ކުއްލި ނުރައްކަލުގެ ހާލަތު

  • ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާއި ގުޅިގެން ރާއްޖެ ޓީވީއިން ކުރިޔަށް ގެންދާ ކަވަރޭޖް
  • ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާއި ގުޅިގެން ރާއްޖެ ޓީވީއިން ކުރިޔަށް ގެންދާ ކަވަރޭޖް
  • ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާއި ގުޅިގެން ރާއްޖޭގައި ހިނގަމުންދާ ކަންކަން
 
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާއި ގުޅިގެން ރާއްޖެ ޓީވީއިން ކުރިޔަށް ގެންދާ ކަވަރޭޖް

ފުލުހުންގެ މުއައްސާސާގެ ހައިބަތާއި ކަރާމާތަށް އަންނަ ނިކަމެތިކަމާމެދު ދިވެހި ހުރިހާ ރައްޔިތުން ކަންބޮޑުވެވަޑައިގަންނަވާ. ގުޅިފައިވާ ޕާޓީތަކަކީ ސިއްރުން ކަންކަން ކުރައްވާ ބޭފުޅުންނެއް ނޫން. އަންގަވަން ޖެހޭ ހުރިހާ ފަރާތްތަކަށް ހަރަކާތެއް ހިންގާނަމަ އަންގާނަން. - އަހުމަދު އަބްދުﷲ

13 ފެބްރުއަރީ 2018 | އަންގާރަ 22:00
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާއި ގުޅިގެން ރާއްޖެ ޓީވީއިން ކުރިޔަށް ގެންދާ ކަވަރޭޖް

ޖެނެރަލް ޝިޔާމް ކުރެއްވިޔަސް ޣައިރު ގާނޫނީ އަމުރަށް ތަބާވެވަޑައިނުގަންނަވާ. ޣައިރު ގާނޫނީ އަމުރަށް ތަބާ ނުވުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ގާނޫނު އަސާސީގެ ދަށުން ލިބިވަޑައިގެންފަވޭ. - އަހުމަދު އަބްދުﷲ

13 ފެބްރުއަރީ 2018 | އަންގާރަ 21:58
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާއި ގުޅިގެން ރާއްޖޭގައި ހިނގަމުންދާ ކަންކަން

ރާއްޖެ ޓީވީގެ ހާއްސަ ކަވަރޭޖްގައި މިރޭ ބައިވެރިވެވަޑިގަންނަވަނީ އެމްޑީޕީގެ ޗެއާޕާސަން ނައިބް މާލީ އަހުމަދު އަބްދުﷲ

13 ފެބްރުއަރީ 2018 | އަންގާރަ 21:56
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލާ ރައްޔިތުން ކުރިޔަށް ގެންދާ އިހުތިޖާޖު

މިރޭގެ އިހުތިޖާޖު ވެސް އެމްޑީޕީ ހަރުގެ ކުރިމަތިން ވަނީ ފެށިފައި. ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ބައިވެރިވަމުން 

އެމްޑީޕީ ހަރުގެ ކުރިމަތީގައި ކުރިޔަށްދާ އިހުތިޖާޖު

13 ފެބްރުއަރީ 2018 | އަންގާރަ 21:54
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ޖަލުގައި ހައްޔަރުގައި ތިއްބެވި ބޭފުޅުންގެ ގާނޫނީ ވަކީލުން ދެއްވާ ޕްރެސް ކޮންފަރެންސް

ބޭސް ވެއްދުމުގެ ދައްޗެއް ނެތް. އެކަމާއި ހަވާލުވެ ތިއްބަވާ އެކަން ކޮށްދެއްވަން ވަރަށް މަސައްކަތް ކުރައްވާ. ރައީސް މައޫމޫން ހުންނަވަނީ ވަކި ހާއްސަ ތަނެއްގަ އެއް ނޫން. ހުންނަވަނީ ސޮލިޓަރީ ކޮންފައިންމެންޓްގަ. އެއްވެސް މީހަކާ ބައްދަލު ވެސް ނުކުރެއްވޭ. 

13 ފެބްރުއަރީ 2018 | އަންގާރަ 21:46
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ޖަލުގައި ހައްޔަރުގައި ތިއްބެވި ބޭފުޅުންގެ ގާނޫނީ ވަކީލުން ދެއްވާ ޕްރެސް ކޮންފަރެންސް

މިއީ ވަކި ބަޔަކަށް އަމާޒުކޮށް ވަކި ބަޔަކު ގާނޫނާ ހިލާފަށް ކުރަމުންދާ ކަންކަން. ޣައިރު ގާނޫނީ އަމުރުތަކަށް ތަބާ ނުވުމަށް ގޮވާލަން. މިއީ ގާނޫނާ ހިލާފަށް ހިނގަމުންދާ ކަންކަން. 

13 ފެބްރުއަރީ 2018 | އަންގާރަ 21:44
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ޖަލުގައި ހައްޔަރުގައި ތިއްބެވި ބޭފުޅުންގެ ގާނޫނީ ވަކީލުން ދެއްވާ ޕްރެސް ކޮންފަރެންސް

ފާރިސް ހައްޔަރުކުރުމުގެ އަމުރު ނެރުނީ ކޮން ގާނޫނަކުން ކަމެއް ސާފެއް ނުވޭ. 

