ސިލްސިލާ މުޒާހަރާ: 23 ވަނަ ދުވަސް

  • މުޒާހަރާގެ ބައިވެރިން މާލޭގެ އެކި ސަރަހައްދުތަކަށް ބެހިފައި
  • މުޒާހަރާގެ ބައިވެރިންގެ މިސްރާބު މަޖީދީމަގާއި ޗާންދަނީމަގު ކަންމައްޗަށް
  • ބާރަ ޖެހުމާއެކު އަޑުގަދަ ކުރާ ބޭނުން ކުރުން ހުއްޓާލައިފި
 
Writer Profile Picture
ޙުސައިން ޙަސަން
މުޒާހަރާގެ ބައިވެރިން މާލޭގެ އެކި ސަރަހައްދުތަކަށް ބެހިފައި

މާލޭގެ އެކި ދިމަދިމާލަށް މީހުން ވަނީ ބެހިފައި. އެގޮތުން ޗާންދަނީ މަގާއި މަޖީދީމަގު ގުޅޭ ހަތަރު އަނގޮޅި ކަންމައްޗާއި ކުނޫޒު ކައިރީގައި ވެސް ކޮންމެ ވެސް ވަރަކަށް މުޒާހަރާގެ ބައިވެރިން އެބަތިބި. މުޒާހަރާގެ ފޯރި ވަނީ މަޑުވެފައި. ބެލެވޭ ގޮތުގައި މިރޭގެ އެއްވުން ނިންމާލީ. މުޒާހަރާ ލީޑުކުރަން ތިބި ޕާޓީގެ މަޖިލިސް މެމްބަރުން ވެސް މިވަގުތު މަގުމަތިން ފެންނާކަށް ނެތް.

24 ފެބްރުއަރީ 2018 | ހޮނިހިރު 01:19
Writer Profile Picture
ޙުސައިން ޙަސަން
މުޒާހަރާގެ ބައިވެރިންގެ މިސްރާބު މަޖީދީމަގާއި ޗާންދަނީމަގު ކަންމައްޗަށް

މުޒާހަރާގެ ބައިވެރިން މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ހަތަރު އަނގޮޅި ކަންމައްޗަށް އެއްވުމަށް ނައްޓާލައިފި

24 ފެބްރުއަރީ 2018 | ހޮނިހިރު 00:44
Writer Profile Picture
ޙުސައިން ޙަސަން
ބާރަ ޖެހުމާއެކު އަޑުގަދަ ކުރާ ބޭނުން ކުރުން ހުއްޓާލައިފި
 

ގަޑިން ބާރަ ޖެހިއިރު ވެސް މުޒާހަރާގެ ބައިވެރިން ހަރުގެ ސަރަހައްދުގައި އެބަތިބި. މުޒާހަރާ ލީޑު ކުރެއްވުމަށް، ގުޅިފައިވާ ޕާޓީތަކުގެ މަޖިލިސް މެމްބަރުން އެބަތިއްބެވި. މުޒާހަރާގެ ބައިވެރިން އަޑުފުލުމަކަށް ބަދަލެއް ނާދޭ. ފުލުހުން މެދުވެރިކޮށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ޣައިރު ގާނޫނީ އަމުރުތަކާ ގުޅިގެން އެމަނިފާނު ހައްޔަރު ކުރުމަށް ވެސް ދަނީ އަޑު އުފުލަމުން.

ހަރުގެ ސަރަހައްދުގެ އަޑުގަދަ ކުރާ ބޭނުންކޮށްގެން، އަޑު އުފުލުން ވަނީ ހުއްޓާލާފައި.

މުޒާހަރާގެ ބައިވެރިން އާޓްފިޝަލް ބީޗު ސަރަހައްދުގައި
24 ފެބްރުއަރީ 2018 | ހޮނިހިރު 00:08
Writer Profile Picture
ޙުސައިން ޙަސަން
ފުލުހުންނަކީ މަދަނީ ބައެއް، އަމަލު އެ ކުރަނީ ގާނޫނާ ހިލާފަށް: މުސްތަފާ

