ފަލަ ސުރުޚީ: މަސްވެރިންނަށް ހުރި ދަތިތައް

  • މި ސިޔާސަތުން މަސްވެރިއާއަށާއި މަސްވެރި ޢާއިލާތަކަށް އިހުމާލުވެއްޖެ
  • ރާއްޖެއަށް ބޭނުންވަނީ މަސްގަންނަން ދާނެ މޮބައިލް ބޯޓުތަކެއް
  • ރައީސް ނަޝީދު އިރުގައި ހަމައަގު ލިބިފައި މިހާރު ނުލިބެނީ ކޮރަޕްޝަންގެ ސަބަބުން
 
Writer Profile Picture
އާމިނަތު ނުޒުހާ
މި ސިޔާސަތުން މަސްވެރިއާއަށާއި މަސްވެރި ޢާއިލާތަކަށް އިހުމާލުވެއްޖެ

މަސްވަރިންނަށް ބޭނުންވާ ކަންކަން ލިބޭން ގޮތަށް އެތަންތަން ހުންނަން ވާނީ، މަސްވެރިްނަށް މި ސަރުކާރުން އޮޅުވާލީ، ކޫއްޑޫގައި މަސްވރިންނަށް ޚިދުމަތްތައް ލިބޭނެ ނިޒާމް މެރީނާއެއްގައި ގާއިމް ކުރާނެކަމަށް ވިދާޅުވި، 5 އަހަރު ވީ ނުވިއެކަމެއް، ގޮސް ބައްލަވަ، ކޫއްޑޫއަށް މަސްކިރާފައި ގޮސް މި ތިބެން ޖެހެނީ ވިލިނގިލީ ބަދަރުގައި، އެކަމު މެރީނާއިން އެކަންކަމެއް ނުވި، އެރީނާ ނުނިމި ފަސްއަހަރު މިވީ، ކޮބާތޯ މަސްވެރިންނަށް އެކަށައެޅި ސިޔާސަތުތައް، ކޮބާތޯ މަސްވެރިންގެ ސިޔާސަތުތައް، މަސްވެރިންނަކީ މި ގައުމު ބިނާކޮށްދިން ފްލީޓް، މިއަދާ ހަމައަށް އެފަރާތްތަކުން ކޮށްދިން މަސައްކަތުގެ އަގު ކޮބައިތޯ، ބުރަ މަސަައްކަތުން ގައުމު ބިނާކުރުމުން މިއަދު އެއްވެސް އިންޝޫރެންސެއް ނެތި އެތިބީ ބަލި އެނދުގައި، ބޮޑު މަހާ ޖައްރާފަކުން ގައުމު ހިއްކިއަސް ކަމަކު ނުދާވެ، މި ސަރުކާރުން މިހެން ކަންކަން ކުރަންޏާ މަސްވެރިން އެންދަމާނެތަނެއް މުސްތަގުބަލުގައި ނޯންނާނެ. މަސްވެރިކަމުގެ ފްލީޓް ނެތި ހިނގައިދާނެ، ދޯނި ފަހަރަށް ޚާއްސަ އޮނިގަނޑެއް އޮންނަން ޖެހޭ، މަސްވެރިކަމުގެ ޕޮލިސީ ޚާއްސަކޮށް މަސްވެރިންނަށް އޮންނަންވާނެ، މަސްވެރިންނަށް މަސް ކިރޭނެ ގޮތް އޮންނަންވީ، މި ސިޔާސަތުން މަސްވެރިއާއަށާއި މަސްވެރި ޢާއިލާތަކަށް އިހުމާލުވެއްޖެ، 

9 އޭޕްރިލް 2018 | ހޯމަ 22:19
Writer Profile Picture
އަހުމަދު މުހުސިނު
ރާއްޖެއަށް ބޭނުންވަނީ މަސްގަންނަން ދާނެ މޮބައިލް ބޯޓުތަކެއް

ސައުދު: ރާއްޖެއަށް ބޭނުންވަނީ މަސްގަންނަން ދާނެ މޮބައިލް ބޯޓުތަކެއް. އޭރުގެ ބޯޓު އެބަހުރި ބާވެގެން ނުދުއްވިފައި. އެއަށް އަޅާ ނުލެވިފައި. ކިތައް މީހުންގެ ވަޒީފާތޯ އެގެއްލެނީ.

