ފަލަ ސުރުޚީ

  • ބައިވަރު ހެކި ހުރިކަމަށް ބުނާއިރު މިފޮނުވީ ހެކި ނައްތާލުމުގެ ދައުވާއެއް
  • ހަމައެކަނި ހައްލަކީ 1 ފެބްރުއަރީގެ ހުކުމް ތަންފީޒް ކުރުން
  • ސަރުކާރުން ދައްކަނީ ދެކޮޅު ނުޖެހޭ ޤާނޫނީ ވާހަކަތަކެއް
 
Writer Profile Picture
އަހުމަދު މުހުސިނު
ބައިވަރު ހެކި ހުރިކަމަށް ބުނާއިރު މިފޮނުވީ ހެކި ނައްތާލުމުގެ ދައުވާއެއް

ހަސީން: މައްސަލައިގާ ބައިވަރު ހެކި ލިބުނު ވާހަކަ ފުލުހުން ބުނި. އެކަމަކު މި ފޮނުވީ ހެކި ނައްތާލުމުގެ ދައުވާއެއް. އަނެއްކާ މައްސަލައިގަ ހިމެނޭ އެންމެން މިތިބީ ހައްޔަރުކޮށްފައި. ދެން މިބުނަނީ އެއްބާރުލުން ނުދިނޭ. ހައްޔަރުކޮށްފައި ހުންނަ މީހެއްގެ އިޚްތިޔާރީ ކަމެއް ވާހަކަ ދެއްކުމާ އެއްބާރުން ދިނުމަކީ. ހަނުވެސް ހުރެވިދާނެ. ތަހުގީގް ކުރާ މީހުން ޖެހޭނީ ތަހުގީގުން ހެކި ހޯދަން. 

28 މާރޗް 2018 | ބުދަ 22:04
Writer Profile Picture
އަހުމަދު މުހުސިނު
ހަމައެކަނި ހައްލަކީ 1 ފެބްރުއަރީގެ ހުކުމް ތަންފީޒް ކުރުން

ހަސީން: ހުރިހާ މައްސަލައަކީ 1 ފެބްރުއަރީގެ ހުކުމް ތަންފީޒް ނުކުރުން ޤާނޫން ތެރެއަށް ދެން ވަދެވޭނީ އެހުކުމް ތަންފީޒް ކޮށްގެން. އެއްވެސް ފަރާތަކުންނެތް އެހުކުމް ތަންފީޒް ކޮށްފައެއް. އެހުކުމުގައި އެަބަބުނޭ އެހުކުމް ތަންފީޒް ނުކުރި އެންމެނާމެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް. ހުރިހާކަމެއް ގޮސް ގުޅެނީ ރައީސުލް ޖުމްހޫރިއްޔާ. އެއީ ފުލުހުންނާ، ސިފައިންނާ ވުޒާރާތަކާ މިހެންގޮސް ހުރިހާ ފަރާތްތަކުގެ އެންމެ އިސް ފަރާތަކީ ރައީސް. އެހެންވީމާ އެ ހުކުމް ތަންފީޒް ނުކުރުމުގެ ޒިންމާ ރައީސުލް ޖުމްހޫރިއްޔާ ނަންގަވަން ޖެހޭނެ

28 މާރޗް 2018 | ބުދަ 21:53
Writer Profile Picture
އަހުމަދު މުހުސިނު
ސަރުކާރުން ދައްކަނީ ދެކޮޅު ނުޖެހޭ ޤާނޫނީ ވާހަކަތަކެއް

ހަސީން: 5 ފަނޑިޔާރުން ނެރުނު ހުކުމް ތަންފީޒް ނުކޮށް އެހުކުމުގެ ބައިތައް އުނިކުރަން ނެރުނު ހުކުމް ރަނގަޅުވެއްޖެ. އެކަމަކު ހަޤީގަތަކީ 1 ފެބްރުއަރީގެ ހުކުމް. އެހުކުމް ކަމު ނުދިޔައީ. އެކަމަކު އެހުކުމުގެ ބައިތައް ރިވިއު ކުރުން އޯކޭ. ދެން ހުކުމެއް ރިވިއު ނުކުރާނަމޭ ބުނަނީ ދައުލަތުން. އެކަމަކު ދައުލަތުން މިހުށަހަޅަނީ ހުކުމް ރިވިއު ކުރަން. މިވަރަށް ދެކޮޅު ނުޖެހޭ ކަންކަން ކުރީމާ ޖެހޭ މިވާހަކަތައް ދައްކަން. ގޯހެއްގެ މައްޗަށް ދާނީ ގޯސް ހެދެމުން. މިއޮތީ ބޮޑު ގޮށެއް ޖެހިފައި. މިހާރު ނުފެނޭ ޤާނޫނީގޮތުން ބޭރުވެފައި އޮތް ސަރުކާރެއް ޤާނޫންތެރެއަށް ނުވަދެވިގެން އުޅޭތަން