ފުލުހުންނަކީ ރައްޔިތުންނަށް ހިދުމަތް ދޭން ތިބި މަދަނީ ބައެއް ކަމަށާއި އެއްވުންތައް ރޫޅާލުމަށް އަމަލު އެ ކުރަނީ ގާނޫނާ ހިލާފަށް ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ލައިވް ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު މުސްތަފާ ވިދާޅުވީ ޔުނީފޯމު އެޅި މުވައްޒަފުން އަމަލު ކުރާނެ ގޮތް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި އެގޮތުން ފުލުހުންގެ ގާނޫނުގައި ފުލުހުން އަމަލު ކުރަންޖެހޭ ގޮތް ބަޔާންކޮށްފައިވާ  ކަމަށް. އޭނާ ވިދާޅުވީ ފުލުހުންގެ ގާނޫނޫގައި ބުނާ ގޮތާ ހިލާފަށް ފުލުހުންނަށް ވަކި ހާލަތެއްގައި ބޭނުންކުރަން ލިބޭ ބާރެއް، ހާލަތާ ނުބައްދަލު ވަގުތުތަކުގައި ރައްޔިތުންނާ ދެކޮޅަށް ބޭނުން ކުރުމުގެ ސަބަބުން އެތައް ބަޔަކަށް އަނިޔާވެ، ގެއްލުންވަމުންދާ ކަމަށް.

23 ފެބްރުއަރީ 2018 | ހުކުރު 23:53
Writer Profile Picture
ޙުސައިން ޙަސަން
ފުލުހުންގެ އިންޒާރު: މުޒާހަރާ ޣައިރު ގާނޫނީ، ބައިވެރިވެގެން ނުވާނެ

މަޖީދީމަގުގައި އިރުމަތީ ފަރާތުގައި ބާއްވާފައި އޮތް ފުލުހުންގެ ވެހިކަލުން އަޑުގަދަ ކުރާ ބޭނުންކޮށްގެން، އެއްވުމަކީ ޣައިރު ގާނުނީ އެއްވުމެއް ކަމަށް ބުނެފި. އަދި އެއްވުމުގައި ބައިވެރިނުވުމަށާއި އެއްވުން ރޫޅާލުމުގައި ލިބޭ ގެއްލުމުގެ ޒިންމާ ނުނަގާނެ ކަމަށް ވެސް ފުލުހުން ވަނި އިންޒާރު ދީފައި.

 

23 ފެބްރުއަރީ 2018 | ހުކުރު 23:44
Writer Profile Picture
ޙުސައިން ޙަސަން
އެއްވުމުގެ ބައިވެރިން ހަރުގެ ސަރަހައްދުން ދުރަށް ޖައްސަނީ

ރަޔަޓް ފުލުހުން ނުކުމެ، އެއްވެފައިވާ މީހުން ހަރުގެ ސަރަހައްދުން ދުރަށް ޖައްސަން ފަށައިފި. ގިނަ އަދަދެއްގެ ބަޔަކު ވަނީ ހަރުގެ ސަރަހައްދަށް ޖަމާވެފައި. ދުރަށް ޖެއްސުމުން އެއް ބަޔަކު ދަނީ އާޓްފިޝަލް ބީޗު ސަރަހައްދަށް. 

އެއްވުމުގެ ބައިވެރިންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަނީ ޑރ. ޑީޑީ. 

މުޒާހަރާގެ ބައިވެރިން ދުރަށް ޖެއްސުމުގައި ރަޔަޓް ފުލުހުން-- ފޮޓޯ/ ހުސައިން ފަޒީން
23 ފެބްރުއަރީ 2018 | ހުކުރު 23:35
Writer Profile Picture
ޙުސައިން ޙަސަން
ހައްޔަރުން ދޫކޮށްލި އަބުޅޯ އެއްވުމާ ގުޅިއްޖެ

މިއަދު ހަވީރު ބޭއްވި މުޒާހަރާއިން ހައްޔަރު ކުރި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) މުޒާހަރާއާ ގުޅިއްޖެ.

23 ފެބްރުއަރީ 2018 | ހުކުރު 23:18
Writer Profile Picture
ޙުސައިން ޙަސަން
ރައީސް ހައްޔަރު ކުރަން އަމުރު ކުރިނަމަ، އަމުރު ތަންފީޒުވާނެ: އަލީ ހުސައިން

ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ނެރުނު އަމުރުގައި މަދުވަނީ ދެ ފޮޅުވަތް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ.

