އަންގާރަ 20 އޮކްޓޯބަރ 2020
03 ހެއި
1442 ރަބީއުލް އައްވަލް 03
ފަތިސް 04:37
އިރުއަރާ 05:49
މެންދުރު 11:55
އަސްރު 15:10
އިރުއޮއްސޭ 17:53
އިޝާ 19:05
ވަގުތުން

ގދ. ތިނަދޫގައި އެމްޑީޕީން ބާއްވާ ހާއްސަ ޖަލްސާ

1,916

ޚުލާސާ

  • ޖަލްސާ ނިންމާލުން
  • އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު
  • މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ

24 ފެބްރުއަރީ 2017 | ހުކުރު 01:58

04:58

މުހައްމަދު ފަޒީން

ޖަލްސާ ނިންމާލުން

އެމްޑީޕީގެ ނާއިބު ރައީސް ޝިފާޒުގެ ވާހަކައަށްފަހު ޖަލްސާ ނިންމާލައިފި. 

އެމްޑީޕީން ތިނަދޫގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މާދަމާ ހެނދުނު ތިނަދޫގައި ދިރިއުޅޭ އެމްޑީޕީގެ އިސްވެރިންނާ މަޝްވަރާ ކުރުމާއި ދޮރުން ދޮރަށް ހިނގުން އޮންނާނެ ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ. 

24 ފެބްރުއަރީ 2017 | ހުކުރު 00:02

04:54

މުހައްމަދު ފަޒީން

އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު

ތިނަދޫގައި ރައީސް ޔާމިންގެ ސިޔާސަތުގެ ދަށުން ކުރެއްވި އެންމެ ޕްރޮޖެކްޓެއްވެސް ނުހިނގާ. މިހާރު ހިންގާ ހުރިހާ ޕްރޮޖެކްޓްތަކަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ކުރަންނިންމާފައިވާ ކަންކަން. ޕްލޭންކޮށް، ބައެއް ޕްރޮޖެކްޓްތަކަށް ބަޖެޓްވެސް ހަމަޖައްސާފަވޭ. 

މިރާއްޖޭގެ އެއްވެސް ފަސްކޮޅެއް ބޭރުބަޔަކަށް ނުވިއްކޭނެ. ވިއްކިޔަސް އަތުލާންނަން. މިއީ އެމްޑީޕީ، އެމްޑީޕީ ވެރިކަމަށްވެސް އަންނާނެ. 

ލޯކަލް ކައުންސިލް އިންތިހާބު ވަރަށް މުހިއްމު އެމްޑީޕީއަށް. ބޮޑު ތަފާތަކުން މިސަރުކާރު ބަލިކުރަންޖެހޭ. ތިނަދޫއާއި މުޅި ރާއްޖޭގެވެސް ކައުންސިލް އިންތިޙާބުގައި ވޯޓްލާއިރު އެ ވޯޓް ލަނީ އަދުލްއިންސާފު ގާއިމު ކުރުމަށް، ބޯހިޔާވަހިކަން ހޯދުމަށް، ދަތުރުފަތުރުކުރުމުގެ ނިޒާމަށް، މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށް. އެމްޑީޕީއަކީ އެ އުސޫލްތަކުގައި ހިފަހައްޓައިގެން އުޅޭ ޕާޓީއެއް. އެމްޑިޕީގަ ހުންނާނެ އުސޫލްތަކެއް. ރައްޔިތުން ވޯޓް ދޭނީ އެ އުސޫލްތަކަށް.

 

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވާހަކަ ދައްކަވަނީ--

24 ފެބްރުއަރީ 2017 | ހުކުރު 00:02

04:43

މުހައްމަދު ފަޒީން

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ

އިސްލާމްދީނާ ހިލާފު ވާހަކަފުޅުތައް މި ސަރުކާރުގެ ވެރިޔާ އެގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުން. މި ސަރުކާރުން ވަގުތުން ވަގުތަށް ބަދަލު ކުރަންޖެހޭ. އެހެން ނޫނީ އާއްމު ވެގެންވާ ކޯފާއެއް އައުމަކީ ވަރަށް ގާތްތަކަމެއް، އެގޯސް ވާހަކފުޅުތަކެއް އެ ވިދާޅުވަމުން އެގެންދަވަނީ. 

