ވަގުތުން: ޤާނޫނީ ވަކީލުން ބާއްވާ ޕްރެސް

  • މާރިޔާ ދީދީ
  • ހިސާން ހުސައިން
  • ހިސާން ހުސައިން
 
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
މާރިޔާ ދީދީ

ގާނޫނީ ބޭރުން ކުރަމުންދާ ކަންތައްތަކުގެ ޒިންމާ ބަންޑާރަނައިބު ނަންގަވަން ޖެހޭނެ

ސުޕްރީމް ކޯޓު އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރާއި އެކީ. އުއްތަމަ ފަނޑިޔާރު ނުލާ ކުރާ ހުކުމެއް ސައްހައެއް ނުވާނެ

14 ފެބްރުއަރީ 2018 | ބުދަ 15:04
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ހިސާން ހުސައިން

އުއްތަމަ ފަނޑިޔާރު ބަހައްޓާފައިވާ ގޮޅިއަކީ އެކަށީގެންވާ ގޮޅިއެއް ނޫން. އެމައްސަލަ އެޗްއާރުސީއެމްއަށް އެމައްސަލަ ވަނީ ހުށައަޅާފައި.އެހެން ނަމަވެސް މިހާތަނަށް އަދި އެއަށް އެއްޗެއް ބުނެފައެއް ނުވޭ. މިމައްސަލަ ކްރިމިނަލް ކޯޓަށްވެސް ވަނީ ހުށައަލާފައި. 

14 ފެބްރުއަރީ 2018 | ބުދަ 14:53
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ހިސާން ހުސައިން

އުއްތަމަ ފަނޑިޔާރު ސަސްޕެންޑް ކޮށްފައިވަނީ  ޖޭއެސްސީގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނާއި ޚިލާފަށް. 

ފަނޑިޔާރުން ސަސްޕެންޑް ކުރުމުގެ ބާރެއް ފަނޑިޔާރުންގެ ގާނޫނާއި ޖޭއެސްސީގެ ގާނޫނުން ލިބިނުދޭ. 

 

14 ފެބްރުއަރީ 2018 | ބުދަ 14:50
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ހިސާން ހުސައިން

އެމަނިކުފާނުގެ މައްޗަށް ކުރާ ތުހުމަތު ތަކާއި ގުޅިގެން އެއްވެސް ސުވާލެއް ކޮށްފައެއް ނުވޭ. 

14 ފެބްރުއަރީ 2018 | ބުދަ 14:48
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ހިސާން ހުސައިން

ޤާނޫނާއި ޚލިާފު ކަމެއް އުއްތަމަ ފަނޑިޔާރު ކޮށްފައި ނުވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައި. އެމަނިކުފާނުގެ މައްޗަށް ތިން ތުހުމަތު ކޮށްފައިވާއިރު ގާނޫނު އަސާސީގެ 10 މާއްދާއަށް ފުލުހުން ވަނީ ރިއާޔަތް ކޮށްފައި. 

އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ މައްޗަށް ކުރައްވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ތުހުމަތު ތަކެއްކަމަށް ވިދާޅުވި

14 ފެބްރުއަރީ 2018 | ބުދަ 14:47
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ހިސާން ހުސައިން

އުއްތަމަ ފަނޑިޔާރު ހައްޔަރު ކުރީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ އަސާސީ ހައްގަކުން ނިގުޅައިގަނެގެން.

އެއްވެސް މީހެއް ގާނޫނާއި ޚިލާފަށް ހައްޔަރު ކުރެވިފައިވާނަމަ އެމައްސަލަ ކޯޓުތަކުން ބެލެންޖެހޭނެ

14 ފެބްރުއަރީ 2018 | ބުދަ 14:45