ފަލަ ސުރުޚީ: ސިޔާސީ ހައްޔަރީން

  • ޤާނޫނީ އިމުގެ ތެރެއަށް މިސަރުކާރަކަށް ދެނެއް ނުވަދެވޭނެ
  • މީހުން ބަންދުކޮށްފައި ތިބީ އިންސާނުން ބައިތިއްބަން އެކަށޭނަ ތަނެއްގައެއް ނޫން
  • ޒުވާން ކުދިން މުޖުރިމުންނަށް ވެފައި އެބަހުރި
 
Writer Profile Picture
އަހުމަދު މުހުސިނު
ޤާނޫނީ އިމުގެ ތެރެއަށް މިސަރުކާރަކަށް ދެނެއް ނުވަދެވޭނެ

ޒާލިފް: ސަރުކާރު މިހާރު މިއޮތީ ޤާނޫނީ އިމުގެ ތެރެއަށް ވަދެވޭވަރަށްވުރެ ދުރުގައި. އެއަށްވުރެ ގިނައިން ޤާނޫނާ ޚިލާފް ގިނަ ކަންތައްތަކެއް ކުރެވިއްޖެ. އެކަންކަމާހުރެ ޤާނޫނީ އިމުގެ ތެރެއަށް ވަދެވޭކަށް ނެތް. 

4 އޭޕްރިލް 2018 | ބުދަ 22:12
Writer Profile Picture
އަހުމަދު މުހުސިނު
މީހުން ބަންދުކޮށްފައި ތިބީ އިންސާނުން ބައިތިއްބަން އެކަށޭނަ ތަނެއްގައެއް ނޫން

ޒާލިފް:މިހާރު މީހުން ބަންދުކޮށްފައިތިބި މީހުން ބަންދުކޮށްފައި ތިބީކީ އިންސާނުން ބަންދުކޮށްފައި ބައިތިއްބަން ހެޔޮވާވަރުގެ ތަނެއްގައެއް ނޫން.

4 އޭޕްރިލް 2018 | ބުދަ 22:07
Writer Profile Picture
އަހުމަދު މުހުސިނު
ޒުވާން ކުދިން މުޖުރިމުންނަށް ވެފައި އެބަހުރި

ޒާލިފް: ކަމަކާ ނުލައި ޒުވާން ކުދިން ހައްޔަރުކޮށްގެން ބޭތިއްބުމުން އެމީހުން ނޮޑެތި މުޖްރިމުންނަށްވެ ފުލުހުންނާ ސިފައިންނަށް ދެކޮޅަށް ނުކުންނަ ހިސާބަށް ގޮސް އެބަހުރި. އެސްއޯއީވެސް ހަމަ އެގޮތައް އެއިއުލާން ކުރީ. ހަމަ ހިތައް އެރީމާ އެވީ ކުރަން. އެހެނެއް ނުވާނެ. 

4 އޭޕްރިލް 2018 | ބުދަ 21:58
Writer Profile Picture
އަހުމަދު މުހުސިނު
ކޮންމެހެން ބަންދުކުރަން ޖެހިގެން ނޫނީ ބަންދުކޮށްފައި ބައިތިއްބައިގެން ނުވާނެ

ޒާލިފް: ބައިނަލް އަޤްވާމީ އެއްވެސް މުޖުތަމައެއްގައި މިގޮތަކަށް ކަންކަމެއް ނުކުރޭ. ސިއްރު ހެއްކަކަށް ނުވަތަ އިންޓަލިޖެންސް ރިޕޯޓަށް ބިނާކޮށް މީހުން ހައްޔަރުކޮށް ބަންދުކޮށްފައެއް ނުވޭ. ބަންދުކުރަނީ ކޮންމެހެން ބަންދުކުރަން ޖެހިގެނެއް ނޫން. ކޮންމެ  ތުހުމަތެއްގައި ބަންދުކުރާކަށް ނުޖެހޭ. މީހާ ހައްޔަރުކޮށް ބަޔާން ނަގާފައި ދެން އެއަށާ ތަހުގީގަށް ލިބިފައިވާ ހެކިތަކަށް ބިނާކޮށް ތަހުގީގް ކުރިއަށް ގެންދަން ޖެހޭނީ. 