ކޮބާތޯ ބެޔަސް ނުބެޔަސް ސްކީމް. މިހާރު އެވާހަކަ ދައްކާކަށް ނުކެރޭނެ.  މެނިފެސްޓޯގައި ހުރި ކަންކަމާ ކުރާ ކަމަކާ ދިމަލެއް ނުވޭ. ޒުވާން މަސްވެރިން ނެއް ނުނެރެވޭ. އެވްރޖްކޮށް މަސްވެރިއަކަށް އެބަލިބޭ ދުވާލަކު 20 ހާސް ރުފިޔާ. ރަނގަޅަށް މަސްބާނާއިރު

9 އޭޕްރިލް 2018 | ހޯމަ 22:05
Writer Profile Picture
އަހުމަދު މުހުސިނު
ރައީސް ނަޝީދު އިރުގައި ހަމައަގު ލިބިފައި މިހާރު ނުލިބެނީ ކޮރަޕްޝަންގެ ސަބަބުން

ސައުދު: ރައީސް ނަޝީދު އިރުގައި ހަމައަގު ލިބިފައި މިހާރު ނުލިބެނީ ކޮރަޕްޝަންގެ ސަބަބުން. އޭރު މަސައްކަތް ކުރެއްވީ މަސްވެރިޔާއަށް އެއްޗެއް ލިބޭނޭގޮތް ހެދުމަށް. މިހާރު އެކަމެއް ބޭނުމެއް ނުވޭ. މިފްކޯއަކުން ބޭނުމެއް ނުވޭ ހަމައަގު ހޯދާކަށް. ކޫއްޑޫގައި ކާރުޚާނާތައް ޤާއިމްކޮށް ރިސޯސްތައް ޤާއިމް ކުރެވެން ޖެހޭނެ.

ކީއްވެތޯ ހއ ހދ މީހުން މަހަށް ނުދަނީ. މެދުރާއްޖެ ތެރޭގެ ރަށްރަށުގެ މީހުން މަސްބާނައިގެން ގެނެސް ނުކިރިގެން ގޭގައި ކައްކާލަނީ. ރައީސް މައުމޫން އިރުގައި ގެނައި ބޯޓުތައް އަދިވެސް ބޭނުން ކުރަނީ.

ރައީސް ޔާމީނަކަށް ލާހިކެއް ނޫން މަސްވެރިންނާ ބައްދަލުކުރާކަށް. ފިޝަރީޒް މިނިސްޓަރަކަށްވެސް ނުކެރޭނެ.

އަޅުގަނޑާއި ނައިފަރު ދާއިރާގެ މެންބަރު ސިޔާމަކީ ދެ ފެކްޓްރީ ހުންނަ ސަރަހައްދުގެ މެންބަރުން. އަހަރެމެން ރަށަށްދާ ކޮންމެ ފަހަރަކު މަސްވެރިންނާ ދިމާވޭ. އެވާހަކަތައް ރައީސް ޔާމީން ގާތު ދެއްކީމަ ވިދާޅުވީ އިތުރަށް ތިވާހަކަ ނުދައްކާށޭ

9 އޭޕްރިލް 2018 | ހޯމަ 22:01
Writer Profile Picture
އަހުމަދު މުހުސިނު
ކޫއްޑޫގެ މަސައްކަތައްވުރެ މުވައްޒަފުންލައްވާ ކުރަނީ ސިޔާސީ މަސައްކަތް

ސައުދު: ކޫއްޑޫގެ މަސައްކަތައްވުރެ މުވައްޒަފުންލައްވާ ކުރަނީ ސިޔާސީ މަސައްކަތް. މި އިންޑަސްޓްރީ ސަރުކާރުން ހަލާކުކޮށްލައިފި. ފްލީޓަށް ބޯޓެއް އިތުރުކުރީކީ ނޫން. ކެޕޭސިޓީ އިތުރުކުރީކީ ނޫން. 

ފެލިވަރުގައި މަސްބަންދުކުރާ ކެޕޭސިޓީ އިތުރުކުރިވާހަކަ ބުނާއިރު ކީއްވެތޯ ބޯޓުތަކުގައި މަސްހިފައިގެން ތައިލެންޑަށް ވިއްކަންވީ. އެމީހުން ދިވެހިރާއްޖޭގެ މަހުގެ ގޮތުގައި އަގުބޮޑުކޮށް އެވިއްކަނީ މަސްދަޅު. 

