ފަލަ ސުރުޚީ

  • ޕީޕީއެމަށް ފުރުސަތު ދެންޏާ އެހެން ޕާޓީތަކަށްވެސް ފުރުސަތު ދޭން ޖެހޭ
  • މިއަދު ސަލާމަތީ ޚިދުމަތަތްކަށް މާ ބިރުވެރި
  • ދާއިމީކޮށް އަނިޔާގައި ތިބޭނީތޯ ވަގުތީގޮތުން ނުކުމެ ކަމެއް ކުރާނީތޯ ވިސްނަން ޖެހޭ
 
Writer Profile Picture
އަހުމަދު މުހުސިނު
ޕީޕީއެމަށް ފުރުސަތު ދެންޏާ އެހެން ޕާޓީތަކަށްވެސް ފުރުސަތު ދޭން ޖެހޭ

އަހުމަދު އީސާ: ފުލުހުންނާ ސިފައިންވެސް ހަމަހަމަކަމާއެކު ކަންކަން ކުރަން ޖެހޭ. ޕީޕީއެމުން ޖަލްސާ ބާއްވަން ފުރުސަތު ދެންޏާ އެމްޑީޕީއަށްވެސް ޖޭޕީއަށްވެސް އެހެން ޕާޓީތަކަށްވެސް ފުރުސަތު ދޭން ޖެހޭ. އެބޭފުޅުންނަކަށް ނޯންނާނެ ވަކި ބައެއް ހިމާޔަތް ކުރުމެއް

7 މާރޗް 2018 | ބުދަ 21:50
Writer Profile Picture
އަހުމަދު މުހުސިނު
މިއަދު ސަލާމަތީ ޚިދުމަތަތްކަށް މާ ބިރުވެރި

އަހުމަދު އީސާ: މީގެ ކުރިން ސޯޝަލް މީޑިއާގައި ހުންނާނީ ސިޔާސީ މީހަކު ހައްޔަރުކޮށްފި، މުޒާހަރާއިން މީހަކު ހައްޔަރުކޮށްފި، މިކަހަލަ އަޑުތަކެއް. އެކަމަކު މިހާރު އަޑުއިވެނީ، ފުލުސް އޮފިސަރުން ހައްޔަރުކުރިވާހަކަ، ސިފައިންގެ ޖެނެރަލުން ވަކިކުރި ވާހަކަ، މަސައްކަތުން އެއްކައިރި ކުރި ވާހަކަ. އަޅުގަނޑުމެންނަށް މިއަދު މާބޮޑަށް ޖެހިފައި މިވަނީ އެ ފުލުހުންނާ ސިފައިން ވަޒީފާއިން ވަކިކުރާތީ ނުކުންނަން. މިއަދު އެބޭފުޅުންނަކަށް ނެތް މާދަމާ އިރުއަރާއިރު އެބޭފުޅުންގެ ވަޒީފާ އޮންނާނެ ކަމަކަށް. މިއަދު އެބޭފުޅުންނަށް މާބޮޑަށް އެބަޖެހޭ މިކަން ހައްލު ކުރަން. މިސަރުކާރު ބަދަލު ކުރަން އެބަޖެހޭ

އަޅުގަނޑުމެންނެއް ނޫން ފުލުހުންނާ ސިފައިންގެ އަގު ވައްތަލަނީ. އެމީހުން ލައްވާ އެކަން ކުރަނީ ސަރުކާރުން. ފުލުހުން ލައްވާ ފުލުހުން ހައްޔަރު ކުރުވާފައި އެމީހުންގެ އަގު ވައްޓާލަނީ. ޔާމީނެއް ނޫންތޯ ފުލުހުން އަދީބު އަތުން ފައިސާ ނަގައިގެންތިބި ކޮރަޕްޓް މީހެކޭ ބުނީ. އަޅުގަނޑުމެން މިމަސައްކަތް ކުރަނީ މުއައަސަސާތަކުގެ އަގުވެސް ހިފަހައްޓަން

7 މާރޗް 2018 | ބުދަ 21:45
Writer Profile Picture
އަހުމަދު މުހުސިނު
ދާއިމީކޮށް އަނިޔާގައި ތިބޭނީތޯ ވަގުތީގޮތުން ނުކުމެ ކަމެއް ކުރާނީތޯ ވިސްނަން ޖެހޭ

އަހުމަދު އީސާ: ވަޒީފާ ގެއްލިދާނެތީ ބިރުގަންނަ ނަމަ އެމީހުންގެ އާއިލާ މީހުން މަގުމައްޗަށް ނެރެގެން މިކަމުގައި ބައިވެރިކުރަން ޖެހޭ. އެމީހުންގެ ފަރާތުން ރައްޓެހިންވެސް ނެރެން ޖެހޭ. އެމީހުންނަށް ލާޒިމް އެކަން ކުރަން. 

7 މާރޗް 2018 | ބުދަ 21:39
Writer Profile Picture
އަހުމަދު މުހުސިނު
ދަރިންނަށް ފަހުން އަނިޔާ ލިބޭކަށް ދޫކޮށްލެވޭކަށް ނެތް

އަހުމަދު އީސާ:މިއަދު މިކަން ނުކޮށްފިނަމަ އަޅުގަނޑުމެން ދަރިން ޖެހޭނީ އިތުރަށް މިއަނިޔާވެރިކަމުގެ ހިތި ދެކެން. އެހެންވީމާ ނެތް މިކަން ނުކޮށް ވާކަށް. ރައްޔިތުން ނިކުމެ މިއަދު މިކަމުން ސަލާމަތް ނުވިއްޔާ ދަރިން ޖެހޭނީ މާދަމާވެސް މިހާލުގައި އުޅެން

7 މާރޗް 2018 | ބުދަ 21:38
Writer Profile Picture
އަހުމަދު މުހުސިނު
ރައްޔިތުންނަށް މަޖްބޫރު މިވެރިކަން ބަދަލު ކުރުން

އީސަ: ރައްޔިތުންނަކަށް ނެތް އުއްމީދު ގެއްލުވާލެވޭކަށް ވަރުބަލި ވެވޭކަށް. ރައްޔިތުންނަށް މަޖްބޫރު މިސަރުކާރު ބަދަލު ކުރަން. ޤާނޫން އަސާސީއަކަށް ނުބަލާ ހުދުމުޚްތާރު ވެރިކަމެއް އަތްދަށުވެފައި މިއަދު މިއޮތީ. އެހެންވީމާ ޤާނޫން އަސާސީގެ ދަށުން ލާޒިމް މިވެރިކަން ބަދަލުކުރުން. މިހާރު އޮތް ސުވާލަކީ ގެއަށް ވަދެ ތިބޭނީ ކިހާ ދުވަހެއް ވަންދެންތޯ. ރައްޔިތުންނަކަށް ނެތް ޗޮއިސްއެއް. ގެއަށް ވަދެވޭކަށް ނެތް މިކަން ނުނިންމާ 

7 މާރޗް 2018 | ބުދަ 21:35