ފަލަ ސުރުޚީ

  • ޝެއިޚް އިމްރާން ޖަލުގައި ހުންނަވާތާ 1000 ދުވަސް
  • ޝެއިޚް އިމްރާން ޖަލުގައި ހުންނަވާތާ 1000 ދުވަސް
 
Writer Profile Picture
އަހުމަދު މުހުސިނު
ޝެއިޚް އިމްރާން ޖަލުގައި ހުންނަވާތާ 1000 ދުވަސް

ޑރ: މަޖީދު

އިމްރާން ދެއްކެވި ވާހަކަތަކަށްވުރެ ނުރައްކާތެރި ވާހަކަ ރައީސް ޔާމީންވެސް ދައްކަވާފައި އެަބހުރި. ބަޣާވާތައް ހިތްވަރުދޭ ކަހަލަ ވާހަކަ. ފުލުހުން ޔުނީފޯމް ބާލާފައި އަންނަން ގޮވާލި.

ނިޒާރު:

ޓެރަރިޒަމްގެ މައްސަލައެއް ސާބިތުކޮށްފައި މިއޮތީ ދުލުން ބޭރުކޮށްލި ބަހެއްގެ ސަބަބުން. އެއީ ކޮން ބަހެއް ކަމެއް ނޭނގޭ. މިއީ ތާރީޚުގައި ފުރަތަމަ ފަހަރަށް. އާ ޤާނޫން އަސާސީގެ ދަށުން މިޤާއިމް ކުރެވެނީ ވަރަށް ނުރައްކާތެރި ޕްރޮސީޑިންގއެއް. މާދަމާވެސް ކޮންމެ މީހަކާމެދުވެސް މިހެން ހަދާފާނެ.

އަދީބު ދެއްކެވި ވާހަކައަކީ ސަޕްރައޒިންގ ކަމެއް ނޫން. އަދީބަކީ އޭރު ވަރަށް ބާރުގަދަ ބޭފުޅެއް. އެންމެނަށް އެކަން އެނގޭ. އެހެންވީމާ އަދީބު އެވިދާޅުވާ ވާހަކަ ތަކަކީ ވަރަށް ސީރިއަސް ވާހަކަތަކެއް. އެހެންވީމާ ގޮވާލަން އަދީބު އެވިދާޅުވި ވާހަކަ ތަކާއި ގުޅިގެން އަލުން އަނބުރާ ފައިލްތައް ހުޅުވާ މިމައްސަލަ ބަލަން.

ޑރ މަޖީދު

ޖީއެމްއާރަށް އެއަރޕޯޓް ވިއްކާލިއްޔޭ ކިޔައިގެން ނުކުމެ އުޅުނު މީހުން މިއަދު އެދަނީ ފަޅުަތަކާއި ރަށްތައް ގޮތްނޭނގޭ ގޮތައް މުއާމަލާ ކުރަމުން

ނިޒާރު

އިމްރާންގެ މައްސަލައާއި ގުޅިގެން ފައްތަރުވެގެން އައި ކަންކަމަކީ އެންމެ އާދައިގެ މީހުންގެ ވާހަކަތައް ނުދެކެވުން. އެވާހަކަތައް ނުދެކެވެނީ އިންސާފްގެ ތިލަފަތް ހަމަކަން ގެއްލުނީމާ. އިންސާފް ލިބޭނޭކަން ޔަޤީންވީމާ.

ކޯލިޝަން ރޫޅުނީމާ ވެރިކަމުގެ ސައްޙަކަން ގެއްލޭނެޔޭ ވިދާޅުވަމުން ރައީސް ޔާމީން ވަޑައިގެންނެވީ. މިއަދުވެސް އެހާލަތު. އެކަމަކު ރައީސުލް ޖުމްހޫރިއްޔާ ސަލާމަތީ ބާރުތައް ބޭނުން ކުރައްވައިގެން އެއްބާރު ހުއްޓުވާލީ. އެހެންވީމާ ނުދެންނެވޭނެ ވެރިކަމުގެ ްާނޫނީ ހައިސިއްޔަތު އެބައޮތެކޭ.

ޑރ މަޖީދު

ވަގުކަލޭގެއަށް އޮންނާނީ އެއްހާސް ދުވަސް. ވެރިއަކަށް އޮންނާނެ އެއްދުވަސް. އެގޮތައް ރައީސް ޔާމީން ހީފުޅު ކުރައްވައިގެން ނުވާނެ ތާއަބަދު އެގޮތުގައި ދެމިއޮވެވޭނެ ކަމަކަށް. ހަމަގައިމުވެސް އަނިޔާވެރިކަމެއް ދެމިއެއް ނޯންނާނެ. 2018 ގައި ބޮޑުތަނުން ބަލިކުރާނަން.

ނިޒާރު

އެއްވެސް ރައްޔިތަކު ޝައްކު ކުރާކަށް ނުޖެހޭ 1000 ދުވަސް ކެތްކުރެއްވީމައެއް. އިމްރާން ސާބިތުވެ އެހުންނެވީ ދެއްކެވުނު ވާހަކަތަކުގެ މަތީގައި. އެތައް ފުރުސަތެއް ލިބިވަޑައިގެންނެވި އެނޫން ހާލަތަކަށް ވަޑައިގަންނަވަން. އެކަމަކު އެކަން ނުކުރައްވާ އެހުންނެވީ.

އިމްރާނަކީ ބްރޭންޑެއް. ވޭތުވެ ދިޔަ އަހަރުތަކުގައި ރައްޔިތުންނަށް ފެނިގެންދާނެ ދިމާވާ ބޮޑެތި ކަންކަމުގައި ނުކުމެވަޑައިގެން ހުންނެވިކަން.

ޑރ މަޖީދު:

ޤައުމެއްގެ ނުބައިކަންތައްތަކުގެ ސަބަބުން ދިމާވާ ދެރަކަންކަން ދިމާވާނީ ހަމައެކަނި އެކަން ކުރާ މީހުންނަށް އެކަންޏެއް ނޫން. އެހެންވީމާ އެންމެންގެ ޒިންމާއެއް މިކަންކަމާ ވާހަކަ ދެއްކުމަކީ. އިމްރާން ޖަލުގައި އޮންނެވިއޮތުމުން ހިތްވަރު އެބަލިބިދޭ. އެކަމުން އެބަދޭހަވޭ ބަޔަކު މަސައްކަތް އެބަ ކުރާކަން.

24 ޖެނުއަރީ 2018 | ބުދަ 22:02
Writer Profile Picture
އަހުމަދު މުހުސިނު
ޝެއިޚް އިމްރާން ޖަލުގައި ހުންނަވާތާ 1000 ދުވަސް

ނިޒާރު: މީގެ 1000 ރޭ ކުރިން މި ސްޓޫޑިއޯގައި އިންނެވީ އިމްރާން. އެރޭވެސް ދެއްވި މެސެޖް ވަރަށް ސާފު.އެރޭވެސް ދެއްކެވީ އަނިޔާވެރިކަން ދޫކޮށްލުމަށް. އޭގެ ފަހުންވެސް ދެއްކެވީ ހަމަ އެވާހަކަ.

ޑރ މަޖީދު: ޝެއިޚް އިމްރާން ހައްޔަރުކޮށްގެން ސަރުކާރުން ބޭނުންވި ކަންކަން ފުރިހަމައެއް ނުކުރެވުނު.

24 ޖެނުއަރީ 2018 | ބުދަ 21:40