ވަގުތުން: ޕީޕީއެމް އިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން

  • ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ
  • ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ
  • ޕީޕީއެމްގެ ތަރުޖަމާން އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް
 
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ

އަބްދުއްރަހީމަށް ފްލެޓް ލިބިވަޑައިގަތްގޮތާއި ބެހޭގޮތުން ސުވާލުކުރުމުން އަބްދުއްރަހީމް ވިދާޅުވީ:

އަޅުގަނޑަކީ 2009 ވަނަ އަހަރުއްސުރެ މަޖިލީހުގެ މެމްބަރުކަން ކުރައްވާ މީހެއް. އަޅުގަނޑު ދިރިއުޅުމަށް ކުރި މަސައްކަތް ބެލިއްޔާ މާރަނގަޅުވާނެ. 

ސާކްސަމިޓަށް ހޯދި ފައިސާތަކަށް ވީގޮތް ހޯދިއްޔާ މާރަނގަޅުވާނެ. ރާއްޖެޓީވީ ވުޖޫދަށް އައީ ކިހިނެތްތޯ ބެލުންވެސް މާރަނގަޅުވާނެ.

14 ފެބްރުއަރީ 2018 | ބުދަ 13:42
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ

ރައީސް ނަޝީދު ރޭވި ހުރިހާ ރޭވުމެއް ބޭކާރުވީ. އޭނާއަކީ އެހެންމީހުން ކުރާ ަމސައްކަތުން ފޮނިބޯންް މަސައްކަތްކުރާ ބޭފުޅެއް. 

ގާނޫނު އަސާސީއަކީ ހަމައެކަނި މައުމޫނު ހަމީދަށް އެނގިލައްވާ އެއްޗެއް ނޫން. ގާނޫނޫ އަސާސީ މާރަނގަޅަށް ދަންނަ މީހުން މިރާއްޖޭގައި އެބަތިބި. އެއަށްވުރެ ރަނގަޅަށް އާޒިމާ ޝަކޫރަށްވެސް އެނގިލައްވާނެ. އަނިލްއަށްވެސް އެނގިލައްވާނެ. އެއަށްވުރެ މާރަނގަޅަށް ގާނޫނު އަސާސީ އެނގިލައްވާ މީހުން މިސަރުކާރުގައި އެބަތިއްބެވި. 

ސިވިސް ސާވެންޓުންގެ މުސާރަ ބޮޑު ނުކުރެވުނު ތާނގައި ރައީސް ނަޝިދުގެ ވެރިކަމުގައި މުސާރަ ކަނޑާލީ. މިހާލަތުގައި އެކަންތައް ނުކުރެވިގެން އެބޭފުޅުންނަށް ވެރިކަން ނުކުރެވުނީކަމަށް ދާދިފަހުން އެވިދާޅުވީ. 

ރިޝްވަތު ދިނުމަކީ ކަނޑައެޅިގެން ހަރާމްކަމެއްކަން އެނގޭއިރުވެސް އެހެން ވިދާޅުވާ ބޭފުޅުން މިކަންތައްތަކުގައި ބައިވެރިވާކަމަށް އިއްޔެ ޕޮލިހުން ބޭއްވި ނޫސްކޮންފަރެންސްގައި ވިދާޅުވީ. 

މިވެރިކަން ވައްޓާލުމަށް މިސަރުކާތުން އެއްވެސް ބަޔަކަށް އަޅުގަނޑުމެން ފުރުސަތު ނުދޭނަން. ފުލުހުންނާއި ސިފައިންނަށްވެސް އެ ފުރުސަތެއް ނުދޭނަން 

14 ފެބްރުއަރީ 2018 | ބުދަ 13:36
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ޕީޕީއެމްގެ ތަރުޖަމާން އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް

ދިވެހި ރައްޔިތުންނަށް މިހާރު އެނގޭ އެމްޑީޕީއަކީ ކޮންކަހަލަ ބައެއްކަން. އެކިތަންތަނުގައި ވަނީ ހުޅުޖަހާފައި. ރައީސް މައުމޫނު ގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ބޭފުޅަކު ވިދާޅުވެފައި އެބަހުރި މިގައުމުގައި ފިތުނަ ފަސާދަ އުފައްދާށޭ. 