 

ސަރުކާރުން ކުރާ ވައްކަންތަކުގެ ވާހަކަ ދައްކާތީ، ނޫސްވެރިން ގެއްލުވާ، ވަގަށްނަގާ، ޖަލަށް ލަމުން އެދަނީ. ރައްޔިތުންގެ މަޖިލީސް އެވަނީ މިސަރުކާރުން ހިސޯރުކޮށްފަ.  ރައީސް ނަޝީދު އާއި ރައީސް ޔާމީންގެ ހުރިތަފާތަކީ ރައީސް ނަޝީދު ރައްޔިތުންގެ ފައިސާއެއްގަ ނުޖެހޭނެކަން. ރައްޔިތުންނަށް އަނިޔާ ނުކުރާނެކަން. ރައީސް ނަޝީދުގެ ހުރި ހިތްވަރުގަދަކަމާއި ހިތްތިރިމަކާއި ރައްޔިތުންނާ ހުންނަ ގާތްކަމެއް ރައީސް ޔާމީންގެ ނުހުންނާނެ. 

 

މެމްބަރު އިމްތިޔާޒު ފަހުމީ ޖަލްސާގައި ވާހަކަ ދައްކަވަނީ--

24 ފެބްރުއަރީ 2017 | ހުކުރު 00:02

04:33

މުހައްމަދު ފަޒީން

މަޖިލީހުގެ މަޑެވެލި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޒިމް

ދުނިޔޭގެ އެއްވެސް ގައުމެއްގެ ވެރިޔަކާއި އޭނާގެ އަންހެނުންވެގެން ވައްކަން ކުރާތަނެއް މިހާތަނަށް ނުފެނޭ. އެކަމަކު މިހާރު ރާއްޖޭން އެކަން ފެންނަމުން މިދަނީ. ހަރާމެއް ހަލާލެއް ނުބަލާ، އިސްލާމް ދީނާ ހިލާފް ވާހަކަތައް ވަލިޔުލްއަމްރު ވިދާޅުވަމުންއެދަނީ. މިސަރުކާރުން އެދަނީ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވަމުން. 

 

އަޅުގަނޑުމެން އަބަދުވެސް އުޅޭނީ އިސްލާމީ އުސޫލްތަކުގެ މަތީގާ. އަޅުގަނޑުމެންގެ ނަފްސެއް ނުވިކޭނެ. ރައީސުލްޖުމްހޫރިއްޔާ އަށާއި މިނިސްޓަރުންނަށް ކާންދެނީ ރައްޔިތުން، އެކަމަކު އެދަނީ ރައްޔިތުންނަށް ބިރު ދައްކަމުން. މިސަރުކާރު އަޅުގަނޑުމެން ބަދަލުކުރާނަން. ބަލި ކުރާނަން. ތިނަދޫއަކީ ހިތްވަރުގަދަ ލާމަސީލް ނަމޫނާ ރަށެއް.

 

މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޒިމް-- 

23 ފެބްރުއަރީ 2017 | ބުރާސްފަތި 23:38

04:09

މުހައްމަދު ފަޒީން

ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް

ޕީޕީއެމުން އިންތިހާބެއް ބާވައިފިނަމަ ފެނަނީ ފުޓްބޯޅަ މެޗެއްގަ ނުކުންނަ ފަދަ ސްކޯތަކެއް. އެހާވެސް މަދު ބަޔަކު ވޯޓްލާން ނުކުންނަނީ. އެކަމަކު އެމްޑީޕީން އިންތިހާބެއް ބާއްވައިފިއްޔާ މެމްބަރުން ނިކުމެ ވޯޓް ދޭވަރު އެންމެފަހުން ބޭއްވި ޗެއާރޕާސަން އިންތިހާބުންވެސް އެނގޭ. 

