ގުޅިފައިވާ ޕާޓީތަކުގެ ބޮޑު އެއްވުން، "ހުއްޓުވާ"

  • މުޒާހަރާގައި ހަރަކާތްތެރިވި 7 މީހަކު ހައްޔަރު ކޮށްފި
  • ޖުމްހޫރީ މައިދާނާއި ދިމާލަށް މީހުން އެއްވާން އުޅުމުން ކަރުނަގޭސް ކެނިސްޓާ ޖަހައިފި
  • ރާއްޖެޓީވީގެ ތިން ނޫސްވެރިން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި
 
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
މުޒާހަރާގައި ހަރަކާތްތެރިވި 7 މީހަކު ހައްޔަރު ކޮށްފި

މުޒާހަރާގެ ބައިވެރިންގެ ތެރެއިން 7 މީހަކު ފުލުހުން ހައްޔަރު ކޮށްފި ކަމަށް ރާއްޖެޓީވީގެ ރިޕޯޓަރ މައުލޫމާތު ދޭ. މުޒާހަރާގެ ބައިވެރިން އަދިވެސް ތިބީ އެމްއެމްއޭ ސަރަހައްދުގައި

 

 

17 މާރޗް 2018 | ހޮނިހިރު 01:24
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ޖުމްހޫރީ މައިދާނާއި ދިމާލަށް މީހުން އެއްވާން އުޅުމުން ކަރުނަގޭސް ކެނިސްޓާ ޖަހައިފި

ޖުމްހޫރީ މައިދާނާއި ދިމާލަށް މީހުން އެއްވާން އުޅުމުން ކަރުނަގޭސް ކެނިސްޓާ ޖަހައިފި. ކެނިސްޓާ ޖަހާފައި ވަނީ ސިފައިން. 

17 މާރޗް 2018 | ހޮނިހިރު 00:27
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ރާއްޖެޓީވީގެ ތިން ނޫސްވެރިން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި

 ހައްޔަރު ކުރި ރާއްޖެޓީވީގެ ތިން ނޫސްވެރިން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި. ތިން ނޫސްވެރިން ހައްޔަރު ކޮށްފައިވާ ސަބަބެއް ސާފެއް ނުވޭ. އާމިރާއި ވިސާމް ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން

17 މާރޗް 2018 | ހޮނިހިރު 00:12
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ޖުމްހޫރީ މައިދާނަށް އެންމެން ދިއުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި

 

ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޯލްޑިވްސް ޕޮލިސް އާއި އެމްއެންޑީއެފް ތިބީ ރައްޔިތުންނާއި އެކުގައިކަމަށެވެ. ވީހާވެސް ގިނަ ބަޔަކު ޖުމްހޫރީ މައިދާނަށް ދިއުމަށާއި އެންމެން ނިކުތުމަށް ވަނީ ގޮވާލައްވާފައި

 

ނަޝީދު މިރޭ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ފުލުހުން ޔުނީފޯމްގައި ގޭންގް ތަކުން 45 ކުދިން ނެރެއްޖެކަމަށާއި މި ކަމުގައި އިސްކޮށް ހުންނަނީ ކުރީގެ ކަމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ކަމަށެވެ. އެމްއެންޑީއެފް އަދި ފުލުހުން ރައްޔިތުންގެ ދިފާއުގައި ނިކުމެ ވަޑައިގަތުމަށް ވަނީ ވިދާޅުވެފައި

16 މާރޗް 2018 | ހުކުރު 23:46
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ފުލުހަކު ރަހީނު ކޮށްފައިވާ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ފުލުހަކު ރަހީނު ކޮށްފައިވާކަމަށް މީޑިއާ ތަކުގައި ދެކެވޭކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި. ފުލުހުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ފުލުހަކު ރަހީނުކޮށްފައިވާކަމަށް ބައެއް މީޑިއާ ތަކުގައި ރިޕޯޓްކޮށްފައިވާ ރިޕޯޓް ކުރުން އެއީ ދޮގެއްކަމަށް.

