ފަލަސުރުޚީ: ރައީސް ނަޝީދުގެ މައްސަލައިގައި އދގެ ނިންމުން

  • ހުރިހާ ފަރާތްތަކުން ކުރަން ޖެހޭ ކަންކަން އަވަހަށް ކުރައްވާ
  • ފަށާފައިވާ މަސައްކަތް ނިމެން ކައިރިވެއްޖެ ކަމުގެ އަލާމާތެއް
  • ކަމެއް ބޭނުންވާ ގޮތައް ނުވީމައެއް ނޫން ޤަބޫލް ނުކުރާނީކީ
 
Writer Profile Picture
އަހުމަދު މުހުސިނު
ހުރިހާ ފަރާތްތަކުން ކުރަން ޖެހޭ ކަންކަން އަވަހަށް ކުރައްވާ

ޝިފާޒް: މިއީ މުޅި ދައުލަތާ ގުޅުންހުރި ކަމެއް. އެދޭނީ ވީހާވެސް އަވަހަކަށް ހުރިހާ ފަރާތްތަކުން ކުރަން ޖެހޭ ކަންކަން ކުރައްވާށޭ

17 އޭޕްރިލް 2018 | އަންގާރަ 22:28
Writer Profile Picture
އަހުމަދު މުހުސިނު
ފަށާފައިވާ މަސައްކަތް ނިމެން ކައިރިވެއްޖެ ކަމުގެ އަލާމާތެއް

ޝާހިދު: މިއީ މުޅި ރާއްޖެއަށް ލިބުނު ކާމިޔާބީއެއް. އިސްލާހީ މަސައްކަތުގައި އުޅޭ ހުރިހާ ފަރާތްތަކަށް ލިބުނު ކާމިޔާބީއެއް. އިރާދަ ކުރެއްވިއްޔާ ފަށާފައިވާ މަސައްކަތް ނިމެން ކައިރިވެއްޖެ ކަމުގެ އަލާމާތެއް

17 އޭޕްރިލް 2018 | އަންގާރަ 22:27
Writer Profile Picture
އަހުމަދު މުހުސިނު
ކަމެއް ބޭނުންވާ ގޮތައް ނުވީމައެއް ނޫން ޤަބޫލް ނުކުރާނީކީ

އަހުމަދު: ސަރުކާރުގައި ތިއްބެވި ޤާނޫނީ ބޭފުޅުންނަށްވެސް އެނގިވަޑައި ގަންނަވާނެ ކަންކަން. ކަމެއް ބޭނުންވާ ގޮތައް ނުވީމައެއް ނޫން ޤަބޫލް ނުކުރާނީކީ

17 އޭޕްރިލް 2018 | އަންގާރަ 22:25
Writer Profile Picture
އަހުމަދު މުހުސިނު
ރައްޔިތުން ތިބީ ރައީސް ނަޝީދާއެކު

ޝިފާޒް: 2013 ގެ ރިޔާސީ އިންތިޚާބާ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިފައިވަނީ ރައީސް ނަޝީދަށް ރައްޔިތުން ކުރާ ތާޢީދާ. ދެންވެސް ރައްޔިތުން ތިބީ ރައީސް ނަޝީދަށް ވާދަ ނުކުރެވޭ ގޮތައް ތާއީދު ކުރާގޮތަކަށް ނޫން މިހާރުވެސް ރައްޔިތުން ތިބީކީ

17 އޭޕްރިލް 2018 | އަންގާރަ 22:22
Writer Profile Picture
އަހުމަދު މުހުސިނު
ދެންވެސް ރަނގަޅުވާނީ ޤާނޫނީ ހުކޫމާތުގެ ތެރެއަށް ވަދެގެން

ޝާހިދު:މުޢަހަދާ ތަކުގައި ބައިވެރިވެފައިވަނީ އެކަންކަން ނުކޮށް ނުތިބެވޭނެ ގޮތައް. އދ އިންސާނީ ހައްގުތަކާ ބެހޭ ކޮމެތީގެ ގޮނޑިއަށް ވާދަ ކުރާއިރު މިވަނީ ރާއްޖެއަކީ ހިތުހުރި ގޮތަކަށް ކަންކުރާ ްައުމެއްގެ ގޮތުގައި ދައްކާފައި. ކާރިޖީ ސިޔާސަތަކީ ވަކި ޤައުމުތަކަކުން ބުނާގޮތައް ހަދާ ގޮނޑިކޮއްކޮއަކަށް. މީކީ ކުރާވަރުގެ ކަމެއް ނޫން. މިއީ ދައުލަތެއް ވަންތަކަން ފުނޑުފުނޑު ކޮށްލީ.