 

އަޅުގަނޑުމެން ދޮރުން ދޮރަށް ހިނގައިފީމު. ރައްޔިތުންގެ ކިބައިން އެނގުނީ ކާޑުގެ އަގު ބޮޑުވެގެން، ކަރަންޓް އަގު ބޮޑުވެގެން، އަދި އެނޫންވެސް އަސާސީ ހިދްމަތްތަކާއި ތަކެތީގެ އަގު ބޮޑު ވެގެން ރައްޔިތުން ބިކަވެފަ ތިބިކަން. ރައްޔިތުން ބޭނުމެއް ނުވޭ މިސަރުކާރެއް. 

 

މެމްބަރު މުހައްމަދު ނާޒިމް: ޖަލްސާގައި ވާހަކަ ދައްކަވަނީ--

23 ފެބްރުއަރީ 2017 | ބުރާސްފަތި 23:24

04:01

މުހައްމަދު ފަޒީން

ގައުމީ މަޖިލީހުގެ އަހުމަދު އަމީރު

މިސަރުކާރުން ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުން މިދަނީ ބިކަވަމުން. އޯލެވެލް ނަތީޖާ ރަނގަޅު ކުރުމަށް ސަރުކާރުން ފުރުސަތު ދެމުންދަނީ ރަނގަު ނަތިޖާ ހޯދާ ދަރިވަރުންނަށް އެކަނި. 

ރައީސް ޔާމީން މިސަރުކާރުން ރާއްޖެއަށް ގެނައި އިންވެސްޓެއް ނެތް. އިންވެސްޓަރުންންެއް ރާއްޖެއަކަށް ނާދެ. މި ސަރުކާރުން ދޮގުހަދާ ރައްޔިތުންނަށް އޮޅުވާލަމުން ދަނީ. ރާއްޖެގެ އިގްތިސާދު މިދަނީ ފުނޑުފުނޑުވަމުން. މިސަރުކާރުން ބޭނުންވަނީ ރައްޔިތުން ކޮށްޓަކަށްލައިގެން ބަންދުކޮށްގެން ވެރިކަން ކުރަން. 

 

އަހުމަދު އަމީރު: ޖަލްސާގައި ވާހަކަ ދައްކަވަނީ

 

 

23 ފެބްރުއަރީ 2017 | ބުރާސްފަތި 23:03

03:52

މުހައްމަދު ފަޒީން

ގައުމީ މަޖިލިސް މެމްބަރު މޫސާ އަލިމަނިކު

ރައިސް ޔާމީންގެ ވެރިކަަން މިދަނީީ ވެއްޓެމުން. ތިނަދޫއިން ވެސް އެކަން އެބައިނގޭ. ލޯކަލް ކައުންސިލްގެ އިއްތިހާބު އެމްޑީޕީއަށް ވަރަށް މުހިއްމު. ބޮޑުތަނުން މި ސަރުކާރުން ބަލި ކުރާނަން. މި ސަރުކާރުން ދަނީ ކޮރަޕްޝަނާއި ފަސާދަ ހިންގަމުން. ހަލާލެއް ހަރާމެއް ނުބަލާ. އިސްލާމްދީނާ ހިލާފު އެތައް ވާހަކަފުޅެއް ދައްކައިފި. ދައުލަތުގެ ފައިސާއިން ބޮޑު އަދަދަކުން ހިޔާނަތްތެރިވެއްޖެ. 

 

ޖަލްސާގެ ތެރެއިން--

23 ފެބްރުއަރީ 2017 | ބުރާސްފަތި 22:57

03:43

މުހައްމަދު ފަޒީން

ގދ. އަތޮޅު ކައުންސިލްގެ ގައްދޫ ދާއިރާގެ މެމްބަރު މުހައްމަދު ރިޒާން

ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެނެސްފައިވާ ބަދަލުތަކަކީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭ ކަމެއް ނޫން. އެބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދްމަތްތައް ފޯރުކޮށެއް ނުދެވޭ. ރައްޔިތުންނާ ގާތުން ހިދްމަތް ދިނުމަށް މިވަނީ ނުކުލެދިފަ. އެމްޑީޕީން ތައާރަފްކުރި ފެރީގެ ނިޒާމް މިސަރުކާރުން މިވަނީ ނައްތާލާފަ. މި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ރައްޔިތުން ނިކަމެތި ވަމުންދާތަން މިފެންނަނީ. އެހެންކަމުން އެމްޑީޕީގެ ކެނޑިޑޭޓުންނަށް ވޯޓް ދީ، އަލުން ލާމަރުކަޒީ ނިޒާމު ގައިމު ކުރެވޭތޯ ބަލަންޖެހޭ. 

