން ނުހުއްޓުވޭއިރު ސިޔާސީ މީހުންގެ ވާހަކަ އެބަދެއްކޭ ފުލުހުންނަށް. ރުމާލު 2 ގައި ދައްކަން ޖެހޭ ވާހަކަ ފުލުހުންގެ ޔުނީފޯމް އަޅައިގެން ހުންނަ މީހަކު ދެއްކީމާ ރަނގަޅެއް ނޫން

19 އޭޕްރިލް 2018 | ބުރާސްފަތި 22:02
Writer Profile Picture
އަހުމަދު މުހުސިނު
ފުލުހުންނާ މެދު ރައްޔިތުން އިތުބާރު ނުކުރަނީ ފުލުހުންގެ ކަންކަން ހުންނަ ގޮތުން

މާރިޔާ: ފުލުހުންނާ މެދު ރައްޔިތުން އިތުބާރު ނުކުރަނީ ފުލުހުންގެ ކަންކަން ހުންނަ ގޮތުން. މިސާލަކަށް ރިލްވާން ގެއްލުމާ ޑރ އަފްރާޝީމްގެ މަރާ ޔާމިން ރަޝީދުގެ މަރާ ގުޅޭގޮތުން ކަންކަން ވެފައި ހުރި ގޮތުން ބަލައެއް ނުގަނެވޭ.

19 އޭޕްރިލް 2018 | ބުރާސްފަތި 22:00
Writer Profile Picture
އަހުމަދު މުހުސިނު
ހުކުމް ތަންފީޒް ކުރުމުގައި ގޮތް ނިންމާނީ ބަންޑާރަނައިބު ވިދާޅުވާ ގޮތަކަށޭ ނުބުނެވޭނެ

މާރިޔާ: ހުކުމް ތަންފީޒް ކުރުމުގައި ގޮތް ނިންމާނީ ބަންޑާރަނައިބު ވިދާޅުވާ ގޮތަކަށޭ ނުބުނެވޭނެ. ބަންޑާރަ ނައިބަކީވެސް އެއް ޚަސްމު. ޑިފެންސް މިނިސްޓަރާ ބަންޑާރަނައިބު އިންނަވާފައި އެކުރެއްވި ކަންކަން ސިފަވަނީ ރައްޔިތުންގެ މޫނުމަތީގައި ތަފާލެއް ޖެހިހެން

19 އޭޕްރިލް 2018 | ބުރާސްފަތި 21:58
Writer Profile Picture
އަހުމަދު މުހުސިނު
ރައީސް ބޭނުންވީމާ ވަކި ހުކުމެއް ތަންފީޒް ނުކޮށެއް ނުހުރެވޭނެ

މާރިޔާ: ރައީސް ބޭނުންވާހާ ގޮތަކަށް ކުރިން ހުކުމް ލިބެމުން އެއީ. އެކަމަކު މުޅި ދުނިޔެ މަރުހަބާކީ އަމުރެއް ތަންފީޒް ނުކުރަން ރައީސުލް ޖުމްހޫރިއްޔާއަކށް ބަހަނާއެއް ނުދެއްކޭނެ. ފުލުހުންގެ ސްޕޯކްސްޕާސަން އަކަށް އަރާ ކުއްޖާވެސް ރުމާލު ދޭއްގެ ސްޕީޗެއް ދޭ ގޮތަކަށް ވާހަކަ ދެއްކީމަ ލަދުވެސް ގަނޭ

19 އޭޕްރިލް 2018 | ބުރާސްފަތި 21:56
Writer Profile Picture
އަހުމަދު މުހުސިނު
ޤާނޫން އަސާސީގެ އެއްވެސް ތާކު ނެތް ފުލުހުން ރައީސުލް ޖުމްހޫރިއްޔާއަށް ޖަވާބުދާރީވާން ޖެހޭނެ ކަމަކަށް

މާރިޔާ: ޤާނޫން އަސާސީގެ އެއްވެސް ތާކު ނެތް ފުލުހުން ރައީސުލް ޖުމްހޫރިއްޔާއަށް ޖަވާބުދާރީވާން ޖެހޭނެ ކަމަކަށް. ޤާނޫނާ ޚިލާފަ ްކަމެއް ނުޖެހޭނެ ކުރާކަށް ރައީސުލް ޖުމްހޫރިއްޔާ އެންގިއަސް. ފުލުހުންނަކަށް ނުދެވޭނެ އަމުރެއް ސައްޙަތޯ ބަލާކަށް ކޯޓަކަށްވެސް

19 އޭޕްރިލް 2018 | ބުރާސްފަތި 21:54
Writer Profile Picture
އަހުމަދު މުހުސިނު
ފުލުހުންނަކަށްވެސް ޤާނޫން އަސާސީގެ ބޭރުން ކަމެއް ނުކުރެވޭނެ

މާރިޔާ: ފުލުހުންނަށްވެސް ބާރު ލިބިދެނީ ޤާނޫން އަސާސީއާއި އެހެނިހެން ޤާނޫން ތަކާއި ޤަވާއިދު ތަކާއި ޝަރުއީ އަމުރުތަކުގެ ތަރަހައިގެ ތެރެއިން. ކޮންމެ ފުލުހަކަށްވެސް ކަމެއް ކުރެވޭނީ ލިބިދޭ ޤާނޫނީ އިޚްތިޔާރުގެ ތެރެއިން

19 އޭޕްރިލް 2018 | ބުރާސްފަތި 21:49
Writer Profile Picture
އަހުމަދު މުހުސިނު
ފުލުުހުންނަކަށް ނުނިންމޭނެ އަމުރެއް ސައްހަތޯ ބަލާކަށް

މާރިއާ:ފުލުހުންނަކަށްވެސް ރައީސުލް ޖުމްހޫރިއްޔާއަކަށް އަދި ޢާއްމު މީހަކަސް އަމުރެއް ސައްހަތޯ ބަލަން ޖެހޭނީ ކޯޓުން. ފުލުުހުންނަކަށް ނުނިންމޭނެ ސައްހަތޯ ބަލާކަށް. ފުލުހުންނަށް ދައުވާވެސް ނުކުރެވޭނެ. ޕީޖީ ދައުވާވެސް ކުރަނީ. އިސްތިއުނާފްވެސް ކުރެވޭނީ ޕީޖީ. އެއީ ސަރުކާރާވެސް ބެހޭ ކަމެއް ނޫން. 

19 އޭޕްރިލް 2018 | ބުރާސްފަތި 21:48