13 ފެބްރުއަރީ 2018 | އަންގާރަ 21:37
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ޖަލުގައި ހައްޔަރުގައި ތިއްބެވި ބޭފުޅުންގެ ގާނޫނީ ވަކީލުން ދެއްވާ ޕްރެސް ކޮންފަރެންސް

ތަހުގީގުގެ ބޭނުމަކީ ހަގީގަތް ދެނެގަތުން. މިހާރު މިހިނގާ ތަހުގީގުތަކުގެ ބޭނުމަކީ ރައީސް މައުމޫންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުކުރެއްވުން. މިއީ ގާނޫނު ދަންނަ ވައްތަރުގެ ތަހުގީގެއް ނޫން. - ގާނޫނީ ވަކީލު މައުމޫން ހަމީދު 

13 ފެބްރުއަރީ 2018 | އަންގާރަ 21:32
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ޖަލުގައި ހައްޔަރުގައި ތިއްބެވި ބޭފުޅުންގެ ގާނޫނީ ވަކީލުން ދެއްވާ ޕްރެސް ކޮންފަރެންސް

މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވި. ފަހަތަށް ޖެހިވަޑައިގަތުމުގެ ހިޔާލެއް ވެސް ނެތް ކަމަށް ވިދާޅުވި. މިއީ ގައުމީ މަސައްކަތެއް. 

13 ފެބްރުއަރީ 2018 | އަންގާރަ 21:30
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ޖަލުގައި ހައްޔަރުގައި ތިއްބެވި ބޭފުޅުންގެ ގާނޫނީ ވަކީލުން ދެއްވާ ޕްރެސް ކޮންފަރެންސް

އަޅުގަނޑުމެން އުފައްދާނެ ހެއްކެއް ވެސް ނޯންނާނެ. ހެއްކެއް އުފެއްދޭނީ ވެސް ފުލުހުންނަށް - ގާނޫނީ ވަކީލު ޝަމީމް

13 ފެބްރުއަރީ 2018 | އަންގާރަ 21:27
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ޖަލުގައި ހައްޔަރުގައި ތިއްބެވި ބޭފުޅުންގެ ގާނޫނީ ވަކީލުން ދެއްވާ ޕްރެސް ކޮންފަރެންސް

ގާނޫނާ އެއްގޮތަށް ކަންކަން ކުރައްވައިގެން އެއްވެސް ޝަކުވާއެއް ނުކުރާނަން. އެއްވެސް މައްސަލައެއް ވެސް ނުޖައްސާނަން. އެހެން ނަމަވެސް މިހާރު ހިންގަނީ ހުސް ގާނޫނާ ހިލާފް ކަންކަން. މިހާރު އެ އުޅުއްވަނީ ގާނޫނު އަސާސީ ދެކެ ބިރުން. - ގާނޫނީ ވަކީލު މައުމޫން ހަމީދު 

13 ފެބްރުއަރީ 2018 | އަންގާރަ 21:21
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ޖަލުގައި ހައްޔަރުގައި ތިއްބެވި ބޭފުޅުންގެ ގާނޫނީ ވަކީލުން ދެއްވާ ޕްރެސް ކޮންފަރެންސް

މުވައްކިލުންނަކީ ކުއްވެރިންގެ ގޮތުގައި ދެއްކުމަށް ވަރަށް ގިނަ ޕްރެސް ކޮންފަރެންސް ފުލުހުން ކުރިޔަށް އެބަގެންދޭ. މުހައްމަދު ނަދީމްއާ ސުވާލު ކޮށްފައެއް ވެސް ނުވޭ. ބައްދަލުވެސް ކޮށްފައެއް ނުވޭ. ހުރިހާ ތުހުމަތުތަކަށް ނަދީމް އިންކާރުކުރައްވާ. ކޯޓަށް ހާޒިރުނުކޮށް ހިންގާ ތަހުގީގަކީ ގާނޫނާ ހިލާފް ތަހުގީގެއް. - ގާނޫނީ ވަކީލު މޫސާ ސިރާޖް 

13 ފެބްރުއަރީ 2018 | އަންގާރަ 21:20
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ޖަލުގައި ހައްޔަރުގައި ތިއްބެވި ބޭފުޅުންގެ ގާނޫނީ ވަކީލުން ދެއްވާ ޕްރެސް ކޮންފަރެންސް

ކަޅު ފޮއްޓެއްގެ ވާހަކަ އެބަ ދައްކަވާ. އެކަމުގައި އެއްވެސް ހަގީގަތެއް އެކުލެވިގެން ނުވޭ. - ގާނޫނީ ވަކީލު ޝަމީމް

13 ފެބްރުއަރީ 2018 | އަންގާރަ 21:17
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ޖަލުގައި ހައްޔަރުގައި ތިއްބެވި ބޭފުޅުންގެ ގާނޫނީ ވަކީލުން ދެއްވާ ޕްރެސް ކޮންފަރެންސް

ކިތާބީ އެއްވެސް ހެއްކެއް ރައީސް މައުމޫންއާ ދެކޮޅަށް ނުހުންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި. ތަހުގީގަށް ސުވާލެެއް ވެސް އަހާފައެއް ނުވޭ. އެއްބާރުލުން ނުދޭ ކަމަށް ބުނެ ހައްދަވަނީ ދޮގު. އެއްބާރުލުން ދިނުމަށް ފުރުސަތު ވެސް ދީފައެއް ނުވޭ. - ގާނޫނީ ވަކީލު ޝަމީމް

13 ފެބްރުއަރީ 2018 | އަންގާރަ 21:13
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ޖަލުގައި ހައްޔަރުގައި ތިއްބެވި ބޭފުޅުންގެ ފަރާތުން ހާއްސަ ޕްރެސް ކޮންފަރެންސެއް ކުރިޔަށް އެބަދޭ

އެއްވެސް ބޭފުޅަކާއި މިވަގުތާ ހަމަޔަށް ވެސް ސުވާލު ކުރެވިފައެެއް ނުވޭ. ސުވާލު ނުކޮށް ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ނުބުނެވޭނެ. - ގާނޫނީ ވަކީލު މައުމޫން ހަމީދު 

13 ފެބްރުއަރީ 2018 | އަންގާރަ 21:10