ފަލަ ސުރުޚީ

  • ތާއީދު އޮތްގޮތް އެނގޭ
  • ޤާނޫނާ ޚިލާފަށް ރައީސަކު ހިމާޔަތް ކުރާކަށް ނުޖެހޭނެ
  • ތަހުގީގެއް ނުކުރޭ
 
Writer Profile Picture
އަހުމަދު މުހުސިނު
ތާއީދު އޮތްގޮތް އެނގޭ

ޝިފާޒް:ރައްޔިތުންގެ ތާއީދު އޮތްގޮތް އެބަ ފެނޭ.ރަށްރަށުގައި ހުރޭ ހަރުކޮށްފައި ހުންނަ ލައުޑް ސްޕީކަރތައް. އޭގެން ގޮވާނެ ތާއީދު ކުރަމޭ. ބެނާތަކުގައިވެސް އޮވެދާނެ ތާއީދު އެބައޮތޭ. އެކަމަކު އަމިއްލައަށް މީހަކު ބުނާ ތަނެއް ނުފެންނާނެ. އަޑެއް ނުއިވޭނެ. އެހެންވީމާ ތާއީދު އޮންނަ ގޮތް އެބައެނގޭ.

ކުންފުނިތަކުގައި ތިބޭ މީހުން ލައްވާ މީހުންވެސް އެއްކުރެވިދާނެ. އެކަމަކު އެއީވެސް ހަޤީގަތުގައި ތާއީދު އޮވެގެނެއް ނޫން 

27 މާރޗް 2018 | އަންގާރަ 22:06
Writer Profile Picture
އަހުމަދު މުހުސިނު
ޤާނޫނާ ޚިލާފަށް ރައީސަކު ހިމާޔަތް ކުރާކަށް ނުޖެހޭނެ

ޝިފާޒް: ޔާމީން ވިދާޅުވެއްޖެޔޭ ރައީސަށް އުނދަގޫކަމެއްވާ ކަމެއްގައި ޤާނޫނާ ޚިލާފަށް ވިއަސް ކަންކަން ކުރަން ވާނެޔޭ. އެކަމަކު ފުލުހުން އެބަތިބޭ އަތްޖަހަން. އެބޭފުޅުންނަކަށް ނުޖެހޭނެ ޤާނޫނާ ޚިލާފަށް އެކަން ކުރާކަށް. އެބޭފުޅުން ޖެހޭނެ އެބޭފުޅުން ކޮށްގެން ތިބި ހުވަޔާ އެއްގޮތައް އެގެންދެވެނީ ހަލާލް މުސާރަތޯ ބަލަން. 

27 މާރޗް 2018 | އަންގާރަ 21:52
Writer Profile Picture
އަހުމަދު މުހުސިނު
ތަހުގީގެއް ނުކުރޭ

ޝިފާޒް: އިންޓަލިޖެންސް ރިޕޯޓް ފިޔަވާ އެބޭފުޅުން ކުރާ ތަހުގީގެއް ނޯވޭ. އޯޑަރުތަކަށް މީހުން ހައްޔަރު ކުރަނީ. ކޮންމެ މީހަކަށްވެސް އެނގޭނެ ނޫންތޯ އެމީހެއްގެ ތަހުގީގް ކުރާމީހާ ކަންކުރާ ގޮތް. އެމީހުންގެ ކަންކަން ބަލަމުން މިދަނީ. އަޅުގަނޑުމެން މިހާރުވެސް އެއޮންނަ އުސޫލުން ތަންތަނަށް ހުށަހަޅާނަން. އިންސާފް ނުލިބުނަސް އެކަން ކުރާނަން. އެކަމަކު އެކަންކަން އަދި ބެލޭނެ. 

27 މާރޗް 2018 | އަންގާރަ 21:50
Writer Profile Picture
އަހުމަދު މުހުސިނު
ކުރިން އަޅުގަނޑުމެން ތިބީ ފުރުސަތު ދީގެން

ޝިފާޒް: އަޅުގަނޑުމެން އެމްޑީޕީން ފުރަތަމަ ތިބީ ސަރުކާރަށް ފުރުސަތު ދީގެން. އެކަމަކު އެއްއަހަރުވީއިރު ފެނުނީ މުޅިން އެހެން މަންޒަރެއް. އަނިޔާވެރިކަން ފެނުނީ. ދައުލަތުގެ ޚަޒާނާ ހުސްވަމުންދާތަން ފެނުނީ. އެކަން އަޅުގަނޑުމެން ދެއްކީތީ ކޯލިޝަންގައި ތިއްބެވި ބޭފުޅުންނަށް އެކަން އެނގުނީ. އެބޭފުޅުން މަސައްކަތް ކުރައްވި އެތެރެއިން އިސްލާހް ކުރަން. އެކަމަކު އެކަން އިސްލާހް ނުވީމާ ނުކުންނެވީ. ނުކުންނެވީމާ އެންމެން ޖަލަށްލާން ފެށީ.

ސުޕްރީމް ކޯޓުން 1 ފެބްރުއަރީގެ އަމުރަށްފަހު އެކޯޓުވެސް ގޯސްވެ އެކަން ތަންފީޒް ނުކުރާން ވެގެން އެސްއޯއީ އިއުލާންކޮށް އެމީހުން ޖަލަށްލީ. 

27 މާރޗް 2018 | އަންގާރަ 21:43