 

4 އޭޕްރިލް 2018 | ބުދަ 21:56
Writer Profile Picture
އަހުމަދު މުހުސިނު
ހަމައެކަނި ބަންދުކޮށްގެން ގެންގުޅެނީ ސިއްރު ހެއްކަށް ބިނާކޮށް

ޒާލިފް: މައްސަލަތަކުގައި މީހުްނ ހައްޔަރުކޮށްފައި ތިބީ އެއްވެސް ޤާނޫނީ ބުރަދަނެއް ނެތި. ހަމައެކަނި ސިއްރު ހެއްކަކަށް ބިނާކޮށް. ކޮންމެ މީހަކަށްވެސް ސިއްރު ހެއްކެއް ދެވިދާނެ. 

4 އޭޕްރިލް 2018 | ބުދަ 21:53
Writer Profile Picture
އަހުމަދު މުހުސިނު
އިމްތިޔާޒް ލިބިގެންވާ ބަޔަކު އިމްތިޔާޒްތަކާ ޚިލާފަށް ބަންދުކުރުމުގެ ޒިންމާ ނަގަން ޖެހޭނެ

ޒާލިފް: ރައީސް މައުމޫނާއި ފަނޑިޔާރުންނާއި މަޖިލިސް މެންބަރުން ހައްޔަރުކޮށް ބައިތިއްބާފައެވަނީ އިމްތިޔާޒްތަކާ ޚިލާފަށް. އެކަމުގެ ޒިންމާ ރައީސް ޔާމީނާއި ފުލުހުންނާއި ސިފައިންގެ ވެރިން އަދި ހައްޔަރު ކުރުމާއި ޖަލު ބެލެހެއްޓުމާއި ހަވާލުވެ ތިބޭ މީހުންވެސް އޭގެ ޒިންމާ ނަގަން ޖެހޭނެ. އެފަރާތްތަކަށް އަދަބު ދީގެން ޤައުމު އިސްލާހް ކުރެވޭނީ. 

4 އޭޕްރިލް 2018 | ބުދަ 21:51
Writer Profile Picture
އަހުމަދު މުހުސިނު
މިހާރު މިހިނގަނީ ޖާހިލިއްޔަ ޒަމާނުގައި ކަން ހިނގި ގޮތައް

ޒާލިފް: ޕީޕީއެމްގައި ހުރެގެން އިލްހާމް ދެއްކި ވާހަކައާއި ގުޅިގެން ހިންގާ ތަހުގީގް މިހާރު ވާނީ ނިމިފައި. އެހެންވީމާ ބަންދު ކުރަން ޖެހޭ ސަބަބެއް ނެތް. މިހާރު އެކަން އެކުރަނީ ޤާނޫނީ ހުއްޖަތެއް އޮވެގެނެއް ނޫން. ޤާނޫނީ ވާހަކަ މިހާރު ދައްކަންވެސް ލަދުގަނޭ. މިހާރު މިހިނގަނީ ޤާނޫނީ ގޮތުން ކަމެއް ކުރުމަށްވުރެ ޖާހިލިއްޔަ ޒަމާނުގައި ކަންކުރި ގޮތައް. 