ސަރުކާރުން ބޭނުންވަނީ ބަލްކްކޮށް ފައިސާގަނޑެއް ހޯދޭތޯ. އަންޑަރ ޓޭބަލް ދަށުން ކަޓެއް ނެގޭތޯ. އިންޑަސްޓްރީ ރަނގަޅު ކުރެވޭތޯއެއް ނުބަލާ

9 އޭޕްރިލް 2018 | ހޯމަ 21:53
Writer Profile Picture
އަހުމަދު މުހުސިނު
މިފްކޯ ބަނގުރޫޓްވީ ކޮރަޕްޝަންގެ ސަބަބުން

ސައުދު: މިފްކޯ ބަނގުރޫޓްވީ ކޮރަޕްޝަންގެ ސަބަބުން. އެސްޓީއޯ ދަށަށް މިފްކޯ ގެނައިއިރު 1000 މިލިއަން ރުފިޔާގެ ދަރަނި އޮތް. މިފްކޯގެ ފައިސާވެސް ވަންނަނީ އަމިއްލަ މީހެއްގެ އެކައުންޓަށް. 

ދައުރު ނިމެންދާއިރު މަސްވެރިންނަށް އެބައެނގޭ މިވާގޮތް. އައިސް ނުލިބި ތިބެން ޖެހެނީ ޕްލާންޓްތަކުގެ މަސައްކަތް ނުކުރާތީ ފޭކް ތަކެތި ގެނެސްގެން އެޕްލާންޓްތައް މަރާމާތު ކުރާތީ

9 އޭޕްރިލް 2018 | ހޯމަ 21:49
Writer Profile Picture
އަހުމަދު މުހުސިނު
މަހުގެ ހަމައަގު ނުލިބެނީ ސަރުކާރުން އެކަން ބޭނުން ނުވާތީ.

ސައުދު: މަހުގެ ހަމައަގު ނުލިބެނީ ސަރުކާރުން އެކަން ބޭނުން ނުވާތީ. މެނިފެސްޓޯގައި ހުރިކަންކަން މިއަދު ހަނދާނެއް ނެތް. މަސްވެރިން އެއްވެސް ބަޔަކަށް ނުހަދާ މިސަރުކާރަކުން

9 އޭޕްރިލް 2018 | ހޯމަ 21:47
Writer Profile Picture
އަހުމަދު މުހުސިނު
މައްސަލައަކީ ފިޝަރީޒްގެ ޕްލޭނެއް ނެތުން

ސައުދު: މިހާރުވެސް ކޫއްޑޫ ފަދަ ތަންތަން ރަނގަޅު ކުރެވޭނެ ގޮތްތައް އެބަހުރި. އެކަމަކު މައްސަލައަކީ އެކަނަކަން ރަނގަޅުކުރާނެ ޕްލޭނެއް ފިޝަރީޒް މިނިސްޓްރީގައި ނެތުން. 

ކަނޑުން ނެގޭ ކޮންމެ ކަނޑު މަހަކީ ރާއްޖެއަށް ބޭރުފައިސާ ލިބޭނެ އެއްޗެއް. އެކަމަކު ބޭނޭ ދުވަސްވަރު ނުކިރި އައިސްއަޅައިގެން ތިބެން ޖެހުމުން މަހުގެ ކޮލިޓީ ގެއްލޭ. މިސަރުކާރުން ޕްލޭނެއް ނެތި މިކުރާ މަސައްކަތުން ފެންނަނީ މިސިނާއަތު ބަނގުރޫޓް ކޮށްލާތަން.

ކީއްވެތޯ ކޫއްޑޫގައި ފިޝް ކޭން ފެކްޓަރީއެއް ޤާއިމް ނުކުރަންވީ. މިހާރު 500 ޓަނު ހިފައިގެން ބޯޓު ގޮސް އޮންނަން ޖެހެނީ ފެލިވަރުގައި. ކުރީގައި މަސް ގަންނަން ބޭނުންކުރި ފްލީޓް މިހާރު ބޭނުން ކުރަނީ ކޫއްޑޫއިން ފެލިވަރަށް މަސްގަންނަން

9 އޭޕްރިލް 2018 | ހޯމަ 21:45
Writer Profile Picture
އަހުމަދު މުހުސިނު
ކުރިން ލިބުނު ފައިދާއެއް މިހާރަކު ކޫއްޑޫއަކުން ނުލިބޭ.

ސައުދު: ކުރިން ރައީސް ނަޝީދު އިރުގައި 3 ކުންފުންޏަކަށް ބަހާލައިގެން ލިބުނު ކުރިއެރުން މިހާރު މިވަނީ އެއް ކުންފުންޏެއްގެ ދަށަށް 2014 ވަނަ އަހަރު ހެދުމާއެކު ގެއްލުންވެ އެތައް ނުހިންގިގެން ދާތަން. 

އަދިވެސް އެތަނަށް ކުރިއެރުމެއް ނުލިބޭ.

9 އޭޕްރިލް 2018 | ހޯމަ 21:39