ފަލަސުރުޚީ އޭޖި އޮފީހުގެ ދައުރު

  • ހައްގުތައް ގެއްލޭއިރު، އޭޖި ހިމޭނުން ހުންނަނީ ކީއްވެބާ
  • ހާލަތަކާއި ބައްދަލު ވާ މިންވަރަށް ނޫނީ ބާރުގެ ބޭނުން ނުކުރެވޭނެ
  • އަމިއްލަ ޚިޔާލު ފާޅު ކުރެވެން ޖެހޭ
 
Writer Profile Picture
އާމިނަތު ނުޒުހާ
ހައްގުތައް ގެއްލޭއިރު، އޭޖި ހިމޭނުން ހުންނަނީ ކީއްވެބާ

ރައްޔިތުންގެ ހައްގުތައް ގެއްލޭއިރު، އޭޖި ހިމޭނުން ހުންނަނީ ކީއްވެބާއޭ ހިތަށް އަރާ، ބަންޑާރަ ނައިބަކީ ހިއުމަން ރައިޓްސްގެ ދާއިރާއިން ވަރަށް ތަޖުރިބާ ހުރި ބޭފުޅެއް، އެ ރޮނގުން ވަރަށް ރަނގަޅު ޑިސިޝަންސް ނަންގަވާފައި އެބަހުރި، އެންޓ-ޑިފެކްޝަން ގެ ގާނޫނާއި، ކުއްލި ހާލަތުގައި އަމަލު ކުރެއްވި ގޮތް އަޅުގަނޑަކަސް އެއްގޮތަކަށްވެސް ނޭނގޭ

5 އޭޕްރިލް 2018 | ބުރާސްފަތި 22:14
Writer Profile Picture
އާމިނަތު ނުޒުހާ
ހާލަތަކާއި ބައްދަލު ވާ މިންވަރަށް ނޫނީ ބާރުގެ ބޭނުން ނުކުރެވޭނެ

ހިފަހައްޓާ ބަހައްޓާފައި މީހެއްގެ ގަޔަށް ޕެޕާސްޕްރޭ ޖަހާކަށް ނޯންނާނެ، އެ ހާލަތަކާއި ބައްދަލު ވާ މިންވަރަށް ނޫނީ ބާރުގެ ބޭނުން ނުކުރެވޭނެ، ގައުމު މި އޮތީ ވަރަށް ބޮޑަށް ބެހިފައި، ގާނޫނު އަސާސީއާއި ޚިލާފުވާ ބަޔަކާއި އަޅުގަނޑާއި ދެކޮޅު، ވަކި ކުލައެއް ވެގެނެއް ނޫން އަޅުގަނޑު ސަރުކާރާއި ދެކޮޅަށް ބަސްބުނީ، ބޭނުންވާ ޚިޔާލެއް ފާޅުކުރުމަކީ މައްސަލައެއް ނޫން،  

5 އޭޕްރިލް 2018 | ބުރާސްފަތި 22:10
Writer Profile Picture
އާމިނަތު ނުޒުހާ
އަމިއްލަ ޚިޔާލު ފާޅު ކުރެވެން ޖެހޭ

އަޅުގަނޑު ދެކޭ ގޮތުގައި އިންސްޓިޓިއުޝަން އެއްގައި މަސައްކަތް ކުރާ މީހަކުނަމަގާނޫނު އަސާސީއާއި ދެކޮޅަށް މަސައްކަތް ކުރާނެކަމަކަސް ނުދެކެން، އަސްލު އަޅުގަނޑު ބަންޑާރަ ނައިބުގެ އޮފީހުގައި މަސަައްކަތް ކުރާތާ 10 އަހަރުވީ، ބައެއް ބޭފުޅުން ވިދާޅުވި އިސްތިއުފާ ދޭށޭ، އެކަމަކު އަޅުގަނޑު ނުޖެހޭ އިސްތިއުފާ ދޭކަށް، ޚިޔާލު ތަފާތުވި ދެއްކޭނޭ ވާހަކަ އާއި ނުދެއްކޭނެ ވާހަކަ ހުންނާނޭ  ކިޔާފައި، އެކަމަކު އަޅުގަނޑަށްވެސް އަމިއްލަ ޚިޔާލު ފާޅު ކުރެވެން ޖެހޭ

5 އޭޕްރިލް 2018 | ބުރާސްފަތި 22:02
Writer Profile Picture
އާމިނަތު ނުޒުހާ
އަނިޔާ ލިބެމުން ދިއުމުން ކެތް ކުރަން ދަތިވި

އަޅުގަނޑު ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލަކަށް ހުރުމުން ރައްޔިތުންނަށް ލިބެމުން އޭރު ދިޔައަނިޔާއަށް ކެތްކުރަްނ އުނދަގޫވެގެން އަޅުގަނޑު ޓްވީޓެއް ކުރީ، ކުރިންވެސް ބަންޑާރަ ނައިބާ ވަރަށް ސާފު އިބާރާތުން ދަންނަވާފައި ހުންނާނެ، އިންޓާނަލީ ދިޔައީ ރާއްޖޭގައި ކަންކަން ހިނގަމުންދާ ގޮތާއި ގުޅޭގޮތުން. އެ ޓްވީޓް ކުރުމުން އަޅުގަނޑު ކުރިން ފޭސްބުކްގައި ލިޔަމުން ދިޔައީ، އޭރު ރަށްޓެހިން ބުނަމުން ދިޔަ އެފަދަ އެއްޗެހި ލިޔަމުން ނުދާށޭ، އަދި ބައެއް ފަހަރު ޑިލީޓްވެސް ކުރިން-ޝުނާނާ

5 އޭޕްރިލް 2018 | ބުރާސްފަތި 21:49
Writer Profile Picture
އާމިނަތު ނުޒުހާ
އޭޖި އޮފީހުގެ ދައުރު

ކުއްލި ނުރައްކަލުގެ ހާލަތުގައި ނުހިފެހެއްޓޭނެ ކަންކަން ގާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައި އޮތް އިރު، އެންމެ ބޮޑު ކޮންސާނަކީ އެ ގަރާރުން އެތަށް ގެއްލުންތަކެއް ރައްޔިތުންނަށް ލިބިގެން ދިއުން، ފްރީޑަމް އޮފް ސްޕީޗް އޮތީ ސަސްޕެންޑް ކުރެވުނު-ޝުނާނާ

5 އޭޕްރިލް 2018 | ބުރާސްފަތި 21:44