އަދިވެސް އެބައޮތް ރަނގަޅު ކުރެވެން. ޤާނޫނަށް ބޯލަނބަންވީ. މުއައްސަސާތަކުން އަތްޕުޅު ނަންގަވަންވީ. ކުރެއްވިފައިހުރި ކަންކަމުން ސަލާމަތް ނުވެވޭނެ ކަމަށް ހީކޮށް ކަންކަން ރަނގަޅު ކުރުމުން ދެންވެސް ރަނގަޅު ގޮތެއް އޮތީ 

17 އޭޕްރިލް 2018 | އަންގާރަ 22:19
Writer Profile Picture
އަހުމަދު މުހުސިނު
މި ނިންމުން ތަކަކީ ވަރަށް ކައިރި ކުރިމަގެއްގައި ތަންފީޒް ކުރާނެ ނިންމުމެއް.

އަހްމަދު ޢަބްދުﷲ އަފީފް:ރާއްޖޭގެ ޤާނޫނީ ނިޒާމް އޮތްގޮތް އެނގެނީ ރައީސް ނަޝީދުގެ މައްސަލައަކުން އެކަންޏެއް ނޫން. އދ އާއި އެހެނިހެން ބޭފުޅުން އައިސް މިޤައުމުގައި ކަންކަން ހިނގާ ގޮތުގެ ރިޕޯޓްތައް އެބަހުރި. އެބޭފުޅުން ވިދާޅުވަނީ މި ޤައުމަކީ ޤާނޫނީ ހުކޫމަތެއް ނުހިނގާ ތަނެއްކަން. ރައީސް ނަޝީދުގެ މައްސަލައަކީ ޔުނިވަރސިޓީތަކުގައި ކިޔަވައިދޭން ރަނގަޅު މައްސަލައެއް.

އދ ގެ އެތައް ބޮޑީއަކުން ބުނެފި އެވާހަކަތައް. މި ނިންމުން ތަކަކީ ވަރަށް ކައިރި ކުރިމަގެއްގައި ތަންފީޒް ކުރާނެ ނިންމުމެއް. އެއީ ސުވާލެއް ނޫން.

17 އޭޕްރިލް 2018 | އަންގާރަ 22:12
Writer Profile Picture
އަހުމަދު މުހުސިނު
އިންތިޚާބެއް ބޭއްވޭނީ ރައީސް ނަޝީދުގެ ނަންފުޅާއެކު

ޝިފާޒް: ސަރުކާރުން އެބަބުނޭ ސުޕްރީމް ކޯޓުންނޭ ނިންމާނީ. އެކޯޓުން އެބައޮތް 1 ފެބްރުއަރީގައި ނިންމާފައި. ރައީސް ނަޝީދު މިނިވަން ކުރި ވާހަކަ. އެހެނެއް ނުތިބެވޭނެ . މިތަނުގައި އިންތިކާބެއް ބާއްވަންޏާ ރައީސް ނަޝީދުގެ ނަންފުޅު އެއިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި އޮވެގެން ބޭއްވޭނީ. އަޅުގަނޑުމެން މިބުނަނީ މިކަން ހުއްޓުވަން ނޫޅޭށޭ. ރައީސް ނަޝީދުވެސް އެވިދާޅުވަނީ ދެންވެސް ވާހަކަ ދައްކަމާ ހިންގަވާށޭ. އެކަން ނުކޮށެއް ނުވާނެ.

ބައެއް ފަހަރަށް ހިތަށް އަރާ ރައީސް ޔާމީން ގާތުގައި އުޅުއްވާ ބޭފުޅުން ހިތް ރުއްސަން އުޅުއްވާތަން. އެކަން އެހެން މީހުންނަށް އެނގެންވާނެ. މިހާރުވެސް އެބައެނގޭ ހޮންކޮންގ އާއި ބަރުމާއިންވެސް ސިޔާސީ ހިމާޔަތް ހޯއްދަވަން ރައީސް ޔާމީން އުޅުއްވާކަން. މިކަންކަން އެބޭފުޅުންނަށްވެސް އެނގިވަޑައިގަންނވާނެ. 