ރައީސް ޔާމީން ހުއްޓުވޭނެ ބޭފުޅެއް ނޫންކަން އަޅުގަނޑުމެން އެންމެންނަށް އެނގޭ. އެމްޑީޕީގެ ރާގު ބަދަލުވަނީ، ވެދާނެ ބޮޑުކަންތައްތަކެއް ހިންގުމަށް ރައްޔިތުންނަށް އޮޅުވާލަނީކަމަށް. ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި މައްސަލަތަކެއް ހުރިކަމަށް ގާނޫނީ ވަކީލުން ކަމަށްވާ މާރިޔާދީދީ އާއި، ހުސްނުއްސުއޫދު ވަނީ ވިދާޅުވެފައި. 

14 ފެބްރުއަރީ 2018 | ބުދަ 13:30
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު

ރައްޔިތުންގެ މަޖިލީހަށް އިއްޔެ ވަދެވަޑައިގަތީ މަޖިލީހުގެ މެމްބަރުންތޯވެސް ކަށަވަރު ކުރަންޖެހޭ. މަޖިލީހުގެ ފާރުމަތިން ވަދެވަޑައިގަތް ބޭފުޅުން ވަނީ މީޑިއާގެ ބޭނުމުގައި ވަދެވަޑައިގަތް ބޭފުޅުން. މިވަގުތުވެސް އެއްޕާޓީއަކަށް މެމްބަރުން ތިބި ޕާޓީއަށް ޕީޕީއެމް ވާނެ. 37 މެމްބަރުން އެބަތިއްބެވި.އެމްޑީއޭއާއި އެކު 42 މެމްބަރުން އެބަތިއްބެވި. އެބޭފުޅުން އިއްޔެ މަޖިލީހަށް އެވަޑައިގަތީ މީޑިއާ އަށް ބޭނުންވާ ފޮޓޯތައް ހޯދުމަށް. އެކަން އެބޭފުޅުންނަށް ވެއްޖެ. 

 

14 ފެބްރުއަރީ 2018 | ބުދަ 13:25
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ

އިދިކޮޅު މީހުން އުޅެނީ ކީހާ ޅެން ފަރިއްސަށް ވީމަ ހެދޭ ނުހެދޭއެއްޗެއް  ނޭގިގެން އެއުޅެނީ 

14 ފެބްރުއަރީ 2018 | ބުދަ 13:21
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ

އަޅުގަނޑުމެންނަށް އެނގޭނެ ރާއްޖެޓީވީއަށް ފުރުސަތު ދޭންޖެހޭ ހާލަތާއި ދޭން ނުޖެހޭ ހާލަތު. ރާއްޖެޓީވީއަށް ފުރުސަތު ނުދޭކަށް ނޫން. ރާއްޖެޓީވީއަށް ފުރުސަތު ނުދޭންޖެހޭ ހާލަތުވެސް އައިސްދާނެ

 

14 ފެބްރުއަރީ 2018 | ބުދަ 13:19
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު

ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބާއްވަން އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވޭނީ މިހާލަތު ނިމުމުން. 

14 ފެބްރުއަރީ 2018 | ބުދަ 13:17
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ބޮޑެތި ޖިނާއީ ތުހުމަތުގައި ހައްޔަރުވާ މީހުން ހަނު ނުތިބުމަށް ބުނަން ބޭނުން

ބޮޑެތި ޖިނާއީ ތުހުމަތު ތަކުގައި ހައްޔަރުވާމީހުން ހަނު ނުތިއްބެއްބެވުަމށް ގޮވާލަން. ތަންކޮޅެއް އަންހެން ވުމަށް އެފަދަ ބޭފުޅުންނަށް ގޮވާލަން:ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު

14 ފެބްރުއަރީ 2018 | ބުދަ 13:16
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
އިދިކޮޅު ކޯލިޝަނުން ބުނަނީ ވަރަށް ބަދަހިކޮށްކަމަށް ތިބީ. އެހެން ނަމަވެސް ފެންނަނީ ވަރަށް ބަލިކަށިކޮށް

އިދިކޮޅު ކޯލިޝަނުން ބުނަނީ ވަރަށް ބަދަހިކޮށްކަމަށްބުނި ނަމަވެސް ފެނިގެން ދަނީ ފޭވަމުން ފޭވަމުން ދާތަން. ދިވެހިރައްޔިތުންނަަށް ބުނެލަން ބޭނުންވަނީ ސާބިތުކަމާއެކު ރައީސް ޔާމީނާއިއެކު ތިއްބާވާށޭ.  ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ

14 ފެބްރުއަރީ 2018 | ބުދަ 13:13