28 މާރޗް 2018 | ބުދަ 21:49
Writer Profile Picture
އަހުމަދު މުހުސިނު
ފިޔަވަޅު އެޅިއަސް ޤާނޫނީ ގޮތުން އޮތްގޮތް ވަކީލުން ބުނެދޭން ޖެހޭ

ހަސީން: ޤައުމަށްޓަކައި ކުރެވެން އޮތް އެންމެބޮޑު ކަމަކީ މިވަގުތު ހައްޤުބަސް ބުނުން. މީޑިއާގައިވެސް އެކަން. މަގުމަތީގައި މުޒާހަރާ. ޖަލުގައި ބަޔަކު އެބަތިބި. އެކި ބޭފުޅުން އެބޭފުޅަކަށް ކުރެވެން އޮތްކަމެއް ކުރަންވާނެ. ވަކީލުންވެސް ޤާނޫނީގޮތުން އޮތް ހައްޤުގޮތް ބުނެދޭން ވާނެ ފިޔަވަޅެއް އެޅިއަސް. އަޅުގަނޑުމެންވެސް ހުވައެއް ކޮށްގެން މިތިބެނީ. އެހުވަޔަށް ޖެހޭނެ ތެދުވެރިވާން. ސަސްޕެންޑްކޮށް ފިޔަވަޅެއް އެޅިއަސް ހުއްޓާލައިގެން ނުވާނެ ވަކީލުން. މިއީ އިމްތިހާންގެ ވަގުތެއް. މިހާރު އެދަނީ ޤާނޫންތައް މުގުރަމުން، ޤާނޫން އަސާސީއާ ޚިލާފްވަމުން. އެހެންވީމާ ދުލުން ނަމަވެސް އެވާޖިބު އަދާކުރަން ޖެހޭނެ ވަކީލުން 

28 މާރޗް 2018 | ބުދަ 21:43
Writer Profile Picture
އަހުމަދު މުހުސިނު
ބޮޑު ޤާނޫން އަސާސީއެއް އޭޖީއަށް ގެންދެވުމަކީ ކުރެވުނު ރަނގަޅު ކަމެއް

ހަސީން: ވަކީލުން ބޮޑު ޤާނޫން އަސާސީއެއް އޭޖީއަށް ގެންދެވުމަކީ ވަރަށް ރަނގަޅު ކަމެއް. އޭޖީވެސް އެއުޅުއްވަނީ ޟަމީރު ޤަބޫލް ނުކުރާ ކަންތައްތަކެއް ސިޔާސީ ނުފޫޒަކާއެކު ހާމަ ނުކުރެއްވިގެން. އެއީ ޤާނޫނީ ޤާބިލް ބޭފުޅުން އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެކަން އެކުރައްވަނީ ރަނގަޅަށް ނޫންކަން. ޤާނޫން އަސާސީގައި އޮތް ގޮތާ ޚިލާފަށް ގިނަ ކަންކަން އެކުރައްވަނީ. 

28 މާރޗް 2018 | ބުދަ 21:39
Writer Profile Picture
އަހުމަދު މުހުސިނު
ފަނޑިޔާރުންނާ ގުޅޭގޮތުން ޤާނޫނީ ވާހަކަތަކެއް އެބަހުރި

ހަސީން: އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތުން އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ ބެންޗެއް ސުޕްރީމް ކޯޓުގައި އޮންނަން ވާނީ. އެއީ ޤާނޫނީ ގޮތުން އޮންނަ ގޮތް. ދެން ސަރުކާރުގެ ބައެއް ޤާނޫނީ ވަކީލުން އެނޫން ގޮތްގޮތައް ވާހަކަ ދައްކަވާ. އެއީ ޤާނޫނީ ބުރަދަނެއްހުރި ވާހަކަތަކެއް ކަމަކަށް ނުބެލެވޭ

28 މާރޗް 2018 | ބުދަ 21:36