ފަލަ ސުރުޚީ: ސަރުކާރު ޒިންމާދާރު ކުރުވުން

  • މެނިފެސްޓޯގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން
  • މާލެ އަމާން ވީތޯ؟
  • ކަޅުވަކަރު މިސްކިތް ވިއްކާ ނުލުމަށް ރައިސް ނަޝީދު އެދިވަޑައިގެންނެވި
 
Writer Profile Picture
އާމިނަތު ނުޒުހާ
މެނިފެސްޓޯގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން

މެނިފެސްޓޯގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން، އެ މެނިފެސްޓޫގައި އަޅުގަނޑުމެން އެމްޑީޕީގެ ސީދާ ވިސްނުން ހުރި ގޮތް އޮތް ނަމަވެސް ސިންގަލް ކެނޑިޑޭޓަކަށް ވިސްނައި، ހުރިހާ ބޭފުޅުން ބޭނުންވާ ގޮތަށް ސިންގަލް ކެންޑިޑޭޓްގެ މެނިފެސްޓޯއާއި އަޅުގަނޑުމެންގެ މެނިފެސްޓޯ އެއްކޮށްލާނަން.ރަސްމީ ސިފައެއްގައި އަދި އަޅުގަނޑުމެންގެ ކެމްޕެއިން އަދި ނުފަށަން އެކަމު ރަށްރަށުގައި ދިދަ ނަގަމުން ދަނީ އަޅުގަނޑުމެން އެމްޑިޕީގެ ސެކްރެޓޭރިއޭޓުން އެދިގެނެެއް ނޫން، ހަމަ ރައްޔިތުން ބޭނުންވެގެން

7 އޭޕްރިލް 2018 | ހޮނިހިރު 22:12
Writer Profile Picture
އާމިނަތު ނުޒުހާ
މާލެ އަމާން ވީތޯ؟

މާލޭގައި އަމަން ގެއްލޭކަމަށް ވިދާޅުވެ އޭރު ރައީސް ނަޝީދު ގެންނެވި ބަދަލު، ފިހާރަތަށް ބަންދުކުރާ ގަޑި ލަސްކުރި ކުރުން މި ސަރުކާރުން އިހު އޮތް ގޮތަށް ބަދަލުކުރީ، މާލޭގެ ހަމަނުޖެހުން ހިންގަފާނެތީކަމަށް ބުނެ، މިއަދު އަލުން އޯވަރ ނައިޓަކުން އެކަން ބަދަލުވީ މާލެ އަމާން ވީތޯ

7 އޭޕްރިލް 2018 | ހޮނިހިރު 22:04
Writer Profile Picture
އާމިނަތު ނުޒުހާ
ކަޅުވަކަރު މިސްކިތް ވިއްކާ ނުލުމަށް ރައިސް ނަޝީދު އެދިވަޑައިގެންނެވި

ރައީސް ޔާމީން އަރިހު ދަންނަވައިދެއްވަން އެދިވަޑައިގެން ރައީސް ނަޝީދު ވިދާޅުވީ، ކަޅުވަކަރު މިސްކިތް ކޮބައިތޯ ރައީސް ނަޝީދަށް ދަންނަވައިދެއްވާށޭ، އެ މިސްކިތް ވިއްކަވާ ނުލައްވާށޭ، އަދި ދަރަންޏަށް ފައިސާ ނަންގަވައިގެންވެސް އެ މިސްކިތް ހޯއްދަވާނެކަމަށް ރައީސް އަޅުގަނޑަށް ގުޅުއްވާފައި ވިދާޅުވި،

7 އޭޕްރިލް 2018 | ހޮނިހިރު 21:56
Writer Profile Picture
އާމިނަތު ނުޒުހާ
މި އިންތިޚާބު އަޅުގަނޑުމެން ކަށަވަރުކުރާނަން

މި އިންތިޚާބު އަޅުގަނޑުމެން ކަށަވަރުކުރާނަން، އެ އިންތިޚާބު މިނިވަން އިންސާފުވެރިން އިންތިޚާބެއް ނަމަ، މިނިވަން  އިންސާފުވެރި އިންތިޚާބެއް ހޯދުމުގެ ފުރުސަތުވެސް އެބައޮތް، ސަރުކާރަށް ރައްޔިތަކަށް ނޯޅޭ ސަރުކާރުން ހަދާ ދޮގެއް، މިއަދު ރައްޔިތުން ތިބީ ވަރަށް ހޭލުންތެރިކޮށް

7 އޭޕްރިލް 2018 | ހޮނިހިރު 21:51
Writer Profile Picture
އާމިނަތު ނުޒުހާ
އެންމެ ފައިދާ ހުރި ގޮތަކީ އެއް ކެނޑިޑޭޓަކު ނެރުން

މީގެ ކުރިން ނުބުނާ ވަރަށް މިނިވަން މުއައްސަސާތަކުން ވެސް އެދަނީ ބަސްބުނަމުން. އަދި މިހާތަނަށް އަޅުގަނޑުމެންނަށް ކެނޑިޑޭޓެއް ނުނެރެވުނަސް، އެސްއޯއީގެ ކުރިން އަޅުގަނޑުމެން ދިޔައީ އެކަން ބާރަށް ކުރަމުން، އެހެނަސް މިހާރު އަނެއްކާވެސް އެކަން މި ދަނީ ފަށައިގެން ކުރިއަށް، ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކީ އެއް ކެނޑިޑޭޓަކު ނެރުން. ވަރަށް އެކީގައި ޕާޓީތަކުން މި ދަނީ މަސައްކަތް ކުރަމުން- ހަސަން

7 އޭޕްރިލް 2018 | ހޮނިހިރު 21:46
Writer Profile Picture
އާމިނަތު ނުޒުހާ
ކާމިޔާބު މި ދަނީ ލިބެމުން

ކާމިޔާބު މި ދަނީ ލިބެމުން. ދެން އޮތީ ކުޑަ ދުވަސްކޮޅެއް، ފުލުހުންނާއި ސިފައިން ފާޅުގައި އެދަނީ ރައީސް ޔާމީންއާއި ދެކޮޅުކަން އެދަނީ ދައްކަވަމުން، މިއަދު ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު އެ ތިބެނީ ޖަލުގައި، މަޖިލީހުގެ މެންބަރުން ހައްޔަރުކުރައްވައިގެން ގައުމެއް އެ ހިންގަވަނި، ޔާމީނާއި އިދިކޮޅު ހުރިހާ ސިޔާސި ލީޑަރުން ޖަލުގައި-ހަސަން ލަތީފް

7 އޭޕްރިލް 2018 | ހޮނިހިރު 21:42
Writer Profile Picture
އާމިނަތު ނުޒުހާ
ރައީސް ޔާމީން މިހާރު ހުންނެވީ ގިނިކަންޏާ

 ރައީސް ޔާމީން އިންތިޚާބުވެވަޑައިގެންނެވި އިރު ހުންނެވި ގޮތާއި މިހާރު ހުންނެވި ގޮތާއި މުޅިން ތަފާތު، އޭރު ހުންނެވީ ފުލް ޕަވަރުގައި، މިހާރު އެ ހުންނެވީ ގިނި ކަންޏާ،

7 އޭޕްރިލް 2018 | ހޮނިހިރު 21:39