4 އޭޕްރިލް 2018 | ބުދަ 21:47
Writer Profile Picture
އަހުމަދު މުހުސިނު
ފުލުހުންނަށްވެސް އެނގޭނެ އެކުރަނީ ގޯސް ތަހުގީގެއްކަން

ޒާލިފް: މިހާރު މިފެންނަނީ ވަކި މީހަކު ބޭނުންވާ ގޮތައް ކުރަނީ. ތަހުގީގް ކުރާ ފުލުހުންވެސް އެކަން ކުރަނީ އެމީހުން ބޭނުންވެގެނެއް ނޫން. އެމީހުން އެކަން ކުރަނީ ބަޔަކު ބުނީތީ ކޮންމެހެން ކުރަން ޖެހިގެން ކުރާކަމެއް. އެމީހުންނަށްވެސް އެނގޭ އެއީ ކަމެއް އޮވެގެން ކުރާ ތަހުގީގެއް ނޫންތައް. މިވޭތުވެދިޔަ 4 އަހަރު ތެރޭގައި ފްރޭމް ކުރެވިގެން ކުރެވިފައިހުރި ކަންކަން އެނގޭނެ. ކޮމާންޑް ފްލޯ ކުރުމަށް ކުރި ކަންކަން އެމީހުންނަށް އެނގޭނެ

4 އޭޕްރިލް 2018 | ބުދަ 21:44
Writer Profile Picture
އަހުމަދު މުހުސިނު
ހީއަކަށް މީހުން ބަންދުކޮށްފައެއް ނުބޭތިއްބޭނެ

ޒާލިފް: ހީއެއްގެ މައްޗަށް މީހުން ބަންދުކޮށްގެން ނުތިބެވޭނެ. ޖިނާއީ އިޖުރާއަތުގެ ޤާނޫން ހަދާފައި އެވަނީ އެކަމަށް. އެއީ ހަމަ މައުސޫމް މީހަކަށް ގެއްލުމެއް ވެދާނެތީ އެޤާނޫން ވުޖޫދުވެގެން އައީ. އެއީ ދޮގު ތުހުމަތެއްގައި ދޮގު ހެއްކެތްގައި މީހަކަށް އަނިޔާއެއް ދެވިދާނެތީ. 

މިހާރު ހައްޔަރުކޮށްފައި ތިބި މީހުންނާމެދުވެސް އެއްވެސް ހެއްކެތް ނެތް. 

4 އޭޕްރިލް 2018 | ބުދަ 21:41
Writer Profile Picture
އަހުމަދު މުހުސިނު
މެންބަރުން ހައްޔަރު ކޮށްފައި ތިބުމުގެ ގެއްލުން ބޮޑު

ޒާލިފް: މެންބަރުން ހައްޔަރު ކުރެވިފައިވނީ ޤާނޫން އަސާސީއާ ޤާނޫން އތަކާ ޚިލާފަށް. އެމެންބަރުން ހައްޔަރުކޮށްގެން ޤާނޫން އަސާސީއާ ޚިލާފަށް ޤާނޫންތައް ހަދައި ތަފާތު ނިންމުންތައް ނިންމަމުން އެދަނީ. އެއީ ރައްޔިތުންނަށްވެސް ވަރަށްބޮޑު ގެއްލުމެއް. ވަކިވަރެއްގެ ކޯރަމެއް މަޖިލީހުން ކަންކުރާއިރު އޮންނާން ޖެހޭ. މިހާރު މަޖިލީހުން އެދަނީ އެހެނެއް ނޫން. ހިތުހުރިގޮތަކަށް ސަރުކާރުން އެއަމަލު ކުރަނީ

4 އޭޕްރިލް 2018 | ބުދަ 21:39
Writer Profile Picture
އަހުމަދު މުހުސިނު
ބަންދު ކުރެވިފައިވަނީ ޓޯޗަރ ކުރެވޭ ގޮތަށް

ޒާލިފް: ބަދުގައި ތިބި މީހުންގެ ސިއްހީ ޙާލަތާމެދު ކަންބޮޑުވޭ. އެމީހުން ބަންދުކޮށްފައިވަނީ އެކަކު އަނެކަކަށް ވާހަކަވެސް ނުދެއްކޭފަދަ ގޮތަކަށް. އެއީ ޓޯޗަރގެ ޢަމަލެއް

4 އޭޕްރިލް 2018 | ބުދަ 21:36