 

16 މާރޗް 2018 | ހުކުރު 23:40
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
މުޒާހަރާގެ ބައިވެރިން ޖުމްހޫރީ މައިދާން ކައިރީގައި
ޖުމްހޫރީ މައިދާން ސަރަހައްދަށް  ގިނަ ބަޔަކު ވަނީ އެއްވެފައި. ޖުމްހޫރީ މައިދާން ކައިރި ސަރަހައްދަށް އެއްވި މީހުން އެސަރަހައްދުން ފޮނުވާލުމަށް ސިފައިން ގެންދަނީ މަސައްކަތް ކުރަމުން
މުޒާހަރާގެ ތެރެއިން. އެމްޑީޕީގެ ޗެއާޕާސަން 
16 މާރޗް 2018 | ހުކުރު 23:37
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ފުލުހުންގެ ޓްވީޓް

ވީޑިއޯ ހަދައިގެން ފުލުހުންނަށް އިންޒާރުދިން މައްސަލައިގައި 3 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި. 

 

 

 
16 މާރޗް 2018 | ހުކުރު 23:29
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
އާޒިމް ހައްޔަރު ކޮށްފި

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހައްޔަރު ކޮށްފި

އަލީ އާޒިމް

 

16 މާރޗް 2018 | ހުކުރު 23:23
Writer Profile Picture
ޙުސައިން ޙަސަން
މުޒާހަރާގެ ބައިވެރިން ފައްސާލުމުގައި ފުލުހުން އަވަދިނެތި
މީހުން ފައްސާލުމުގައި އެސްއޯ ފުލުހުން އަވަދިނެތި

މުޒާހަރާގެ ބައިވެރިން ފައްސާލުމުގައި މަޖިދީމަގުގެ އެކި ސަރަހައްދުތަކުގައި ފުލުހުން އަވަދިނެތި މަސައްކަތް އެބަ ކުރޭ. ނަމަވެސް އެކިއެކި ސަރަހައްދުތަކުގައި މުޒާހަރާގެ ބައިވެރިން އެބަ ހަރަކާތްތެރިވޭ

16 މާރޗް 2018 | ހުކުރު 22:16
Writer Profile Picture
ޙުސައިން ޙަސަން
ރާއްޖެޓީވީގެ ޕްރޮޑިއުސަރު އާމިރު ވެސް ހައްޔަރުކޮށްފި

ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމް އާމިރު ސަލީމް ހައްޔަރުކޮށްފި. އާމިރު ހައްޔަރުކޮށްގެން ގެންދިޔައީ ކޯޓު އަމުރެއް ވެސް ދެއްކުމަށްފަހު. އެ ކޯޓު އަމުރުގައި ބުނާ އެއްޗެއް އެހެން މުވައްޒަފުންނަށް ދައްކާފައެއް ވެސް ނުވޭ.

16 މާރޗް 2018 | ހުކުރު 22:04
Writer Profile Picture
ޙުސައިން ޙަސަން
ރާއްޖެޓީވީގެ ނޫސްވެރިޔާ ވިސާމް ވެސް ހައްޔަރުކޮށްފި

ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް ވެސް ހައްޔަރުކޮށްފި. އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން.

16 މާރޗް 2018 | ހުކުރު 21:58
Writer Profile Picture
ޙުސައިން ޙަސަން
މާވެޔޮމަގު ސަރަހައްދުގައި މުޒާހަރާގެ ބައިވެރިން
ދޮށީ އުމުރުގެ މީހަކު ރަޔަޓް ފުލުހުންނާ ވާހަކަ ދެއްކުމުގައި

މުޒާހަރާގެ ބައިވެރިން، މާވެޔޮމަގު ސަރަހައްދުގައި ވެސް އެބަ ހަރަކާތްތެރިވޭ. މުޒާހަރާގެ ބައިވެރިންގެ ތެރެއަށް މީޑިއާ ނުވަދެވޭ ގޮތް ފުލުހުން ހަދާފައިވާތީ، އެ ސަރަހައްދުގައި ހިނގާ ކަންތައްތަކެއް ސާފެއް ނޫން.