 

ގދ. އަތޮޅު ކައުންސިލްގެ މެމްބަރު މުހައްމަދު ރިޒާން--

23 ފެބްރުއަރީ 2017 | ބުރާސްފަތި 22:46

03:29

މުހައްމަދު ފަޒީން

އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފް

ސަރުކާރު ހުއްޓާލާފަ ކޮންމެ ހަފްތާއަކު ސަރުކަރުގެ އިސްވެރިން ތިނަދޫއަށް ވަޑައިގެންނެވި ނަމަވެސް ތިނަދޫގައި  އެމްޑީޕީއަށް އޮތް ތާއީދެއް ކުޑައެއް ނުވާނެ، ވިއްޔާވާނީ ބޮޑު. މިކަން މި ޖަލްސާއިން މިދަނީ ފެންނަމުން. އެމްޑީޕީއަށް ލާމަރުކަޒީ ނިޒާމު ވަރަށް މުހިއްމު. މި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އިންތިހާއަށް އެމްޑީޕީއަށް މުހިއްމު. 

މިހާރު ރާއްޖޭގެ ރައްޔިތުން ތިބީ ކަންބޮޑުވެ، ހާސްކަމެއްގެ ތެރޭގަ. ކާބޯތަކެތީގެ އަގު އިންތިހާއަށް މިވަނީ ބޮޑުވެފަ. ކަރަންޓްފަދަ އަސާސީ ހިދްމަތްތައްވެސް އިންތިހާއަށް އަގު ބޮޑުވެފަ މިވަނީ. މިއަދު ތިނަދޫގައި ދޮރުން ދޮރަށް ހިނގިއިރު، ގިނައިން ދިޔައީ އެމްޑީޕީއަށް ސަޕޯޓް ކުރާ ގޭތަކަކަށް ނޫން. ނަމަވެސް އެގޭތަކުން އެ ރައްޔިތުން ބުނަނީ މިސަރުކާރު ގޯސްކަމަށް. ތިނަދޫ ގިނަ ރައްޔިތުން މިސަރުކާރަށް ނުރުހޭ. އެކަން މިއަދު ތިނަދޫން އެކަނިވެސް އެނގިއްޖެ. 

 

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް--

23 ފެބްރުއަރީ 2017 | ބުރާސްފަތި 22:33

03:19

މުހައްމަދު ފަޒީން

އެމްޑީޕީ ތިނަދޫ އުތުރު ދާއިރާގެ ރައީސް މުހައްމަދު ނާސިހް ރަޝީދު

މިސަރުކަރުން ހިސާބު އަދަދުތައް ޖަހާކަން ނޭނގޭ. ރަށްރަށުގައި ޕްރޮޖެކްޓްތައް ހިންގަނީއްޔޭ ކިޔާފަ މުޅިންވެސް ކުރަނީ ވައްކަން. 64،000 ވަޒީފާ ޒުވާނުންނަށް ފޯރުކޮށްދިން ގޮތެއް ފެންނާކަށްނެތް. މިހާރު ރާއްޖޭގެ ރަށްރަށް ޓޫރިޒަމް މިނިސްޓްރީ ދޭއިރު، ފިޝަރީޒް މިނިސްޓްރީން ވެސް ދެނީ، ހެލްތް މިނިސްޓްރީންނާއި އެޑިއުކޭޝަން މިނިސްޓްރީންވެސް މިހާރު ރަށްތަށް ދޫކުރާތަން މިދަނީ ފެންނަމުން. 

