ވަގުތުން: ފާރިސް ހައްޔަރުކުރުން

  • ރައީސް މައުމޫން ދިރިއުޅުއްވާ އެންދެރިމާގޭގެ ފްލޯއަށް ފުލުހުން ވަދެއްޖެ
  • އެންދެރިމާގެވެސް ވަނީ ބަލައި ފާސްކުރަން ފަށާފައި
  • ސީޕީ އަރީފު، ފާރިސްއާ ބައްދަލެއް ނުކުރައްވާ: ފުލުހުން
 
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ރައީސް މައުމޫން ދިރިއުޅުއްވާ އެންދެރިމާގޭގެ ފްލޯއަށް ފުލުހުން ވަދެއްޖެ

ފާރިސްގެ ދައްތާފުޅު ޔުމްނާ މައުމޫން ކުރެއްވި ޓްވީޓު

27 ޖެނުއަރީ 2018 | ހޮނިހިރު 15:53
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
އެންދެރިމާގެވެސް ވަނީ ބަލައި ފާސްކުރަން ފަށާފައި

އެންދެރިމާގެ ސަރަހައްދު ބަންދުކޮށްފައި ކަމަށް ރާއްޖެއެމްވީގެ ރިޕޯޓަރ މައުލޫމާތު ދެއްވާ. އެންދެރިމާގެއަށް ވަދެ މިހާރު ފުލުހުން ދަނީ ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުން. އެގެއަކީ ކުރީގެ ރައީސް އަދި ފާރިސްގެ ބައްޕާފުޅު މައުމޫން އަބްދުލްގައްޔޫމް އުޅުއްވާ ގެކޮޅު. އެންދެރިމާގޭގައި ފާރިސްގެ އޮފީހެއް ހުންނަ ކަމަށްވޭ

27 ޖެނުއަރީ 2018 | ހޮނިހިރު 15:51
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ސީޕީ އަރީފު، ފާރިސްއާ ބައްދަލެއް ނުކުރައްވާ: ފުލުހުން

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން، ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފާ ބައްދަލު ނުކުރައްވާ ކަމަށާއި ސާބިތު ކަމާއެކު މަގާމުގައި ހުންނެވި ކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވެއްޖެ

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، ސީޕީ އަރީފް ގޭގައި މަޑުކުރެއްވުމަށް އެއްވެސް ފަރާތަކުން ނާންގާ ކަމަށާއި ސީޕީ އަރީފް ހުންނެވީ މަގާމުގައި ސާބިތުކަމާ އެކުގައި ކަމަށެވެ.

ފުލުހުންނާއި ފުލުހުންގެ އެއްވެސް ފުލުހަކާމެދު އެއްވެސް ފަރާތަކުން ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށް ޝިފާން ގޮވާލެއްވި އެވެ.

27 ޖެނުއަރީ 2018 | ހޮނިހިރު 15:45
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ފާރިސް ހައްޔަރުކުރަން މަސައްކަތްކުރާ ފަރާތްތަކާއި މެދު ފުލުހުން ފިޔަވަޅު އަޅަން ޖެހޭ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން އަލުން ހައްޔަރުކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއިމެދު ފުލުހުން ފިޔަވަޅު އަޅަންޖެހޭ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަލުން އަނބުރައި ފާރިސް މައުމޫން ހައްޔަރުކުރުމަށް ފުލުހުންނާއި، ސިފައިންނާއި، ކޯޓުތަކުން ފުރުޞަތު ދީގެން ނުވާނެ ކަމަށެވެ. އަދި ފާރިސް ހައްޔަރުކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއިމެދު ފުލުހުން ފިޔަވަޅު އަޅަންޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

 

27 ޖެނުއަރީ 2018 | ހޮނިހިރު 15:43
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ކޯޓު އަމުރު ނެރެފައިވަނީ 72 ގަޑިއިރަށް
Caption

މި އަމުރުގެ މުއްދަތަކީ 72 ގަޑިއިރެވެ. ހަމައެހެންމެ މި އަމުރުގެ ދަށުން 90 ދުވަހަށް ތަކެތި ހިފެހެއްޓުމުގެ ހުއްދަ ވެސް ފުލުހުންނަށް ވަނީ ދީފައެވެ.

