ފަލަސުރުހީ

  • އެޗްއާރްސީއެމް އިން ޖަލަށް ދާން ފެށުމުން ގޮޅި ހާލަތު ދަނީ ރަގަޅު ކުރަމުން
  • ފުލުހުން ދަނީ ލާއިންސާނީ އެތަށް ކަމެއް ކުރަމުން
  • އާއިލާއަށް ގުޅުމަށް ދޭ ފުރުސަތުގެ އިންތިޒާމުތައް ވަރަށް ގޯސް
 
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
އެޗްއާރްސީއެމް އިން ޖަލަށް ދާން ފެށުމުން ގޮޅި ހާލަތު ދަނީ ރަގަޅު ކުރަމުން

އެޗްއާރްސީއެމް އިން ވަނީ އެެފެން ބޯންނުވާނެ ކަމަށް އަންގާފަ. އެޗްއާރްސީއެމް އިން ބުނި ނަމަވެސް ފުލުހުން ނިންމާ ގޮތަކަށް ކަމަށް އެކަން ނިންމާނެ ކަމަށް ފުލުހުން ބުނެފައިވޭ.

އެޗްއާރްސީއެމްގެ ކުދިން މަސައްކަތް ކުރޭ ހާލަތު ރަގަޅު ކުރުމަށް.

20 މާރޗް 2018 | އަންގާރަ 22:10
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
ފުލުހުން ދަނީ ލާއިންސާނީ އެތަށް ކަމެއް ކުރަމުން

ޖަލު ބަލަހައްޓާ ފުލުހުންގެ އެއްވެސް ޕްރޮފެޝަނަލް ކަމެއް ނެތް. ކިޔަވައިގެން ތިބި ފުލުހުން ތިބީ ދުރުކޮށްފައި. އަނިޔާ ކުރުމަކީ ޖަލުގައި ހަރަކާތްތެރިވާ ފުލުހުންނަށް ހިންހަމަޖެހޭ ކަމެއް. ގާނޫނެއް ކިޔާލާފައިވެސް ނޭންގޭ. ގަވައިދެއްވެސް އެކުދިންނަކަށް ނޭންގޭ

20 މާރޗް 2018 | އަންގާރަ 22:05
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
އާއިލާއަށް ގުޅުމަށް ދޭ ފުރުސަތުގެ އިންތިޒާމުތައް ވަރަށް ގޯސް

ޖެއްސުން ކުރުމުގެ ގޮތުންވެސް ބޮޑެތި މައްސަލަތަކެއް ހުރޭ. 33 ދުވަހުގެ ތެރޭ ލިބުނީ އާއިލާއަށް ގުޅުމަށް ދެ ފުރުސަތު. ލޯޔަރާއި ބައްދަލު ކުރުމަށްވެސް ކުރިން ނާންގާ. ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތަކެއްދޭ. ޖިސްމާނީ ގޮތުންވެސް މިހާރު އަނިޔާ ދެމުންދަނީ.

20 މާރޗް 2018 | އަންގާރަ 22:03
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
ތިބޭ ގޮޅި އެހާ ހޫނު

ނަމާދު ކުރަން އެކަނި ޓީޝާޓް ލަނީ. ނަމާދުކޮށް ނިމޭ އިރު ޓީޝާޓް ހީވާނީ ފެންގަނޑަކަށް ލާފައި ނެގޭނެ.

20 މާރޗް 2018 | އަންގާރަ 21:59
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
ބަލިވެގެން ފަސް ދުވަސް ވާއިރުވެސް ޑޮކްޓަރަށް ނުދެއްކޭ

ޑޮކްޓަރަށް ދައްކާ އިރުވެސް ބޭސް ލިބޭނީ ދެތިން ދުވަސް ފަހުން. ނައިބު ރައީސް ޝިފާޒް އަދިވެސް އުޅެނީ ޑޮކްޓަރަށް ދެއްކޭ ގޮތް ނުވެފައި.

20 މާރޗް 2018 | އަންގާރަ 21:55
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
ޖަލުތަކައި ޕެރޯލް ގާނޫނަށްވުރެ މަތީގައި އުސޫލުތަކެއް އެބަހުރި

އެޗްއާރްސީއެމް އިން އައުމުގެ ދެ ގަޑި އިރު ކުރިން ފެންފުޅިތަކެއް ގެނެސް ބެހެއްޓި. ފުލުހުން ބޮނީ ފުޅީގައި ހުންނަ ފެން. ގޮޅީގެ އެކި ދިމަދިމާއިން ފަނިތަކެއް ނިކުމޭ. އެކަން ހައްލު ކުރަން ބުމުން އެކަމެއް ހައްލެއް ނުވޭ. ކަސްރަތު ކުރެވޭނެ ގޮތެއް ނުވޭ. 

20 މާރޗް 2018 | އަންގާރަ 21:52
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
ބަލި ނޫން މީހާވެސް ގޮޅީގައި ބަލިވާނެ

ކާންދޭ އެއްޗެއްސަކީ އިންސާނުންނަށް ދޭން ހެޔޮވާވަރު އެއްޗެއް ނޫން. ސަޔަށް ވަރަށް ބައިވަރު ހަކުރު އަޅާފައި ހުރޭ. 

20 މާރޗް 2018 | އަންގާރަ 21:47
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
ތުހުމަތު ކުރާ ކަން ފުލުހުންނަށްވެސް ނޭންގޭ

ދޫކޮށްލި އިރުވެސް ނޭންގޭ ދޫކޮށްލީ ކޮން ކަމަކާ ގުޅިގެން ކަމެއް.

20 މާރޗް 2018 | އަންގާރަ 21:41
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
މިރޭގެ މެހެމާނަކީ އެމްޑީޕިގެ ޕޮލިސީ ކޮމެޓީގެ މުޤައްރިރު ހުސެއިން އަމްރު

ހައްޔަރު ކުރި އިރު ހައްޔަރު ކުރީ ކީއްވެގެން ކަމެއް ނުބުނޭ. ގޮޅިއަށް ގެންގޮސް 10 ދުވަސް ފަހުން ނެރެފައިވަނީ. ތުހުމަތު ކުރެވުނު ކަން އެނގުނީ އެދުވަހު.

20 މާރޗް 2018 | އަންގާރަ 21:39