ފަލަ ސުރުހީ

  • ރައީސް ޔާމިނަށް އިތުރު ފުރުސަތެއް ރައްޔިތުން ނުދޭނެ
  • ސަރުކާރުގެ ހަރިޖީ ސިޔާސަތު ވަނީ ފެއިލްވެފައި
  • މި ސަރުކާރުގައި ރައްޔިތުން ތިބީ "ހާއުފަލުންނެއްނޫން"
 
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ރައީސް ޔާމިނަށް އިތުރު ފުރުސަތެއް ރައްޔިތުން ނުދޭނެ

އަހްމަދު އަދީބަށް އަދަބު ދޭން ޖެހޭނީ އެމަނިކުފާނު ކުރި ކުށަށް. ބޭސް ފަރުވާގެ ފުރުސަތު ދޭން ޖެހޭނެ. އަދީބުއާ މެދު އަމަލު ކުރަމުންދަނީ އިންސާފަކަށް. ރައީސް އަބްދުﷲ ޔާމިނަށް އިތުރު ދައުރަކަށް ފުރުސަތެއް ނުދޭނެ.

4 ޖެނުއަރީ 2018 | ބުރާސްފަތި 22:10
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ސަރުކާރުގެ ހަރިޖީ ސިޔާސަތު ވަނީ ފެއިލްވެފައި

ދިވެހި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ އަންހެނުންނަށް. ރާއްޖެއިން ބޭރުގައި ތިބޭ ދިވެހިންނަށް ދިމަވާ މައްސަލަތައް ހައްލު ކޮށް ނުދެވޭ ނަމަ އެއީ ރައީސް ޔާމިންގެ އުނިކަމެއް. ދިވެހިންގެ ކަންކަން ހައްލުކޮށް ނުދެއްވެނީ ރައީސް ޔާމިން ދިވެހިން ކަންކަމުގައި ނޫޅުއްވާތީ. ރައީސް ޔާމިން ކުރައްވާ ކަމަކީ ސިޔާސީ ބޭފުޅުން ހައްޔަރުކުރުން.

ރާއްޖެގައި އިންސާފެއް ނެތް.ފާރިސް ބަންދުގައި ބެހެއްޓާފައިވަނީ އެއްވެސް ސަބަބެއް އޮވެގެންނޫން.އަބްދުﷲ ސައީދު އެ އިންނެވީ އިންސާފުގައި އަތް އަޅުއްވައިގެން. އަބްދުﷲ ސައީދުގެ މައްސޫލިއްޔަތެއް ގައުމު ހަމަ އަކަށް އެޅުވުން. އިމްރާން އަބްދުﷲ އާއި މުހައްމަދު ނާޒިމް ޖަލުގައި ހުންނެވުމަކީ ސުޕްރީމް ކޯޓުގެ މައްސަލައެއް. ދިވެހި ރާއްޖޭގެ ވަލިއްޔުލްއަމުރުގެ އެކައުންޓަށް ފައިސާތަކެއް ވަނީމަ އަބްދުﷲ ސައީދު ސުވާލު އުފައްދަވަން އެބަ ޖެހޭ. ރައީސް ޔާމިން ދެކެ މީހުން ރުޅިއަންނަނި ހުރިހާ ދިމާލަކަށް"އަތްބާނުއްވާތީ"

4 ޖެނުއަރީ 2018 | ބުރާސްފަތި 22:05
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
މި ސަރުކާރުގައި ރައްޔިތުން ތިބީ "ހާއުފަލުންނެއްނޫން"

ނާދިރާ:- މި ސަރުކާރުގައި ހާއުފަލުން ރައްޔިތުންނެއް ނޫޅޭ. އިއްޔެ ހަދާ ނިމުނުގެ މާލޭގެ މަގުތަކުގައި ފެންބޮޑުވި. ރައްޔިތުން ދަރަނިވެރިވެގެން ހާ އުފާ ވަންޏާ ތިބޭނީ ހާ އުފަލުން. ދިވެހިންނަށް ދިވެހިންގެ ހައްގު މިންވަރު ނުލިބޭކަމަށްވަންޏާ ދިވެހި ރައްޔިތުން ހާ އުފާވަންޏާ ރައްޔިތުން ތިބޭނީ ހާ އުފަލުން. ދަރަނި ބޮލުގައި އެޅިގެން ހާ އުފަލުގައި ތިބެންޏާ ރައްޔިތުން ތިބޭނީ ހާ އުފަލުން

4 ޖެނުއަރީ 2018 | ބުރާސްފަތި 21:55
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ރައީސް ޔާމިނަށް މިހާރު އެ މަގާމުގައި އިނދެވިގެންނުވާނެ

ނާދިރާ:- ރިޔާސީ ކޮމިޝަނަށް ހަދައިގެން މިހާރު ފެންނަން ހުރި ކަންތައްތަކުގެ ވާހަކަ ދެއްކުން މާ ރަނގަޅު. ރައީސުލް ޖުމްހޫރިއްޔާގެ އަމިއްލަފުޅު އެކައުންޓަށް ފައިސާ ވަނީމަ ދެން ކިހިނެތްތޯ އެހެން މީހަކާ މެދު ފިޔަވަޅުއަޅާނެ. އެހެން ގައުމެއްގެ ނަމަ ރައީސް ޔާމިން މިހާރު އިންނަވާނީ ޖަލުގައި.

4 ޖެނުއަރީ 2018 | ބުރާސްފަތި 21:51
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
މެޑަމް ފާތުން އަންހެނުންނަށް ފުރައްސާރަ ކުރައްވާ

ނާދިރާ:- އަންހެނުން ބާރުވެރިވާނީ އެމީހުންނަށް ފުރުސަތުދީގެން. މެޑަމް ފާތުމަތު ކައިރި ތިބެގެން އެކަމާ ވިދާޅުވާ ކަމެއް ކުރުމަކީ އަންހެނުން ބާރުވެރިކުރުމެއް ނޫން. މެޑަމް ފާތުން ހިންގަވާ ސަދަގާތްފައުންޑޭޝަނަށް ފައިސާ ދެނީ ސަރުކާރުގެ ކުންފުނިތަކުން. ހިތާނީ ކެމްޕެއިންނަށް ހަރަދުކުރީ ކޮންބައެއް ކަމެއް ނޭނގެ. ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން އެ ކުރައްވާ ކަމަކީ އަންހެނުންނަށް ފުރައްސާރަކުރުން.

4 ޖެނުއަރީ 2018 | ބުރާސްފަތި 21:48
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
އަންހެނުންނަށް ވަޒީފާގެ ފުރުސަތުތައް ސަރުކާރުން ނުދޭ

ނާދިރާ:- ބައެއް ރަށްރަށުގައި އަންހެނުން ކޮމެޓީތަކުން ބޭސްފިހާރަތައް ހިންގިއިރު މިހާރަށް ވުރެ ރަނގަޅަށް ހިންގި. އަންހެނުންނަށް ސަރުކާރުން ޖެއްސުންކުރޭ. އަންހެނުންނާމެދު ސަރުކާރުން ނިކަމެތކޮށް ކަންކުރަނީ. އަންހެނުންނަށް ފުރުސަތުތައް ހުޅުވާލާނެ ކަމަށް ބުނި ނަމަވެސް އެ ފުރުސަތު ހުޅުވައެއްނުލާ. ގޭގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ސަރުކާރަށް ނުދޭ.

4 ޖެނުއަރީ 2018 | ބުރާސްފަތި 21:42