 

ޖަލްސާގައި އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ--

23 ފެބްރުއަރީ 2017 | ބުރާސްފަތި 22:21

03:11

މުހައްމަދު ފަޒީން

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހިދު

އެމްޑީޕީން ތިނަދޫގައި ޖަލްސާއެއް ބާއްވާކަން އެނގިގެން، އަދި އެމްޑީީޕީގެ ބޮޑު ދިދައެއް ނެގުކުން މިސަރުކާރުގެ މޭގަނޑު އަތަށް އައިސްފި. ކުއްލިޔަކަށް ސްކޫލްގެ ބެލެނެވެރިންނަށް ސިއްހީ މައުލޫމާތުދޭ ސެޝަނެއް ބޭއްވުމަށް ސަރުކާރުން ނިންމައިފި. އެކަމަކު މި ޖަލްސާއަށް ތިނަދޫގެ ވަރަށް ގިނަ ރައްޔިތުން ބައިވެރިވާކަން މިއީ ލިބޭ ވަރަށް ބޮޑު އުފަލެއް. މި ސަރަހައްދު މިވަނީ ތޮއްޖެހިފަ. 

 

ލާމަރުކަޒީ ނިޒާމު ނައްތާލުމަށް ސަރުކާރުން ކުރާ ޖެއްސުން ރައްޔިތުންނަށް އެނގޭ، އެކަމަށް ރައްޔިތުން އެދަނީ ނޫނެކޭ ބުނަމުން. މާލޭގައި ހިންގާ ވެރިކަމުގެ ނިޒާމުގެ ދަށުން ރާއްޖެ ހިންގާކަށް ރައްޔިތުން ބޭނުމެއް ނުވޭ. ރައްޔިތުން ބޭނުންވަނީ ބާރުވެރިވާން. ރައްޔިތުން މިވަނީ އަނޔާވެރިކަމާ ދެކޮޅަށް ނިކުމެފަ. މިސަރުކާރުގެ ހުދުމުހުތާރުކަން ރައްޔިތުންނަށް އެނގޭ، އެކަމާ ދެކޮޅަށް ރައްޔިތުން މިވަނީ ނިކުމެފަ. އަނިޔާވެރި ވައްކަންކުރާ ސަރުކާރެއް ރައްޔިތުން ބޭނުމެއް ނުވޭ. އެކަން ލޯކަލް ކައުންސިލް އިންތިހާބުން ރައްޔިތުން ދައްކާނެ.

 

ކައުންސިލަށް ކުރިމަތި ލައްވާފައިވާ ބައެއް ކެނޑިޑޭޓުން--

23 ފެބްރުއަރީ 2017 | ބުރާސްފަތި 22:14

02:55

މުހައްމަދު ފަޒީން

އެމްޑީޕީ ގައުމީ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ރައީސް ޒިފްލީން ހަސަން

މިއަދު ދުނިޔެ ބުނަމުންދަނީ ހުދުމުހުތާރު ވެރިކަމަށް ނޫނެކޭ ބުނަމުން. ރައީސް ނަޝީދަކީ ހިތްވަރުގަދަ ކުޅަދާނަ ޑިމޮކްރެސީއަށްޓަކައި މަސައްކަތް ކުރައްވާ ލީޑަރެއް. ރައީސް ނަޝީދު އެވަނީ އެކަން ސާބިތު ކޮށްދެއްވާފަ. ބައިނަލް އަގްވާމީ އެވޯޑްތައް ވެސް އެމަނިކުފާނަށް ދަނީ ލިބިލައްވަމުން. 