17 އޭޕްރިލް 2018 | އަންގާރަ 22:04
Writer Profile Picture
އަހުމަދު މުހުސިނު
މިފެންނަނީ ސަރުކާރުން ބޭނުން ނުވާ ބަހެއް ބުނާ ކޮންމެ ބައެއް ބޮލާލާ ޖަހާތަން

ޝާހިދު: މިހާރު މިފެންނަނީ ސަރުކާރުން ބޭނުން ނުވާ ބަހެއް ބުނާ ކޮންމެ ބައެއް ބޮލާލާ ޖަހާތަން. އެއީ ސުޕްރީމް ކޯޓުން ވިއަސް އދ އިން ވިޔަސް. ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވެސް އޮތީ މިވާހަކަތައް. އެކަމަކު ސުޕްރީމް ކޯޓުން އެއަމުރު ނެރުނީމާވެސް އެކަން ނުކޮށް ފަނޑިޔާރުން ހައްޔަރުކުރީ. މިފެންނަނީ ބޭނުން ނުވާ ކަންކަން ނުކުރަން އުޅޭތަން. އެކަމަކު މިއީކީ ވާނެ ކަމެއް ނޫން. ރައީސް ނަޝީދުވެސް އެނިންމުމާ ގުޅިގެން ޓްވީތް ކުރެއްވީ އެއާއެއްގޮތައް ވާހަކަ ދައްކަން ގޮވާލައްވާފައި. ރައީސުލް ޖުމްހޫރިއްޔާކަމުގައި ޔާމީން ހުންނަވާނަމަ ޖެހޭ މިއަށް ބޯލަންބާ ވާހަކަ ދައްކަން

17 އޭޕްރިލް 2018 | އަންގާރަ 21:58
Writer Profile Picture
އަހުމަދު މުހުސިނު
ނިންމުމަށް އެއްބަސް ނުވާނަމަ ވަރަށް ގޯސްވާނެ

އަހްމަދު ޢަބްދުﷲ އަފީފް: ޤާނޫން އަސާސީގައި އަސާސީ ހައްޤުތަކުގައި ބުނެފައި އެހުރީ އައިސީސީޕީ އާރުގައިވެސް އޮތް ވާހަކަތައް. އެނިނމުމަށް ތަބާ ނުވާނަމޭ ބުނުމަކީ ޤާނޫން އަސާސީއަށް ތަބާނުވުން. އެހެނެއް ނުބުނެވޭނެ. އެމުއާހަދާގައި ރައްޔިތުންގެ ފަރާތުން ސޮއިކޮށްފައިވަނީ ޤާނޫން އަސާސީގެ ތެރެއިން. އެހެންވީމާ އެކަން ނުކުރެވޭނެއެކޭ ނުބުނެވޭނެ.

ރައްޔިތުން ބޭނުންވާ މީހަކު ޚިޔާރު ކުރުމަކީ ޤާނޫން އަސާސީން ލިބިދޭ ހައްގެއް ކޮންމެ މީހަކަށްވެސް. އެގޮތުން ގެންނަން ބޭނުންވާ މީހެއް ރައީސް ނަޝީދަކީ.

މީހުން ސުވާލު ކޮށްފާނެ ދެން ވާނީ ކިހިނެއްހޭ. ތަންފީޒް ނުކޮށްފިއްޔާ ވަރަށް ދެރަ ގޮތެއް ވެދާނެ. އދ ގައި އިންސާނީ ހައްޤުތަކާ ބެހޭ ކޮމެޓީއަކީ ޚައިރާކީއަށް ބަލާއިރު ވަރަށް މުހިއްމު ކޮމެޓީއެއް. މިއަށް ދެކޮޅު ހަދައިފިއްޔާ ނިންމާ ނިންމުންތައް ވަރަށް ގޯސްވާނެ

17 އޭޕްރިލް 2018 | އަންގާރަ 21:54
Writer Profile Picture
އަހުމަދު މުހުސިނު
ކަރުދާސް ކޮޅުގައި ރައީސް ނަޝީދުގެ ނަން އޮންނާނެ

ޝިފާޒް: މުޅި ދުނިޔެއަށް ހާމަވޭ ރައީސް ނަޝީދާ މެދު ކުރެވުނު ޝަރީއަތް ކުރެވުނު ގޮތް. މުޅި ދުނިޔެއިން އެބުނީ އެމަނިކުފާނާމެދު ހިންގުނީ ހިންގަން ޖެހޭ ޝަރީއަތެއް ނޫންކަމާ އެކަން ކުރެވުނީ ރަނގަޅު ނޫންކަމަށް. އެހާ އަވަހަށް ސަރުކާރުގެ ރިެއކްޝަން އައުމުން އެނގިގެން ދިޔައީ ކުރިއަށް އޮތް އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި  ރައީސް ނަޝީދުގެ ނަން އޮންނާނެކަން

17 އޭޕްރިލް 2018 | އަންގާރަ 21:49
Writer Profile Picture
އަހުމަދު މުހުސިނު
މުޅި ދުނިޔެއިން އެބުނީ ރައީސް ނަޝީދުގެ ނަންފުޅު އޮންނާނެކަން

ޝާހިދު: އދ އިން  މުޅި ދައުލަތައް އެއެންގީ ރައީސް ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގައި އޮންނާނެކަން.

17 އޭޕްރިލް 2018 | އަންގާރަ 21:47