ފަަލަސުރުހީ

  • ގާސިމް އަށް ލިބޭ ގެއްލުން
  • ފަތުރުވެރިކަމުގެ ސިނާއަތް
  • ފަތުރުވެރިކަން
 
Writer Profile Picture
ސިމާހާ ނަސީމް
ގާސިމް އަށް ލިބޭ ގެއްލުން

ގާސިމް އަށް ލިބޭ ކޮންމެ ގެއްލުމަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ލިބޭ ގެއްލުމެއް. އަޅުގަނޑުމެންގެ ޕާޓީތަކުން މިކަމުގެ ދިފާއުގައި ނިކުންނާނަން. އަޅުގަނޑުމެންގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ. ގާސިމްގެ ފަހަތުގައި އަޅުގަނޑުމެން ތިބޭނަން.

20 ޖެނުއަރީ 2018 | ހޮނިހިރު 21:53
Writer Profile Picture
ސިމާހާ ނަސީމް
ފަތުރުވެރިކަމުގެ ސިނާއަތް

ފަތުރުވެރިކަމުގެ ސިނާއަތަށް ދެވޭ ބޮޑު ހަމަލާއެއް މިއީ. މިއީ ހަމައެކަނި ރާއްޖޭގައި ތިބި ފަތުރުވެރިންނަށް ފެންނަ މަންޒަރުތަކެއް ނޫން. މުޅި ދުނިޔޭގެ އެކި ގައުމުތަކުން މިކަން ދެކޭނެ އަދި އެ ގައުމުތަކުގެ ނޫސްތަކުގައިވެސް މިވާހަކަ ލިޔެވޭނެ. ރައީސް ޔާމީންގެ ވެރިކަމުގެ ފަހު ދުވަސްކޮޅު މިއީ އެމަނިކުފާނަށް ހެދޭ ވަރަށް ބޮޑު ގޯހެއް. ވިޔަފާރިވެރިންގެވެސް ނަފްރަތު އަމާޒުވެގެންދާނެ.

20 ޖެނުއަރީ 2018 | ހޮނިހިރު 21:51
Writer Profile Picture
ސިމާހާ ނަސީމް
ފަތުރުވެރިކަން

ސަރުކާރުން މިހާރު ހިންގާ ޖަރީމާއަކީ މުޅި ފަތުރުވެރިކަމަށް އަމާޒުކޮށްގެން ހިންގާ ޖަރީމާއެއް.

20 ޖެނުއަރީ 2018 | ހޮނިހިރު 21:47
Writer Profile Picture
ސިމާހާ ނަސީމް
ރައީސް ޔާމީން އަށް ތާއިދު ނެތްކަން ހާމަވެގެންދޭ

ބޭއްވޭ އިންތިހާބަކުން ރައީސް ޔާމީން އަށް ތާއިދު ނެތްކަން ހާމަވެގެންދޭ. ރާއްޖޭގައި ތިބި ސިޔާސީ ލީޑަރުންނަށް ރަނގަޅަށް އެގިވަޑައިގަންނަވާނެ ރައީސް ޔާމީންގެ ވައްކަމުގެ ސިޔާސަތުތައް. ރައީސް ޔާމީންގެ ވެރިކަމުގެ ދައުރު ކަފުން ކުރެވޭ ހިސާބަށް ދިޔުމުން މިހާރު ޔާމީން އާއި އެކީ ތިއްބެވި މެމްބަރުންވެސް ނުތިއްބަވާނެ.

20 ޖެނުއަރީ 2018 | ހޮނިހިރު 21:45
Writer Profile Picture
ސިމާހާ ނަސީމް
ރައީސް ޔާމީން އަމަލުކުރައްވާ ގޮތް

މި އިންތިހާބީ އަހަރުގައި ރައީސް ޔާމީން އަމަލުކުރައްވަނީ އެހެން ބޭފުޅުން އަމަލުކުރައްވާ ގޮތާއި ހިލާފަށް. ރައީސް ޔާމީން އަށް އެއްވެސް ރައްޔިތެއްގެ ތާއީދެއް ނެތް. ރިސޯޓުތަކުގައި ތިބެ އެތައްހާސް ރައްޔިތުންތަކެއްގެ ނަފުރަތުކަން އަމާޒުވާނެ ސަރުކާރުން އަމަލުކުރި ގޮތުން. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން. މުޅި ގައުމުގެ އިގްތިސާދުގެ ދިފާއުގައި ހުރިހާ ރައްޔިތުން ތެދުވާން ޖެހޭ.

20 ޖެނުއަރީ 2018 | ހޮނިހިރު 21:38
Writer Profile Picture
ސިމާހާ ނަސީމް
ފަލަސުރުހީ

މިރޭގެ ޕްރޮގްރާމްގެ މެހުމާނަކީ އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ

މިރޭގެ ޕްރޮގްރާމްގެ މައުޝޫއަކީ ރިސޯޓުތަކަށް އަރާ މުދާ އަތުލުން

20 ޖެނުއަރީ 2018 | ހޮނިހިރު 21:34