 

ޖަލްސާގެ ތެރެއިން --

23 ފެބްރުއަރީ 2017 | ބުރާސްފަތި 22:00

02:43

މުހައްމަދު ފަޒީން

ޖަލްސާ ތައާރަފް ކުރުން

ޖަލްސާ ތައާރަފް ކޮށްދެއްވީ އަންވަރު އިބްރާހީމް. އަންވަރު ވަނީ އެމްޑީޕީން މިއަދު ނެރެފައިވާ ދެ ނޫސް ބަޔާނެއް އިއްވާދެއްވާފަ. އެއީ ރައިސް ނަޝީދަށް ލިބިވަޑައިގެންނެވި ބައިނަލް އަގްވާމީ އެވޯޑަށް މަރުހަބާ ދެއްނެވުމާއި، މިސަރުކާރުން ފ. އަތޮޅު ވިއްކާލުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް އެމްޑީީން ނެރެފައިވާ ބަޔާން. 

23 ފެބްރުއަރީ 2017 | ބުރާސްފަތި 21:50

02:37

މުހައްމަދު ފަޒީން

ޖަލްސާ ފެށުން

ކީރިތި ޤުރްއާނުގެ ބަރަކާތުން ޖަލްސާ ފަށައިފި. ކީރިތި ޤުރްއާން ކިޔަވައިދެއްވީ ތިނަދޫ ކުއްޖެއް ކަމަށްވާ ނަޒާހަތު ރަޝީދު.

 

ކީރިތި ޤުރްއާން ކިޔެވުން --

23 ފެބްރުއަރީ 2017 | ބުރާސްފަތި 21:50

02:27

މުހައްމަދު ފަޒީން

ޖަލްސާ ފެށުމަށް ތައްޔާރު ވަނީ

މި ޖަލްސާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ފެށޭނެ. ގިނަ އަދަދެއްގެ އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުން ބައިވެރިވޭ

 

ޖަލްސާ ފެށުމަށް ތައްޔާރު ވަނީ--

23 ފެބްރުއަރީ 2017 | ބުރާސްފަތި 21:49

01:58

މުހައްމަދު ފަޒީން

ގދ. ތިނަދޫގައި އެމްޑީޕީން ބާއްވާ ހާއްސަ ޖަލްސާ

މިއީ އިލެކްޝަންސް ކޮމިޝަނުން ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން އެމްޑީޕީން ގދ. ތިނަދޫގައި ބާއްވާ ހަރަކާތްތަކުގެ ތެރެއިން ބާއްވާ ހާއްސަ ޖަލްސާ އެވެ. 

މިޖަލްސާގައި އެމްޑީޕީގެ ލީޑަރޝިޕްގެ އިސްވެރިންނާއި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުންނާއި މަޖިލީހުގެ މަޑެވެލި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޒިމްގެ އިތުރުން ތިނަދޫ ކައުންސިލަށް ކުރިމަތި ލާފައިވާ ބައެއް ކެންޑިޑޭޓުން ވާހަކަ ދައްކަވާނެ އެވެ. 

23 ފެބްރުއަރީ 2017 | ބުރާސްފަތި 21:19

މުހައްމަދު ފަޒީން

IamFazeen

04:58
ޖަލްސާ ނިންމާލުން
04:54
އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު
04:43
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ
04:33
މަޖިލީހުގެ މަޑެވެލި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޒިމް
04:09
ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް
04:01
ގައުމީ މަޖިލީހުގެ އަހުމަދު އަމީރު
03:52
ގައުމީ މަޖިލިސް މެމްބަރު މޫސާ އަލިމަނިކު
03:43
ގދ. އަތޮޅު ކައުންސިލްގެ ގައްދޫ ދާއިރާގެ މެމްބަރު މުހައްމަދު ރިޒާން
03:29
އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފް
03:19
އެމްޑީޕީ ތިނަދޫ އުތުރު ދާއިރާގެ ރައީސް މުހައްމަދު ނާސިހް ރަޝީދު
03:11
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހިދު
02:55
އެމްޑީޕީ ގައުމީ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ރައީސް ޒިފްލީން ހަސަން
02:43
ޖަލްސާ ތައާރަފް ކުރުން
02:37
ޖަލްސާ ފެށުން
02:27
ޖަލްސާ ފެށުމަށް ތައްޔާރު ވަނީ
01:58
ގދ. ތިނަދޫގައި އެމްޑީޕީން ބާއްވާ ހާއްސަ ޖަލްސާ