އެއްވުމުގެ ބައިވެރިންނާ މުހާތަބުކޮށް، ވާހަކަ ދައްކަމުން އަލީ ހުސައިން ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރުގައި މަދުވާ ދެ ފޮޅުވަތަކީ ރައީސް ޔާމީން ހައްޔަރު ކުރުމަށާއި ދިވެހިންނަށް އެއްވެ އުޅުމުގެ މިނިވަންކަން ކަށަވަރު ކުރުމަށް ބަޔާން ކުރަންޖެހޭ ދެ ފޮޅުވަތް ކަމަށް.

އެ ދެ ފޮޅުވަތް ސުޕްރީމް ކޯޓުގެ އަމުރުގައި އޮތް ނަމަ އަމުރު ތަންފީޒުވި ކަމަށް އަލީ ހުސައިން ވިދާޅުވި.

ގާނޫނީ ވަކީލުކަން ވެސް ކުރައްވާ އަލީ ހުސައިން ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރުގައި މިނިވަން ކުރަންޖެހޭ ނުވަ ބޭފުޅުންނަކީ ފަހުރުވެރިވާ ނުވަ ލީޑަރުން ކަމަށް. އެ ބޭފުޅުން ހައްޔަރުކޮށްފައި ތިބީ "ވަރަށް އަނިޔާވެރި"ކޮށް ކަމަށް އަލީ ހުސައިން ވިދާޅުވި. 

އޭނާ ވިދާޅުވީ އަނިޔާވެރި ގޮތަކަށް އެ ލީޑަރުން ހައްޔަރުކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ އަމުރުފުޅަށް ކަމަށާއި އެމަނިކުފާނު ހައްޔަރު ކުރަން ސުޕްރީމް ކޯޓުން އަމުރު ކުރަންޖެހެނީ އެ ބޭނުމަށްޓަކާ ކަމަށް.

23 ފެބްރުއަރީ 2018 | ހުކުރު 23:15
Writer Profile Picture
ޙުސައިން ޙަސަން
އަޑުގަދަ ކުރާ ބޭނުން ކޮށްގެން އަޑު އުފުލަން ފަށައިފި

އެއްވުމުގެ ބައިވެރިންނާ މުހާތަބުކޮށް، އެމްޑީޕީ ހަރުގޭގެ އަޑުގަދަ ކުރާއިން ވާހަކަ ދައްކަން ފަށައިފި. ލަވަ ޖެހުން ހުއްޓާލައި އެއްވުމުގެ ބައިވެރިންނަށް ޖޯޝު ގެނުވާފަދަ ވާހަކަތަކެއް ދަނީ ދައްކަމުން. 

ހަރުގެ ސަރަހައްދަށް މީހުން ޖަމާވެފައި---ފޮޓޯ/ ހުސައިން ފަޒީން
23 ފެބްރުއަރީ 2018 | ހުކުރު 22:48
Writer Profile Picture
ޙުސައިން ޙަސަން
މެމްބަރުން ގަނެލުމަށް 1 މިލިއަން ޑޮލަރު ހުށަހަޅާފައިވޭ: މެމްބަރު ނިޒާރު

ގުޅިފައިވާ ޕާޓީތަކުގެ މަޖިލިސް މެމްބަރުން ގަނެލުމަށް ސަރުކާރުން އެއް މިލިއަން ޑޮލަރު ހުށަހަޅާފައިވާ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ތުހުމަތު ކުރައްވައިފި.

އޭނާ އެގޮތަށް ތުހުމަތުކޮށް ވާހަކަފުޅު ދައްކަވާފައި ވަނީ ރާއްޖެޓީވީން ކުރިއަށް ގެންދާ ލައިވް ކަވަރޭޖުގައި ވާހަކަފުޅު ދައްކަވަމުން.

23 ފެބްރުއަރީ 2018 | ހުކުރު 22:41
Writer Profile Picture
ޙުސައިން ޙަސަން
ފޯރިގަދަ ލަވަތަކާއެކު، މުޒާހަރާގެ އަޑު ގަދަވެފައި

އެއްވުން ވަނީ ފޯރިގަދަވެފައި. އަޑުގަދަ ކުރާއިން ވަނީ ލަވަ ޖަހާފައި. ލަވަޔާ އެއްވަރަށް އަތްތިލަބަޑި ޖަހަމުން، އެއްބަޔަކު ދަނީ ނަށަމުން. ބައެއް މީހުން ދަނީ ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުން.