27 ޖެނުއަރީ 2018 | ހޮނިހިރު 15:27
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ފާރިސްގެ އެޕާޓްމަންޓް ބަލައި ފާސްކުރަނީ ވެރިކަން ވައްޓާލަން އުޅޭކަމުގެ ތުހުމަތުގައި

ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ޝަހީދު ހޮނިހިރު ދުވަހުގެ ފަތިހު ހަތަރެއް ޖެހިއިރު ނެރުއްވާފައިވާ އަމުރުގައި ވަނީ ފާރިސްގެ އެޕާޓްމަންޓް ބަލާ ފާސްކުރަނީ ރައްޔިތުން މަޖިލީހުގެ މެމްބަރުންތަކަކަށް ފައިސާ ބެހިކަމުގެ ތުހުމަތުގަ އާއި ރައްޔިތުން މަޖިލީހުގެ މެމްބަރުންތަކަކާއި ގުޅިގެން ރާއްޖޭގައި އުފެދިފައިވާ ގާނޫނީ ވެރިކަން ވައްޓާލުމަށް ގާނޫނާއި ހިލާފަށް މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެން އެކަމުގެ ހެއްކާއި ގަރީނާ ހޯދަން ކަމަށެވެ.

27 ޖެނުއަރީ 2018 | ހޮނިހިރު 15:25
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ފާރިސްގެ އެޕާޓްމެންޓް ބަލައި ފާސްކުރަން ފަށައިފި

ހޮނިހިރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި ފުލުހުން ވަނީ ކޯޓު އަމުރަކާއެކު އެ ގެޔަށްވަދެ ބަލާ ފާސްކުރުމުގެ މަސައްކަތް ފަށާފައެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

މ. ސްނޯ ރޯޒްގައި ހުރި ރާއްޖެއެމްވީގެ ނޫސްވެރިޔާ އަހްމަދު އަޒްމޫން ބުނީ ފާރިސްގެ ބަލައި ފާސްކުރަމުން ދަނީ ބުރާސްފަތި ދުވަހުގެ ރޭ އައްޔަން ކުރެއްވި ކްރިމިނަލް ކޯޓްގެ ފަނޑިޔާރަކު ނެރެދެއްވާފައިވާ އަމުރެއްގެ ދަށުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅުއްވުމުގެ ތުޙުމަތުގައި ހައްޔަރުކޮށް، 191 ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު ފާރިސް ދޫކޮށްލީ ބުރާސްފަތި ދުވަހު. ބުރާސްފަތި ދުވަހު ފާރިސް މިނިވަން ކުރުމަށް އަމުރުކުރައްވަމުން ގާޒީ އަލީ އާދަމް ރިއާޔަތްކުރެއްވީ، މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އެންމެހާ ލިޔެކިޔުންތަކުގެ މިނިވަން ފޮރެންސިކް އެނަލަސިސްއެއް ހެދުމަށް ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމަށް. ގާޒީ އަލީ އާދަމް ވިދާޅުވީ ތިން ވަނަ ފަރާތެއް ލައްވާ މިނިވަން ފޮރެންސިކް އެނަލަސިސްއެއް ހެދުމަށް ދައުލަތުން ވެސް އިއުތިރާޒު ކޮށްފައިނުވާ ކަމަށާއި އެފަދަ އެނަލަސިސްއެއް ހެދުމަށް ގިނަ ދުވަސްތަކެއް ހޭދަވެދާނެ ކަމަށް. ނިމިގެންދިޔަ އަހަރުގެ ޖުލައި 18 ވަނަ ދުވަހު ފާރިސް ހައްޔަރުކޮށް، ޖުލައި 19 ވަނަ ދުވަހު ޝަރީއަތް ނިމެންދެން ފާރިސް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިކަން ފާހަގަކުރައްވައި، ގާޒީ ވަނީ، ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ތުޙުމަތު ކޮށްފައިވާއިރު، އެ ކުށުގެ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ޙުކުމެއް ކަމާއި، އެ އަސާސީ އަދަބާއި އަޅާ ބަލާއިރު މިހާރުވެސް ގިނަ ދުވަސްތަކެއް ވަންދެން ފާރިސް ޖަލުގައި ހުންނަވާފައިވާކަން ފާހަގަކުރައްވާފައި.

27 ޖެނުއަރީ 2018 | ހޮނިހިރު 14:46