16 މާރޗް 2018 | ހުކުރު 21:52
Writer Profile Picture
ޙުސައިން ޙަސަން
ބާރުގެ ބޭނުންކުރަން ތަފާތު އާލާތްތަކެއް

ބާރުގެ ބޭނުން ކުރަން ތަފާތު އާލާތްތަކެއް ފުލުހުން މިރޭ އެބަ ގެންގުޅޭ،. އެގޮތުން ސްޓަން ގްރެނޭޑް ޖެހުމަށް ގެންގުޅޭ އާލާތެއް ފުލުހަކު ގެންގުޅޭ ފޮޓޯއެއް ރާއްޖެއެމްވިއަށް ވަނީ ލިބިފައި

ސްޓަން ގްރެނޭޑް ޖަހާ ބަޑިއެއް ފުލުހުން ގެންގުޅެނީ
16 މާރޗް 2018 | ހުކުރު 21:48
Writer Profile Picture
ޙުސައިން ޙަސަން
ބާރުގެ ބޭނުންކޮށް، ޕެޕާ ސްޕްރޭ ވެސް ޖެހި

ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، ޕެޕާ ސްޕްރޭ ވެސް ބޭނުންކޮށްފައި. އޭގެ އަސަރު ކުރި މީހުން ފަރުވާ ދިނުމުގައި ވޮލެންޓިއަރުން ހަރަކާތްތެރިވި.

16 މާރޗް 2018 | ހުކުރު 21:43
Writer Profile Picture
ޙުސައިން ޙަސަން
ރާއްޖެޓީވީގެ ނޫސްވެރިޔާ ފަޒީން ހައްޔަރުކޮށްފި

.މުޒާހަރާ ކަވަރު ކުރުމަސް ގޮސް ހުރި، ރާއްޖެޓީވީގެ ނޫސްވެރިޔާ ފަޒީން ހައްޔަރުކޮށްފި. އޭނާ ހައްޔަރު ކުރީ ޓްރެފިކް ފުލުހުން.

ފަޒީން ހައްޔަރު ކުރީ ޓްރެފިކް ފުލުހުން
16 މާރޗް 2018 | ހުކުރު 21:37
Writer Profile Picture
ޙުސައިން ޙަސަން
މުޒާހަރާގެ ބައިވެރިން ފައްސާލުމަށް، ކުއްލިއަކަށް ރަޔަޓް ފުލުހުން ދުއްވައި ގަންނަނީ

މުޒާހަރާގެ ބައިވެރިން ފައްސާލުމަށް ކުއްލި ގޮތަކަށް ދުއްވައިގަނެ، ރަޔަޓް ފުލުހުން ދަނީ ބާރުގެ ބޭނުން ކުރަނީ. 

ރަޔަޓް ފުލުހުން
16 މާރޗް 2018 | ހުކުރު 21:35
Writer Profile Picture
ޙުސައިން ޙަސަން
އިއްޔެ ހައްޔަރު ކުރި އީސަ ދޫކޮށްލައިފި

ގޭގައި ހުންނަވަނިކޮށް، ހައްޔަރު ކުރި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސަ ދޫކޮށްލައިފި. 

16 މާރޗް 2018 | ހުކުރު 21:28
Writer Profile Picture
ޙުސައިން ޙަސަން
މުޒާހަރާގެ އިސް ސަފުގައި ޒުވާނުން
މުޒާހަރާގެ ބައިވެރިން މަޖީދީމަގުގައި

މުޒާހަރާއަށް އަތޮޅުތަކުން ވެސް، މީހުން މާލެ އައިސް އެބަތިބި. އެ މީހުން ވެސް ވަނީ މުޒާހަރާއާ ގުޅިފައި. މުޒާހަރާގެ އިސް ސަފުން،ގިނަ އަދަދެއްގެ ޒުވާނުން އެބަ ފެނޭ.