އެމްޑީޕީ ހަރުގެ ކައިރިއަށް ޖަމާވެފައިވާ މީހުން-- ފޮޓޯ/ ރާއްޖެއެމްވީ
23 ފެބްރުއަރީ 2018 | ހުކުރު 22:33
Writer Profile Picture
ޙުސައިން ޙަސަން
މަގުމައްޗަށް ނުކުތުން ހުއްޓުވަން، ފުލުހުން ނުކުމެއްޖެ

ހަރުގެ ސަރަހައްދަށް ޖަމާވެފައިވާ މީހުން މަގުމައްޗަށް ނުކުތުން ހުއްޓުވުމަށްޓަކާ ފުލުހުން އެ ސަރަހައްދަށް ޖަމާވެއްޖެ. ހަރުގެ ކައިރިއަށް ޖަމާވެފައިވާ މީހުން ވަގުތު ތިބީ މޭވްމަންޓުމަތީގައި. ޕޭވްމަންޓުމަތީގައި ތިބި އާންމުންގެ ހުރަސް އަޅައިގެން ސަފަހަރަށް ފުލުހުން އެތުރިގެން އެބަތިބި. 

23 ފެބްރުއަރީ 2018 | ހުކުރު 22:19
Writer Profile Picture
ޙުސައިން ޙަސަން
މެމްބަރު އަމީތާއި މެމްބަރު އަބުޅޯ ދޫކޮށްލައިފި

މުޒާހަރާގެ ތެރެއިން މިއަދު ހައްޔަރު ކުރި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު (އަބުޅޯ) ދާދި ދެންމެއަކު ދޫކޮށްލައިފި.

އެ ބޭފުޅުންނާއެކު ދޫކޮށްލި މީހުންގެ ތެރޭގައި ގުޅިފައިވާ ޕާޓީތަކުގެ އެކްޓިވިސްޓު ސްޓެޕް އައްޔަ ވެސް ވަނީ ބަންދުން ވީއްލާފައި. 

އަމީތާއި އަބްދުﷲ މިއަދު ހައްޔަރުކުރި އިރު ރޭގެ މުޒާހަރާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ވެސް ވަނީ ހައްޔަރުކޮށްފައި. 

23 ފެބްރުއަރީ 2018 | ހުކުރު 22:02
Writer Profile Picture
ޙުސައިން ޙަސަން
ހަރުގެ ސަރަހައްދަށް މީހުން ދަނީ ޖަމާވަމުން

އެހެން ރޭތަކެކޭ އެއްގޮތަށް މިރޭ ވެސް ހަރުގެ ސަރަހައްދަށް މީހުން ދަނީ ޖަމާވަމުން. އަމަން ބެލެހެއްޓުމަށްޓަކައި ހަރުގެ ސަރަހައްދާ ގުޅިފައިވާ މަގުތަކުގައި ފުލުހުން ދަނީ ފޯރިމަރަމުން.

23 ފެބްރުއަރީ 2018 | ހުކުރު 21:44
Writer Profile Picture
ޙުސައިން ޙަސަން
ސިލްސިލާ މުޒާހަރާތަކުގެ 23 ވަނަ ދުވަސް
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ފަހުން ހައްޔަރު ކުރި ބައެއް މެމްބަރުން

މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ގުޅިފައިވާ ޕާޓީތަކުން މާލޭގައި ފެށި ސިލްސިލާ މުޒާހަރާތައް މިހާރު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައި. އަތޮޅު ތެރޭގައި އެއްވުންތައް ކުރިއަށް ދަނީ ހުކުރު ދުވަހަށް ހާއްސަކޮށްގެން. އެގޮތުން މިއަދުވެސް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްވުން ކުރިއަށް ގެންގޮސްފައި. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެއްވެއުޅުމުގެ މިނިވަންކަން ހިފަހައްޓާފައި ވިޔަސް، ރައްޔިތުން ދަނީ ސަރުކާރުން އަމަލު ކުރަމުންދާ ކަންތައްތަކާ ދެކޮޅަށް އަޑުއުފުލަމުން. 

23 ފެބްރުއަރީ 2018 | ހުކުރު 21:42