ގުޅިފައިވާ ޕާޓީތަކުގެ ޕްރެސް

  • ސަރުކާރުން މަޝްވަރާއަށް ހުށަހެޅުން
 
Writer Profile Picture
އަހުމަދު މުހުސިނު
ސަރުކާރުން މަޝްވަރާއަށް ހުށަހެޅުން

އިބްރާހީމް މުހައްމަދު ސޯލިހް

މިމަހުގެ 8 ވަނަ ދުވަހާއި 11 ވަނަ ދުވަހު ވަނީ ރައީސް އޮފީހުން ސިޓީއެއް ފޮނުވާފައި. މައްސަލަތައް ހައްލު ކުރުމަށް ގޮވާލާ މަޝްވަރާ ކުރުމަށް އެދިފައިވަނީ. އަޅުގަނޑުމެން އަބަދުވެސް މިދަނީ އެކަމަށް އެއްބާރުލުން ދެމުން. ކުރިންވެސް ކޮމަންވެލްތުގެ އެހީތެރިކަމާއެކު އެއްވެސް ޝަރުތަކާ ނުލައި ވާހަކަތަކަށް ތައްޔާރަށް ތިބިކަމަށް ދެންނެވިން. އެކަމަކު އެކަން ނުކޮށް ކޮމަން ވެލްތުން ވަކިވީ.

މިފަހަރު ވާހަކަތަކަށް މި ގޮވާލީ ކީއްކުރަން ކަމާމެދު ސުވާލު އުފެދޭ. ދެ ފަނޑިޔާރުންނާއި ކުރީގެ ރައީސް އެވަނީ ބަންދުކޮށްފައ. މި ދަނޑިވަޅުގައި ސަރުކާރާ އެކަނި ދައްކާނެ ވާހަކައެއް ނެތް. ވައްކަން ކުރުމަކީ ތަބީއީ ކަމެއްގެ ގޮތުގައި ދެކޭ މީހަކާއެކު ދައްކާނެ ވާހަކައެއް ނެތް. އަނިޔާވެރިކަން ހައްދު ފަހަނައަޅާފައިވާ މީހަކާ ދައްކާނެ ވާހަކައެއް ނެތް. ޤާނޫން އަސާސީ މުގުރާލި މީހަކާ ދައްކާނެ ވާހަކައެއް ނޯންނާނެ. މަޖިލިސް ހިސޯރުކޮށް މަޖިލިސް ހުއްޓުވާފައި ބާއްވާފައި ދައްކާނެ ވާހަކައެއް ނޯންނާނެ.

މިހާލަތުން އަރައިގަންނަން ވާހަކަ ދައްކަން ބޭނުން އެކަމަކު ރައީސް ޔާމިން އަކީ އިތުބާރު ކުރެވޭ މީހެއް ނޫން. އެހެންވީމާ އަޅުގަނޑުމެން ވާނީ ޔޫއެންއަށް މެދުވެރިއެއްގެ ރޯލް އަދާ ކުރުމަށް ސިޓީއެއް ފޮނުވާފައި. އެކަމަކު އޭގެ ކުރިން ސަރުކާރު ޤާނޫން އަސާސީގެ ތެރެއަށް ވަންނަން ޖެހޭނެ. ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރުކުރި އެންމެން ދޫކޮށްލުމަށް ފަހުގައި އދ މެދުވެރިއެއްގެ ރޯލް އަދާކުރާނަމަ ސަރުކާރާއެކު ވާހަކަ ދައްކަން މިތިބީ ތައްޔާރަށް.

15 ފެބްރުއަރީ 2018 | ބުރާސްފަތި 16:27