16 މާރޗް 2018 | ހުކުރު 21:23
Writer Profile Picture
ޙުސައިން ޙަސަން
މުޒާހަރާގެ ބައިވެރިން މަޖީދީމަގުގެ އެކިއެކި ސަރަހައްދުތަކުގައި
މުޒާހަރާ ރޫޅާލަން ނުކުމެ ތިބި ފުލުހުން

މުޒާހަރާގެ ބައިވެރިން މަޖީދީމަގުގެ އެކިއެކި ސަރަހައްދުތަކުގައި އެބަ ހަރަކާތްތެރިވޭ. އެގޮތުން މުޒާހަރާގެ ބައިވެރިން މިވަގުތު މަޑުކޮށްލައިގެން ތިބީ ޑިލައިޓް ފިހާރަ ކައިރީގައި.

16 މާރޗް 2018 | ހުކުރު 21:21
Writer Profile Picture
ޙުސައިން ޙަސަން
މުޒާހަރާ ރޫޅުވުމަށް ގިނަ އަދަދެއްގެ ފުލުހުން

މުޒާހަރާ ރޫޅާލުމަށް ގިނަ އަދަދެއްގެ ފުލުހުން އެބަ އުޅޭ. މުޒާހަރާ ރުޅާލަން ތިބި ފުލުހުންގެ ތެރޭގައި އެސްއޯ ފުލުހުންނާއި އޮޕަރޭޝަނަލް ޔުނީފޯމު އެޅި ފުލުހުން ހިމެނޭ. 

16 މާރޗް 2018 | ހުކުރު 21:19
Writer Profile Picture
ޙުސައިން ޙަސަން
ކާރެއްގައި ރޯކޮށްލައިފި
ކާރެއްގައި ރޯކޮށްލާފައި
16 މާރޗް 2018 | ހުކުރު 21:13
Writer Profile Picture
ޙުސައިން ޙަސަން
ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ ބަޔަކު ހައްޔަރުކޮށްފި

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ ބަޔަކު ފުލުހުން ވަނީ ހައްޔަރުކޮށްފައި. ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި މުސްކުޅިން ހިމެނޭ. މުޒާހަރާ ފެށުމާއެކު، ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެހާ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކުރުމުން، ވެސް މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުން ދުރަކަށް ނުދޭ.

16 މާރޗް 2018 | ހުކުރު 21:08
Writer Profile Picture
ޙުސައިން ޙަސަން
އެސްއޯ ފުލުހުން ތިބީ މޫނު ނިވާކޮށްގެން
މާލޭ ގްރޭޑް ފެލެޓް ކުރިމަތީގައި މުޒަހަރާގެ ބައިވެރިން

އެސްއޯ ފުލުހުން ތިބީ މޫނު ނިވާކޮށްގެން. އެ ސަރަހައްދުގައި ހުރި ރާއްޖެއެމްވީގެ ރިޕޯޓަރު ނަސީރު ބުނީ މުޒާހަރާ ރޫޅާލަން ނެރެފައިވާ އެސްއޯ ފުލުހުންނަކީ މުޅިން އަލަށް ފިލްޑަށް ނެރުނު ފުލުހުންތަކެއް ކަމަށް.

16 މާރޗް 2018 | ހުކުރު 21:04
Writer Profile Picture
ޙުސައިން ޙަސަން
ގުޅިފައިވާ ޕާޓީތަކުގެ ބޮޑު އެއްވުން، ހުއްޓުވާ ފަށައިފި

ގުޅިފައިވާ ޕާޓީތަކުގެ ބޮޑު އެއްވުން، 8:30ގައި ޗާންދަނީމަގާއި މަޖީދީމަގާ ގުޅޭ ހަތަރު އަނގޮޅި ކަންމަތީގައި ފަށާނެ ކަމަށް އިއުލާންކޮށްފައި ވަނިކޮށް، މާ ކުރިން ފުލުހުން ވަނީ އެތަން ބަންދުކޮށްފައި. ސުލްހަވެރިކަމާއެކު އަޑު އުފުލަމުން ދަނިކޮށް، ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ވަނީ ގިނަ ބަޔަކު ހައްޔަރުކޮށްފައި.

16 މާރޗް 2018 | ހުކުރު 21:02